ޝަރީފް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި:
10 ޖެނުއަރީ 2019 - 16:29
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މަރުކަޒަށް، އާންމު އިންތިހާބުގައި ވޯޓުލެވޭ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް މުޅިން އެއްކޮށް މިފަހަރު ނުފަށާނެ ކަމަށެވެ.
"ރިޔާސީ އިންތިހާބަށް ރަޖިސްޓްރީވި ތަނަށް ވޯޓު ލެވޭނެ. އެކަމަކު މިފަހަރު ރަޖިސްޓްރީ ކުރި ތަން ނޫން ތަނެއްގައި ވޯޓު ލާ ނަމަ ޖެހޭނީ އަލުން ރީ ރަޖިސްޓްރީ ކުރަން،" ޝަރީފް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕްރައިމަރީ ބާއްވާ ޕާޓީތަކުން މިމަހުގެ 26ގެ ކުރިން ޕްރައިމަރީ ބާއްވާ ހޮވުނު ފަރާތްތަކުގެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް ޝަރީފް އެދިވަޑައިގެންނެވިި އެވެ.
"އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލުމަށް އަޅުގަނޑުމެން މި ވިސްނަނީ 27 ގައި ކަމަށްވާތީ،" ޝަރީފް ވިދާޅުވި އެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ބުނީ މިފަހަރުގެ އިންތިހާބުގައި 150 އަށް ވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރާ ނަމަ ބޭރުގެ ހަތް ގައުމުގައި ފޮށި ބަހައްޓާނެ ކަމަށެވެ. އެގޮތުން 150 މީހުން ހަމަވެއްޖެ ނަމަ އިންޑިއާގެ ދެ ސަރަހައްދަކާއި ސިންގަޕޫރާއި ލަންޑަނާއި ބަންގްލަދޭޝާއި ކޮލަމްބޯ އާއި މެލޭޝިޔާގައި ވޯޓު ފޮށި ބަހައްޓާނެ ކަމަށް ކޮމިޝަނުން ބުންޏެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އާންމު ކުރާނީ މި މަހުގެ 20 ވަނަ ދުވަހެވެ. އަދި ޝަކުވާތައް ބަލައިގަތުމަށްފަހު ގެނެވުނު ބަދަލުތަކާއެކު ލިސްޓު އާންމުކުރާނީ ފެބްރުއަރީ، 15، ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރޭމިތުރާ
10 January 2019
[ވޯޓަކީ މިގައުމުގެ ވަރަށްބޮޑު އަމާނާތެއް! ވޯޓު ވިއްކާލުމީ މިގައުމަށްވާ ހިޔާނާތެއް!]................ ވޯޓު ވިއްކުމުގެ އަމިއްލަ އުސޫލު ދޫކޮށްގެން ރަނގަޅުބަޔަކު މަޖިލީހަށް ހޮވޭނީ!