ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް: ވިދާޅުވީ އެފަދަ ހަދިޔާ އޭސީސީ އަށް ނެގުމުން ކޮމިޝަނުގެ މުސްތަގިއްލުކަން ގެއްލޭ ކަމަށް -- މިހާރު ފައިލް ފޮޓޯ
05 ޖެނުއަރީ 2019 - 11:17
އައްޔަންކޮށްފައިވާ ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ލިބޭ ހަދިޔާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ ހަވާލުކުރާ ގޮތަށް ހަމަޖެއްސުމަކީ ރަނގަޅު ބަދަލެއް ނޫން ކަމަށް ކުރީގެ އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުއްލަވަމުން ގެންދަވާ ނިޔާޒް ވިދާޅުވީ މުވައްޒަފުންގެ ތެދުވެރިކަމާ މެދު ސުވާލު އުފެދޭ ގޮތަށް ލިބޭ ހަދިޔާ ނަގަން ޖެހޭނީ ދައުލަތުގެ ހަޒާނާއަށް ކަމަށެވެ.
އޭނާ ވިދާޅުވީ މައި ސަރުކާރުން އުފުލަން ޖެހޭ ފަދަ މަސްއޫލިއްޔަތެއް އޭސީސީ ފަދަ މިނިވަން މުއައްސަސާއަކާ ހަވާލުކުރުމަކީ ކޮމިޝަނުގެ މިނިވަންކަމަށް އެޅޭ ހުރަހެއް ކަމަށެވެ. އެހެންކަމުން އެ ނިންމުން އަލުން މުރާޖައާކުރާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް، އޭނާ ކުރެއްވި ޓްވީޓްގައި، ވިދާޅުވި އެވެ.
Public oversight agencies should not be assigned with executive responsibilities. Treasury should be the custodian of Pmoney & other assets including those received by P office bearers. ACC should minimize threats to their independence. Believe gov will review it's decision. pic.twitter.com/wTfmoqTcvT
— Niyaz Ibrahim (@niyaz_ibrahim) January 4, 2019
ސިޔާސީ މަގާމުތަކުގައި ތިބޭ މުވައްޒަފުންނަށް ލިބޭ ހަދިޔާ އޭސީސީއާ ހަވާލުކުރަން ޖެހޭ ގޮތަށް ބަދަލުކޮށްފައި ވަނީ 2012 ގައި އެކުލަވައިލި ސިޔާސީ މުވައްޒަފުން އަމަލުކުރަން ޖެހޭ އުސޫލު އިސްލާހުކޮށްގެންނެވެ.
ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެފައި ވަނީ ޝައްކު އުފެދޭ ގޮތަށް ލިބޭ ހަދިޔާ އޭސީސީއާ ހަވާލުކުރުމަކީ ގާނޫނުގައި އޮންނަ ގޮތް ކަމަށެވެ. އަދި އޭނާގެ ވަޒީރުކަމުގައި ހޯމް މިނިސްޓްރީން އަމަލު ކޮށްފައި ވަނީ އެގޮތަށް ކަމަށް ވެސް އޭނާގެ ޓްވީޓެއްގައި ވިދާޅުވި އެވެ.
ސިޔާސީ މުވައްޒަފުން އަމަލު ކުރަން ޖެހޭ އުސޫލަށް ބުރާސްފަތި ދުވަހު ގެނައި އިސްލާހުގައިވާ ގޮތުން އެފަދަ ހަދިޔާއެއް ލިބިއްޖެ ނަމަ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން އޭސީސީއަށް ނުވަތަ އޭސީސީން ކަނޑައަޅާ ފަރާތަކަށް އެ އެއްޗެއް ހަވާލުކުރަން ޖެހެ އެވެ.
ސިޔާސީ މުވައްޒަފަކު އެފަދަ ހަދިޔާއެއް ބަލައިގަތުމަކީ ކުށެއް ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ. އަދި އެފަދަ ހަދިޔާއެއް ދިނުމަށް މީހަކު ހުށަހަޅައިފި ނަމަ އެކަން އޭސީސީއަށް އަންގަން ޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އީސާ މަސީހު
07 January 2019
ނިޔާޒަކީ ކަމެށްކުރެވޭ ޒާތުގެ މީހެށްނޫން އަބަދުވެސް ފާޑުކިޔާނެ ކޮސް އަނގަތަޅާނެ ކަމުދާ ސިޔާސީ ޕާޓީއެށްނެއް
ލޮލް ޖާބިރު
06 January 2019
ދެން ހުރިހައިއެއްޗެއް ތިބޭޅާއަށްތަ ހަވާލުކުރަންވީ!
އަބުއާ
06 January 2019
ނިޔާޒު މެނަނަށް މީދިޔާގެ ސަމާލުކަން ދެން ހޯދޭނީ ތިކަހަލަ ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކައިގެން.
ފާތޭ
06 January 2019
އޭސީސީ އޮތީ ކޮންހާލަތެއްގައިކަން ދިވެހީންނަށް އިނގޭ.... ޔާމީނުގެ 5 އަހަރު ވެރިކަމުގައި ސިޔާސީމީހުންނަށް ހަދިޔާ ލިބޭގޮތްވެފައި މިހާރު އެކަން ބަދަލުވީމަ ހިނި އާދޭ ލުތުފީ
ޢަރަތެއް
06 January 2019
ދައުލަތް ދަވާލާފަ ނުހައްގުން ރޯހައްގުން ފުލެޓް ހޯދާފަ ތިބި މިނިސްޓަރުންނާއި، ކޯޑިނޭޓަރުން، މެލޭށިއާއިން ބެންކޮކުން ޗުއްޓީ ހޭދަކުރުމުގަ، މިމީހުން މިިފައިސާ ހޯދީ ކޮންތާކުންބާ؟
ބަރުބާދު
05 January 2019
އޭސީސީ އައް ފްލެޓްދިނަސް އޯކޭ، އެކަމަކު ހަދިޔާ ނޮޓް އޯކޭ.
ށަވިޔަނި
05 January 2019
އެބުނާހެން... ތިޔަ ބުނާ ކަހަލަ ހަދިޔާ ނިޔާޒުއާ ހަވާލުކުރާ ގޮތަށް ބަދަލުކުރޭ... އޭސީސީ އަކީވެސް ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދުކޮށްގެން ހިންގާ ތަނެކޭ ނިޔާޒޫ....
ހަމަ ނޭގޭ
05 January 2019
ފުރަތަމަ ކޮބާތަ ސިޔާސީ މުއައްޒަފުންނަކީ؟ ދެވަނަ ކަމަކަށް، އެފަދަ ފަރާތަކަށް ހަދިޔާ ގޮތުގާ، މިސާލަކަށް، ތޮފިގަނޑެއް ދިނަސް ވާނީ އޭސީސީއަށް ދޭންތަ؟
ކުޑަކަތީބް
05 January 2019
ހަވާލު ކުރާ ހަދިޔާ ވާނުވާ ނޭގޭ، ލެޕްޓޮޕް ވީތަނެއް އަދިވެސް ނޭގޭ!
ބިޝާރާ
05 January 2019
ކުރިން މިގޮތަށް ސިޔާސީ ކަންކަމާއި ސިޔާސީ މީހުންގެ މިނިވަން ކަމާއި ދައުލަތުގެ މުއައްސަސާ ތަކުން ނިންމާ ނިންމުން ތަކުގައި އޮބިއަޅައިގެން ހުރިހާ ބަރުތަކެއް މުށުތެރެއަށް ލައިގެން އޮތީ ސުޕްރީމް ކޯޓު. ޢެގޮތުން އެކޯޓުން އެގޮތަށް އަމަލު ކުރުމުގެ ނަތީޖާ މިފެންނަނީ. ދެން ފެންނާނީ ދައުލަތުގެ އެކި މުއައްސަސާ ތަކުން ސުޕްރީމް ކޯޓާއި އޭސީސީ ގެ މި ޕްރެސިޑެންސް ފޮލޯކުރާތަން.