11 ޖެނުއަރީ 2019 - 12:04
އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ހިންގުމުގައި އިސްކޮށް ހުރި ކަމަށް ބެލެވޭ އަދި ތަފާތު މައްސަލަތަކާ ގުޅިގެން 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އޮޕަރޭޝަނެއް ކުރަން ޑޮކްޓަރު ލަފާދީފައި ވަނިކޮށް، ރޭ ކުއްލި ގޮތަކަށް އައިޖީއެމްއެޗުން ދޫކޮށްލަން އުޅުނު ކަމަށް އަދީބުގެ އާއިލާ އިން މިއަދު ތުހުމަތު ކޮށްފި އެވެ.
ނުރައްކާތެރި ކުށްވެރިއެއް ކަމަށް ބެލެވޭ އަދީބުގެ އާއިލާގެ ފަރާތުން ނެރުނު ނޫސްބަޔާނެއްގައި ބުނީ އޭނާ ބައްލަވާ ޑޮކްޓަރު ރޭ 9:30 ހާއިރު ގޮސް އަދީބު ހޮސްޕިޓަލުން ދޫކޮށްލީ ކަމަށާއި އިތުރު ގޮތެއް ނެތް ކަމަށް ވިދާޅުވި ކަމަށެވެ. އެކަން ހިނގިއިރު، އޭގެ ކުރިން ޑޮކްޓަރުން ލަފާދީފައި ވަނީ ސްކޭނަކަށް ފަހު އޮޕަރޭޝަން ކުރަން ކަމަށް ވެސް އާއިލާ އިން ބުނެ އެވެ.
އެކަން އޮޅުން ފިލުވުމަށް ޕްރިޒަންސް އޮފިސަރުންނާ ވާހަކަ ދެއްކުމުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އެފަދަ އެންގުމެއް އަންގާފައި ނުވާނެ ކަމަށް ބުނެފައިވާ ކަމަށް ވެސް އަދީބުގެ އާއިލާ އިން ބުނެ އެވެ. އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި އަދީބު ޑިސްޗާޖްކޮށް ޖަލަށް ބަދަލު ކުރަން އުޅުނީ ބައެއްގެ ނުފޫޒެއްގެ ސަބަބުންނެވެ. އަދި އާއިލާގެ ޕްރެޝަރާ ހެދި، އަދީބު އަލުން އެޑްމިޓްކޮށް ފަރުވާ ދޭން ފަށާފައިވާ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
"މަޖުބޫރު ވެގެން އަދީބު ޑިސްޗާޖް ކުރުން ނޫން ގޮތެއް ނެތް ކަމަށް ޑޮކްޓަރުން ވިދާޅުވުމަކީ އެކަމުގައި އޭނާ އަށް މީހަކު ބިރުދެއްކުން ނުވަތަ މަގާމުގެ ނުފޫޒް ބޭނުން ކުރައްވައިގެން މަޖުބޫރު ކުރުވުން ނުވަތަ އެހެން ހާލަތެއް މެދުވެރިވެގެން މަޖުބޫރުވުން ކަމަށް ބެލެވެން އޮތް ހިނދު މި ކަމަކީ ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ނުރައްކާތެރި ކަމެއް،" އަދީބުގެ އާއިލާގެ ބަޔާނުގައި ވެ އެވެ.
އަދީބުގެ ބޭސްފަރުވާގެ ކަންކަން ނިމެންދެން އޭނާގެ އާއިލާއާ ހަވާލުކޮށްދިނުމަށް ވެސް އާއިލާ އިން ވަނީ އެދިފަ އެވެ.
މިދިޔަ ނޮވެމްބަރު މަހު އަދީބު ގެއަށް ބަދަލުކުރީ އޭނާގެ ކިޑްނީގައި އުފެދިފައިވާ ހިލަކޮޅުތަކެއް ނެގުމަށް ކުރި އޮޕަރޭޝަނަކަށް ފަހު އެވެ. އޭނާ އަލުން ޖަލަށް ބަދަލު ކޮށްފައި ވަނިކޮށް އިތުރަށް ހާލު ގޯސްވެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދާއިރު، އޭނާ އިސްކޮށް ހުންނަވައިގެން އުފެއްދެވި މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނީ އަދީބު ޖަލަށް ގެންދިޔައީ އެއްބަސްވެފައިވާ ގޮތާ އޭނާ ހިލާފު ވެފައިވާތީ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެކުނުތަރި
12 January 2019
ދިވެހި ރައްޔިތުންގެ 1.4 ބިލިއަން ފައިސާނަގައިފައިވާ ވަގަކު އޮންނަން ޖެހޭނީ ޖަލުގަ
ކަރިޝްމާ
12 January 2019
ވެއިތުވެދިޔަ ދައުރުގެ އެކްސްޕީރިއެންސަށް ބަލާފައި އަޅުގަނޑު ސޯލިހަށް ދަންނަވާނީ ދަރިޔާޭ، ކުޅުދުފުއްޓާއި،ލ.ގަމާއި އައްޑޫގެ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތް ފަހަށް ޖައްސާލާފައި ފުރަތަމަ ދޫނިދޫގައި ޓާޝަރީ ހޮސްޕިޓަލެއް އަޅާށޭ. މިމީހުން އެރަށޭ ބުނީމައިވެސް ހާދަ ބައްޔެކޭ މިވަނީ. އެވަރުން ނުފުދިއްޖެއްޔާ މިމީހުނަށް ދޫނިދޫގައި 'އެހީތެރި' ވުމަށް މިމީހުންގެ އާއިލާ މީހުންވެސް ނަރު ހެޔޮވަރު ގިޓައަކާއިއެކު 33 އަހަރަށް ދޫނިދޫއަށް ބަދަލުކުރަންވީ.
ނިކަމެތި
12 January 2019
"މި ކަމަކީ ތަހުގީގުކޮށް ކުށްވެރިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ޖެހޭ ނުރައްކާތެރި ކަމެއް،" އަދީބުގެ އާއިލާގެ ބަޔާނުގައި ވެ އެވެ. އަދީބުގެ އާއިލާ އަށް އަދީބަކީ ކިހާ ބޮޑު ކުއްވެރިއެއް ކަން ނޭންގެނީ ތޯ. ބާރު ހުރި އިރު ގޭންގް ތައް ލައްވާ ބޭނުން އެއްޗެއް ހެދީ. މިހުރިހާ ބިރުވެރި ކަމަކާ ކުރިމަތިލާން ޖެހެނީ ނިކަމެތި ރައްޔިތުމީހާ. ދެންވެސް ތައުބާވެ ރައްޔިތުން ކިބައިން މާފައް އެދެން ވީނުން.
ީއަހޫ
12 January 2019
އަދީބު ބޭސްފަރުވާ ލިބޭގޮތަށް ހުންނަން ޖެހޭނީ ޖަލުގައި. އަދީބުވަނީ ރައްޔިތުންގެ ބައިތުލް މާލު ދަވާލާފައި. ގޭގައި ބެހެއްޓީމާ ކުރަނީ އެހެން ކަމެއް. ބަލީގެކަންފުޅެްްވެސް ނުހުރޭ
ޗޮކްލެޓް ޔާމިން
12 January 2019
މަ މިހާރު މިހިރީ އެ ޕާޓީއަށް ދެވުނީތީ ބޯގޮވާފަ... ލާރިއެއްވެސް ނެތް އެސޮރު އަތަކު..
ހުބާ
11 January 2019
ޑްރާމާ ކުއީން
ދާދޭ
11 January 2019
އާއިލާއިން އަދީބަށް ޕްރެޝަރުކޮށްބަލަ ޔާމީނާ އަދީބާ ދެމީހުން ރައްޔިތުންގެ ޚަޒާނާއިން ނެގި އެތައް ބިލިއަން ރުފިޔާއެއް އަވަހަށް ރައްޔިތުންނަށް ހަވާލުކުރަން. ޕާޓީހަދައިގެން ގޭގައި ސަޅިބައިސާ ކަނޑަން ނުއިނދެ. އެކަން ކޮށްލަނިކޮށް އާއިލާގެ ޕްރެޝަރުގާ އަހުންވެސް ބައިވެރިވާނަން. ދެން ޔާމީނުގެ ފައިސާތަކެއް އަދީބު އަތުގައި ހުރިއްޔާ ހުރިވަރަކާއި ލިބުނު ގޮތެއްވެސް. އެއިރުން ޔާމީނު ކުރާ ޕްރެސަރުގައިވެސް އަހުން ބައިވެރިވާނަން.
ފެނުކައްކާބޮލި
11 January 2019
މީ ޖަލުން ނެރެން ޖެހޭވަރުގެ މީހެއް ނޫން. އެއްގޮތަކަށްވެސް ޖަލުން ނެރެގެން ނުވާނެ. ދޭ ފަރުވާއެއް ކުރާ އޮޕަރޭޝަނެއް ޖަލުގައި ބާއްވައިގެން ކުރޭ. ޖަލުގައި އަވަހަށް ތިއޭޓަރެއް ހަދާ. ދިވެހިރައްޔިތުންނަށް ޚިޔާނަތްތެރިވެފައިވާ މީހަކު ޖަލުން ނެރުމަކީވެސް ނެރެން ގޮވާލުމަކީވެސް ދިވެހިރައްޔިތުންނަށް ޚިޔާނާތްތެރިވުން.
އެކްސް
11 January 2019
މިއޮތީ ފިސާރި ޑްރާމާއެއްތާ! ދައުލަތުން ވައްކަން ކުރުމުގެ އަދަބު ލިބެންޖެހޭނެ. ކުށްވެރިން ތިބެންޖެހޭނީ އެމީހުން ތިބެންޖެހޭ ހުދޫދުގެ ތެރޭގައި.
ޢަހްމަދު
11 January 2019
33 އަހަރުގެ ހުކުމް ތަމްފީޒުކޮށް ނުނިމެނީސް އަދީބުގެ ތިބަލި ރަގަޅުވާނެކަމަކަށް ނުބެލެވޭ