ކުރީގެ ފިލްމީތަރި: އޭނާ ވަނީ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައި --ފޮޓޯ/ސޯޝަލް މީޑިއާ
23 ޑިސެމްބަރ 2018 - 21:40
ކުރީގެ ފިލްމީތަރި ވަލީދާ ވަލީދާއި ކުރީގެ ނޫސްވެރިޔާ އަލީ ޝާމިން ދެ މިނިސްޓްރީއެއްގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ އަންހެނުން ގޮފީގެ ރައީސް ކަން ކުރައްވާ ވަލީދާ އައްޔަން ކުރެއްވީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ޝާމިން އައްޔަން ކުރެއްވީ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ.
ޝާމިން --ފޮޓޯ/ފޭސްބުކް
އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރެއްވީ މިއަދުގެ ވަގުތެއްގަ އެވެ. އެކަމަކު ރައީސް އޮފީހުން އެކަން އަދި އިއުލާނެއް ނުކުރެ އެވެ.
ވަލީދާ އާއި ޝާމިން އައްޔަން ކުރުމުގެ ކުރިން މިއަދު ވަނީ އެހެން ދެ ބޭފުޅަކު ވަނީ ދެ މިނިސްޓްރީއެއް ސްޓޭޓް މިނިސްޓަރު ކަމަށް ވެސް އައްޔަން ކުރައްވައިފަ އެވެ.
ވަލީދާ އާއި ޝާމިންއާ އެކު، މި ސަރުކާރުގައި މިހާރު ތިއްބެވި ޑެޕިއުޓީ މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުތަކުގެ އަދަދަކީ 43 އެވެ. ސްޓޭޓް މިނިސްޓަރުން އަދި އެ ފެންވަރުގެ މަގާމުގެ އަދަދު ވެސް ވަނީ މިއަދާ ހަމައަށް 43 އަށް އަރައިފަ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 35،500ރ. އެވެ. އެއީ 20،500ރ. ގެ މުސާރަ އާއި 15،000ރ. ގެ އެލަވަންސެކެވެ.
ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން ސްޓޭޓް މިނިސްޓަރަކަށް މަހަކު 15،000ރ. ގެ އެލަވަންސެއް ލިބިވަޑައިގަންނަވާނެ އެވެ. އެހެންވެ، ކޮންމެ ސްޓޭޓް މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި މަހަކު 47،000ރ. ލިބިވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
♥ 2018 ޖަޒީރާ ރާއްޖެ
25 December 2018
ބްރޯ ނެތްތަ ނައިބު ފެންވަރު ވަޒީފާ ގަނޑެއް.. ގައިމު މަވެސް ހާދަ ކޮމެންޓެއް ކޮށް - ކެމްޕެއިން ކޮށް ދިނީމޭ!
އައްލާބެއްޔާ
24 December 2018
މަށަކީ އެމްޑީޕީ މީހެއް! ދެން ވޯޓްލުން މަސަލާން! މިބުނަނީ އެކަކަށް ވެސް ވޯޓްލުން ނެތިއްޔޭ! މަށައް ވަރިހަމަ ކޮންމެ މީހަކު މަޖިލިހަށް ހޮވުނަސް އެކަމަކު އެކަކަށް ވެސް މަގޭ ވޯޓެއް އަދި މަގޭ ދަރިންގެ ވޯޓެއްވެސް ނުލިބޭނެ! އާދައިގެ މެންބަރުންނަނީ ކަރުގައި ވާޖަހާފައި ތިބޭމީހުން!. ވާގަނޑު ގެ އަނެއް ކޮޅު އޮތީ ދާއިރާ ތަކުގެ ކައުންސިލަރުންގެ އަތުގައި. ވާގަނޑަށް ދަމާލާފައި ކަލޭ އެފޮއްޓައް ވޯޓް! އަހަރުމެންގެ އެއްވެސް އަގެއްނެތް!
ރާވެރިބެ
24 December 2018
މިކުޅޭ ސިޔާސީ ފިލްމުތަކުގައި މުހިއްމު ރޯލެއް އަދާކުރެވޭނެކަމަށް ގަބޫލުކުރަމެވެ. ބަލާމިހާއަށް ފިލްމު ކަމުނުދިއުމަކީ އަދި އެހެން މައްސަލައެކެވެ.
ހުއްބުލް ގަލަން
24 December 2018
ދެބޭފުޅުންނަށް ވަރަށްބޮޑަށް މަރުހަބާ. ވަލީދާއަކީ ދިވެހި މުޖުތަމައުއަށް ފަންނީގޮތުން ވަރަށްގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ކަނބަލެއް. އަދި ޝާމިންއަކީވެސް މުޖުތަމައުއަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް އަދި ޔާމީނުގެ އަނިޔާވެރި ވެރިކަމުގެ ޝިކާރައަކަށްވީ ބޭފުޅެއް ޝާމިންއަކީ. މަރުހަބާ އަދިވެސް އެއްފަހަރު.
ހަސަންފުޅު
24 December 2018
ސޭޓު ޕާޓީން މަގާމުތަކަށް ލަނީ އިލްމީގޮތުން ހާދަބަލިކަށި ބައެކޭ... ދައުލަތުގެ މިނިސްޓްރީތަކުގެ އޮތޯރިޓީ ހައިލެވެލްތަކަށް ލާންޖެހޭނީ ތައުލީމީ މީހުން...
ޢަސްމާ
24 December 2018
ޢަރާހުރިމީހާގެފެންވަރު ހުރިވަރަކީ ދުނިޔޭންބޭރަށް ކުދިންކިޔަވަން ފޮނުވާގޮތަށް
ޢަބްދުﷲނާފިޒް
24 December 2018
ތިވަރުގެ މަޤާމަކަށް ވަލީދާއަށްވުރެ ވަކި ޤާބިލު މީހެއް ނުހުންނާނެ، ޚުދު ވަލީދާވެސް އެކަން ޤަބޫލުކުރާނެ.
އަޙްމަދު
24 December 2018
ވަރަށް ދެރަ މަންޒަރެއް މިފެންނަނީ. މަގުމަތީގައި ފެލެން ނިކުއް މީހުންނަށް މިދެނީ ބޮޑެތި ވަޒީފާތަށް. އިބޫ އެވެ. ނުބުނަންތޯ ކުލައަކަށް، ނަސްލަކަށް، ނުބަލާނަމޭ. ކުލައަކަށް ނުބަލަންޏާ ނެތީތޯ ތޮއަށްވިރެ ޤާބިލު މީހުން؟
ޙުރަަ
24 December 2018
ކިހާ ދެރަ މި ދެން ފެންވަރެއް ނެއް ދެމިހުން
މުކޮސް
24 December 2018
ސޭޓު ނުކިޔަވާ ގައުމު ފެލައިގެން މުއްސަނދިވީއޭ ކިޔާފަ މަގާމުތަކަށްވެސް މިލަނީ ކުފޫ ހަމަނުވާ މީހުން. ދަރާވިކިގެން ބޭރު ގައުމުތަކަށްގޮސް މަތީ ތައުލީމު ހާސިލްކޮށްގެން އައިސް ގައުމަށް ޚިދުމަތްކުރިއަސް އެކަން ބަލައިގަތްނާނެ ސަރުކާރެއް ނެތް. ނުކިޔަވާ މަގުމައްޗަށް ނުކުމެ ސިޔާސީވާންވީ. އެނޫންގޮތަކަށް ދިހަހާސް ރުފިޔާއަށްވުރެ ބޮޑު މުސާރައެއް މި ގައުމަކުން ހޯދޭކަށްނެތް!
ހުޒުމާ
24 December 2018
ވަލީދާ އަކީ ޕީ.އެޗް.ޑީ ހަދާފައިވާ ޒުވާނެއް. އޭނާ އަށވުރެ ތަޢުލީމި މީހެއް މުޅި މި ސަރުކާރުގައިވެސް ނުހުންނާނެ.
.މަލީޝާ
24 December 2018
ވަރަށް ތައުލީމީ ޒުވާނެ ކެވެ.