ރައީސް އިބްރާހިމް މުހައްމދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން، މި ސަރުކާރު ހިންގާ ކޯލިޝަންގެ ހަތަރު ލީޑަރުން މަޝްވަރާއެއްގައި.---ފޮޓޯ: އެމްޑީޕީ
18 ޖެނުއަރީ 2019 - 14:06
ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ނުވެވޭ ގޮތަށް ކަނޑައެޅުމަށް ދިއްދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މަޖިލިހަށް ހުށަހެޅުއްވި އިސްލާހު އަނބުރާ ގެނައުމުގައި ޖޭޕީން އިސް ދައުރެއް އަދާކުރުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބަށް އެމްޑީޕީގެ ޓިކެޓު ދޭނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ އަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ބެހޭ ގާނޫނަށް ލަތީފް އިސްލާހު ހުށަހެޅުއްވީ ނަޝީދަށް ފުރުސަތު ބަންދު ކުރުމަށް ކަމަށް އެމްޑީޕީން ބުނެ އެވެ. އެކަމަކު، ލަތީފް އެކަން ގަބޫލެއް ނުކުރައްވަ އެވެ.
މިދިޔަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވި އިސްލާހު އަނބުރާ ނެގުމަށް ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ޖޭޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަބްދުﷲ ރިޔާޒް އެންގެވި ނަމަވެސް އެކަމަކަށް ލަތީފް މިހާތަނަށް އިޖާބައެއް ނުދެއްވި އެވެ. ޖޭޕީން ބުނާ ގޮތުގައި ލަތީފް އިސްލާހު ހުށަހެޅުއްވީ އެ ޕާޓީއާ މަޝްވަރާ ކުރެއްވުމެއް ނެތި އެވެ.
މި މައްސަލައިގައި މީގެ ކުރިން ވެސް އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެއީ ނަޝީދަށް އަމާޒުކޮށް، ލަތީފް ހުށަހެޅުއްވި އިސްލާހެއް ކަމަށާއި އިސްލާހު އަނބުރާ ނެންގެވުމަށް ގޮވާލާ ކަމަށެވެ. އަދި ޖޭޕީގެ ލީޑަޝިޕުން އެކަން ކަށަވަރު ކޮށްދިނުމަށް ގޮވާލާ ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
"އަދި މިފަދަ އަމަލުތަކުގެ ސަބަބުން ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕުގެ ގުޅުމަށް އަރައިފާނޭ ބުރުލަކާ މެދު ވިސްނާވަޑައިގަތުމަށާއި މަސްލަހަތު ނުގެއްލޭ ގޮތަށް އަމަލު ކުރެއްވުމަށް ވެސް އިލްތިމާސް ކުރަމެވެ،" މި ސަރުކާރު ހިންގާ އިއްތިހާދުގެ މައި ޕާޓީ އެމްޑީގެ ބަޔާނުގައި ވެ އެވެ.
އެ ޕާޓީން ބުނިގޮތުގައި، ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލިހަށް ކުރިމަތި ނުލެއްވޭ ގޮތަށް ލަތީފް އިސްލާހު ހުށަހެޅުއްވީ ނަޝީދަށް ފުރައްސާރަ ކުރުމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ޝަރުތު ގާނޫނުއަސާސީގައި ބަޔާން ކޮށްފައިވާއިރު، އިތުރު ޝަރުތުތަކެއް ކަނޑައަޅަން ގާނޫނަށް އިސްލާހު ހުށަހެޅުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ވެސް އެމްޑީޕީން ބުނެ އެވެ.
ކުރީގެ ރައީސް ނަޝީދާއި މެމްބަރު ލަތީފް.
"އަދި އެއީ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގައި ހިމެނިވަޑައިގަންނަވާ މެމްބަރަކު މަސައްކަތް ކުރުމަށް އޮންނަ އެންމެހައި އުސޫލުތަކާ ވެސް ޚިލާފު އަމަލެކެވެ،" އެމްޑީޕީން ބުންޏެވެ.
އެ ޕާޓީން އަދި ބުނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ލަތީފާ މެދު ހިންގި ކަންކަމުގެ ޝިކާރަ އަކަށް ވެ އެ ކަންކަމުން ހިންދެމިލުމާ އެކު، އެހެން މީހުންގެ ސިޔާސީ ހައްގުތަކަށް އަރައިގަތުމަކީ މައްސަލައެއް ނޫން ކަމަށް ލަތީފް ދެކެވަޑައިގަތުމަކީ ދަށުދަރަޖައިގެ ފިނޑި އަމަލެއް ކަމަށެވެ.
ލަތީފްގެ އިސްލާހު އަނބުރާ ނުނަންގަވައި، މަޖިލިހުގައި އެ މައްސަލަ އެޖެންޑާ ކޮށްފި ނަމަ، ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބައެއް މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. ސަބަބަކީ، މަޖިލިހުގެ އިންތިޚާބާ ދިމާކޮށް، އެމްޑީޕީ އާއި ޖޭޕީގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް ފެށިފައި ވުމާއި އަދި މަޖިލިހުގައި ޕާޓީތަކަށް މެމްބަރުން ބެހިފައިވާ ގޮތަށް ބަލާއިރު އެމްޑީޕީގެ ބައިވެރިވުމެއް ނެތި ވެސް އިސްލާހު ފާސްވުމުގެ ފުރުސަތު ބޮޑުވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޏަރު
24 January 2019
ނަޝީދުގެ ޢަމަލަކީ ޤައުމު ހަލަބޮލިކޮށް ރައްޔިތުންނަށް ޖެެއްސުންކުރުން
މުލޭ
19 January 2019
އެއްބަސްވުމާ ޚިލާފަށް ހުރިހާ ދާއިރާެއަކަށް ވާދަކުރަން އަންނި ނިންމި ނިންމުމަކީވެސް އެހެން ލީޑަރުންނަށް ކުރި ފުރައްސާރައެއް.
އަސްތާ
18 January 2019
ތި ފުރައްސާރައިގެ ފަހަތުގައިހުރީ ސޭޓު. ޔަގީން. މީ މަހުޖަނުން ސިޔާސީކަންކަމާ ދުރުކުރަންވީވަގުތު. ޜައްޔަތުންވިސްނާ
އެގޮތަށް
18 January 2019
ރައްޔިތުން ވިސްނަންޖެހޭ ލާދީނީ ކަންކަމަށް ހިތްވަރު ލިބޭ ގޮތްގޮތަށް ވާހަކަ ދައްކައި، އެ ދެކެވޭ ވާހަކައަކީ ދީނާ ފުށުއަރާ ވާހަކައެއްތޯ ނުބަލާ ވާހަކަ ދައްކާ މީހުންވެސް ސިޔާސީ ކަންކަމުން ދުރުކުރަން.
Haruge
18 January 2019
މި އިސްލާހު ނަގާކަށް ނުފެނެ. ޢެއްމެ ބޮޑު ސަބަބަކީ ރައްޔަތުން މަޖްލިސްގެ ހުރިހާދާއިރާ އަކަށް އެމްޑީޕީން ކުރިމަތިލާން ނިންމި ނިންމުމަކީ ކޯލީޝަން އެގްރީމެންޓާ ޚިލާފަށް ނިންމި ނިންމުމެއް. ޢެމްޑީޕީން އެވަނީ ވަޢުދާ ކިލާފުވެފަ.
މުދާގަނޑު
18 January 2019
ޖުމްހުރީ ޕާޓީއިން ދެންމިހާރު މަދީ ޑރ. ވަހީދު އޭރުން ބަގާވާތް ކުރި މީހުން ހަމަވީ
ކޮރަލް
18 January 2019
މަސްލަހަތު ގެއްލުވާލީ އަންނި އެވެ. އޭނަ އަކީ ދީނައް ފުރައްސާކޮށް ވާހަކަ ދައްކާފަ ހުރި މީހެކެވެ. ވީމާ އޭނަ އަށް ވޯޓްލުމުގެކުރިން ހުއްދަތޯ އިލްމް ވެރިއަކު ކުރެން އަހާފަ ނޫނީ ވޯޓް ލުން ރަނގަޅެއް ނޫނެވެ.
އަދި
18 January 2019
ހައްދުންނައްޓާއިރުވެސް އިލްމުވެރިން ކައިރިން އަހާވަރުވޭތަ؟ ދީނުގަ ކަންކަން އޮންނަ ގޮތް ބަލާލާނަމޭ ހިތަށް ނާރާ މީހަކު އަބަދު އެ ބީދައިން ދައްކާ ވާހަކަ އެއީ އެއްވެސް ވަރަކަށް ބަލައިގަނެވެންވީ ކަންކަމެއްނޫން.
ޗިބޫ
18 January 2019
ބަލަ ހަމަ އެހެން ނޫންތޯ، އެމްޑީޕީއިން ކަންކުރީ ނަޝީދު އަޑީގައި ހުރެގެން؟ ސްޓޮޕް ޕްލޭއިންގ ދަ ވިކްޓިމް. ޔާމީނު ވެރިކަމުގަ ޑީލްހަދައިގެން ގާނޫނުތައް ފާސްކުރިއިރު ކޮބާ އިންސާފު؟ ޖަމީލު ވަކިކުރިއިރު ކޮބާ؟ ވެރިކަމަށް އަންނަންވެގެން ހުރިހާ ޕާރޓީއަކުން މަޖިލީހަށް ކުރިމަތި ލާނޭ އަދަދަށް އެއްބަސްވެފަ އޮތް އިރު، ވެރިކަން ލިބުމާއެކު އެއެއްބަސްވުމާ ޚިލާފުވެ، އަމިއްލަ އެދުން އިސްކުރީ ނަޝީދާ އެމްޑީޕީން. ކުރިއެރުމެއް އޮތީ ނަޝީދުގެ ވަބާއިން ސަލާމަތްވެގެން
ހެހެހެ
18 January 2019
މަޖިިލިިހަށް ކުރިިމަތިި ލާން ނަޝީދު ހުށަހަޅާފަ އޮތް ހުށަހެޅުން އަނބުރާ ނަގަންވީނު. ހަމައެކަނިި އެއް ބަޔަކު ބޭނުންވާ ގޮތެއް ނޫނެއްނު ވާން ޖެހޭނީ. އެއް ބަޔަކު ދައްކާ ވާހަކަ އަނެއް ބަޔަކުވެސް އަޑު އަހައިިގެން ކަންކަން ވާނީ. ތިިހެން ފުއްޕިިޔަކަސް މެންބަރަކު ލާފަ އޮތް ބިިލެއް ގަދަކަމަކުން ނުނެންގުވޭނެނު.
ބޮޑުތަކުރު
18 January 2019
އުސޫލެއްގެ ގޮތުގައި ބާއްވަން ކަމަކުނުދޭ. އެކަމަކު ހާލަތަށް ކޮންމެހެން ޞަރޫރީ ބިލެއް. ހިތިބޭސް ބޯންޖެހޭ އުސޫލުން.
އިންގްލިޝްމޭން އިންޖަޒީރާ
18 January 2019
އަނހާ އެމްޑީޕީ! "އެއްކަލަ ޑިމޮކްރެސީ"ގެ ރޫޙު ހަނދާންނެތުނީ ދޯ؟ އެއް ޕާޓީން އަނެއްޕާޓީއަށް މެމްބަރުން ހޮވައިދޭކަށް ނުޖެހޭ، ދެން އެހެން ޕާޓީއެއްގެ ސިޔާސަތު ތަންފީޒު ކޮށްދޭން މިޖެހެނީ ކީއްވެތޯ؟ އެމްޑީޕީ: ވެރިކަން ދިނީމާ ޕާޓީއާ ގައުމުވެސް ބޮއްސުންލައްވާލި މީހަކާގެން މަރުދަންޖެހޭ ބައެއްގެ ނުފޫޒުގެ ދަށުވެފައި އޮތް ޕާޓީއެއް. ފުށުއަރާގޮތަށް އެކިހާލަތުގަ އެކިގޮތަށް ވާހަކަ ދެއްކިޔަސް އެބުނި އެއްޗެއް އެއީ ޕާޓީގެ ތަޞައްވުރު އަދި އެއީ ޕާޓީ ދަންނަ ޑިމޮކްރެސީ.
ޓައްޚާނު
18 January 2019
އެމްޑީޕީގަ ޑިމޮކްރަސީ ކިޔައިގެން އެންމެ އަޑު އުފުލާމީހުންވެސް އެއީ ހަމަ ޚުދުމުހުތާރު ތިމާގެ ވިސްނުން އެންމެ ކަމުދާ، މަބޮޑޭ މަށަށް މާއިނގޭނެ، މަމާބޮޑަށް ކިޔަވަިފިން، މިކިޔަވީ ވިލާތުން، މިކަހަކަ ތާކުންތާކު ނުޖެހޭ ވިސްނުމުގެ ތެރެއިން ބޮޑު އީގޯއަކާއިގެން ރައްޔިތުން ކުރިމައްޗަށް ނުކުމެ ތިބި ބަޔެއް. ހަމަ ރަނގަޅަށް މިބުނީ އިބޫ ނޫނީ ތިތާ މީހަކު ދައްކާ ވާހަކައެއް އަޑުއަހާނެ ހިތްވަރު ހުރިމީހަކުނެތް. ދެންތިބީ މާ އިނގޭ ޔާމީނަށް ދޫނުކުރާވަރުގެ ރޯނުއެދުރުން