އިންޑިއާއިން 2017 ވަނަ އަހަރު ސެޓެލައިޓް ފޮނުވައިލަނީ. ފައިލް ފޮޓޯ
08 ޖެނުއަރީ 2019 - 15:23
އިންޑިއާއިން 2017 ގައި ފޮނުވި ސެޓެލައިޓުން ރާއްޖެއަށް ދޫކޮށްފައިވާ ޖާގަ އެންމެ ފުރިހަމައަށް ބޭނުން ކުރުމަށް އަޅަންޖެހޭ ގްރައުންޑް ސްޓޭޝަން އެޅުމާ ބެހޭ ގޮތުން އެގައުމާ މަޝްވަރާކޮށްފި އެވެ.
ގްރައުންޑް ސްޓޭޝަންތައް އެޅުމާ ބެހޭ ގޮތުން އިންޑިއާގެ ބައެއް ނޫސްތަކުން ފެތުރި ޚަބަރަކާ ގުޅިގެން "މިހާރު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ އެ މަޝްވަރާތައް ހަފުތާއެއްހާ ދުވަސް ކުރިން ފަށާފައިވާ ކަމަށާއި ނަމަވެސް އަދި ވަކި ގޮތެއް ނުނިމޭ ކަމަށެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ބުނީ ސެޓެލައިޓާ ގުޅޭ ބޮޑެތި ފަސް ގްރައުންޑް ސްޓޭޝަން، ސަރަހައްދުގެ ފަސް ގައުމެއްގައި އަޅަން އިންޑިއާއިން ނިންމާފައިވާ ކަމަށާއި އެއީ ޗައިނާއިން މިސަރަހައްދަށް ފަތުރާ ނުފޫޒަށް ހުރަސްއަޅަން ކަމަށެވެ.
ނަމަވެސް އިލްޔާސް ވިދާޅުވީ ދެކުނު އޭޝިއާގެ ގައުމުތަކަށް ހާއްސަކޮށްގެން އިންޑިއާއިން ފޮނުވާފައިވާ ސެޓެލައިޓުން ރާއްޖެއަށް ދީފައިވާ ޖާގަ (ޓްރާންސްޕޮންޑާ) އަކީ އިންޑިއާގެ ދީލަތި އެހީއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެން ދެކެނީ އެއީ އިންޑިއާއިން ދިން ދީލަތި އެހީއެއްގެ ގޮތުގައި. ގްރައުންޑް ސްޓޭޝަން އެޅުމާ މެދު މަޝްވަރާތައް ކޮށްފައި ވަނީ. އެކަމަކު އަދި އެ މަޝްވަރާތައް މުޅިން ނުނިމޭ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސެޓެލައިޓުން ރާއްޖެއަށް ދީފައިވާ ޖާގަ އެންމެ ފުރިހަމައަށް ބޭނުން ކުރެވޭނީ ގްރައުންޑް ސްޓޭޝަން ހަދައިގެން ކަމަށެވެ. ނަމަވެސް އެ ސްޓޭޝަން ގާއިމް ނުކުރެވުނަސް ކުދި ޓާމިނަލްތަކެއް އަޅައިގެން ވެސް ހިދުމަތް ބޭނުންކުރެވޭނެ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިންޑިއާގެ "ޖީސެޓް-9" ސެޓެލައިޓްގެ ބޭނުންކޮށްގެން އިމާޖެންސީ ކޮމިއުނިކޭޝަން ހިދުމަތް ދޭނެ 30 ޓާމިނަލެއް ރާއްޖޭގެ އެކި ސަރަހައްދުގައި އަޅަމުން އަންނަ ކަމަށް އިލްޔާސް ވިދާޅުވި އެވެ. އެ ޓާމިނަލްތައް އަޅަނީ ޔޫއެންޑީޕީގެ އެހީގަ އެވެ.
"އެ ޓާމިނަލްތައް ނިމުމުން، ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތްދޭ ކުންފުންޏަކުން ދޭ ހިދުމަތް މެދު ކެނޑޭ ހާލަތެއްގައި ވެސް އެ ތަންތަން ބޭނުންކޮށްގެން ހިދުމަތް ދެވޭނެ. އެއީ ވަރަށް ބޮޑު ފަސޭހައަކަށް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މިހާރު ހަދަމުން އަންނަ ޓާމިނަލްތައް އަޅަނީ ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ވެރިރަށްތަކާއި ބައެއް ބޮޑެތި ރަށްތަކާއި މާލެ ގުޅުވައިލެވޭނެ ގޮތަކަށެވެ.
"މިހާރު އަދި އެ ޓާމިނަލްތައް އަޅާނީ ވެރިރަށްތަކާއި ބައެއް ބޮޑެތި ރަށްތަކުގައި. އެކަމަކު އަޅުގަނޑުމެން މަސައްކަތް މި ކުރަނީ ބައެއް ރިސޯޓްތަކުގައި ވެސް ގާއިމް ކުރަން،" އިލްޔާސް ވިދާޅުވި އެވެ.
އިންޑިއާގެ ސެޓެލައިޓްގެ ހިދުމަތް ރާއްޖޭގެ އިތުރުން ސްރީލަންކާ،ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާނަށް ވެސް ވަނީ ދީފަ އެވެ. އެ ސެޓެލައިޓުގައި މުއާސަލާތުގެ ހިދުމަތަށް ބޭނުންކުރެވޭ 12 ކޭޔޫ ޓްރާންސްޕޮންޑާ ހިމެނެ އެވެ. އިންޑިއާގެ މި އެހީގައި ބައިވެރިވާ ކޮންމެ ގައުމަކަށް މަދުވެގެން އެއް ޓްރާންސްޕޮންޑާ ލިބޭނެ އެވެ.
އިންޑިއާއިން އޭރު ބުނީ ބިންމަތީގައި ގާއިމުކުރަންމުވާސަލާތީ ޚިދުމަތުގެ އިތުރުން ގުދުރަތީ ކާރިސާތައް ހިނގައިގެން އުޅޭއިރު އެއް ގައުމުން އަނެއް ގައުމަށް ބޭނުންވާ މުހިއްމު ގުޅުންތަކަށް ވެސް އެ ސެޓެލައިޓް އެހީއަކަށް ވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަގުލީމާ
09 January 2019
އިންޑިޔާގެ ސެޓަލައިޓް ބޭނުމެއްނޫން. ތިޔަކަން ބަލަހައްޓަން އަނެއްކާ ބަޔަކު އަންނަންވީ. އަތޮޅުތަކުގައި އަޅާ ވާހަކަ އޮތްއިރު ހީވަނީ ކުރިންވެސް ފަށައިގެން ގެންދާ ކަމެއްހެން އެކަމު ހއެއްނުވޭ. މިއީ މަކަރުވެރިކަމުގެ އިންތިހާ. ސިއްރު ޑީލްތައް ފަޅާ އަރަނީ. ތައްޔާރަށް ތިބޭތި
ގައުމުގެ ބޮޑުންގެ ފެންވަރު
09 January 2019
އެއީ އިންޑިޔާގެ ދީލަތި އެހީ ކަމަށް ދެކެނީ އަބަދުވެސް ރާއްޖެއަށް ލިބޭ އާމްދަނީ އަށް ވާނުވާ ނޭނގި ގެއްލުމުން ދެން ނިކުންނަނީ ސަލާންޖަހަން ނާށިގަނޑު ހިފައިގެން އަބަދުވެސް މި ފައްވަރުގަ
ނުލަފާ ސަރުކާރު
09 January 2019
ސަރުކާރުން ބޭނުންވާ ވަކި ކަންކަމަށް އެކަނިތަ ރައްޔިތުންގެ ހިޔާލު ހޯދަން ފޯރަމްތައް ބާއްވާންޖެހެނީ؟ އެންމެންނާ ގުޅިފައިވާ އެންމެންގެ މިނިވަންކަމާ ގުޅިފައިވާ ކަންކަން ނިންމާއިރު ފޯރަމް ބާއްވައިގެން ރައްޔިތުންގެ ހިޔާލު ހޯދާކަށް ނުޖެހޭތަ. ރައްޔިތުން ނޭދޭ މިފަދަ ކަންކަން ސަރުކާރަށް ކުރެވިގެން ނުވާނެ އެފަހަރަކު ވެރިކަމަށް އަންނަ މީހެއްގެ އެންމެ އެކުވެރި ގައުމެއް އެދޭގޮތަށް ވެރިކަމަށް އަންނަ މީހެއްގެ ހިތް ރުހޭގޮތަށް. މީ ވެރިޔާގެ އެކަނި ގައުމެއް ނޫން.
ޔާނު
09 January 2019
އިންޑިޔާއިން ކަޝްމީރަށް އަރައިގެން އެތާ މުސްލިމުންދާއިރު ކިތައް ރެސްޕޮންޑަރ ބޭނުންކުރާނެބާ؟ ތިމީހުންގެ މަޤުޞަދު ވަރަށް ސާފުވޭ. ބިރުގަނޭ މި ހިންގާ ކަންތައްތައް
އައިޝްނާ
09 January 2019
ރާއްޖޭގެ ނަމުގައި އިންޑިޔާގެ ސެޓްލައިޓް ސުޓޭޝަންތަކެއް ހިންގަންވެގެން އުޅެނީ ދޯ.. މިފަހަރު ބަހާރަތުމީހުން މިތަނުން ފައިދާގަނޑު ނަގާލާ މިތަން ރަނގަޅައް ކަބްޒާކޮއްލާނެ.
ބުލް
09 January 2019
ނިތް ކުރީގަ ފެއަރ އެންޑް ލަވްލީ ގެރިގުއި އުނގުޅަން ތައްޔާރުވޭ.
ބޭފުޅާއޭ
09 January 2019
ދޯނީ ފުރައްސާރައަކީ އެއްވެސް މަންފާއެއް އޮތް ކަމެއް ނަމަ އެކަން ވީހީ ޖިހާދަކަށް. އަމިއްލަ ވެރިން ކަމުނުގޮސްގެން ބޭރުގައުމު ތަކަށް ހުތުރުއެއްޗެހި ކިޔުމަކުން މައްސަލައަކަށް ހައްލެއް ނުލިބޭނެ.
ކިޔާ ބާތުހޭ
09 January 2019
އަގުހެޔޮކޮށް ނޫނީ ހިލޭ ލިބޭތީ ރާއްޖޭގެ ޓީވީ ޗެނަލުތަކުން ޓްރާންސްޕޮންޑަރ މިސެޓަލައިޓުން ހޯދައިފިނަމަ އިންޑިއާއަށް ބޭނުންވެއްޖެ ހިނދެއްގައި ޓީވީގެ ހިދުމަތް ހުއްޓާލެވޭނެ.
ސިކު
09 January 2019
ހެޔޮފުޅުކަން އެެހެން ގައުމުތަކަށް ދެއްކުމަށްވުރެ ރަނގަޅެއްނު އަމިއްލަ ގައުމުގަ ހާލުގަޖެހިފަ ތިބި ފަޤީރުންނަށް އެހީވިއްޔާ
އަތަ
09 January 2019
މީ ވަރަށް މަކަރުވެރި ރޭވުމެއް ، ބޭނުމަކީ ރާއްޖެ އަޅުވެތި ކުރުން ، އިންޑިއާގެ ތައްޕާހަށް ނުވެއްޓި ވެރިކަން ކުރަން ނޭގޭ ނަމަ އިބޫ އިސްތިއުފާ ދީ
މަކުނު އަލީ
09 January 2019
އިންޓަނެޓް އަގުހެއޮވާތަ މީތި ހެދީމަ؟