ހަތަރު ލީޑަރުންނާއެކު ބޭއްވި ބައްދަލުވުމަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޮޓެލް ޖެން އިން މިރޭ ނުކުމެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ޑިސެމްބަރ 2018 - 19:55
އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި، ސަރުކާރު ހިންގާ ކޯލިޝަން ގުޅިގެން ވާދަކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ އެކު ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމަށް ފަހު، ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ކޯލިޝަންގެ ތެރެއިން އިންތިޚާބުގައި ވާދަކުރުމާ މެދު މަޝްވަރާ ކުރެވުނަސް، އެކަމާ މެދު އަދި ގޮތެއް ނުނިމޭ ކަމަށެވެ.
"މިއަދަކު ނިންމުމަކަށް ނާދެވޭ. އެހެން ވިޔަސް، ކުރިއެރުންތަކެއް އެބަހުރި. އަދި އިތުރު ބައްދަލުވުންތައް ކުރިއަށް ދާނެ،" މަޝްވަރާތަކުގައި ލިބުނު ކުރިއެރުންތަކުގެ ތަފްސީލް ނުދެއްވައި، ރައީސް ވިދާޅުވި އެވެ.
ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ފަހު، ރައީސް އިބްރާިމް މުހައްމަދު ސޯލިހް ނޫސްވެރިންގެ ސުވާލުތަކަށް މިރޭ އިރާކޮޅު ޖަވާބު ދެއްވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
ކޯލިޝަންގެ ތެރެއިން، މަޖިލިސް އިންތިޚާބަށް ވާދަކުރުމާ ގުޅޭގޮތުން އެ ކޯލިޝަންގެ ލީޑަރުން މަޝްވަރާ ކުރެއްވިރު، ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީން ވަނީ ފ. ނިލަންދޫ ދާއިރާ ފިޔަވައި ދެން ހުރި 86 ދާއިރާއަށް ވާދަކުރުމަށް ނިންމައިފަ އެވެ. އަދި ހުރިހާ ދާއިރާއަކަށް ވާދަ ކުރަން ކެރޭނެ ކަމަށާއި އެގޮތަށް ކަންތައް ކުރަން ޖުމްހޫރީ ޕާޓީން ވެސް ފަސް ނުޖެހޭނެ ކަމަށް އެ ޕާޓީގެ ލީޑަރު ގާސިމް ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
ކޯލިޝަންގައި ދެން ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން މަޖިލިސް އިންތިޚާބުގައި ވާދަކުރާނެ ދާއިރާތަކެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދާލަތު ޕާޓީން ވަނީ އިންތިޚާބުގައި 13 ދާއިރާ އަކަށް ވާދަކުރަން ނިންމައި، އެ ދާއިރާތައް އިއުލާންކޮށްފަ އެވެ.
ކޯލިޝަންގެ ތެރެއިން މަޖިލިސް އިންތިޚާބަށް ވާދަކުރުމުގައި އެއްބަސްވުމަކަށް ނާދެވި ލަސްވަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލު ދެންނެވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވީ، ވީހާ ވެސް އަވަހަކަށް ގޮތެއް ހޯދަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ހުރިހާ ލީޑަރުންނަށް އެއްބަސްވެވޭ ގޮތެއް ނިންމޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ހަތަރު ލީޑަރުންގެ ބައްދަލުވުމަށް ފަހު މައުމޫން މިރޭ އިރާކޮޅު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އެކި ޕާޓީތަކުން އެކި ގޮތަށް އެބަ މަސައްކަތް ކުރޭ. އެހެންވީމާ، އެ ޕާޓީއެއްގައި އޮންނަ ގަވައިދާއި އުސޫލުގެ ތެރެއިން މަސައްކަތް ކުރެވޭނެ ފުރުސަތު ލިބޭ ގޮތަށް މަޝްވަރާތައް ނިމުމަކަށް ގެންނާނީ،" ހަތަރު ލީޑަރުން ތިއްބެވި ބައްދަލުވުމުގައި ރައީސް ވިދާޅުވި އެވެ.
ދެ ގަޑިއިރަށް ކުރިއަށް ދިޔަ ބައްދަލުވުމަށް ފަހު، މައުމޫން ވެސް ވިދާޅުވީ ކޯލިޝަންގެ މެދުގައި ގޮނޑިތައް ބެހުމާ ގުޅޭ ގޮތުން އަދި އިތުރަށް މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ. އެހެންވެ، އެކަމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ލީޑަރުންގެ މެދުގައި އެއްބަސްވެވަޑައިގެންނެވި ކަމަށް މައުމޫން ވިދާޅުވި އެވެ.
ނޫސްވެރިއަކު ދެންނެވި ސުވާލެއްގެ ޖަވާބުގައި ނަޝީދު ވިދާޅުވީ، މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓު ދޭނެ މީހުން ހޮވުމަށް ބާއްވާ ޕްރައިމަރީއާ ގުޅިގެން، ގިނަ ބަޔަކު އެ ޕާޓީއާ ގުޅެމުން އަންނަ ކަމަށެވެ. އެގޮތުން، އަލަށް 34،000 އަށް ވުރެ ގިނަ މީހުން އެމްޑީޕީއާ ގުޅިފައިވާ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އޭގެ ތެރެއިން 11،000 މީހުންނަކީ ޕީޕީއެމުން ވަކިވެ، އެމްޑީޕީ އަށް ބަދަލުވި މީހުންނެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ އާންމު މެމްބަރުންގެ އަޑުއަހައިގެން މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިލާނެ މީހުން ނިންމޭ ކަމީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ.
މި ސަރުކާރުގެ ހޯމް މިނިސްޓަރުކަން ވެސް ކުރައްވާ، އަދާލަތު ޕާޓީގެ ރައީސް އިމްރާން ވިދާޅުވީ ކުރިން ހަތަރު ލީޑަރުންގެ މެދުގައި އެއްބަސްވެފައިވާ ގޮތަށް ކުރިއަށް ދެވޭނެ މަގެއް ފެނިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހަމަ ގައިމު ވެސް މަސައްކަތް ކުރަނީ ހަތަރު ޕާޓީ އެކުގައި މަޖިލިސްގެ ކަންތައްތަކާ ކުރިއަށް ދެވޭނެ މަގެއް ހޯދޭތޯ. އަޅުގަނޑު އުންމީދު ކުރަން ހަތަރު ޕާޓީ އާއި ރައީސަށް އެ މަގު ހޯދޭނެ ކަމަށް،" އިމްރާން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައީދުތުރީ
24 December 2018
މިފަހަރު މަޖިލީސްގެ މެންބަރުން ހޮއްވަވާއިރު ޙާއްސަކޮށްމާލޭގެރަށްޔަތުންވިސްނާވަޑައިގެން ވޯޓްލަށްވަން ހަދާންބަހަށްޓަން ވީކަމަކީ މިދިވެހިރާށްޖޭގަ މީހުންދިރިއުޅޭ ކިތައްރަށްއޮތްތޯ އަދިރަށްރަށާއި މާލޭގެ ތަފާތުކުރާ ކަންތައްތަކަކީކޮބާތޯ މާލެ ފިޔަވާ ރާށްޖޭގެ ހުރިހާރަށެއްގައިވެސް މީހުންނަށް ލޯކަލްޓުވަރިޒަމުން ނަފާލިބޭ
ނޯ ޓު ސޭޓު
22 December 2018
ޕީޕީއެމް މީހުން ގޮވައިގެން އުޅޭ ބަޔަކާ އެކީ ވާދަކުރުމަކީ މޮޔަކަމެއް. މަށެއް ވޯޓެއް ނުލާނަން ޖޭޕީ އެކަކަށްވެސް.
ބުމަރު
21 December 2018
އުމަރު ކޮބާ ކަލޭ. ހަމައަނެއްކާވެސްނިދާފަހޭލެވުނީމަ އަހަރެމެންތެޅެންވީދޯ
ފޮނިޓައްޕު ހަސަނު
21 December 2018
ކޯލިޝަން ހަދަން ޖެހުނީ ޔާމީނު ރިޔާސީ އިންތިޚާބުން ބަލިކުރަން. ކޯލިޝަން ވެރިކަމެއް މިއޮތީ، އަދި ކެބިނެޓް ހެދިފައިވަނީ ކޯލިޝަން ޝާމިލުވާގޮތަށް. ރައްޔިތުންގެ ފަރާތުން މަޖްލިސް ތަމްސީލު ކުރަން ހޮވާ މެމްބަރުން ހޮވަން ޖެހޭނީ ގާސިމެއް، ނަޝީދެއް، މައުމޫނެއް ނޫން. އެމެމްބަރުން ހޮވަންޖެހޭނީ ސީދާ ރައްޔިތުން. 87 ގޮނޑިއަށް ޖޭޕީން ވެސް، އެމްޑީޕީ ވެސް، އަދާލަތުންވެސް، އަދި މައުމޫނުގެ މީހުން ވެސް ކުރިމަތިލައި ރައްޔިތުންގޮތެއް ނިންމަން ދޫކުރޭ.
ްއަފްރާދު
21 December 2018
އަޅުގަނޑު ތިޔަ ލޮބެވެތި ލީޑަރުންނަށް ދަންނަވާލަން ބޭނުންވަނީ އެންމެ ބޭފުޅެއް ފިޔަވައި އެހެން ހުރިހާ ބޭފުޅުންވެސް ތިޔަވަނީ ވަރަށް ބޮޑެތި ބޭއިންސާފު ހައްޔަރުތަކެއްގައި ގިނަ ދުވަސްތަކެއް ހޭދަ ކުރައްވާފައޭ އެކަމުން ސަލާމަތްވެ ވަޑައިގަތުމަށް ﷲ މެދުވެރިކޮށް ދެއްވި ފަރާތަކީ ރައީސް ޞާލިޙްއޭ އެހެންވީމާ ފަސް އަހަރު ދުވަހު ތިޔަ ކޯލިޝަން އެއްވެސް ބޭފުޅެއްގެ އަމިއްލަފުޅު މަސްލަޙަތަށްޓަކައި ރޫޅާ ނުލައްވައްޗޭ
މުލޭ
21 December 2018
ނަޝީދު ތިކަމުގައި ގޮތް ދޫކުރާނެހެން ހީނުވޭ. ބޮޑުވަޒީރުގެ ގޮނޑި ހުވަފެނުން ފެނިފައޮތީމަ އެ މިސްރާބަށް ނަޝީދު ދާން އުޅެނީ.
ބޭކާރު
21 December 2018
ނަޝީދު ދޫކުރިޔަސް ކޯލިޝަނުން ޓިކެޓް ދިނަސް އެމްޑީޕީ މީހުން ކޮންމެ ކޮންމެ މީހަކަށް ވޯޓު ނުދޭނެކަން ނަޝީދުއަށްވެސް އެނގޭނެ. މިހާރުވެސް ސީދާ ޔާމީންގެ މީހުންތައް ކޯލިޝަން ތެރޭ އެބަތިބި. އެމީހުންނަށް ކޯލިޝަނޭ ކިޔާފަ ޓިކެޓް ދޭއިރަށް ވޯޓު ދޭންތަވީ އަހަރުމެން؟ ނުވާނެ ތިކަމެއް.
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
21 December 2018
ރައީސު ނަޝީދުއަށް، ފ. އަތޮޅު ނިލަންދޫ ބާކީނުކުރައްވައި އެދާއިރާއަށްވެސް އެމް ޑީ ޕީ އިން ކުރިމަތި ލުންމުހިއްމު. އެދާއިރާއިން ރިޔާސީ އިންތިޚާބުގައި ހުރި އޮޅުވައިލުންތަކާއި އައިސްފައިވާ ނުފޫޒު އެދާއިރާގެ ރައްޔަތުން ވަރަށް އަސަރާއި އެކު ކިޔާދިފައިވޭ.. އެމް ޑީ ޕީ އިން އެދާއިރާ ބާކީ ކުރެއްވީތީވެ އަޅުގަނޑު އެދާއިރާއަށް ގޮސް އެދާއިރާގައި އިޖުތިމާއީ ހަރަކާތްތަކެއް މިދިޔަ ހަފުތާގައި ހިންގައިފައިވާނެ އަދި ރައްޔަތުންގެ އާދޭހަކީ އެމް ޑީ ޕީ ދާއިރާބާކީނުކުރުން
އެކޮޅު ކޮޅުން
21 December 2018
މުސްތަފާބޭއަށް ޕްރައިމަރީ ގައި ވޯޓް ދޭނީ އެމްޑީޕީގެ މެމްބަރުން ނެވެ.އެކަމަކު މުސްތަފާބެ ކަންޔަށް ކުރާގޮތް ވެސް އެގިއްޖެ ތާއެވެ.ވީމާ "ބޭކާރު" ނަމުގައި ކޮމެންޓް ކުރާ ބޭފުޅާ އެކިޔާ އެއްޗެއް ނޭގޭތާއެވެ
ބާރު
21 December 2018
ކޯލިސަނުން ބެނުން މީހަކަށް ވޯޓު ދެންޏާ ދެން އެވަނީ ފެންނަ ނުފެންނަ ވޯޓަކަށް. ރައްޔިތުން ބެނުން ބަޔަކަށް ވޯޓުދެވެން ޖެހޭ.
ވަލްސް
21 December 2018
ހުރިހާ ޕާޓީއަކުންވެސް 87 ގޮނޑިއަށް ކުރިމަތިލާން ނިންމަންވީ. އެކަން ކުރަން ނުކެރޭނީ ސިޔާސީ ދާއިރާގަ ހަރަކާތްތެރިވާން ކުފޫ ހަމަނުވާ ޕާޓީތައް. ކޮންމެ ޕާޓީއަކުންވެސް ހުޅުވާލަންވީ އާންމު މެންބަރުންނަށް އެޕާޓީއެއް ތަމްސީލުކުރަން ކުރިމަތިލުމަށް. ކުރިމަތިލާ މީހުންގެތެރެއިން އެއޮންނަށް ފިލްޓަރަކުން އެކަށީގެންނުވާ މީހުން (މިސާލަކަށް ކުށުގެ ރިކޯޑު ހުރި މީހުން) ބޭރުކޮށްފަ ދެން ތިބި މީހުން ނެރެންވީ.
.ކުރިއެރުން
21 December 2018
.ކިހާ ކުރި އެރުމެއްތޯ ތި ލިބުނީ ލާރިގަނޑު ޚަރަދު ކޮށްގެން ވެރިކަމަށް ހޮވައިދިނީމާ ޕާޓީގަނޑު މީހުން ނެރިގެން ވައްބަހުން ތަޅާ ފައްސާލަން މަސައްކަތް ފެށުމަކީ ލިބޭ ކުރިއެރުން ތިކަހަލަ މީހުނަށޭ ބަތާ ހަރާމީ ކިއަނީ.