ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު. ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މަޖިލީހަށް ހުށަހެޅުއްވީ އާމިރު. ---- ފޮޓޯ: މިހާރު
11 ޑިސެމްބަރ 2018 - 14:33
ސިޔާސީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަންޏެއް ނުދައްކާ ނަމަ، އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އިން ދަރަނި ކަނޑާލެވޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭރުކޮށްލައިފި އެވެ.
ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު ހުށަހެޅުއްވި ބިލް މަޖިލީހަށް ބަލައި ނުގަނެ، ބޭރުކޮށްލީ 37 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. ބިލް ބަލައިގަންނަން ވޯޓު ދެއްވީ 17 މެމްބަރުންނެވެ.
ބިލްގައި ވަނީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަންޏެއް ނުދައްކާ ނަމަ، ދަރަނީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައުލަތުގެ ބަޖެޓުން އުނި ކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓުގެ ފައިސާ ސިޔާސީ ޕާޓީތަކަށް ޚާއްސަ ކުރަންޖެހޭ ކަމަށެވެ.
ބިލްގައި ވަނީ ޕާޓީތަކުން އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް އެއްވެސް މިންވަރަކަށް ފައިސާ މަދުވާ ނަމަ، އެ މަދުވާ އަދަދެއްގެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލާނީ އެ ދަރަނީގެ މުއާމަލާތް ހިންގިއިރު، ޕާޓީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ތިބި މީހުން ކަމަށެވެ.
އިސްލާހުގައި ވަނީ ޕާޓީ އުވާލި ކަމުގައިވިޔަސް، ޕާޓީގެ ނަމުގައި މިލްކުކޮށްފައިވާ މުދަލާއި ތަކެތި ވިއްކާލައިގެން ލިބޭ ފައިސާ އަކީ ދަރަނި އަދާކުރެވޭ އަދަދެއް ކަމުގައި ނުވާނަމަ، އެ ދަރަންޏެއް އަދާކުރުމުގެ ޒިންމާ އެ ދަރަނީގެ މުއާމަލާތް ހިންގިއިރު، ޕާޓީ ހިންގަން ތިބި މީހުން އުފުލަން ޖެހޭނެ ކަމަށެވެ.
ޕާޓީ ހިންގުމުގައި އާއި ޕާޓީން ހިންގާ އެއްވެސް ހަރަކާތަކާ ގުޅިގެން މާލީ އަދި ޖިނާއީ އިލްތިޒާމެއް އުފުލަން ޖެހޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެފަދަ އެންމެހައި ޒިންމާއެއް އުފުލަން ވާނީ އެފަދަ ކަމެއް މެދުވެރިވުމުގެ ސަބަބު އުފަންވިއިރު، ޕާޓީ ހިންގަން ތިބި މީހުން ކަމަށް އިސްލާހުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުﷲ
20 December 2018
ގާނޫނު ފާސްނުވިޔަސް މީގެކުރިން ވަނީ އެމްޑީޕީ އަށް ދައުލަތުން ދައްކަންޖެހޭ ފައިސާ އިން އިލެކްޝަނުން ފައިސާ ކަނޑާފަ. އެއީ އެމްޑީޕީ އެއްފަހަރު ޖޫރިމަނާ ކުރުމަށްފަހު އިލެކްޝަނުން ހެދިގޮތެއް.
ސަޅި
12 December 2018
ސަޅި، ހުއްޓުވާ، މި ދެން ކޮންބައެއް، ލަވަހަދަން އުޅެފަ ގާނޫނު ހެދޭނެކަމަށް ހީކޮށޤ ރައްޔަތުން މިކަހަލަ ދޯހަޅި މީހުން މި ހޮވަނީ ލަދުން ވެސް ބޯހަލާކު. ހިލާ ފިލިޔަ ދީގެންނުވާނެ.
ވާލުސޮރު
12 December 2018
ރައްޔިތުންގެ މަޖިލިސްގެ މެންބަރުކަމަކީ ރަންބިމެއް ނުވަތަ އަލިމަސް ވާދީއެއް ލިބުން ފަދަ ކަމެއް. އެތަނަށް ވަނުމަށްފަހު ރުހުމުގަ އެކަމުވެސް ގޮނޑި ދޫކޮށެއްނުލާނެ. ދެރަކަމަކީ ކޮންމެ ފަސްއަހަރަކުން އެއްފަހަރު މަޖިލިސް އާކުރަން ރައްޔިތުންނަށް ލިބޭ ފުރުސަތު ނަގާލާތީ! އަޅެ ކީއްވާނީ ކޮންމެފަހަރަކުވެސް އާ ބަޔަކަށް ފުރުސަތު ދިނިއްޔާ. ގައިމު އޭރުން އަނެއްކާވެސް އެހެން އާއިލާއެއް މުއްސަނދިވާނެ ފުރުސަތުވެސް ދެވުނީހެއްނު.
ކުޑަކަލޯ
03 February 2019
ތިޔަހެން ހެދީމަ ވީނުވީ ގޮތެއް ނޭންގި ފިހާރަ ނޫނީ ވަޑާންގެ ނޫނީ ގުދަން ރޯވެފަ ހުއްޓަ ފެންނަނީ
ޙިމާރުލް ވަތަން
12 December 2018
އާމިރު ބުނޭ ޕީޕީއެމްއިން 6 މިލިއަން ދަރާފައޭ އޮތީ.
ނުހޮވާތި ..
11 December 2018
ބެންކޮކަށް ގޮއްސަކުރާ ހަރަދުވެސް ޕާޓީތަކަށް ރައްޔިތުންދޭ ޓެކްސް ފައިސާއިން .. ވާސަރީވާ .. އާމިރޫ ! ކަލޭ ނޫނޭ ގަދަ ..
ހުއްޓުވާ
11 December 2018
ބޯ ދަމައިގަންނަން އުޅޭވަރު. ހިލާ ދީގެންނުވާނެ.
ތުއްތުނާ
11 December 2018
މިއީ ރައްޔިތުންގެ މަސްލަހަތު އޮންނަ ތަނެއް ނޫން...... ރައްޔިތުންގެ މަޖިލީސް ކިޔަންވެސް ލަދުގަންނަން......
މޮންޓީ ޕައިތޮން
11 December 2018
މި އާޓިކަލްގައި ވާގޮތުން ބިލް އިޒް އޮކޭ، ބޭރުކޮށްލީ ކީއްވެބާ؟
ކޮންގޮތަކުން ..
12 December 2018
މިފަހަކަށް އަހިސް ޕީޕީއެމުން ގާނޫނެއް ފާސް ކުރަން އެދޭއިރު ފެންނަނީ އެބިލަކާ ގުޅޭ ކަމަކުން ތާށިވެފަ އިންދަ .. މިހާރުވެސް ކެންޕެއިންގަ ހަރަދުކުރި އެތައް މިލިއަން ރުފިޔާ ދޭންބުނިދުވަހަށް ނުދީގެން ފަހަތުން ދުވާހަބަރު ނޫސްތަކުން ފެންނަނީ ..
ޙުސެން
11 December 2018
ތިހިރީ ތިމެމްބަރުންގެ ތެދުވެރިކަން.
ކުޑަކަލޯ
03 February 2019
ތިކަމެއް މިހާރު ޤައުމީ ޚިދުމަތަކައް ވުރެން ބޮޑައް ވައްތަރުވާން އުޅެނީ ވިޔަފާރިއަކާ އޮތަ ؟ އެހެންވީމަ ނަން ބަދަލު ކޮއްލުން ރަންގަޅު ކަމައް ފެނޭ “ދިވެހިރާއްޖޭގެ ވިޔަފާރި މަޖްލިސް”