މަޖީދީ މަގު: ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ވަނީ ފެނިފައި.-- މިހާރު ފޮޓޯ
26 ޖެނުއަރީ 2019 - 18:40
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ދިވެހި ފިރިހެނަކު މިއަދު ހަވީރު ފެނިއްޖެ އެވެ.
ގަލޮޅު ދަނޑު ކައިރީގައި ހުންނަ ގެ އެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ މ. އަރަބިއަން ވިލާ އިބްރާހިމް ޝާހިދު އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ގަލޮޅުގައި ހުންނަ ގެއެއްގެ ތެރެއިން މަރުވެފައި އޮތް، އުމުރުން 36 އަހަރުގެ މީހަކު ފެނިގެން ހަވީރު 4:57 ހާއިރު ރިޕޯޓު ލިބިފައިވާ ކަމަށެވެ.
ޝާހިދަކީ ސްޓެލްކޯ ގައި ކުރިން މަސައްކަތް ކޮށްފައިވާ މީހެކެވެ. ސްޓެލްކޯގެ ޖެނެރަލް މެއިންޓަނަންސް ގައި މަސައްކަތް ކުރި ޝާހިދު އެ ކުންފުނިން ވަކިވީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ. އޭނާ ވަނީ ސްޓެލްކޯ ގައި އަހަރެއްހާ ދުވަހު މަސައްކަތް ކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ޝާހިދު މަރުވެފައި އޮންނަތާ ދެ ދުވަސް ވެއްޖެ އެވެ. އެކަމަކު، އޭނާ ދިރިއުޅެމުން އައީ އެކަނި ކަމެއް ނުވަތަ ބަޔަކާ އެކީގައި ކަމެއް ސާފެއް ނުވެ އެވެ.
މި މަހު ވެސް މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ޒުވާނަކު ފެނިފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތީއްބެ
27 January 2019
އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން! ކޮންމެ ނަފުސަކީވެސް މަރުގެ ރަހަ ލިބިގަންނާނެ އެއްޗެކެވެ. މަރު ބައްދަލުކުރާނެ ވަގުތެއް އެކަކަށްވެސް ނޭގޭނެއެވެ. ވީއިރު މަރުވުމަކީ ކަންބޮޑުވާންވީ ކަމެއްނޫނެވެ. ކަންބޮޑުވާންވީ ދުނިޔޭގައި ތިމާއުޅެން ލިބިފައިވާ މަދު ވަގުތުކޮޅުގެ ތެރޭގައި ކުރެވިފައިވާ ޢަމަލުތަކާމެދުގައެވެ. ކިތަންމެ ޢަމަލަކުންވެސް ހެޔޮކަމެއް ކުރެވޭތޯ ބަލަމާތޯއެވެ.
އައްޑޫ ބެއްޔާ
27 January 2019
=2 އޮފް 2= ރެޑް ބުލް އެއް ބުއި ސިފައިންގެ މީހާ ހަމަ ނިޔާވީއޭ ނުކިޔާށޭ. މަތީ ތަޢުލީމަށް ޕޫނާއި އަށް ދިޔަ ނުލާހިކު ސީނިއާރ އޮފިސަރ ހަމަ ހުރެލާފަ ދަންޖެހުނީއޭ ނުބުނާށޭ! މާތްކަލާކޯ އާދޭސްކޮށްފަ މިބުނަނީ މިޤައުމުގައި ޕޯސްޓް މޯޓަމް ހެދޭނެ ގޮތެއް ޤާއިމުކޮށްބަލަ
އައްޑޫ ބެއްޔާ
27 January 2019
ހެޔޮނުވާނެޔޭ މީހަކު މިހެން ގޮތްނޭނގޭ ގޮތަކަށް މަރުވުމުން ، އަނހާ ނިޔާވީއޭކިޔާފަ ވަޅުނުލާށޭ! އެއްކޮށް ދެމަފިރިން މަރުވުމުން އަނހާ ހާދަ ޗާލު މަރެކޭ ނުބުނާށޭ! 13 ފޫޓު މަތީގާ ހަރުގަނޑެއް ނެތި މީހަކު ދަންޖެހިފަ ހުއްޓާ 5 މިނަޓް ފަހުން ފަތިސްނަމާދުން ފެބީތަނުން ފެނުނީ ފިރިސޮރަށޭ ނުބުނާށޭ! ދުވަހަކު އެކުގައި މަހަށް ނުދާ އެހާ ގާތް ނޫން މީހަކާއެކު މަހަށް ޑީންގީގަ ދިޔަ ފުލުސް ގެއްލުމުން ގެއްލުނީއޭ ނުބުނާށޭ. ރެޑް ބުލް އެއް ބުއި ސިފައިންގެ މީހާ ހަމަ=1 އޮފް 2=
އަތްޖަހާ
27 January 2019
އިންވެސްޓިގޭޓް ކުރަންވެއްޖެ ނޫން ކޮން މައްސަލައަކާއި ގުޅިފައިވާ ބައެއްތޯ މި ނިޔާވަނީ
ޙިނި
27 January 2019
ކިހާބޮޑު ވެއްޖެކަމެއްމީ ، އަހަރަކު 100 އެއްހާ ގޮތްނޭގޭމަރު، ޕޯސްޓް މޯޓަމް އެއް ހެދޭ ފެންވަރައް މިގައުމުދާނީ އަދި 2000 އަހަރުފަހުތަ؟ ގައުމު ހިންގަން ހަވާލުވެ ތިބޭމީ ހުން މިކަން މިނަގަނީ ޖީކަކައް، މަރުތަހުގީކު ގޮތް ނޭގޭމަރު ތަހުގީގު ކުރަން ކޮމިޝަނެއްތަ ހަދަންވީ ނޫނީ ޕޯސްޓް މޯޓަމް މިތާގަ ހެދޭނެ ގޮތްތަ ހަދަންވީ. މަރުވީމަ ހަށިގަނޑު ހަވާހުކުރަންވީ ކޮމިޝަނާތޯ
ބޮޑުކޮށްލުން
27 January 2019
މިއަދު ރާއްޖޭގައި މަރުވީ ކިތައް މީހުންތަ؟ ވިހެއި ކިތައް މީހުންތަ؟
މަޒް
27 January 2019
ސާޑަކީ ހިތް ހެޔޮ މަޖާ މިޒާޖެއްގެ އެންމެންގެ އެކުވެރިއެއް.. ސާޑް ނިޔާވި ހަބަރު ލިބުމުން ވަރަށް އަސަރު ކުރި.. އެއީ ވަރަށް ގާތް އެކުވެރިއެއް. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
ސޭކިސްތާނުގެޑޮކްޓަރު
27 January 2019
ދަރުމަވާނެ ޕޯސްޓު-މޯޓަމް ހެދޭނެ ގޮތެއް އިންޑިއާ ކީއްކުރަން ޒެމްބިއާ އަށް ސަލާން ޖަހައިގެންވެސް ހޯދަން ވެއްޖެ.
ޣަފޫރު
27 January 2019
ކުއްލިމަރު، ގައުމަށް ބޮޑު މުސީބާތެއް ޖެހެނީ. އެންމެން ފާފަތަކުން ދުރުހެލިވޭ
ވިސްނަނީ
26 January 2019
މިހާރުވާނުވާނޭނގޭ!... ހާދަމަރެކޭ!..ގޮތްނޭނގޭމަރު.!! ގިނައީޒުވާނުން....