އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފް ވާހަކަދައްކަވަނީ. -- ފޮޓޯ: ލަމްޔާ އަބްދުﷲ/މިހާރު
09 ޖެނުއަރީ 2019 - 14:44
ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގައި މިއަހަރު ސިއްހީ ދާއިރާގައި ޕީއެޗްޑީ އަށް ކިޔަވައިދޭން ފަށާނެ ކަމަށް އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރު ޑރ. އަލީ ފަވާޒު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.
ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު އެންޑް ސައިންސަސް (އެފްއެޗްއެސް)ގެ ޑީން އައްޔަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭނާ ވިދާޅުވީ މި ދާއިރާއިން ތައާރަފްކުރަން ނިންމާފައި ވަނީ، ޕީއެޗްޑީ އިން ޕަބްލިކް ހެލްތު ކޯހެއް ކަމަށެވެ.
"މި އަހަރު ވެގެންދާނެ ޕީއެޗްޑީ އިން ޕަބްލިކް ހެލްތު އިރާދަކުރެއްވިއްޔާ ފެށިގެންދާނެ އަހަރަށް،" މި ރަސްމިއްޔާތުގައި ފަވާޒު ވިދާޅުވި އެވެ.
ނަމަވެސް މިކަމާ ބެހޭ އިތުރު ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
މި ޕްރޮގްރާމްގެ އިތުރުން، އިތުރު ކޯސްތަކެއް ވެސް އެ ފެކަލްޓީން މި އަހަރު ތައާރަފްކުރާނެ ކަމަށް ފަވާޒު ވިދާޅުވި އެވެ. މި ވަގުތު އެ ފެކަލްޓީން ހިންގާ 16 ކޯހުގެ ތެރޭގައި، ޕަބްލިކް ހެލްތުގެ މާސްޓާސް ޕްރޮގްރާމެއް ވެސް ހިމެނެ އެވެ.
ރާއްޖޭގައި ޕީއެޗްޑީ ޕްރޮގްރާމްތައް ހިންގަމުން އަންނަނީ އެމްއެންޔޫއިން އެކަންޏެވެ. އެއީ ތައުލީމީ ދާއިރާއިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕަބްލިކް ހެލްތް
09 January 2019
ޕީއެޗްޑީ ހެދީމަވޭތަ މިހާރުވެސް ތި ޕަބްލިކް ހެލްތްގަ މާސްޓާރސް ހަދާފަ ތިބިމީހުންވެސް ތިބީ ޖުމްލް 10000ރ އަށް ދަށް މުސާރައިގަ. ފުރަތަމަ މިކަން ރަގަޅުކޮށްްބަލަ އެހެންނުނޫނި ބޮޑެތި ހޭދަކޮށްގެން ކިޔަވާއިރު ލިބޭ މުސާރައަކާ ދިމާނުވޭ