ކެބިނެޓުގެ މިއަދުގެ ބައްދަލުގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިއަށް ގެންދަވަނީ.---ފޮޓޯ: ރައީސް އޮފީސް
11 ޑިސެމްބަރ 2018 - 19:04
ބިންތަކާއި ފަޅުތަކާ ގުޅޭ ކަންކަމުގެ ބާރުތައް ސިޓީ ކައުންސިލްތަކަށް އަލުން ދިނުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނިީ، އެގޮތަށް ނިންމީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އެކަމާ މެދު މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ. އެގޮތުން އިގްތިސާދީ އަދި އިޖްތިމާއީ ބޭނުންތަކަށް ބިމާއި ފަރުތަކާއި ފަޅުތައް ކުއްޔަށް ދިނުމާއި ކުއްޔަށް ހިފުމާއި އެފަދަ ތަންތަނުގައި އިންވެސްޓްކޮށް، އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކު ކުރުމުގެ ބާރު ވެސް ސިޓީ ކައުންސިލްތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، ކުއްލި ނުރައްކަލުގެ ހާލަތްތަކުގަ އާއި ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ނިޒާމްތައް ގާއިމް ކުރުމުގެ ބާރު ވެސް ސިޓީ ކައުންސިލްތަކަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އަލުން ދިނުމަށް ނިންމި ބާރުތައް ސިޓީ ކައުންސިލްތަކަށް ދޭނީ އެ ބާރުތައް މިހާރު ހަވާލު ކޮށްފައިވާ އިދާރާތަކުން ކަނޑައަޅާ އުސޫލެއްގެ މަތިން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ލާމަރުކަޒީ ގާނޫނު 2011 ގައި ވުޖޫދަށް އައިއިރު ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް އެ ގާނޫނުގައި ކަނޑައަޅާފައި އޮތަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެ ގާނޫނު އިސްލާހުކޮށް، ސިޓީ ކައުންސިލްތަކުގެ ބާރުތައް ކަނޑައެޅުން ރައީސްގެ ދަށަށް ބަދަލުކޮށްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދުތުރީ
16 December 2018
ރަށުގައި 2 ގޯތި ހުރެ. ޕްރޮވިންސް ތަކުގަައި ވަޒީފާ އަދާކުރާ މީހުންނަށް ހުޅުމާލެއިން ފުލެޓް ދޭންޖެހޭތަ؟ ބަލަ ހުޅުމަލޭން ފުލެޓް އެއްވެސް ރަށް ޔިތަކަށް ނުދޭ ވިއްކަނީ ކީއްވެގެންތޯ ތިއޮޅުވާ ލަށްވަނީ؟
ފޮސްކަލޯ
12 December 2018
އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ތިކައުންސިލްތައް ދޮވެ ސާފުކުރުން. ފޮސްކަލޯގެ އާއިލާއިންވަނީ ހިތި ތަޖުރިބާއެއްކޮށްފަ ބޭރުގައި އުޅެފައިއާއިރު ގެދޮގެ އެއްބައިވަނީ ކައުންސިލަރުގެ ގާތްމީހަކަށް ހިބައިންދީ ރަޖިސްޓްރީކުރާ ހިސާބުގައި...ކައުންސިލަރާއި ބައްދަލުކުރުމުން ބުނީ ދާށޭ ކޯޓަށް. ތިކަހަލަ ޒިންމާދާރު ކުޑަ ކޮރަޕްޓު ބަޔަކާއި ތިކަންތައް ކުރީގައިވެސް ހަވާލުކުރުން ބައެއްރަށްތަކުން ސަރުކާރުގެ ހުރިހާ ބިންތަކަކަށްވަނީ އިހުމާލުވެފައި.
ދޭސީ
12 December 2018
އަތޮޅުކައުންސިލަށްވެސް ތިޔަ ބާރުތައް ދޭންވާނެ. ސިޓީ އެއް ނެތް ހިސާބުތަކުގެ ފަޅުތަކާއި ރަށްތަކާއި ފަރުތައް ސަރުކާރުން ކޮންޓްރޯލް ކޮށްފަ ސިޓީ ކައުންސިލްތަކަށް އެބާރުތައް ދިނުމަކީ ރައްޔިތުންގެ މެދުގަ ތަފާތުކުރުން ގެންގުޅުން.
ހޯލްޑްއޮން
12 December 2018
މާލެ އަތޮޅާއި އަދި މާލެ ސަރަހައްދުގެ ބިން ތަކާއި ފަޅު ތަކާއި ގިރި ތަކާއި އަދި ފަރު ތަކަށް އަމުރު ކުރަން ދީގެން ނުވާނެއޭ މާލެ ސިޓީ ކައުންސިލަށް އެއީ އެކަން ކޮށްގެން ވާނެ ގޮތެއް ނޫނޭ މަމެން އެކަން އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރާނަމޭ އެއިރު ކަޓޭ ޖައްސާނީ ކައުންސިލަރުން އެއީ ޔަގީން ކަމެކޭ މަމެންނަށް އެކަން އަދި މިވަގުތަށް މަޑުކޮށްލާށޭ ހޯލްޑް އޮން ޓު އިޓް ހޯލްޑް އޮން ހޯލްޑް އޮން ހޯލްޑް އޮން ޑާންސް ޑާންސް ޑާންސް...
މަރުދަން
12 December 2018
ފުލެޓްގެ ޚަބަރު ކޮބާތޯ؟ ޢެމްޑީޕީއަށް ސަޕޯޓް ކުރާތީވެ، ގިނަ ޕޮއިންޓް ލިބިފަ ފުލެޓް ނުދިން މީހުންނަށް މީހުންގެ ހައްގު ކޮބާތޯ؟
ބެއްޔާ
12 December 2018
ރަށުގައި 2 ގޯތި ހުރެ. ޕްރޮވިންސް ތަކުގަައި ވަޒީފާ އަދާކުރާ މީހުންނަށް ހުޅުމާލެއިން ފުލެޓް ދޭންޖެހޭތަ؟
އަހުމަދު687
12 December 2018
އެހެންވީމަ ސަރުކާރަކުން ނޫން އެކަމު އައްޑޫ ކައުންސިލުންދޯ އިންޑިޔާގެ ސިފައިން ބޭތިއްބުމުގެ ކަންކަންކުރާނީ! ވަރަށް މޮޅު! ސަރުކާރަކުންނޫން އަދި ކައުންސިލްވީމަ މީޑިއާއަށާއި އާނމު ރައްޔިތުންނަށް ހިލަމެއްނުވެ ތިޔަކަން ކޮށްލެވޭނެ
ހަސީނު
11 December 2018
ޤާބިލްނޫން ބައެއްއަތަށް ތިފަދަ މުހިއްމު ބާރުތައް ދިނުމަކީ މޮޔައެއް އަތަށް ކަނޑިއެއް ދިނުންފަދަ ކަމެއް
ޝޮކްތެރަޕީ
11 December 2018
ކަންސިލްތަކުން ކުރަނީ ޖެސްސުން. އިދިކޮޅު ޕާޓީގެ މީހަކު އެރަށަކައް އަރާފީޔާ އެމީހަކަ ކުރަނީ ޖެސްސުން.
ނަފާ
11 December 2018
އަލުން ދޭށޭ؟ ކޮން އިރަކު ތިބާރު އޮތީ ދީފަ؟ އެފަދަ ބިންތައް މިލްކު ކުރެވޭނި ބިމާބެހޭ ޤާނޫނުގެ ދަށުންކަމަށް ލާމަރުކަޒީ ޤާނޫނުގެ އެ މާއްދާގަ އޮންނާނެ.. އެހެންވީމަ މިލްކު ކުރާ ކޮންމެ ބިމަކަށް ރައީސުލއޖުމްހޫރިއްޔާގެ ހާއްސަ ހުއްދައެއް ކޮންމެ ބިމަކަށް ވަކިން އޮންނަންވާނެ.
އައްޕި
12 December 2018
ހެޑިންގ އެކަނި ކިޔާފަ ކޮމެންޓު ކުރީމަ ތިކަހަލަ އޮޅުން އަރާފާނެ.
އިބުރާ
11 December 2018
ސިޓީ ކައުންސިލް ތަކަށް ބާރުތައް ދިނުމަކީ ރަނގަޅުކަމެއް! އެހެންނަމަވެސް އެބާރުތައް ދޭންޖެހޭނީ އެފަދަބާރުތަކުގެ ފުރިހަމަ ޒިންމާ ނެގޭވަރުގެ ފެންވަރު ރަނގަޅު ކައުންސިލަރުންނަށް! މިހާރު ސިޓީ ކައުންސިލް ތަކުގައިތިއްބެވީ އެފަދަ ބޭފުޅުންތޯ؟ އަދި ޚާއްސަ ގޮތެއްގައި ރާއްޖެތެރޭގައި ތިއްބެވީ އެފަދަ ކައުސިލަރުންތޯ އަޅުގަނޑު ސުވާލުއުފައްދަން!
އައްޕި
12 December 2018
ރާއްޖެތެރޭ މާގިނަ އަށެއްގަ ސިޓީކައުންސިލެއް ނުހުރޭ. ހުންނަޏި ރަށު ކައުންސިލާ އަތޮޅު ކައުންސިލް.