17 ޖެނުއަރީ 2019 - 15:32
ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ ނައިބަކަށް، ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓްގެ ކުރީގެ ހެޑް މުހައްމަދު ޖިނާހު ހަމަޖައްސައިފި އެވެ.
ޖިނާހަށް ތުހުމަތުތަކެއްކޮށް، ފުލުހުންގެ ވަޒީފާ އިން ވަކިކުރީ 2013 ގަ އެވެ. އެެއީ ގާނޫނާ ޚިލާފު ނިންމުމެއް ކަން ކަނޑައަޅައިދޭން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ނިމުނީ އޭނާއާ އެއްކޮޅަށެވެ. ވަޒީފާ އިން ވަކިކުރުމުގައި ގާނޫނާ ޚިލާފު ކަންތައްތަކެއް ހުރި ކަމަށް ދައުލަތުން އެއްބަސްވުމުން، ސިވިލް ކޯޓުން ހުކުމް ކުރީ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި 2.8 މިލިޔަން ރުފިޔާ ދިނުމަށާއި ވަކި ކުރި އިރު ހުންނެވި ފެންވަރުގެ ވަޒީފާއެއް ދިނުމަށެވެ.
އެ ހުކުމާ އެއްގޮތަށް ސަރުކާރުން އޭނާ އަށް ފުލުހުންގެ ވަޒީފާ ދިނެވެ. އެކަމަކު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ވަނީ ޝަރަފުވެރިކަމާ އެކު ރިޓަޔާ ކުރައްވާފަ އެވެ.
ކުރީ ސަރުކާރުން 2013 ވަނަ އަހަރު ޖިނާހު ވަޒީފާއިން ވަކި ކުރި އިރު އޭނާ ހުންނެވީ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސްގެ ރޭންކް ގަ އެވެ.
ޖިނާހުގެ އިތުރުން ވެސް ވަކިކުރި ބައެއް ބޭފުޅުންނަށް ވަނީ ފުލުހުންގެ ވަޒީފާ އިޔާދަކޮށްދީފަ އެވެ. އޭގެ ތެރޭގައި މިހާރުގެ އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝާއި ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ހިމެނިވަޑައިގަންނަވަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހިއްޓޭ
18 January 2019
ކިހާ ދެރަ ކަމެއްތަ. ތިތަނަށް ތިހާބައިވަރު މީހުން ބޭނުން ވޭތަ އަޅެ. ރައްޔިތުންގެ ލާރި މިއޮއްގެން ތަޅާބުރުއްސަނީ.
ޜައްޔިތުމީހާ
18 January 2019
މިދެން ކިހާ ބޮޑުކަމެއް! ރައްޔިތުންގެ ލާރިން މުއްސަނދި މަހުޖަނުންނަށް ބޭރުގައުމު ތަކުގަ އުޅެވޭނެ ގޮތްހަދަންޏާ. ކޮންމެ އެމްބަސީއެއްގައި ޑެޕިއުޓީ އެއް އެ ހެޔޮ ދިވެއްސަކު އެތާ ނޫޅުނަސް. ޙާރިޖީ ދާއިރާގެ އެއްވެސް ތަޖްރިބާއެއް ނެތް!!
ނޯމޯ ޕޮިލސް
17 January 2019
ޖިނާ ވަކިކުރި ހުރީ ސްޕރިންޓެންޑެންޓަކަށް. ވަޒީފާ އަލުން ދިނި ޗީފް ސްޕްރިންޓެންޑް ރޭންކާއެކު. ރިޓަޔަކުރީ އެސިސްޓެންޓް ކޮމިޝަނަރ މަގާމުގަ، މިޢީ އެމްސީއާއި މަންނާނު އެމީހުންގެ ވަޒީފާ ދިފާއުކުރުމަށް ހިންގި ބޮޑު ޖަރީމާއެއް. މިކަން ބެލޭނެދުވަހެއް އަންނާނެ. ޖިނާ ބުނިހާގޮތެއް ފުލުހުންނާއި ސަރުކާރު ހަދަންޖެހުނީ ޖިނާ ދެކެ ހާދަ ބިރެއްގަންނާތީއޭ ދޯ.
ޓަކިބެ
17 January 2019
އަޅުގަނޑު ވަރަށް އުފާވޭ މުޅިންވެސް މާލޭ ބޭފުޅުންނާއި ބޭފުޅުންގެ ދަރިން މިފަދަ މަގާމުތަކަށް ހަމަޖައްސާތީ. ވަރަށްވެސް އެކަށީގެންވާ ބޭފުޅުންކޮޅެއް މިއީ. މިބޭފުޅުންނަކީ މުޅި ޚާންދާނުވެސް ޑިޕްލޮމެޓިކް ދާއިރާގައާއި ސަރުކާރުގެ މަތީ މަގާމްތައް ފުރުއްވި ޤާބިލު ބޭފުޅުންނެވެ.
އަލީ ހަސަން
17 January 2019
ސާބަހޭ. ކޮރަޕްޓް ސަރުކާރަކީ ކޮން ކާރެއްކަމެއް ވަކިކުރާކަށް ނޭނގުނު. ޖިނާހަށް މާލީ ބަދަލު. ޖިނާހަށް ފުލުސް ވަޒީފާ. ޖިނާހަށް ރިޓަޔަމެންޓް ޕެކޭޖް. ޖިނާހަށް ޖަރުމަނުން ވަޒީފާއެއް. އިންސާފު އޮތީ ސިޔާސީވެގެންކަން މިދަސްކޮށްދެނީ. ދެން ޤައުމުގަ ކޮންކަމެއް އިސްލާހު ވާނީ. ފުލުހުންނަށް ތިޔަ ދަސްކޮށްދެނީ ނުބައި މަގެއް. ވަރަށް ދެރަކަމެއް މީ.
ބަނާނާ ޕްރެޒިޑެންޓް
17 January 2019
ހަމަ ބުނެވޭނީ ސުބްޙާނަﷲ އޭ.
ޖަރުމަނު
17 January 2019
ސުވާލަކީ ޔޫރަޕުގަ ކިހާ ދިވެހިނެއް އުޅޭހޭ؟
ފަންސާސްވެސް
18 January 2019
ނޫޅޭނެ ފަންސާސްވެސް!