ހައި ކޯޓު: އައްޑޫގެ ދާއިރާތައް އިތުރުކުރަން ހުށަހެޅި މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސާފައި --މިހާރު ފޮޓޯ
21 ޖެނުއަރީ 2019 - 14:54
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީގެ ދާއިރާތައް އިތުރުކުރަން ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މަރަދޫފޭދު އާއި މީދޫ ދާއިރާ އެއްކޮށްލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިިންމުން ބާތިލްކުރަން ހައި ކޯޓަށް ހުށަހެޅީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދާއި އިތުރު މީހެކެވެ. އެ މައްސަލާގައި އެދިފައިވަނީ މަރަދޫފޭދޫ ދާއިރާ އާއި މީދޫ ދާއިރާ ވަކިކޮށް ދިނުމަށެވެ.
އެ މައްސަލާގައި ޝަރީއަތް ފަށަން ހައި ކޯޓުން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.
އެ މައްސަލަ ނިމެންދެން އައްޑޫގައި މަޖިލިސް އިންތިޚާބު ބޭއްވުމުގެ ކަންކަން މަޑުޖައްސާލުމުގެ އަމުރަކަށް ވެސް ވަނީ އެދިފަ އެވެ. އެކަމަކު އެ އަމުރު ނެރުމާ މެދު ހައި ކޯޓުން ގޮތެއް ނިންމިކަން އަދި ސާފެއް ނުވެ އެވެ.
މަޖިލިސް އިންތިޚާބުގައި ދާއިރާތައް ބެހިގެންވާ ގޮތް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅިއިރު މިފަހަރު ދާއިރާތައް އިތުރުވީ މާލޭގައި އެކަންޏެވެ. މާލޭގައި ދެ ދާއިރާއެއް އިތުރުކުރަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ.
މަޖިލިސް އިންތިޚާބުގެ ގާނޫނު ބުނާ ގޮތުން ދާއިރާތައް ބަހާ ގޮތާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ މައްސަލައެއް ހައި ކޯޓަށް ހުށަހެޅިދާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
22 January 2019
ޔާމިންކުރި ޤާނޫނާއިހިލާފުހުރިހާކަމެއް އަބުރާކުރީގެހާލަތަށްބަދަލުކޮށް ވަޒީފާއިންވަކިކުރި އެންމެނަށްމުސާރައާއިއެކުވަޒީފާރުޖޫއަކޮށްދީ މިހުރިހާކަމެއްކޮށްފައި “އައްޑޫރައްޔިތުންނަށް ޤާނޫނީނިކަމެތިކަމެއްދިނުމަށް” ގަސްތުގައި ޔާމީންޖެހި މަޅިއަށް ސާލިޙްގެސަރުކާރުން ތާއީދު ކުރުމަކީ ވަރަށްލަދުވެތި ހުތުރުކަމެއް. * * މާލޭގައި ބޯހިޔާވަހިކަންނުލިބި ދިރިއުޅެމުންދިޔަބަޔަކަށް “ފްލެޓްދޭނެކަމުގެ ވަސްވާސްދީގެން” ވަޒަނުންބޭރުކޮށްއަދަބުދިނީ މުޅިއައްޑޫގެރައްޔިތުންނަށް.
މާރަނގާ - އައްޑޫ ސިޓީ
21 January 2019
މަޝްހޫރުޤާނޫނީވަކީލު ހުސްނު އަލް ސުއޫދުގެ ތިޔައިސްނެންގެވުމަށް ފުރިހަމައަށްތާއީދުކޮށް ރާއްޖޭގެމަޝްހޫރު ޤާނޫނީއިލްމުވެރިންނިސްބަތްވާސިޓީއަކަށް ބޮޑުމުޖުތަމައުއަކަށް “ޤާނޫނީނިކަމެތިކަން ދިނުމުގެމަޤުސަދަށް” މާލޭސަރުކާރުގެވެރިއަކަށް ޔާމީންހުރެގެންގެނައި “ކުއްލިބަދަލަކުން” ރައްޔިތުންނަށްމަޖުބޫރީ ހާލަތްމެދުވެރިކޮށް ދައުލަތުންދޭންޖެހޭބޯހިޔާވަހިކަންދޭނީ “ރަށްވެހިކަންދޫކުރުމުން ކަމަށްބުނެ” މިހާލަތުމެދުވެރިކުރީ މިބޭނުމަށްކަމުގައިވާތީ ހައްލު ހޯދާދޭންޖެހޭ.
ކުޑޭ
21 January 2019
މީ ވަރައް ދެރަކަމެއް! ތި ދެރައް އެއްކުރީމަ 5000 ހަމަނުވޭ. ދެންް ކޮންދާއިރާއެއް ހެދޭނީ
Haruge
21 January 2019
ދާއިރާތައްޢިތުރުކޮށް މެމްބަރުން އިތުރުކުރީމަ ޤައުމުގެ މަދުބަޔަކު ކުރާމަސައްކަތުން ލިބޭ ފައިސާ ކޮޅު ހޭދަކުރަން މިޖެހެނީ މަސައްކަތެއްނުކުރާ މެމްބަރުންނަށާއި ސިޔާސީ މުވައްޒަފުންނަށް. ޖަޒީރާ ރައްތަށް ހުންނަ ޤައުމުތަކުގަ ހުންނަންވީ އަތޮޅުތައް. ސިޓީ ތަކެއްނޫން އިދާރީ ދާއިރާއަކީ އަތޮޅެއް. ޢަތޮޅަކުން މަޖްލިސްގަ ތިބެންޖެހޭނީ 2 މެމްބަރުން. މާލެ އަށް އިތުރުމެމްބަރަކު ހުންނާކަށް ނުޖެހޭ. މާލެއަކީ މާލެ އަތޮޅުގެ ރަށެއް.