ދިއްދު އަށް ކުރެއްވި ދަތުރުފުޅެއްގައި ނަޝީދު، ލަތީފްއާ އެކު. ނަޝީދު މަޖިލީހަށް ވާދަކުރެއްވުމަކީ ޝަރަފް ގެއްލޭ ކަމެއްގެ ގޮތުގައި ލަތީފް ދެކެވަޑައިގަންނަވާ. --ފޮޓޯ/މިހާރު
15 ޖެނުއަރީ 2019 - 11:33
ކުރީގެ ރައީސުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރެއްވުން ހުއްޓުވުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި އިސްލާހުން އެތައް ބައެއްގެ ނުރުހުން އޭނާ އަށް އަމާޒުވެއްޖެ އެވެ.
އޭނާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ އާއި ކޯލިޝަން ސަރުކާރުގެ އެހެން ޕާޓީތަކުން ވެސް ދެކޭ ގޮތުގައި އެ ބިލު އަމާޒުކޮށްފައި އޮތީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެހެންވެ އެއީ ކޯލިޝަންގެ ވިސްނުމެއް ނޫން ކަމަށް ބުނެ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ބިލާ ދެކޮޅު ހަދައިފަ އެވެ.
ސިޔާސީ މަސައްކަތްޕުޅު ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރައްވަން ނިންމަވައި ނަޝީދު ގެންދަވަނީ ކެމްޕޭން ކުރައްވަމުންނެވެ. އެމަނިކުފާނުގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް މަޖިލީހަށް ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވަ އެވެ. ގޮތެއް ނިންމަވާނީ ވަގުތު ޖެހުމުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ރައީސުން މަޖިލީހުގައި ތިއްބެވުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ލަތީފް ހުށަހެޅުއްވީ މާއްދާއެއް އިތުރު ކުރާށެވެ. އެއީ، ކުރީގެ ރައީސުން މަޖިލީހުގެ މެމްބަރުންނަށް ވާން ޝަރުތު ހަމަނުވާ ކަމަށް ކަނޑައެޅުމަށެވެ.
ކެމްޕޭން ޖަލްސާއެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ. ---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ބިލް ހުށަހެޅުއްވީ ވަކި ބޭފުޅަކަށް އަމާޒުކޮށްގެން ނޫން ކަމަށް ލަތީފް ވިދާޅުވި ނަމަވެސް އެ ވާހަކަ ކޯލިޝަން ޕާޓީތަކުން ވެސް ގަބޫލެއް ނުކުރެ އެވެ. އެމްޑީޕީގެ އިސް ބޭފުޅުން ވެސް ދެކެވަޑައިގަންނަވާ އެ ބިލުގެ ބޭނުމަކީ ނަޝީދަށް ފުރުސަތު ގެއްލުވާލުމެވެ.
ވަކި މީހަކަށް ނުވަތަ ވަކި ކަމަކަށް މަގުފަހިކުރަން ގާނޫނުތަކަށް އިސްލާހު ގެނައުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަރަށް ފަރިތަކަމާ އެކު ކުރި ކަމެކެވެ. އެކަން ބަދަލުކުރަން ވައުދުވެ، ވެރިކަމަށް އައި ކޯލިޝަން ސަރުކާރުގެ މެމްބަރަކު އެފަދަ ބިލެއް ހުށަހެޅުމަކީ ކުރީގެ މަގަށް އަނބުރާ ރުޖޫއަވަމުން ކަމަށް ބުނެ ވެސް ދަނީ ފާޑުކިޔަމުންނެވެ.
ލަތީފް ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމަށް ވެރިކަމަށް ކުރިމަތި ނުލެއްވޭ ގޮތަށް އޮތް އިސްލާހު ވެސް މި ސަރުކާރުގައި ވަނީ އުވާލައިފަ އެވެ. އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ޔާމީންގެ ސަރުކާރުން އިސްލާހު ގެނައީ ގާސިމް ވެރިކަމަށް ވަޑައިގަތުމަށް ހުރަސްއަޅާށެވެ. މިއީ، ލަތީފް ވެސް ކަންބޮޑުވުންފާޅުކުރެއްވި މައްސަލައެކެވެ.
ކުރީގެ ރައީސުން މެމްބަރުންނަށް ވުމަށް ހުރަސްއަޅާ ބިލާ ދެކޮޅު ހައްދަވަމުން، ޖުމްހޫރީ ޕާޓީގެ ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ތަފާތުކުރުމާއި ވާދަވެރިޔާ ނައްތާލުމުގެ ސަގާފަތާ އެންމެން ދުރުވާން ޖެހޭ ކަމަށެވެ. މަޖިލީހަށް ވާދަކުރެއްވުމަކީ ނަޝީދަށް ވެސް އޮތް ހައްގެއްކަން ފާހަގަކުރެއްވި އެވެ.
Vaki meehakah vakigotheh hedhumaa, vaadhaveriyaa nahthaalumuge sagaafathaa enmenves dhuruvaan jehey. Raees @MohamedNasheed majileehah kurimathilumakee emanikfaange qaanoonee adhi asaasee haqqeh. Raajje islaahuve badhaluvaanee alhugandumen enmenge visnun islaahuve harudhanaavegen.
— Ali Waheed (@ali20waheed) January 15, 2019
އަލީ ވަހީދު ކުރެއްވި ޓުވީޓް.
އިންތިޚާބުތަކުގައި ވާދަކުރުމުގެ ހައްގުން އެކަކު ވެސް ބާކީކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވަނީ އެ ބިލަށް ވޯޓު ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ. އެއްވެސް މީހެއްގެ އިންތިޚާބީ ހައްގަކަށް އުނިކަން އަންނާނެ ފަދަ އެއްވެސް ބިލަކަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Evves meehegge inthikhaabee haggakah unikan libey gothah adhi vaki meehakah gellumeh nuvatha thuraaleh dheyn hushahalhaa evves bilakah alhugandu thaaeedheh nukuraanan. Inthikhaabu thakah kurimathi lumuge haggun hama ekakuves bareea koggen nuvaane.
— Ali Hussain (@AleeVoice) January 15, 2019
މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވިދާޅުވި ގޮތުގައި މީހަކު ދެކެ ޖެހިލުންވާ އިރަށް ގާނޫނީ ބަދަލުތަކުން އެ މީހަކަށް ފުރުސަތު ހަނިކުރުން ބަލައެއް ނުގަނެވެ އެވެ.
Inthihaab thakugai vaadha kurumuge furusathu hani kurun mee konthaakun anna visnumeh tho? Kureege Raeesunge minivankan ebeyfulhun kurimathi levvumaky. Rayyithunge aiymathee oiy kameh vote akee. Meeheh dheke jehilun vaa irah qanoonun emeehakah furusathu hanikurun balaeh nuganevey. https://t.co/LdK1eO2mY7
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) January 14, 2019
ގާނޫނުއަސާސީގައި ވަކި ގޮތެއް ކަނޑައަޅާފައި އޮއްވައި އެއާޚިލާފަށް ހުށަހަޅާ ބިލް މަޖިލީހުން ބަލައިނުގަތުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.
Qaanoonu asaasee gai magaamthakah furihamavaanjehey kamah bayaan kuraa sharuthuthakah qaanoonuge zariyyain uni ithureh nugeneveyne. This is an unconstitutional bill that cannot be accepted by the Parliament. https://t.co/ufgbOQQR6H
— Hisaan 🎈؟ (@hisaanhussain) January 14, 2019
ގާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ގާނޫނުއަސާސީގައި މަގާމްތަކަށް ފުރިހަމަވާން ޖެހޭ ކަމަށް ބަޔާންކުރާ ޝަރުތުތަކެއް ގާނޫނުގެ ޒަރިއްޔާ އިން އުނި އިތުރެއް ނުގެނެވޭނެ އެވެ. އެއީ މަޖިލީހަށް ބަލައިނުގަނެވޭނެ ބިލެއް ކަމަށް ވެސް ހިސާން ވިދާޅުވި އެވެ.
މި ކަންބޮޑުވުންތައް ހުރުމާ އެކު އެ ބިލް އަނބުރާ ނަގަން ޖުމްހޫރީ ޕާޓީން ވަނީ ލަތީފަށް އަންގައިފަ އެވެ.
ޖޭޕީ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ރިޔާޒު "މިހާރު" އަށް ވިދާޅުވީ އެ އިސްލާހް ލަތީފް ހުށަހެޅުއްވީ އެ ޕާލަމެންޓްރީ ގުރޫޕުގައި މަޝްވަރާއެއް ކުރުމެއް ނެތި ކަމަށެވެ. އެ ބިލް ނަގަން އެންގީ، ކޯލިޝަން ލީޑަރެއް ކަމަށްވާ ނަޝީދުގެ އަސާސީ ހައްގެއް ގެއްލޭތީ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.
ލަތީފް ވިދާޅުވެފައިވާ ގޮތުގައި ރައީސް ކަން ކުރެއްވި ބޭފުޅުންނަކީ ގާނޫނުއަސާސީ އާއި ގާނޫނު ތަކުން ޚާއްސަ އިއްޒަތަކާއި ޝަރަފެއް ލިބިދީފައިވާ ބޭފުޅުންނަށް ވާތީ އެ އަށް ވުރެ ދަށް މަގާމަކަށް ވަޑައިގެންނެވުމުން އެ ޝަރަފަށް އުނިކަން އަންނާނެ އެވެ. އޭނާ އެ އިސްލާހު ހުށަހެޅުއްވީ އެ ވިސްނުމުގައި ކަމަށް ވެސް ވިދާޅުވި އެވެ.
"ގާނޫނުއަސާސީ ބުނާ ގޮތުން ވެސް އެހާ ބޮޑަށް ތަންދޭ ކަމެއް ނޫން އެއީ. އެ ބޭފުޅުންނަށް ވަރަށް ބޮޑެތި އިނާޔަތްތަކާއި ރައްކާތެރިކަމާއި ޝަރަފެއް ދީފައި އެ ތިއްބަވަނީ ޝަރަފާއި އިއްޒަތުގައި ތިއްބަވަން،" އޭނާ ވިދާޅުވި އެވެ.
އެކަމަކު، އޭނާގެ މި ވިސްނުމާ ގިނަ ބަޔަކު ދެކޮޅު ހަދަމުންދާތީ ބިލް ފާސްވެދާނެ ކަމުގެ ޔަގީންކަން މިއޮތީ ކުޑަވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީމަލޭ
17 January 2019
ނަސީދުއަަށް 2013ގަ ރިޔާސީ އިންތިހާބްގެ ޓިކެޓް ޕުރައިމަރީއާ ނުލާދިން
އެސް
16 January 2019
ރޫހާނީ ލީޑަރުވާނެ ހޮވަން ކޮންމެގޮތެއް ހަދާފަވެސް ،
މުށަވަކި
16 January 2019
ކޮބައިތޯ މައްސަލައަކީ ނަޝީދުނޫނަކަސް ވެދާނެހަމަ ޔާމީނު ކަމައްވެސް.
ކަނިކުރެދި އޮތް ދިމާ ނަޝީދު ހިފާނެ
15 January 2019
ޔާމީނުގެ އަނިޔާވެރިކަމުން ސަލާމަތްވެ އެންމެނަށް ސަލާމަތުގެ އައްސޭރިއަށް ނިކުމެވުނީ އެކުގައި މަސައްކަތް ކޮށްގެންކަން ހަނދާން ކުރަން ޖެހޭ ގޮނޑިތައް ގެއްލިފަ ވަނިކޮށް ގޮނޑިތައް ހޯދުނީވެސް ހަމަ އެމަސައްކަތުގެ ތެރެއިން އެ މަސައްކަތް އެގޮތަށް ކުރުމުގަވެސް އެހުރުކަން ކުރެއްވި ބޭފުޅަކީ ރައީސް ނަޝީދު
ދޮންބީފާނު
15 January 2019
ބަލަ ކޮންމެ ގާނޫނެއްވެސް އަމާޒު ވާނީ ވަކިި ބަޔަކަށޭ. ޓެރަރިޒަމްގެ ބިލު އަމާޒު ވަނީ ޓެރަރިިޒަމް ހިންގާ މީހުންނަށް ކަމަށް ވާތީ އެފަދަ އަމަލެއް ހިންގައިފިނަމަ އެ ގާނޫނުގެ ދަށުން ހުކުމް ކުރެވިފަ ހުރީ. ހަމަ އެހެންމެ ވައްކަން ކޮށްފިނަމަ ރައީސްކަން ކުރެއްވިި ބޭފުޅެއްގެ ގެއިިން ވައްކަން ކުރިި ކަމުގަ ވިޔަސް ވައްކަމުގެ ގާނޫނުގެ ދަށުން ހުކުމް ކޮށް ތަންފީޒު ކުރެވޭ. ގައުމުގަ ތިިބިހާ ބައެއްގެ މައްޗަށް މި ދެ ގާނޫނެއްވެސް ފިިޔަވަޅެއް ނޭޅޭނެ.
އަޖައިބު
15 January 2019
މިިއޮއް ކަމެއް ދޯ. މެންބަރަކު ބިލެއް ހުށަހެޅުމަކީ އެ މެންބަރަކަށް ބިިރު ދައްކައިި ބިލު ނަގަން މަޖުބޫރު ކޮށް ހަދަން ޖެހޭ ކަމެއްތަ؟ ބިިލާ ނުރުހެންޏާ ވޯޓު ނުދިނީމަ ނިިމުނީނު. ލަޠީފް ހުށަހެޅި ބިިލަށް ގިިނަ މެންބަރުންގެ ތާއީދު ނުލިިބޭނަމަ އެ ފާހެއް ނުވާނެނު. ބިލެއް ހުށަހެޅުމުން އެކަން އެގޮތަށް ކަނޑައެޅި ނިިމުނީއޭ ހީވާ.ބީދައަކުން ތިިހާ ވަރަކަށް ބިިރުން ތެޅިި ފޮޅެނީޔޯ!
ކިނބޫ
15 January 2019
ގޮށްރީނދޫތައް ލަޠީފާ ޒާތީ ގޮތުން ޖައްސާލައިިގެން ދިިމާކޮށް ފުރައްސާރަ ކުރަމުން މިގެންދަނީ ކިިހިނެއްވީ! ބަލަ 65 އަހަރުން މަތީ މީހުންނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ކަލޭމެން ބާގައި މީހުންވެސް ވޯޓު ދީގެން ބިިލެއް ފާސް ކުރިިއިރު އެ ބިލުގެ ތެރެއަށް ވަންނަނީ ވަކި ބައެއް ނޫންތަ؟ ހުރިހާ އުމުރެއްގެ މީހުން ހިމެނޭތަ އޭގެ ތެރޭ؟ ނޫނޭ ވާ މީ ވަރެއްގެ ބައެއް.
ސަރުދާރު
15 January 2019
ގާނޫނުއަސާސީ ބުނާ ގޮތުން ވެސް އެހާ ބޮޑަށް ތަންދޭ ކަމެއް ނޫން އެއީ. އެ ބޭފުޅުންނަށް ވަރަށް ބޮޑެތި އިނާޔަތްތަކާއި ރައްކާތެރިކަމާއި ޝަރަފެއް ދީފައި އެ ތިއްބަވަނީ ޝަރަފާއި އިއްޒަތުގައި ތިއްބަވަން،" އޭނާ ވިދާޅުވި އެވެ. ލަތީފު ބިލް ހުށަހެޅި މަގްސަދު ވަރަށް ރަގަޅު! މި ކެނެރީ ނަޝީދު އަބަދުވެސް މި އުޅެނީ މި ދިވެހިރާއްޖެ ޚަރާބުގެ މަގަށް ގެންދިއުމަށް. އެ ފުރްސަތު ދީގެން ނުވާނެ!
ތިމަންނަ
15 January 2019
މި މެމްބަރަށް ހާދަހާ ގިނަ ފައިސާއެއް އަޅައި ދީފިއެވެ. އެކިމީހުން ވިޔަފާރިކުރާނީ އެކިގޮތަށެެވެ.
ދދދދދދ
15 January 2019
ކުރީގެ ރައީސަކު މަޖިިލީހަށް ހޮވިއްޖެއްޔާ ރައީސްކަން ކުރިި މީހަކަށް އޮންނަ އިނާޔަތްތައް ނުލިިބޭ ގޮތަށް ހެދުމާދު ޖަޒީރަތު ރީނދުސްތާނު ކުދިން ރައުޔެއް ދީބަލަ އަޅެ.