ޚަބަރު / އަބްދުއްލަތީފު މުހައްމަދު (ދިއްދޫ ދާއިރާ)

ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް މަޖިލީހަށް ވާދަ ނުކުރޭ އިސްލާހު ނަގަން އަންގައިފި

ރައީސް މުހައްމަދު ނަޝީދާއި ދިއްދޫ ލަތީފް--

ރާއްޖޭގެ ރައީސްކަން ކުރެއްވި އެއްވެސް ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަ ނުކުރެއްވޭ ގޮތް ހަދަން ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މަޖިލީހަށް ހުށަހެޅުއްވި އިސްލާހް ނެގުމަށް ޖުމްހޫރީ ޕާޓީން އޭނާއަށް މިއަދު އަންގައިފި އެވެ.

ޖޭޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ރިޔާޒު "މިހާރު" އަށް ވިދާޅުވީ އެ އިސްލާހް ލަތީފް ހުށަހެޅުއްވީ އެ ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އަދި އެ އިސްލާހުގެ ސަބަބުން، ކޯލިޝަން ލީޑަރެއް ކަމަށްވާ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލޭތީ އެ ބިލް އަނބުރާ ނެގުމަށް ލަތީފަށް އަންގަވާފައިވާނެ ކަމަށެވެ.

އަބްދުﷲ ރިޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ، އޭނާ ވިދާޅުވީ ލަތީފް ހުށަހެޅުއްވި އިސްލާހް ނެގުމަށް އަންގާފައިވާ ކަމަށް-- ފޮޓޯ: މިހާރު

ނަޝީދު ގެންދަވަނީ މިއަހަރު ބާއްވާ މަޖިިލިސް އިންތިހާބުގައި މައްޗަންގޯޅީ މެދު ދާއިރާއަށް ވާދަ ކުރައްވަން ނިންމަވައި ކެމްޕެއިން ކުރައްވަމުންނެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މަޖިލީހަށް ވާދަކުރައްވަން ޝައުގުވެރިކަން ހުރިކަން ހާމަކުރައްވައިފަ އެވެ.

"މިއީ ޖޮއިންޓް ޕާލަމެންޓްރީ ގޫރޫޕުގައި އަދި ޖޭޕީގެ ޕާލަމެންޓް ގުރޫޕުގައިވެސް މަޝްވަރާ ކުރެވިގެން ހުށަހަޅާފައިވާ ހުށަހެޅުމެއް ނޫން،" ރިޔާޒު ވިދާޅުވި އެވެ.

މަޝްވަރާ ކުރުމެއްނެތި ލަތީފް އިސްލާހެއް ހުށަހެޅުމުން އެއްވެސް ފިޔަވަޅެއް އަޅަން ނިންމާފައިވޭތޯ ސުވާލު ކުރުމުން ރިޔާޒު ވިދާޅުވީ އެފަދަ ނިންމުމެއް އަދި ނުނިންމާ ކަމަށެވެ.

ލަތީފް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ އަށް ވަނަ މާއްދާގެ ނ. އަށް ނަމްބަރެއް އިތުރު ކުރާށެވެ. އިންތިހާބުގައި ވާދަ ނުކުރެވޭނެ ފަރާތްތައް ބަޔާންކުރާ އެ މާއްދާގެ ފަސް ވަނަ ނަމްބަރަކަށް ލަތީފް ހުށަހެޅުއްވީ "ރައީސްކަން ކޮށްފައިވާ ފަރާތަކަށް ވުން" މި ޝަރުތެވެ.

Raees kan kurevvi beyfulhakah majileehah vaadha nukurevvey gothah islaaheh hushahalhaifi

Raees kan kurevvi beyfulhakah majileehah vaadha nukurevvey gothah islaaheh hushahalhaifi

The most trusted news source in the Maldives

Mihaaru

ރައީސްކަން ކުރެއްވި ބޭފުޅުންނަށް މަޖިލީހުގައި ވާދަ ނުކުރެވޭ ގޮތަށް އިސްލާހް ހުށަހެޅުން--

ލަތީފް ވިދާޅުވިގޮތުގައި އެ އިސްލާހު ހުށަހެޅުއްވީ ރައީސް ކަން ކުރެއްވި ބޭފުޅުންނަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުން ޚާއްސަ އިއްޒަތަކާއި ޝަރަފެއް ލިބިދީފައިވާ ބޭފުޅުންނަށް ވާތީ އެ އަށް ވުރެ ދަށް މަގާމަކަށް ވަޑައިގެންނެވުމުން އެ ޝަރަފަށް އުނިކަން އަންނާނެތީ ކަމަށެވެ.

ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވިގޮތުގައި ލަތީފް ހުށަހެޅުއްވި އިސްލާހް މަޖިލީހަށް ބަލައިގަނެވިގެން ނުވާނެ އެވެ. ސަބަބެއް ކަމަށް ވިދާޅުވީ ގާނޫނު އަސާސީގައި މަގާމުތަކަށް ފުރިހަމަވާންޖެހޭ ކަމަށް ބަޔާން ކުރާ ޝަރުތުތަަށް ގާނޫނުގެ ޒަރިއްޔާއިން އުނި އިތުރެއް ނުގެނެވޭނެތީ އެވެ.

ހިސާން ކުރެއްވި ޓްވީޓް--

އޭނާ މީގެ ކުރިން ވަނީ ރައީސްކަން ކުރެއްވި ފަރާތްތަކަށް ދެމުންއަންނަ އިނާއަތްތައް ކުޑަކުރަން ވެސް މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވާފަ އެވެ.

65 ކޮމެންޓް, 99 ރިއެކްޝަންސް

icon happy icon happy 43%
icon sad icon sad 5%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާ އެނގޭ

16 January 2019

ރައީސްކަންކުރާ މީހާއަށް ލިބޭ އިނާޔަތާ ބޮޑު ފައިސާގަނޑު. ޕްލަސް މަޖިލިސް އަށް ހޮވުނީމަ އެ ބޮޑު މުސާރަ. ރައީސުލް ޖުމުހޫރިއްޔާ އަށްވުރެ ބޮޑު މުސާރަ. ކާކު ބޭނުން ނުވާނީ

The name is already taken The name is available. Register?

މަންސޫރު

15 January 2019

ކަންބަޅިއަށް ހަދާ ކަތިލާ ނިންމާލީ. އޭނާ ގޭގެ ފާހާނައިގާ އިނދެ ހުށައެޅި އިސްލާހެއް ނޫން ދެއްތޮ؟

The name is already taken The name is available. Register?

ޑރ.އަހުމަދު/ހިތަދޫ.ނާސާ/ޔޫއެސް

15 January 2019

މިހިނގާ ދައުރުގެ ފަހަށް މަޖިލީހުގެ ރައީސުކަން ކުރަން ޚިޔާލުކުރުމަކީ ބޭކާރުކަމެއް. މުޅި ތިޔަޕާޓީގައި ނެތް 11،000 މެމްބަރުން ... އަދި މީގެ އިތުރުން ދިވެހިރާއްޖޭގެ ރައީސު ކަމަކީ މިއޮތް ތަޢުލީމީ ޒަމާނެއްގައި ކުނބުރު ކޮށައިގެން މުއްސަނދިކަމެއް ރާއްޖެފަދަ ކުޑަ ކުޑަ އެކޮނޯމީއަކަށް ވެފައި ހުރިނަމަވެސް ވެރިކަމެއް ނުލިބޭނެ މިވެސް ހަނދާނުން ކައްސައިލައިގެންވާނެ ކަންތައްތަކެއްނޫން.. ބުއްދިވެރިގޮތަކީ ކައިރީގައި ތިޔަ ތިބި މީހުން އެހައްދާ ހެއްދުނަތަކުން ދުރުވު

The name is already taken The name is available. Register?

ބުޗް

15 January 2019

ޕްލީޒް ނުގެންދާތި އަނބުރާ!

The name is already taken The name is available. Register?

ގަދުގާމްބެ

15 January 2019

ލަތީފު ކަލޭ ނިކަން ދެކިބަލަ ކަލޭގެ ކަންތައް ހުރި ގޮތް. މައްސަލަގަނޑު ތެރެއަށް ތަދައްޚުލް ނުވެ ނުހުރެވުނު ދޯ. ޔަގީނޭ ސޭޓު ބުނެގެން ބިރުދައްކަން ހިންގާލި އަމަލެއްކަން. ނޫނީ އަންގާލީ ދޯ ދެކޮޅުކަން.

The name is already taken The name is available. Register?

ލަތީފާފޮޅި

15 January 2019

ލަތީފު ކީއްވެބާ މީހާޔައް ވުރެ ބޮޑު ބޫޓެއް ތުރުކުރައްވައިގެން ހުރެ ރައިސްކަން ކޮއްފަހުރި މީހަކު މަގުމައްޗައް ވައްޓާ އިޖުރާއަތް ތައްފުރިހަމަނުކޮއް ސަރަފާ ކަރާމާތައް ހަޑިވާ ގޮތައް ގެންގޮސް ޖަލައްލީއިރު އެހެން ހަދަންނުބުނީ މުޅިދުނިޔެ ގޮވަމުންދިޔަ ތިޔަހެން ނުހަދަން ނަމަވެސް އޭރު ޔާމިނު ކުރީމަ ހަމައޯކޭ ފަހުންދެން ސަލާމަތް ނުވީމަ އަލިފާނޯ ގޮވަމުން ނިކުތީ

The name is already taken The name is available. Register?

ހަބޭސްބޭބެ

15 January 2019

އެހެންވީމައޭ ރައީސް ކަން ކޮއްފަ އެހެން ކަމަކަށް ކުރިމަތި ނުލެވެންވީ، މަޖިލިސް ވިޔަސް. ވެރިކަމުން ފޭބީ އަމިއްލައަށް. ދެން ބާރުގެ ބޭނުންކޮއްގެންވިޔަސް މީހުން ނިޒާމުން ގެއްލުވާލީމަ އެކުރެވުނީ ވަރަށް ބޮޑު ކަމެއް. ފަޑިޔާރެއްގެ ގެއަށް ސިފައިން ފޮނުވައިގެން ގެންގޮސް ފަޅުރަށެއްގަ އެކަކަށްވެސް ނޭގި ފޮރުވީމަ އެއީ ޓެރަރިޒަމްގެ ބޮޑު އަމަލެއް. އެއަށް އަދަބު ލިބެންޖެހޭ. އެކަމާ މަޖިލިހަށް ވަނުމާ ތަފާތު. ލަތީފު އެއުޅެނީ ވަކި ނަޝީދުވެގެން ޏޫން މާދަމާ ޔާމީން ވެސް

The name is already taken The name is available. Register?

ދަރަނިބޭބެ

15 January 2019

މި އެންމެން ހާދަ ބިރެކޭ މިގަންނަނީ ދެން، މުޅިންވެސް ބިރު ދައްކައިގެން ބާރުގެ ބޭނުން ކޮއްގެން ކަންކަން ކުރަން އުޅޭތަން މި ފެންނަނީ. ރައީސް ކަން ކޮށްފަ ތިބި މީހުން އެމީހުންގެ އެ ލަގަބުގަ އެކަމުގަ ތިބެން ޖެހޭނީ. ނަޝީދު މި 5 އަހަރު މަޑުކޮއްލާފަ ދެން ފަހަރަކުން ރައީސް ކަމަށް އަންނަން މިހާރުއްސުރެން މަސައްކަތް ކުރުން ބުއްދިވެރި. ތިޔަތަނަކުން ތިވެސް ނުލިބި މާދަމާ ފަލީހަތްވީމަ ކަމަކު ނުދާނެ. ރައީސް އެއްގެ ގޮތުގައި ހުންނަވާ.

The name is already taken The name is available. Register?

ަހަނު

15 January 2019

ތާކުން ތާކު ނުޖެހޭ ބިލްތައް މަޖިލިސް ފްލޯއަށް ހުށަހެޅިޔަސް އެކަމެއް ނުވާނެ. އެބޭފުޅުންގެ ހައްޤުތައް ގެއްލިގެން ނުވާނެ.

The name is already taken The name is available. Register?

ނަގާނެއެކަމަކު

15 January 2019

ހައްގު އޮންނަނީ ނަޝީދުގެ އެކަނި ތަ؟ ބޭނުން ވަނީ ޒުވާން މަޖްލީހެއް. ޒުވާން މަޖްލީހަކައްވެސް އެމްޑީޕީ މެޖޯރިޓީ ނެގޭނެ. ނިޒާމް ބަދަލުކޮއް ވެރިކަމައް ޕާލިމެންޓް ގެރައީސް އަންނަގޮތައް ބަދަލުކުރަން މަޖްލީހައްވަންނަ މީހުން ބޭނުމެއްނޫ. މައުމޫނާ، ނަޝީދު އާއި ޔާމީނު އާ މެންބަރުކަމައް، މިގައުމު މިމިމިހުންގެ މުދާގަނޑުތަ.

The name is already taken The name is available. Register?

ޅިޔުންތެރިަެއއ

15 January 2019

ޥަާނުވާ ނޭނގޭ މީހުން ވިއްޔަ މި ތިބެނީ

The name is already taken The name is available. Register?

އ ގުރޭޓާ މލ

15 January 2019

ޢިބޫ ވެރިކަމަށް ހޮވުނީމާ ޒަމާނުއްސުރެ މާލޭ ބިންވަޅު ނެގިފައިއޮތް ވެރިކަން މާލެއިން ބީވެގެން ހިނގައިދަނީ ކަމުގެ އިހުސާސް ކުރެވިގެން އުޅެނީއެވެ. ޢެހެންކަމުން ވެރިކަން އެންމެ ފަސޭހައިން ފޮރޮޅާލެވޭނެ ގޮތަކީ މަޖިސް ތެރެއިން ނިޒާމު ބަދަލުކޮށް ރައްޔިތިންގެ ވޯޓާއި ނުލާ ވެރިޔަކު އިންތިހާބު ކުރެވޭނެގޮތް ހެދުން ކަމުގައި ދެކިގެން އެމަގަށް މިސްރާބު ހިފަނީއެވެ. މިފަހަރު މާލޭގެ ކިރިޔާވެސް ކަމެއް ހުރިބޭފުޅަކުނަމަ މަޖިލީހަށް ވަދެވޭތޯ މަސައްކަތް ކުރާނެއެވެ.

The name is already taken The name is available. Register?

‫12345

15 January 2019

‫ހަމަ ވަރަށް ތާއީދު ތިކަމާ!! މިގައުމަށް ބޮޑުވަޒީރުކަންކުރަން ނަޝީދަށްވެސް ޔާމީނާސް ދޭކަށް ނުފެނޭ! ވެރިކަން ބޭނުމިއްޔާ ރައްޔިތުންގެ ވޯޓަކަން ނޫނީ ދީގެން ނުވާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454