ލ. އަތޮޅުގައި ހިނގި އެކްސިޑެންޓްގައި މަސް ވަށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދިޔަ މީހަކު އެކްސިޑެންޓްވެ މަސްތަކާއި ސައިކަލް ވެއްޓިފައި-- ފޮޓޯ: ސޯޝަލް މީޑިއާ
19 ޖެނުއަރީ 2019 - 15:09
ލ. ލިންކްރޯޑްގައި ސައިކަލަކާއި ވޭނެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ސައިކަލް ދުއްވަން އިން މެދު އުމުރުގެ މީހަކަށް އަނިޔާ ވެއްޖެ އެވެ.
މިއަދު މެންދުރު 12:00 ހާއިރު އެ އެކްސިޑެންޓް ހިނގީ ގިނަ އަދަދެއްގެ ކަނޑު މަސް އަޅާފައި ހުރި ވަށިގަނޑެއް ހިފައިގެން އެކަނި ސައިކަލެއްގައި ދިޔަ 56 އަހަރުގެ ދިވެހި ފިރިހެނަކު ދުއްވަން އިން ސައިކަލެއް ވޭނެއްގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓްގައި 56 އަހަރު މީހާގެ ކޮނޑުހުޅު ބިންދައިގެންގޮސް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ. ލ. ގަން ރީޖަނަލް ހޮސްޕިޓަލުގައި އޭނާ އަށް އަންނަނީ ފަރުވާ ދެމުންނެވެ.
ލ. އަތޮޅުގައި ހިނގި އެކްސިޑެންޓްގައި މަސް ވަށިގަނޑެއް ހިފައިގެން ސައިކަލެއްގައި ދިޔަ މީހަކު އެކްސިޑެންޓްވެ މަސްތަކާއި ސައިކަލް ވެއްޓިފައި-- ފޮޓޯ: ސޯޝަލް މީޑިއާ
ލ. ކައްދޫ އެއާޕޯޓް ސަރަހައްދުގައި އެ އެކްސިޑެންޓް ހިނގިއިރު ސައިކަލުގައި އުފުލި ގިނަ އަދަދެއްގެ މަސްތައް ހުރީ މަގުމަތީގަ އެވެ.
އެ އެކްސިޑެންޓް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އިތުރު ތަފްސީލް އަދި ނުލިބެ އެވެ.
މިއަދު ހެނދުނު މާލޭގައި 17 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލެއް ޕާކްކޮށްފައި އޮތް ޕިކަޕެއްގައި ޖެހި ހިނގި އެކްސިޑެންޓްގައި އަނިޔާވެ އެ ކުއްޖާ ވަނީ މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީތި މޫސަ
19 January 2019
މިކަންހުއްޓުވޭނީ ފުލުހުންނުކުމެ ބާރަށް ދުއްވާމީހުން ހުއްޓުވާ ނަސޭހަތްދީގެން
އަބްދުﷲނާފިޒް
19 January 2019
ސައިކަލެއްގަ ހިގައިދާނެ އުވައޮޑިއެއް ހިފައިގެން, ދައްކާނީ އަބަދުވެސް ތަރައްޤީގެ ވާހަކަ ދެއްތޮ, ދެރަކަމެއް
މަރޭމިތުރަ
19 January 2019
ދުނިޔޭގެ ގައުމުތަކުގައި އެލްޕީޖީ ގޭސްބޭނުންކުރާ ހަތަރު ކަމުގެ ތެރޭގައި ހިމެނޭ އެކްސިޑެންޓުން ސަލާމަތްކުރުމަށް. އެލްޕީޖީ ގޭހުން ކާރުތައް ދުއްވާއިރު ބޭނުންހާ ބާރު ސުޕީޑެއްގައި ނުވެސް ދުއްވޭނެ. އެގޮތައް ސުޕީޑުވެސް ނަގައިނުދޭނެ. ދުނިޔޭގެ ގައުމުތަކުން ކަންކަން އެކުރަނީ ވަރަށް ވިސްނައިގެންތިބެ.ދެވަނަ ބޭނުމަކީ އަގުހެޔޮކޮށް ހިދުމަތް ދިނުމަށް. ތިންވަނަ ބޭނުމަކީ ތިމާވެށި.ހަތަރުވަނަކަމަކީ ކެއްކުމުގެ އަގުހެޔޮކުރުމަށް. އެލްޕީޖީ ގޭސް ވަރަށްމުހިއްމު
ބަރުބާދު
19 January 2019
މީހަކައްވުރެބޮޑައް މަހަކައްނު އަނިޔާވެފަތިއޮތީ؟.
ހާލި
19 January 2019
މަސްތަކަށް ގެއްލުންވިބާ
ޣަފޫރު
19 January 2019
ހުރިހާ ޕިކަޕުތައް ނަގައި ކަނޑަށް އުކާލަން އުޅެމާ. ސައިކަލަކާއި ބާސްކެޓެއް ހުރީމަ ނިމުނީ.
ދެކޭމީހާކިޔާމީހާ
19 January 2019
ސައިކަލަކީ ކޯޗެއްކަންނުދަނެ އެދުއްވަންއުޅުނީމަވާގޮތް! ދެރަކަމެއް! ފިލާވަޅެއް!