24 ޖެނުއަރީ 2019 - 23:36
މެލޭޝިއާގެ އަންނައުނު ފިހާރައަކުން ވައްކަން ކުރިކަމުގެ ތުހުމަތުގައި ބ. އޭދަފުށީގެ ކައުންސިލްގެ ޒިންމާދާރުވެރިޔާ ނިއުމާ އަހުމަދު ހައްޔަރުކޮށްފި އެވެ.
މެލޭޝިއާގައި ތިބި ބައެއް ދިވެހިންގެ ފަރާތުން އެނގުނުގޮތުގައި މީގެ ދެ ދުވަހެއް ކުރިން ހައްޔަރު ކުރި ނިއުމާ އަދިވެސް ހުރީ އެ ގައުމުގެ ފުލުހުންގެ ބަންދުގަ އެވެ.
އެ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހުމާން ވިދާޅުވިގޮތުގައި މި މަހު ކުރީކޮޅު އަމިއްލަ ދަތުރެއްގައި ނިއުމާ ވީ މެލޭޝިއާގަ އެވެ. އޭނާ ހައްޔަރު ކުރިކަމަށް ނުރަސްމީ ގޮތުން މައުލޫމާތު ލިބުނު ނަމަވެސް ރަސްމީ އެއްވެސް ފަރާތަކުން އެކަން އަދި ޔަގީން ކޮށް ނުދޭ ކަމަށް ތޮލާލް ވިދާޅުވި އެވެ.
އޭދަފުށީގެ ކަތީބުކަން ވެސް ކުރައްވާފައިވާ ނިއުމާ މެލޭޝިއާއަށް ވަޑައިގަތީ ދަރިންނާއެކު ޗުއްޓީއަކަށެވެ. ވައްކަމުގެ ތުހުމަތާ ގުޅޭގޮތުން އެ އާއިލާގެ ބަހެއް ވެސް ލިބޭ ގޮތެއް ނުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސެކްސް މަރީ
26 January 2019
މެލޭޝިޔާގައި ދިވެއްސަކަށް ވެގެން މީހަކު ހައްޔަރެއް ނުކުރާނެ. އެހެންވީމާ މެލޭޝިޔަގާ ދިވެއްސަކު ހައްޔަރު ކުރީއޭ ނުކިޔާ. މެލޭޝިޔާގާ ވަގަކު ހައްޔަރު ކުރީއޭ ކިޔާ.
މަރޭމިތުރު
26 January 2019
ކަލޭމެން މިވާހަކަ ނޭނގެ ގަބޫލުކުރާނެކަމެއްވެސް. އެކަމަކު މިއީ ހަގީގަތެއް. މީހަކު މެރި މީހަކު ނޫނިއްޔާ އެމީހަކަށް ތައިލެންޑު އާމީން ވަރަށް ހެޔޮވާނެ، ކޯޓައް ކާރުގަ ގެންދާއިރު ސީދާ އެމީހުންގެ އަމިއްލަ ފޯނުން ފޯނުކުރަންވެސް ދޭނެ. އެހާ ހެޔޮވާނެ! އެކަމަކު އެއްވެސް އެއްޗެއް ދޭކަށްވެސް ނުބުނާނެ! ކާނވެސް ދޭނެ އަމިއްލަ ފައިސާއިންވެސް.
މަރޭމިތުރު
26 January 2019
ތައިލެންޑުގެ ކޮންމެ ކަމެއްކޮށްގެންވެސް ކޯޓައްދާއިރު އެމީހަކަށް ވަކީލަކު ހަމަޖެހިފައި ނެތިއްޔާ ސަރުކާރުން ކޯޓައްދާއިރު ހުންނާނީ ވަކީލަކު ހަމަޖައްސާފަ. އަހަރެންގެ ޕާކިސްތާނު ރައްޓެއްސަކު ލޯބީގެ ހާދިސާއެއްގައި ރޭޕްކޭސްއެއް އަންހެންކުއްޖާވެއްދި ފައިސާގެބޭނުމުގައި. މިދެމީހުން ރައްޓެހިވެގެން ޕާކިސްތާނަށް ގޮސްނެގިފޮޓޯވެސް ނަސީބަކުން ފިރިހެންކުއްޖާގެ ބޭބެގެ ފޯނުގައިހުރި. އަންހެންކުއްޖާ ހެދި ހުރިހާދޮގެއް ފަޅާއަރުވާލީ ވަކީލު!
މަރޭމިތުރު
26 January 2019
މެލޭޝިއާގެ ޖަލުގައި ހަމުގެ މައްސަލަ ހަށިގަނޑައް ދިމާވެދާނެކަމުގެ ބިރު އެބައޮތް، ސަބަބަކީ އިރުގެ އަލިކަން ދެދުވަހުން އެއްދުވަހު މީހަކަށް ލިބޭނީ. ދުނިޔޭގެ އެންމެ ކަޑަ ޖަލު މެލޭޝިއާގެ ޖަލު. އެންމެ ސަޅިވާނެ ތައިލެންޑުގެ ރިމާންޑުޖަލުގެ އޭރިއާ ވަން. ތައިލޭންޑުގަ ޖަލެއްގަ އުޅުނަސް ހީނުވާނެ މިއުޅެވެނީ ޖަލެއްގަކަމަށް. އެހާވެސް ހިދުމަތްތައް ސަޅިވާނެ. އަދި ކޮމާންޑަރުން ވަރަށް ފޮރެންޑުލީވާނެ. އހހަރެން މުޅިދުނިޔޭގެ ޖަލުތަކުގެ ހަގީގަތް ހުންނާނީ ހޯދާފަ.
.ވަގޭ
26 January 2019
.ކޮން ވަގެކޭ ޕާޓީއޭ ކަހަރުވަކޭ ކިއާކަށްތަ ވައްކަން ކުރަނީ ކޮންބައެއްކަން އެނގިއްޖެއެއެްނޫން ވައްކަން ކުރާމީހުން އެތިބީ ޖަލުގާ.
އެއްމެން
25 January 2019
މެލޭޝިޔާގައި ދިވެއްސަކަށް ވެގެން މީހަކު ހައްޔަރެއް ނުކުރާނެ. އެހެންވީމާ މެލޭޝިޔަގާ ދިވެއްސަކު ހައްޔަރު ކުރީއޭ ނުކިޔާ. މެލޭޝިޔާގާ ވަގަކު ހައްޔަރު ކުރީއޭ ކިޔާ.
Haruge
25 January 2019
ގިނަ ހެދުންތަކެއް ނަގާގެން ކައުންޓަރަށްދިޔާމަ ރަސީދު ހެދުމުގަ އޮޅިގެން ހެދުމެއް ރަސީދަށް އެއްޓަނުކުރެވި' ރަސީދު ހެދި ހެދުންތަކުގެ ތެރެއަށް ލެވުނީ ކަމަށްވެސް ވެދާނެ.
މަރޭމިތުރު
25 January 2019
އަދި މެލޭގެ ޖަލަކަށް ކިތަންމެ ފައިސާހުއްޓަސް އެއްވެސް މީހަކަށް ބޭރުން ކާތަކެތި ގެނެވޭ އުސޫލެއްވެސް ނޯވޭ! ކެއުމައް ދޭނީ ކުޑަކުޑަ އެތިކޮޅެއް.ވަރަށް ހިތި ގޮތެއް ކޮންމެއަކަސް މިވީ! ސަރުކާރުން މައްސަލަތެރެއަށް ވެންނެވުމަށް ގޮވާލަން.
މަރޭމިތުރު
26 January 2019
ޑިސްލައިކުދޭމީހުން ތިދެނީ އެއްވެސް އެއްޗެއް އެނގިގެންތަ؟؟؟؟؟؟؟ ބަލަ އެނގިހުރެ ބުނާއެއްޗެއް މިއީ. އަހަރެން ރުޅިއަންނަ އެއްވެސް ގއުމެއްނޯންނާނެ އިނގޭ.
މަރޭމިތުރު
25 January 2019
ބޭރުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްތައްވެސް ހަގީގަތުގަ ވަރަށް ފަރުވާކުޑަ. މިސާލަކަށް އޭނާ ޖަލައްލުމުގެ ކުރިން އަންގާފައި އޮންނާނީ. ޒިއާރަތް ކުރަންވެސް ހީނުވޭ ދިޔަހެން. އޭނާޔައް ވަކީލަކު ހަމަޖައްސައި ކެއިންބުއިމުގެ ކަންތައް މިހާރުންމިހާރައް ބަލައިދިނުމަށް އެދެން. އަދި ނަމާދުކުރެވޭ ތަކެތި ހުރިތޯ ނެތަްތޯބަލައި އެތަކެތި ފުނުވައިދިނުމަށް އެދެން.ދިނިޔޭގެ އެންމެ އުނދަގޫ ޖަލަކަށް މެލޭގެ ޖަލު ހިމެނޭ. އެނގޭތީ މިބުނަނީ. އެތަނަށްދިޔަމީހަކު ކިޔައިދިނީ!
މަރޭމިތުރު
25 January 2019
މެލޭޝިއާގެ ޖަލުގެ ހަގީގަތް]......... މެލޭޝިއާގެ ޖަލަކީ އެތަނުގަ އިރުގެ އަލިކަން ޖަލުގެ މީހަކަށް ލިބޭގޮތަކަށް ހުރި ތަނެއްްނޫން. އަދި ކެއުންވެސް އޮންނަނީ ވަރަށް ލިމިޓްކޮށްފައި، މީހަކަށް ޒިޔާރަތްކުރުންވެސް އެހާދަތިވާނެ. ވަރަށް އުނދަގޫވާނެ މީހަކަށް މެލޭށިއާ ޖަލުން ސަލާމަތްވާން. އަނެއްކާ ކުށެއް ނުކުރިއަސް އެވިޑެންސައް ވަރަށް ގިނަދުވަސް ނަގާނެ. އެމްބަސީން އުޅުނަސް ފަސޭހަނުވާނެ. އެކަމަކު އެންބަސީން މިހިނދުންމިހިނދައް އޭނަގެ ކެއުންހުރިގޮތްބަލުންރަނގަޅު.