އަހުމަދިއްޔާ ސްކޫލުގެ ދެ ކުއްޖަކު، ރިޕޯޓު ފޮތް ހިފައިގެން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
22 ޑިސެމްބަރ 2018 - 11:51
އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު ސްކޫލްތަކުގެ ހެނދުނު ދަންފަޅީގައި ކިޔަވާ ކުދިންނަށް ނާސްތާ ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބައެއް ސްކޫލްތަކުން ބިޑަށް ހުޅުވާލައިފި އެވެ.
ނޫސްވެރިން ބައްދަލުކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ދަރިވަރުންނަށް ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމްގެ ދަށުން އެކަން ފަށާނީ 25 ސްކޫލެއްގައި ކަމަށެވެ. އެއީ މާލެއިން ފަސް ސްކޫލަކާއި ކޮންމެ އަތޮޅަކުން އެއް ސްކޫލެވެ. ޔުނިސެފްގެ އެހީއާ އެކު ނާސްތާގެ ގޮތުގައި ދޭނެ 10 މެނޫއެއް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.
އޭގެތެރެއިން ގިނަ ސްކޫލްތަކުން މިހާރު ވަނީ ނާސްތާ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.
ސްކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕައިލެޓް ޕްރޮގްރާމްގެ ދަށުން މައުލޫމާތު ދިނުމަށާއި އާންމުންގެ ހިޔާލު ހޯދުމަށް ބެލެނިވެރިންނާއި އާންމުންނަށް ހުޅުވާލައިގެން މާދަމާ ރޭ ހާއްސަ ފޯރަމެއް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.
މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ނާސްތާ ދިނުމަކީ ދަރިވަރުންނާ ސީދާ ގުޅޭ ކަމަކަށް ވުމުން އެކަމަށް ބެލެނިވެރިންގެ ރުހުން އޮތްތޯ ބެލުމަށް ފޯމެއް ފުރާނެ ކަމަށެވެ. އެކަމަށް ބެލެނިވެރިއަކު ބޭނުން ނުވާ ނަމަ އެ ދަރިވަރަކު ނާސްތާގައި ބައިވެރިއެއް ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބެލެނިވެރިންގެ ރުހުން އޮތް ދަރިވަރުންނަށް ނާސްތާ ދޭނީ ކިޔެވުން ފެށުމުގެ ކުރިން ކްލާސްރޫމުގަ އެވެ.
އެޑިއުކޭޝަންގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު ސައީދު ވިދާޅުވީ ނާސްތާ 10 މެނޫއެއް ހިމެނިފައި ވިއަސް ކޮންމެ ދުވަހަކު ވެސް ތިން މެނޫއެއް އޮންނާނެ ކަމަށެވެ. އޭގެ ތެރެއިން ދަރިވަރު އިހުތިޔާރުކުރާ އެއްޗެއް ކެއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވިދާޅުވި އެވެ. ދަރިވަރުންނަށް ނާސްތާ ދޭނެ ފަރާތްތައް ކަނޑައެޅުމުގައި އެ ރަށެއްގައި ކޭޓަރިންގެ ހިދުމަތް ދޭ ފަރާތަކަށް ވުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާސްތާ ޕްރޮގްރާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ހިމެނޭ ކަމެކެވެ. އަދި 25 ސްކޫލުން ފެށިކަމުގައި ވިއަސް ޕްރޮޖެކްޓް ނިމިގެންދާއިރު 212 ސްކޫލުގައި ނާސްތާ ދޭން ފަށާނެ ކަމަށް ވިދާޅުވި އެވެ. ސްކޫލް ކުދިންނަށް ނާސްތާ ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލަކަށް 4000
23 December 2018
ޢުމަރު ނަޞީރު މިނިވަން 50 ގަ އޭނާގެ ރަށްޓެހިންނަށް ހުރިހާ ބިޑްތައް ދިންގޮތަށް ނުދެއްޗޭ ހަނދާން އެބަހުރިބތަ ދަރުބާރުގޭގަ ބޮލަކަށް 4000 ގެ ކެއުމަށް މީހަކު ކިހިނެތް އެންމެ އިރަކަށް 4 ހާސް ރުފިޔާގެ ތަކެތި ކާނި
ދަތްހުރިކުއްޖަަ
23 December 2018
ރައްޔިތެއް ތަފާތުނުކުރާނެކަމަށް ވައުދުވެ އައި ސަރުކާރުން، މިފަދަކަންކަން ފަށަންވާނީ ހުރިހާ ދަރިވަރުން ސާމިލުވާ ގޮތަށެވެ.
ބޭބެ
23 December 2018
ދެކޮޅު ނުޖިހޭ ކަންކަން ކުރާ ނޫޅުނިއްޔާ ރަނގަޅުވާނީ.... ދިވެހިންގެ ދަރިން ސުކޫލަށް ފޮވަނީ ކާންނުދީއެއްނޫ!
ދޯދިޔާ އީސަ
22 December 2018
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަށް ސަރުކާރު މުއައްޒަފުންގެ މުސާރައިން ބައެއް ކަނޑައިނުލައި ވާވަރު ކަމަކަށް މިކަންވާނެބާ! ކުރީފަހަރުވެސް އެމްޑީޕީ ސަރުކާރުގައި އުމުރުން ދުވަސްވީ މީހުންނަށް ޢިނާޔަތް ދިނުމަށް ސަރުކާރު މުއައްޒަފުންގެ މުސާރަ އަތުލީމައި އެގޮތަށްތޯ މިފަހަރުވެސް ހަދާނީ އަހައިލީ!
މީހެކޭ
22 December 2018
ސުވާލަކީ ކޮންމެވެސް ކޮންޓްރެކްޓަރަކު ބަންގާޅު މީހުންލައްވާ ތައްޔާރުކުރާ ތިކަހަލަ ނާސްތާއެއް މަގޭ ދެލޯނޭދޭ ދަރިއަށް ކާންދޭން ބޭނުންހޭ. ފުޑްޕޮއިޒަން ވިޔަސް ސްކޫލްގެ ހުރިހާ ދަރިވަރުންގެ ދުވަސް ދިޔައީ.
އަރޫ
22 December 2018
އަހަރެމެންގެ ގިނަ މީހުން މިހާރުވެސް ކައިބޮއެ އުޅެނީ ބަންގާޅީން ކައްކާފަ ހުންނަ ކާތަކެތި. ޤަބޫލުކުރަން ހިތްނޭދުނަސް ޙަޤީޤީތަތަކީ މިއީ.
މީހެކޭ
23 December 2018
ތުއްތުދަރިފުޅާއި ބޮޑެތިމީހުންނާއި ދެމެދު ފަރަގުކުރަން ނޭގޭނަމަ މިފަދަ ވައުުފުއްދުމުގެ މަޅީގަ ޖެހޭނީ. އެމީހެއްގެ ދަރިއަކާއިމެދު ކަންކުރާނޭމަގު އެނގޭނީ ހަމަ އެމީހަކަށް. އަޅުގަނޑު މިދެންނެވީ އަޅުގަނޑުގެ ހިޔާލު.
ރާއްޖެ
22 December 2018
ސުވާލަކީ މިއީ ހަމަ މިހާވަރަށް ބޭނުންޖެހިފަ އޮތްކަމެއްހޭ؟ ހެނދުނު ނާސްތާ ނުކައި ސްކޫލަށް ދަނީ ކިތައް ކުދިންތޯ؟ ނާސްތާ ނުނަގައި ދަނީ ފޯރުން ތެރިކަން ނެތީމަތޯ؟ އެހެން ނޫނީ މައިންބަފައިން ކަންނެތް ކަމުން ހެނދުނު ސައި ނުދީ ދަރިން ސްކޫލަށް ފޮނުވަނީތޯ؟ ކިޔަވައިގެން ތިއްބަވާ ބޭފުޅުން މިކަހަލަ ކަންކަން ދިރާސާ ކުރުމަށް ފަހު ތިކަހަލަ ބޮޑެތި ޚަރަދު ކުރަން ވިސްނަވާ ނަމަ ވަރަށް ރަގަޅުވާނެ ކަމަށް ދެކެން.
ބަސްތީން
22 December 2018
ކިޔަވައިގެން ބުއްދީގެ ބޭނުން ނުކުރާމީހުން ސަރުކާރުތަކުގަ ވަރައްގިނަ..
ޝާއިރާ
23 December 2018
އެޑިއުކޭޝަން މިނިސްޓަރު ދެވަނަ ވިސްނުމަކަށް ދިއުމަށް ގޮވާލަން
އަޑަފި
22 December 2018
ރަށްޔިތުން ގެ ފައިސާއިން މިގޮތަށް ދޭ ހިލޭއެހީތައް ދޭންފަށަންވާނީ އެންމެން ހަމަހަމަވާ ގޮތެއްގެ މަތިންނެވެ. ބުރުނީ ސްކޫލްގެ ހެނދުނު ދަންފަޅީގެ ކުދިންނަށް ހިލޭ ނާސްތާލިބޭއިރު މެންދުރު ދާކުދިންނަށް ހިލޭ ލިބޭނެ އެއްޗެއްނެތެވެ. ބުރުނީ އާ ޖެހިގެން އޮތް ރަށުގެ އެއްވެސް ކުއްޖަކަށް ހިލޭ ކާއެއްޗެއް ލިބޭނެގޮތެއް ނެތެވެ. އެއްވެސް ރއްޔިތެއް ތަފާތުނުކުރާނެކަމަށް ވައުދުވެ އައި ސަރުކާރުން، މިފަދަކަންކަން ފަށަންވާނީ ހުރިހާ ދަރިވަރުން ސާމިލުވާ ގޮތަށެވެ.
ޢީސަ
22 December 2018
ބޮޑު ހަރަދެއް ކުރުމުގެ ކުރިން ކުރާ ޕައިލެޓް ޕޮރްޖެކްޓެއްމީ. ޢެހެންވީމާ ހުރިހާ ރަށެއްގަ އެއްފަހާރާ ނުފެށޭނެ. ނަތީޖާ ރަގަޅިއްޔާ ހުރިހަ ރަށެއްގަ ފަށާނެކަމަށް ލަފަކުރެވެނީ.
އަޑަފި
22 December 2018
ޢީސަ އަށް ވެދުން. ވައުދުވީ ޕައިލެޓް ޕްރެޖެކްޓް ހިންގައިގެން އެކަން ވާނެތޯ ނުވާނެތޯ ބަލާކަށެއްނޫނެވެ. ވައުދުވީ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށެވެ. ވައުދު ވާންވާނީ އެކަން ކުރެވޭނެ ގޮތްތައްބަލާ ދިރާސާ ކުރުމައްފަހު އެކަމަކީ ކުރެވނެ ކަމަކަށް ވާނަމައެވެ. ސުކުރިއްޔާ
އިބުރާހީމް:
23 December 2018
މަމެން ވޯޓުދިނީ ޕައިލެޓު ޕުރެޖެކްޓު ހިންގާކަށްނޫން. ކުދިންނަށް ނާސްތާދޭން ވައުދުވީމަ
ދަތްހުރިކުއްޖަަ
23 December 2018
ވައުދުވީ ކޮންމެ ދަރިވަރަކަށް ހެނދުނުގެ ނާސްތާ ދިނުމަށެވެ. ވައުދު ވާންވާނީ އެކަން ކުރެވޭނެ ގޮތްތައްބަލާ ދިރާސާ ކުރުމައްފަހު އެކަމަކީ ކުރެވޭނެ ކަމަކަށް ވާނަމައެވެ.
ޙަސަން އަލީ
22 December 2018
މިއީ ބޮޑު ސަކަރާތްގަޑެއް. ތަޢުލީމީ ނިޒާމުގަ ކުރަން މިއަށްވުރެ މުޙިއްމު މަސައްކަތް އެބަހުރި. މިއުޅެނީ މަސްހުންޔާ ރޮއްޓާ ނުކެވިނެއް ނޫން. ސިޔާސަތުތައް ކަނޑައަޅާ ޕްރިއޮރޮޓައިޒް ކުރާ މީހުން މިއަށްވުރެ ހޭލުންތެރި ވާން އެބަޖެހޭ! ތިކަންވެސް ތިޔަވީ އެންމެފަހުން ބޮޑު ވިޔަފާރިއަކަށް. ސްކޫލްތައް ތި ބަދަލްވީ ހޮޓާ ތަކަކަށް. ދުނިޔޭގެ ކޮންތަނެއްގަތޯ މިހެން މިކަން ކުރަނީ! ކޮންމެކަމެއް ސިޔާސީ ވީމަ ވާނީ މިހެން. ސޭޑް ލައިފް އިން މޯޑިސް.
ސާން
22 December 2018
ބައިވަރު ގައުމުގަ އެކި ގޮތްގޮތައް. އެ ގައުމަކާ ގުޅޭ ގޮތަށް ކޮންމެވެސް އެއް އިރެއްގެ ކެއުން. ޢިންޓަނެޓުން ދިރާސާ ކޮއްލެއްވުމަށް ފަހު ތިވަހާކަ ދެއްކުން ބުއްދިވެރި.
ފާރަވެރިޔާ
22 December 2018
މިދެން ވ ނާއިންސާފު ކަމެއް . ހުރިހާ ކުދިއްނައް ނުދެވެންޔާ އެއވެސް ކުއްޖަކައް ނުދިނުން ރަނގަޅީ. ޓެކްސް ފައިސާ ބޭކާރު ގޮތުގަ ހަރަދު ނުކުރޭ ވަކިބަޔަކައް