ޚަބަރު / 24 ގަޑިއިރުގެ ހިދުމަތް

މާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭނެ ސަރަހައްދުތައް ކަނޑައަޅައިފި

ފިހާރައެއްގައި ބަޔަކު ހަރަކާތްތެރިވަނީ: މާލޭގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނެ ސަރަހައްދުތައް މިއަދު ވަނީ ކަނޑައަޅާފައި -- ފޮޓޯ/މިހާރު

މާލޭ އާއި ވިލިމާލޭގައި ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި، މިއަދު އާންމުކޮށްފި އެވެ.

ވަކި ޝަރުތުތަކާ އެކު ކެފޭ އަދި ފިހާރަތަކުގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު އެ ހުއްދަ ދޭނީ ސިޓީ ކައުންސިލްތަކުގެ މަޝްވަރާގެ މަތިން އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާ ސަރަހައްދުތަކުގައި ހުންނަ ތަންތަނަށް އެކަންޏެވެ.

އިކޮނޮމިކް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ މާލެ އަދި ވިލިމާލޭގައި ދޭނީ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގާއި ސޯސަންމަގާއި ޖަނަވަރީ މަގާއި ކަނބާ އައިސަރަނި ހިނގުމާއި ފަރީދީމަގާއި މެދު ޒިޔާރަތް މަގުގެ އިތުރުން ބުރުޒުމަގާއި އޯކިޑްމަގާއި އަމީނީމަގާއި ލޮނު ޒިޔާރަތް މަގާއި ވިލިނގިލި ފެރީ ޓާމިނަލް ސަރަހައްދު އަދި ޗާންދަނީމަގުގައި ހުންނަ ތަންތަނަށެވެ.

އެ އިއުލާނުގައިވާ ގޮތުން ފިހާރަތަކުގެ ތެރެއިން 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ދޭ ތަންތަނުގައި ވިއްކޭނީ ޒަރޫރީ ކަންކަމަށް ބޭނުންވާ އެއްޗެހި އެކަންޏެވެ. އަދި އެ ހުއްދަ ދޭނީ އެއިން ކޮންމެ ތަނެއް ވަކިވަކިން ބަލައި، ޗެކްކުރުމަށް ފަހު ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ. އެ ހުއްދަ ދޭ ތަންތަން ނަމާދު ވަގުތަށް ބަންދުކުރާ ކުރުން ފިޔަވައި، އެހެން ހުރިހާ ވަގުތުތަކެއް ވެސް ޚިދުމަތް ދޭން ޖެހޭނެ ކަމަށް އެ އިއުލާނުގައިވެ އެވެ.

ފިހާރަތައް ހުންނަންޖެހޭނީ އެތެރެ ފެންނަ ގޮތަށެވެ. އަދި 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުންނަންޖެހޭނެ އެވެ. އަދި ރެސްޓޯރެންޓްތަކަށް އެ ހުއްދަ ދެނީ އެތެރެ ސާފުކޮށް ފެންނަ ގޮތަށް ބެހެއްޓުމާއި ކެމެރާ ހުރުމުގެ އިިތުރުން މެންދަމު 1:30 ގެ ފަހުން ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރާ ގޮތަށެވެ. އެކަމަކު ބޭރުގެ ފްރެންޗައިޒްތަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުދޭނެ އެވެ.

މި ހުއްދަ ދެނީ 2،000ރ. ގެ ފީއަކަށެވެ. މި ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ޝަރުތުތަކާ ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފުވާ ނަމަ، އެއްކޮށް ހުއްދަ ބާތިލްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

33 ކޮމެންޓް, 121 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 3%
icon angry icon angry 55%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢައިމިނަ

23 January 2019

ބޭކާރު ކަމެއް މުސްލިމުން ނަށް އޮތީ އވަހަށް ނިދާފަ ފަތިސް ނަމާދު ކުރަން ހޭލަން އަންގަވާފަ

The name is already taken The name is available. Register?

ޒަރޫރީ

22 January 2019

ދެން ވިދާޅުވޭ ބިޑިސުއްޓާ ސިނގިރޭޓަ އަދި އެނަރޖީ ޑްރިންކަކީވެސް ޒަރޫރީ ތަކެއްޗޭ. ދެން ޒުވާނުން އިތުރަށް ހައިޕަރވެގެން މަގުމަތީ ރާން ރޫން ލާފަ ދުއްވާނީ

The name is already taken The name is available. Register?

ވޯލް

22 January 2019

ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ބައި ސަޅި. މައްސަލައަކީ ދިވެހިން ހަމަ ގޮތް ކުޑައީ، 1.30 މަނާކަން އިންގޭއިރު އަމިއްލައަށް އެކަން ނުކުރަނީ.

The name is already taken The name is available. Register?

ޢަހުމަދު އިސްމާލު

22 January 2019

މިކަމުން ލިބޭ ފައިދާ: 1- ސަރުކާރަށް އާމްދަނީއެއް ލިބުން. ލިބޭ ގެއްލުން: 1- މުދަލުގެ އަގު އުފުލި ނިކަމެތިން ނިކަމެތިވުން 2- މަގުތަކުގައި ޕާޓޭއިން ގިނަވުން. 3- މަގުމަތި ނާމާން ވުން. 4- ވައްކަން އިތުރުވުން. 5- ސަރުކާރަށް ފާޑުކިއުން އިތުރުވުން. 6- ރިޝްވަތުގެ ދޮރު ހުޅުވިގެން ދިއުން. 7- ރައްޔިތުން ނާއިންސާފުން ތަފާތު ކުރުން. 8- މާލެ އާއި ރާއްޖެތެރެ ތަފާތުކުރުން. 9- ސަރުކާގެ ވަޢުދުތަކާ ޚިލާފުވުން. ޢަދިވެސް އެތައް ކަމެއް. ލާ ދީނީ ގޭގެ މީހުންވީމަ.

The name is already taken The name is available. Register?

Haruge

22 January 2019

ސިގިރޭޓް ބުއިން މަނާކުރިއަސް ބޯނެ އެކަން ބަލާމީހަކު ނޫޅޭނެ. ޕޮލިހުންނަކަށް ނުފެންނާނެ.

The name is already taken The name is available. Register?

އިދުރީސްބެ

22 January 2019

ޕޮލިހުން އެންމެ ގިނައިން ބޮނީ... އެހެންވީމަ އެމީހުންނަށް ނުފެންނާނެ އެންނު...

The name is already taken The name is available. Register?

ައަސްލުވެސް

22 January 2019

ބޭރަށް ނުކުތުމުން ދިމާވާ ޙާލަތު. ސައިކަލުގަދާނަމަ: ހަމަނެއްޓިފައިވާ ޒުވާނެއް ދުއްވާސައިކަލަކުން ޖެހުން. ޓްރެފިކް މަޑުޖެހޭއިރަށް ބަރުގޮނުއަޅާވަރުން ކަންފަތްފަޅައިގެންދޭ. ހިނގާފަދާނަމަ: ކޮންމެ ދެފިޔަވަޅަކަށް ސިގިރޭޓްގެ ވިހަދުންބޮޅެއް. ހޮޓަލަކަށް ނުވަތަ ކެފޭއަކަށް ވަދެފިނަމަ: ސިގިރޭޓް ދުމުން ކޮށިއަރާވަރުވޭ ހިތްފަސޭހަ ވެރިރައް. މޮޔަވެދާނެ

The name is already taken The name is available. Register?

މަޑުގެ

23 January 2019

ޑޮކްޓަރުންވެސް ސިގިރޭޓް ބޯއިރު ދެން މަނާކުރަން ދައްކާނެ ވާހަކައެއް އެބައޮތްތަ؟

The name is already taken The name is available. Register?

ކޮރަލް

22 January 2019

ވަކި ސަރަހައްދު ތަކަކުން ކުއްޔަށް ދޭ ތަންތަނުގެ ކުލި ބޮޑުވަނީއެވެ. ކުއްލި އަކަށް ވާކަމެކެވެ.

The name is already taken The name is available. Register?

ކޮންސާރން

22 January 2019

ޕާޓޭންނާ ވަގުންނަށް ސެއްލަ ހަދާލަދިނީދޯ އަނެއްފަހަރު! އުޅޭއުޅުމުން ޝައްކުވެގެން ޕޮލިހަކަށްވެސް އެއްޗެއް އެހެން ހެދުމުން އަހައެއް ނުލެވޭނެ ވިއްޔާ!

The name is already taken The name is available. Register?

މުވައްޒަފުންގެ ހައްގުތަކުގެވަަހަކައެއްނާދޭ

22 January 2019

24 ގަޑިއިރު ފިހާރަ ހުޚުވުން ރޭގަނޑު 11 ޖަހަންދެން ފިހާރަ ހުޅުވުން މީމީހުންގެ ވިޔާފާރިވެރިއަކު ހުންނަނީބާ؟

The name is already taken The name is available. Register?

ކަނބިލި

22 January 2019

ވަރަށް ވިސްނުމެއްނެތި ކުރާ ކަމެއް

The name is already taken The name is available. Register?

ޢަބުދުﷲ ޢިބްރާހިމް

22 January 2019

" ސާފުކޮށް ފެންނަ ގޮތަށް ބެހެއްޓުމާއި ކެމެރާ ހުރުމުގެ އިިތުރުން މެންދަމު 1:30 ގެ ފަހުން ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރާ ގޮތަށެވެ." މިއީކީ ކުރާނެ ކަމެއް ނޫން! އަދި ވާނެ މިވިހާ ތަނަށް ވީ ކަމެއް ވެސް ނޫން! މަނާކުރުން އޮންނާނީ ނަމެއްގައި! މަނާއިރު ކުރާތަން ފެނުމުން ޕޮލިހަށް ގުޅިޔަސް އެޓެންޑެއް ނުވާނެ! އަޅުގަނޑުގެ ތަޖުރިބާއަކީ މީ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454