މާލޭގައި ޓެކްސީ ދަތުރުގެ އަގުތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ބޭއްވި ފޯރަމަށް ދިޔަ ބައެއް ޑްރައިވަރުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
09 ޖެނުއަރީ 2019 - 18:50
މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދޭ އަގުތަކާއި ޓެކްސީގައި މީޓަރު ހަރުކުރުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއެއް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ފަށައިފި އެވެ.
އިންޓަނެޓް މެދުވެރިކޮށް ކުރާ އެ ސާވޭގައި ޓެކްސީތަކާ ގުޅޭ 14 ކަމެއްގައި އާންމުންގެ ހިޔާލު ހޯދުމަށް ހުށަހަޅާފައި ވެ އެވެ.
އެގޮތުން، ޓެކްސީގައި ބޭނުން ކުރަން މީޓަރު ހަރުކުރަން ފެނޭތޯ ނުވަތަ އަގު ކަނޑައަޅަން މޯބައިލް ފޯން އެޕްލިކޭޝަނެއް ހަމަޖައްސަން ބޭނުންތޯ އެ ސާވޭގައި ބަލަ އެވެ.
މާލޭގައި ޓެކްސީ ހިދުމަތް ބޭނުން ކުރުމުގެ އަގާއި ހުޅުލެ އަދި ހުޅުމާލެ އަށް ޓެކްސީގައި ދަތުރު ކުރުމަށް ހަމަޖައްސާނެ އަގަކާ މެދު ވެސް އެ ސާވޭގައި ހިޔާލު ހޯދަ އެވެ.
Greater Male' region gai dhemun gendhaa taxi ge agaai taxi dhathuruge hidhumathaai gulhigen raiyithunge hiyaalu hoadhumah MOTC in hulhuvaalaifi. https://t.co/JW8nbvWMoW
— Transport Authority (@TransportMV) January 9, 2019
ގްރޭޓަރ މާލޭ ރީޖަންގެ ޓެކްސީ ފެއަރއާއި ގުޅޭ ފޯރަމްގެ ހިޔާލު ހޯދުން
ޓްރާންސްޕޯޓް އޮތޯރިޓީގެ ޓުވީޓް
އޭގެ އިތުރުން، ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލާފައި ހުންނަ ވެހިކަލްތަކުގައި އޭޖް ލިމިޓެއް ކަނޑައެޅުމާއި މާލޭގައި އުޅަނދު ރަޖިސްޓަރީ ކުރުން ކޮންޓްރޯލް ކުރުމާއި ގަރާޖު ސިޓީ ދޫކުރުމާ ގުޅޭ ގޮތުން ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވޭގައި ހިޔާލު ހޯދަ އެވެ.
މާލޭގައި ދުއްވާ ޓެކްސީތަކުން ދަތުރުކޮށްދޭ އަގުތަކާ ގުޅޭ ގޮތުން ހިޔާލު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ރޭ ވަނީ ފޯރަމެއް ވެސް ބާއްވައިފަ އެވެ. ޓެކްސީގެ ހިދުމަތްތަކުގެ އަގު ބޮޑު ނޫން ކަމަށް އެ ފޯރަމުގައި ޑްރައިވަރުން ބުނެފައިވާއިރު، އާންމުންގެ ހިޔާލު ތަފާތެވެ. އާންމުންގެ ނަޒަރުގައި ޓެކްސީ ދަތުރުގެ އަގު އުފުލުމަށް އޮތް އެންމެ ބޮޑު ހައްލަކީ ޓެކްސީތަކަށް މީޓަރު ތައާރަފު ކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނިކަމަނާ
11 January 2019
ބޭރު ތަންތާ ކުރާހެން އޫބަރ ފަދަ އެޕްލިކޭޝަން ބޭނުންކޮށްގެން ރާއްޖޭގައި ތިކަން ނުކުރެވޭން ވީ ސަބަބެއް ނެތް. އޭރުން ދަތުރު ފެށުމުގެ ކުރިން ދަތުރަށް ހިނގާނެ ހަރަދު ދަތުރު ކުރާ މީހާއަށްވެސް އިނގޭނެތާ.
މާނުބޭ
10 January 2019
މިޓެކްސީ ޑްރައިވަރުން މާމޮޅުވެގެން އަގުބޮޑުކުރަން އުޅުމަަށްވުރެ މާ ތާހިރުވާނެ ޓެކްސީގެ ބެގޭޖް ލެވޭ ބައި ބޮޑުކުރިއްޔާ. ޢެހެންޔާފަހެ ރާއްޖެއިން ބޭރުން އައިސް 3 ހަތަރު ކާރަށް އެބަޖެހޭ އެެއްޗެހިލާން..ކާރަކަށް އެެއްޗެެއް ލެވެނީ....
ކަރާ
10 January 2019
ސަރުކާރަކުންކުރާ ކަމެއް ނިންމާ ނިންމުމެއް ނިންމާނީ ސަރުކާރުން. ތިގޮތަށް ޚިޔާލު ހޯދައިގެން ދުވަހަކުވެސް ކަމެއް ޙައްލެއްނުވާނެ. ގިނައިން ތިތަނަށް ދާނީ ޓެކްސީ ދުއްވާމީހުން. އަޑުގަދަޥާނީވެސް އެމީހުން. އާންމުމީހަކު ވާހަކަދެއްކިޔަކަނުދޭނެ. އެމީހުން ބޭނުންވާހާކަމެއް ކޮށްދޭކަށްނުޖެހޭ. ސަރުކާރުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން ތިކަން ފަށަންވީ. ވަކިފެންވަރެއްގެ ސައިޒެއްގެ ޓެކްސީ. އޭރުން ތިކަން ޙައްލުކުރެވޭނެ. އެއަރޕޯޓްގަވެސް އަބަދުވެސް އޭއްޗެހި ބާއްވާ
އަތުލާށޭ
10 January 2019
ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމަށްވާ ފުރަ މާލޭގައި ޓެކްސީ ކުރަންވީ ފުރަމާލެ އަށް އުފަން މާލޭގައި ގެދޮރު ހުރި މީހުންނޭ އެނޫން ބަޔަކު މާލޭގައި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި ތިބޭނެ ކަމެއް ނެތޭ އެއިރުން ގެދޮރުގެ ކުލި ދައްކަން ޖެހޭ ބަހަނާ ނުދައްކާނެ ނޫންތޭ ކޮންމެހެން ޖެހޭތޭ މާލެ އަށް އަރާ ތިބި ދަ ރާއްޖެތެރޭ މީހުން ޓެކްސީ ދުއްވަން މާލޭގައި ބޮޑު އަގުގައި ނުޖެހޭނެއޭ އަތުލާ ހުރިހާ ޓެކްސީ ތައް އެމެން އަތުން އަދި އެމްޓީސީސީ އަށް ދީ ޓެކްސީ ދުއްވަން ހުއްދަ
ލަލައިލާ
10 January 2019
ޓެކްސީ ޑްރައިވަރުން އެކަނި ރެންޓް ދައްކަނީ؟ ޓެކްސީ އަށް އަރަނީ ހުސ މުއްސަނދި، އަމިއްލަ ގެދޮރު ހުންނަ މީހުން
ވިނޯދު
10 January 2019
އޮޓޯ ތައާރަފް ކުރުން ހައްލަކީ . އެނޫންގޮތަކަށް ހަަރަދު ކުށޑަކޮށް އެއްގަމު ދަތުރުފަތުރު ކުރެވޭނެކަމަކަށް ނުފެނޭ. މަގުމަތީ ޖާގަ ހިފާވަރުވެސް ކާރަށްވުރެ އޮޓޯ ކުޑަވާނެ . އެކަމް އޮޓޯ ފެނުނީމާ މާލޭގެ އިއްޒަތްތެރި ބޭފުޅުން ހޮޑުލެވޭގޮތް ވަނީޔޯ. އެކަމް އޮޓޯގަ އެންމެ ގިނައިން ދަތުރު ކުރާނީވެސް އެބޭފުޅުން
ޝަފީޤު
10 January 2019
ރާއްޖޭގައި ޓެކްސީ ކުރަނީ ދުނިޔޭގެ އެހެން ތަންތާގަ ޓެކްސީކުރާ އުސޫލަކުން ނޫން މީހުންގެ އަމިއްލަ ކާރު މަރާމާތުކުރުމާ ގޭ ކުލި ދެއްކުމަކީ ޓެކްސީ ދުއްވާ މީހާގެ ކަމެއް ނޫން ސެންޓަރު ހިންގަން ވާނީ ޓެކްސީ ދުއްވާ މީހުނަށް މުސާރަދީ ޓެކްސީ މަރާމާތު ކުރެވޭ ފެންވަރުގެ ސެންޓަރު ތަކުން ގޮތެއް ކަނޑަ އަޅާނީ ސަރުކާރުން ކަންކުރަންވާނީ ދުނިޔޭގެ ތަންތާގަ ކަންކުރާ ގޮތްތަކަށް ބަލައިގެން ރާއްޖޭގައި އެބަހުރި މިކަން ކުރެވޭ ވަރުގެ ސަރުކާރުގެ ކުންފުނިތައް
ހަލީމަ
10 January 2019
ޓެކްސީ ދުއްވާ މީހުންނަށް ހުއްދަދިނުމުގެ ކުރިން އެމީހުންނަށް އަދަބު އަޚްލާގު ދަސްކޮށްދިނުން ވަރަށް މުހިންމު އެހާ ގޮތެއްފޮތެއް ނެތްބަޔަކު މި މުޖްތަމަޢުގައި ނޫޅޭ އަހަރެމެން ބޭނުމީ އެކަށީގެންވާ ބަޕްލިކް ޓްރާންސްޕޯރޓް ސިސްޓަމެއް ތިބެދާނެނުން ދުވާލަކު 3 ދަތުރުކޮށްގެން ކާރްތައް ޕާކްކޮށްގެން މިމަތީގައި އުޅޭ ޓެކްސީ ޑްރައިވަރުން
ހަމަބުއްދި
10 January 2019
އޮޓޯ ހުއްދަކުރަން އާދޭހާްއެކު ދަންނަވަން .. ތިކަމަށް އެއަށްވުރެ ރަގަޅު ހައްލެއް ކުޅަދާނައެއްނޫން ހޯދާކަށް .. މީޓަރު ހަރުކުރިޔަސް ޓޫވަރިސްޓުންގެ ކުރިމަތީގަ މުޅިގައުމު ބޯލާފޮށާ އެޅޭވަރުގެ މަކަރު އެބައިމީހުނަށް ހަދާނެ ..
އާދަން
10 January 2019
ޓެކްސީގެ ޚިދުމަތަކީ ދަމާކަނޑާ އުސޫލުން ދޭ ޚިދުމަތަކަށް ވެގެން ނުވާނެ. ކަނޑައެޅޭ ރަގަޅު ގޮތްތަކެއްގެ މަތިން ރޭވިގެން ކުރާ ކަމަކަށް ހަދަންޖެހޭ. ޓެކްސީ ތަކުގައި ހުންނަންޖެހޭ ސިފަތަކެއްވެސް ހުރޭ. 1. ޓެކްސީ ތަކަކީ ވަކި ސަައިޒެއްގެ ޑިކީ (އެކަށީގެންވާ އަދަދަކަށް ބެގެޖްލެވޭ) ހުރުން ލާޒިމް ކުރުން. 2. ކަނޑައެޅިފައިވާ ކޮންމެވެސް ކަލާރ ކޯޑެއް ހުރެ އެގޮތައް ދަވާދު ލެވިފައިހުންނަންޖެހޭ 3. ޔުނިފޯމެއްހުރުން. މިކަންކަން ކުރަން 10 އަހަރުގެ މުއްދަތު ދީގެންނަމަވެސް