ޚަބަރު / ހުޅުމާލެ ހޮސްޕިޓަލް

ހުޅުމާލެ ހޮސްޕިޓަލް އަނެއްކާ ވެސް ހެލްތު މިނިސްޓްރީގެ ދަށަށް

ހުޅުމާލެ ހޮސްޕިޓަލް: އެތަން ފާއިތުވި ދެ އަހަރު ހިންގީ އާސަންދަ ކުންފުނިން. -- ފޮޓޯ: ނިޝާން އަލީ

އާސަންދަ ކުންފުނީގެ ދަށުން ހިންގަމުން ދިޔަ ހުޅުމާލެ ހޮސްޕިޓަލް، ހެލްތު މިނިސްޓްރީގެ ދަށަށް އަނެއްކާ ވެސް ބަދަލުކޮށްފި އެވެ.

އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ހަދީޖާ އަބްދުއްސަމަދު މިއަދު ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ހެލްތުގެ ދަށަށް ބަދަލުކޮށްފައިވާކަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެގޮތަށް ބަދަލުކުރީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ.

އޭނާ ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލް ހިންގުމާ ގުޅޭ ތަފްސީލީ މައުލޫމާތުތައް އަންނަ ހަފުތާގައި ހާމަކުރާނެ ކަމަށެވެ.

އާސަންދަ ކުންފުނީގެ ދަށަށް ހުޅުމާލެ ހޮސްޕިޓަލް ބަދަލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އޭޕްރީލް 3، 2016 ގަ އެވެ. އާސަންދައިން ހަވާލުވެ އެ ހޮސްޕިޓަލަށް ބޮޑެތި ކުރިއެރުންތަކެއް ވަނީ ގެނެސްފަ އެވެ. އޭގެ ތެރޭގައި ކެންސަރަށް ފަރުވާ ކުރެވޭ އޮންކޮލޮޖީ ސެންޓަރެއް ހުޅުވުމާއި އެމްއާރުއައި ހިދުމަތާއި ސީޓީ ސްކޭނާއި މެމޯގްރާމް ހެދޭނެ ވަސީލަތްތައް ވަނީ ގާއިމްކޮށްފަ އެވެ.

އާސަންދަ ކުންފުންޏާ ހަވާލުކޮށްގެން ހުޅުމާލެ ހޮސްޕިޓަލް ހިންގަން ފެށި ފަހުން ފާއިތުވި ދެ އަހަރުގެ ތެރޭ އާސަންދަ ސްކީމުން 193 މިލިޔަނަށް ވުރެ ގިނަ ރުފިޔާ އެ ހޮސްޕިޓަލަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އާސަންދަ އިން ޚިދުމަތް ދިން ސިއްހީ މަރުކަޒުތަކަށް ދޭން ޖެހޭ ފައިސާ ނުދެވި ލަސްވެފައި ވަނީ އެހެންވެ ކަމަށް މިދިޔަ މަހު ނެރުނު އާސަންދަ އޮފީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި، ހެލްތުގެ ދަށަށް ބަދަލުކުރުމަށް ހުޅުމާލެ ހޮސްޕިޓަލްގެ ގިނަ މުވައްޒަފުން ދެކޮޅެވެ. އަދި އެކަމާ ދެކޮޅަށް ގިނަ ބަޔަކު ޕެޓިޝަނެއްގައި ސޮއި ވެސް ކުރި އެވެ. އޭގެ ތެރޭގައި ނަރުހުންނާއި ޑޮކްޓަރުން ހިމެނެ އެވެ. ނަމަވެސް ޕެޓިޝަން އެއްވެސް ތަނަކަށް ހުށަހެޅިކަމެއް އަދި ނޭނގެ އެވެ.

20 ކޮމެންޓް, 48 ރިއެކްޝަންސް

icon happy icon happy 52%
icon sad icon sad 4%
icon angry icon angry 44%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

46677

19 December 2018

ބަލަ އެހެރީއެއްނުން އެތާ ކަނުގައި ހަދާފައި ވައްތަރެއްގެ އިމާރާތެއް. އެތަން ހަދަންށޭ ކިޔާފައި އާސަންދަ .... ކިހާ ރަނގަޅު..

The name is already taken The name is available. Register?

ޖީލް

19 December 2018

އާސަންދައިގެ ދަށުގައި ހޮސްޕިޓަލް ތަކާ ކްލިނިކާ ފޫޅުމައިން ތިބުމަކީ މަސްލަހަތުފުށުއަރާ ކަމެއް. އާސަންދައިގެ މެންޑޭޓެއްވެސްނޫން. ކޮންމެސް ހަރުދަނާ ބަދަލެއް އައިސްދާނެތީ ނުވަތަ ބަޔަކަށް މިހާުުރު ލިބޭ އެއްޗިސް ތަކެއް ނުލިބިދާނެތީ ކަންނޭގެ މުއައްޒަފުން ތިހާ ބިރުގަންނަނީ،

The name is already taken The name is available. Register?

fareedha

20 December 2018

އެގިފައިވާގޮތުގަ މުއައްޒަފުން ތިޔަބުނާޕެޓިޝަނެއް ހުށައެޅީ އާސަންދީގެ ދަށުގަ އޮންނަންބޭނުންވެގެނެއްވެސްނޫން އަދި މިނިސްޓޮރީ ދަށަންދާންބޭނުން ނުވެގެނެއްވެސް ނޫން، މުއައްޒަފުން ބޭނުންވަނީ ހޮސްޕިޓަލްގެ ހިދުމަތް ރަނގަޅުވާނެ މުރިހަމަ ނިޒާމެއް، އެކަންހާސިލްވާނެ މަގެއްފެނޭތޯ ހުށައެޅިފެޓިޝަނެއްތިޔަ ޕެޓިޝަނަކީ.

The name is already taken The name is available. Register?

ދާދޭ

19 December 2018

ކެންސަރު ސެންޓަރަކީ ހުޅިމާލޭ ހޮސްޕިޓަލުން ހިންގާތަނެއްނޫން. އެއީ އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން ހިންގާ އެހޮސްޕިޓަލުގެ ބައެއް. ދިވެހިންގެ ކިބައިގާ އަދި ނެތް ކެންސަރު ސެންޓަރެއް ހިންގާނޭ ފަންނީ އަދި މާލީ އުރައްޕެއް. އެދުވަހެއް ފެނުން އުންމީދަކީ. އެތަނަކީ ޔާމީން ހޯދައިދިން މުދާގަނޑެއްނޫން ދިވެހިންނަށް.

The name is already taken The name is available. Register?

faathuma

19 December 2018

ތިޔަނިންމުމަކީ ރަނގަޅު ނިންމުމެއްކަމަށް ދެކެން، މިނިސްޓްރީ ދަށުގަ ތިޔަތިަން އޮތަސް ހިންގަންވާނީ ރަނގަޅު ބޯޑެއްގެދަށުން އެހެންނޫނީ ކުރިއެރުމެއްނޯންނާނެ، އާސަންދައިގެވެރިން ތިޔަތަންބޭނުންކުރީ ރައީސް ޔާމީނުގެ ކެންޕޭނަށް. މިގޮތުން ގޯތިތެރޭގަ ހެދި ޕާކު، 3ބުރި އަދި 6ބުރީގެ އިމާރާތް، މެޝިނަރީސް އެންޑް އިކުއިޕްމެންޓްސް، ފާމަސީ، ގިފްޓް ޝޮޕް، ކެންޓީން، ހޮސްޕިޓަލަށް އެތެރެކުރާ ހުރިހާ ކޮންސިއުމަބަލްސް ހިމެނޭނެ. މީ ކުރިއެރުންތޯ؟؟؟؟

The name is already taken The name is available. Register?

faathuma

19 December 2018

ހުލުމާލެ ހޮސްފިޓަލަށް އަންނަންޖެހޭ ހަޤީޤީ ތަރައްގީއެއް އާސަންދައައިސްގެނެއްވަކިލިބުނުތަނެއްނުފެނެ، 2 އިމާރާތެއް އަޅާަހުންނަތާ އަހަރުދުވަސްވީ، އެތަނުންކުރި ފައިދާއެއްނެއް، ރަނގަޅު ވަސީލަތްގާއިމުކޮއްފި އަދި ވޯޓަށް އަވަސްއަރުވާލާފަ ތަންވެސް ހުޅުވި، ސުވާލަކީ އެތަނުން ޙިދުމަތްދެވޭތޯ؟ ޙިދުމަތްނުދެވެންޔާ ތަންތަންހެދުމުގެ ބޭނުމެއްނެތް. ލެބޯޓްރީ ޓެސްޓްތައް 2 ދުވަހުން 1ދުވަހުނުހެދެ.

The name is already taken The name is available. Register?

ކެނސަރޕޭޝަންޓެއް

19 December 2018

އެެހެންތަނެއްގެ ގޮތެއް ނޭގެ އެކަމް ކެންސަރ ޑިޕާޓްމަންޓު ވ ވ ރަގަޅު. އާސަންދައިން ފަރުވަތެރިކަމާއިއެކު އަގު ބޮޑެތި ބޭސް ގެެނެސްދޭ. އެ ޑިޕާޓްމަން އެގޮތަށް ބައިންދާދިނުން ވަރަށް އެދެން. ފުރާނައަށްޓަކައި.

The name is already taken The name is available. Register?

ޟިނިސް

19 December 2018

މަރުހަބާ މަނިކުފާނުގެ ތިޔަ ނިންމެވުމަށް. ޢިބޫހެ ރައީސްކަމުގައި ސިއްޚި ދާއިރާއަށް ކުރިއެރުން އަންނާނެ ކަން ޔަގީން . ޙެލްތު މިނިސްޓަރ އަމީން ފެނަނަނީ ވަރަށް ހީވާގި ބޭފުލެއްގެ ގޮތުގައި

The name is already taken The name is available. Register?

ޚިޔާލު

19 December 2018

ތިޔައީ ރަގަޅު ނިންމެވުމެއް. ޔާމީން ސަރުކާރުގަ ހޮސްޕިޓަލްތައް ހިންގުންވަސް އޮތީ ހިތުހުރި ގޮތަކަށްބހަދާފައި. ޥެމްކޯ އިންވެސް ހޮސްޕިޓަކް ހިންގާ ހިސާބަށް ގޮސްފަ އިތީ. ޢިބޫގެ ނިންމެވުން ރަގަޅު. ޢަދި އައިޖީއެމް ހިންގުން އޮތީ ކިހިނެއްކަމެއް ނޭގެ. ޔާމީން ލާރިކާންވެގެން ރައީސް އިފީހުގައި ބޭއްވިގޮތަށް ނުހަދާނެކަމަށް އުންމީދުކުރަން

The name is already taken The name is available. Register?

ބޭބެ

19 December 2018

މިއަހަރު ނަރުހުން ގެންނަން އިއުލާނު ނުކޮށް ޖަރީމާ ހިންގަނީ

The name is already taken The name is available. Register?

ދާދޭ

19 December 2018

ކީއްކުރަންތޯ ރާއްޖޭން ނަރުހުން ލިބެންޏާ އިއުލާންކޮށްގެން ތިމީހުންގެ ޖީބު ފުރަން ބޭރުން ނަރުހުން އެތެރެކުރަންވީ. މިހާރުވެސް އެތައް މަކަރެއް ހަދައި ބޭރުގެ ނަރުހުންނަށް ވަރަށް ގެއްލުން އެބަދޭ.

The name is already taken The name is available. Register?

ފޮނިކަލޯ

19 December 2018

ދެނަ މޢދަން ނޫން އަނެއްދުވަހު ބުނެފާނެ ލިޔުމުގައި ހުރި އޮޅުން ތަކަކުން ނޭންގުމެއްގެ ތެރޭން މިކަން ބަލަން ވާވަރައް ނުބަލައި ޢިއުލާން ކުރެވުނީކަކަމަށް މަޢާފައް އެދިފަ ބުނާނެ ތީ އާސަންދަ ހޮސްޕިޓަލް ކަމަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454