މީހަކު ޕެލެޓެއް މަތިން ހިނގާފައި ދަނީ: ބައެއް ފަހަރަށް ނުރައްކާތެރި ހާދިސާތައް ހިނގާ
07 ޖެނުއަރީ 2019 - 10:55
މާލޭ މަގެއްގައި ބާއްވާފައި އޮތް ޕެލެޓަކަށް އެރި ފައި ތާށިވެ، އަންހެނެއްގެ ފައި އިއްޔެ ރޭ ބިނދިއްޖެ އެވެ.
ނަން ހާމަނުކުރަން އެދި އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނީ ހޮނިހިރު ދުވަހުގެ ރޭ މއ. އަލިމަސްގޯޅީގައި ހިނގި އެ ހާދިސާގައި ތިރީހަކަށް އަހަރުގެ އަންހެން މީހާ މަގު ހުރަސްކުރަން ވެގެން އެ ޕެލެޓަށް އަރަން އުޅެނިކޮށް، ދެ ފަތީގެ ދޭ ތެރޭގައި ފައި ތާށިވި އިރު އޭނާ ހުރީ ދެ އަހަރުގެ ދަރިފުޅު ވެސް އުރައިގެން ކަމަށެވެ.
އޭނާ ވެއްޓުމާ އެކު އެ ކުއްޖާ ވެސް ވެއްޓި ބިންމަތީގައި ބޯ ޖެހުނެވެ. ނަމަވެސް މާ ބޮޑު އަނިޔާއެއް ނުލިބެ އެވެ.
އަންހެން މީހާގެ ކަނާތު ފައިގެ ތަނބިކަށި ބިދިފައިވާއިރު ހަމަ އެ ރޭ އައިޖީއެމްއެޗަށް ގެންގޮސް ޕްލާސްޓާ އެޅި އެވެ. އަދި މާދަމާ އޮޕަރޭޝަން ކުރާނެ ކަމަށް ވެސް އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުންޏެވެ.
"އެމަގު ވަރަށް އަނދިރިކޮށް އޮންނަނީ. ދަރިފުޅު ގޮވައިގެން އޭނާ އުޅުނީ މަގަށް ނުކުންނަން. އެތާ ބާއްވާފައި އޮތް ޕެލެޓެއް ހުރަސް ކުރަން އުޅެނިކޮށް ދެ ފިލާ ދޭތެރެއަށް ފައި ވަދެ ތާށި ވެގެން ދަރިފުޅާ އެކު އޭނާ ވެއްޓުނީ،" އާއިލާއިން ވާހަކަ ދެއްކި މީހާ ބުންޏެވެ.
ގޭގެ އާއި ފިހާރަތަކުގެ ދޮރުމަތީ ޕާކް ކުރިޔަނުދޭން ޕެލެޓް ބެހެއްޓުމަކީ އާއްމު ކަމެކެވެ. ދޭތެރެ ދޭތެރެއިން ފުލުހުން ނުކުމެ އެ ފިލާތައް ނެގި ނަމަވެސް އެ ކަމަށް ހައްލެއް ނުލިބެ އެވެ.
ޕެލެޓް ބަހައްޓާ މީހުން ބުނަނީ އެގޮތަށް ނުހަދާ ނަމަ ޕާކްކުރާތީ ވަދެވެން ނޯންނަނީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އޮރިމަސް
07 January 2019
ޕެލެޓުނެގޭނީ އަޅުގަނޑުމެންނަށް މަޖިލިސް މެޖޯރިޓީ ކަށަވަރުވެގެންކަމުގައި ދަންނަވަންޖެހޭކަމުގައި އަޅުގަނޑު ގަބޫލުކުރެވެނީ.
ޖީބައްލާބޭމެން
07 January 2019
ހައުސިން މިނސްޓްރީ އިން ވެސް ކައުންސިލް އިންވެސް ތިޔަކަމެއް ހައްލެއް ނުކުރި ! މަގެއްގެ ދުވާރު އޮންނަ ސައިޑްގެ ގޭގެޔަށް ނޫނީ އަނެއްސައިޑްގެ މީހުަނަށް އެއްވެސް ތުރާލެއް ނެތް ! ގުދަނާ ގަރާޖް އަތިރި މައްޗަށް ބަދަލް ކޮށްބަލަ، ދެން ކޮންމެ މަގެއްގެ ވަކި ވަކި ޕޮއިންޓުގައި ސަރުކާރުން ބައްވާ އެއްޗެއް ނޫނީ ނުބާއްވާ ގޮތައް ހަދާ އިންސާފެއް މިކަމުގައިވެސް ގާއިމް ކޮށްބަލަ! ތާ އަބަދަށް ބޮޑެތި ޕެލަޓްޝީޓްތައް އެބަހުރެ 20 30 ފޫޓްގެވެސް
ކަސްޓަމަރު
07 January 2019
މާލޭގެ ލޯކަލް މާރުކޭޓު ވަށައިގެން ބޮޑެތި ލޮރީތައް ޕިކަޕްތައް ޕާކުކޮށްފައި. ބާޒާރުކުރަންދާ އާންމު ރައްޔިތަކަށް ސައިކަލެއް ބަހައްޓާނެ ޖާގަ މިހާރު އެތަނަކުން ނުލިބޭ. މާރުކޭޓު ވަށައިގެން އެ އޮންނަ ސަރަހައްދަކީ ވިޔަފާރިވެރިންގެ ބޮޑެތި ވެހިކަލްތަކަށް ޚާއްޞަ ސަރަޙައްދަކީއުތަ؟
ފެނުކައްކާބޮލި
07 January 2019
ނިކަގަސްމަގުގައި ހުންނާނެ ބޭކަރީއެއް. އެ ބޭކަރީ ކައިރީގައި ތާ އަބަދު ހުންނާނީ ރޯނު ދަމައި ބަންދުކޮށްފައި. ހީވަނީ އެއީ އެމީހުންނަށް މުޅި އުމުރަށް އެމީހުންގެ ބޭނުމަށް ތަކެތި ބެހެއްޓުމަށާއި ތަކެތި އަރުވައި ބޭލުމަށާއި އެހެނިހެން ބޭނުންތަކަށް މިލްކުކޮށްދީފައި އޮތް ތަނެއްހެން.
ހަސަންބެ.
07 January 2019
އަވަހަށް ރައިޔަތުންގެ ހިޔާލު ހޯދަން ފޯރަމެއް ބާއްވާ. އެފޯރަމުގައި ތިބޭނީ ހުސް އެމްޑީޕީ ޖަގަހަތަކުން ފެންނަމީހުން. ފޯރަމުން ލިބޭ ހިޔާލަކީ ގިނަ ރައިޔަތުން އަމަލު ކުރަން ޖެހޭގޮތް.
ޙަސަނާ
13 January 2019
ކަންކަން ހައްލުކުރެވޭތޯ އަބަދުވެސް ދުވަނީ އެންޓީޕީ ކުދިންނޭ. ގިނަމީހުން ބަލަނީ ޖީބުތައް ފުރާލެވޭނެ ގޮތެއް ވިއްޔާ.
ރަނގަޅު
07 January 2019
ބައެއްމީހުން ގެ ކުރިމަތީގަ ސައިކު ޕާކުކުރަން އޮންނަތަނޮކޮޅުގަ ޕެލެޓު ބަހައްޓައިގެން ގަސްވިއްކާ ވިޔަފާރި ކުރަނީ. މިވެސް މިހާރު ބޮޑުވެއްޖެކަމެއް. މިކަން އެނގޭބަެއް ބަލާބައެއްނެތް. މިކަން ބެލޭނެގޮތެއްނެތް. ސަރުކާރުގެ ބޭނުމަށް މަގުތަކުން އުޅަނދު ހުސްކޮށް އެސަރަހައްދެއް ހުސްކުރަން ވެއްޖެއްޔާ ހަފްތާއެއް ޖުރިން އައިސް ބޯޑު ބަހައްޓާ މަގުހުސްކުރުމަށް އަންގާ މުޅި ސަރަހައްދުގަ ޓޭޕު ދަމާލެވޭ. ެކަމަކު ކޮންޓުރަކޮޝަން ވީމަ ބަޔަކު އައިސް މީހުންގެ އުޅަނދުފުޑާލަނ
އިބްރާހީމު
07 January 2019
މިދިޔަ ނޮވެމްބަރ 27 ވަނަދުވަހުގެ ރޭގެ 9 ޖަހަން ކައިރި ވެފައި ހުއްޓައި މަވެސް މިއުޅެނީ ޕެލެޓް ގަނޑެއްގެ މަތިން ހިނގާފައި ގެއަށް ވަންނަން އުޅެނިކޮށް ކަނާއަތުގެ ކުޑައިނގިލި ބިނދި ކަށި އިނގިލި ހުޅަށް ތަދުވެގެން. އަދިވެސް ތަދުވާވަވަރުން މަސައްކަތެއް ކޮށްލަން ކެރޭވަރެއްނޫން. ވަރަށް ރިހޭ އެބަ. ހިނގާ މީހުންނަށާ ގޭގެއަށް ވަނުމަށް ފަސޭހަ ކުރުމުގެ ގޮތުން އެ ޕެލެޓްތައް ނަގައި ދެވޭނެ ގޮތެއްވުން ވަރަށް ބޭނުން.
ކުކުޅުހާ
07 January 2019
ޕެލެޓެއްގެ ސަބަބުން ދިވެހި ތާރީހުގަވެސް އެންމެ މީހަކަށް އަނިޔާއެއް ވެގެން މިއުޅެނީ، އެކަމަކު ފުޓުބޯޅަކުޅެގެން ކިތައްމީހުނަށް އަނިޔާވޭތޯ؟ ޕެލެޓު ނެގުންތޯ ބުއްދިވެރީ، ފުޓުބޯޅަ މަނާކުރުންތޯ؟
ހުސްޕެލެޓް
07 January 2019
ޕެލެޓްގެ ސުނާމީއެއް އަރައިގެން އުޅޭފަދަ. ހުޅުމާލޭ ބީޗްގަ ފަހުން މީހުން ކެފޭ ހަދަނީވެސް ހުސް ޕެލެޓުން.
ފާރިސް
07 January 2019
ސަރުކާރު ވެރިއެއް. ދަރިއެއް. ތިމާގެ މީހެއް. އަނިޔާ ނުވަންޏާ އޯކޭ. މައުމޫން. އަންނި. މިމީހުން ހިމާޔަތްވީމަ އޯކޭ.