ލ. ގަމުގައި އިއްޔެ ބޭއްވި ވޯކްޝޮޕުގައި އެންވަޔަރަމެންޓު މިނިސްޓަރު ޑރ ހުސެން ރަޝީދު ވާހަކަ ދައްކަވަނީ -- ފޮޓޯ: އެންވަޔަރަމެންޓު މިނިސްޓްރީ
31 ޖެނުއަރީ 2019 - 15:07
ކުނި ނައްތާލާނެ ރަނގަޅު ގޮތް ކިޔައިދިނުމަށް "މޯލްޑިވްސް ކްލީން އެންވަޔަރަމެންޓު ޕްރޮޖެކްޓް" ގެ ދަށުން ލ. ގަމުގައި އިއްޔެ ވޯކްޝޮޕެއް ބާއްވައިފި އެވެ.
ވޯލްޑް ބޭންކުގެ ހިލޭ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫގެ ދަށުން އެންވަޔަރަމެންޓް މިނިސްޓްރީން ހިންގި ވޯކްޝޮޕުގެ ހުޅުވުމުގެ ރަސްމިއްޔާތު އިފްތިތާހުކޮށްދެއްވީ މިނިސްޓަރު ޑރ ހުސެން ރަޝީދެވެ.
އެއް ދުވަހުގެ މި ވޯކްޝޮޕުގެ މަގްސަދަކީ އެންމެ އެކަށީގެންވާ ގޮތުގައި ކުނި ނައްތާލާނެ ގޮތް ކިޔައިދުނެވެ.
ޒޯން 4 ގައި ހިމެނޭ މ، ފ، އަދި ދ އަތޮޅާއި ޒޯން 5 ގައި ހިމެނޭ ތ އަދި ލ އަތޮޅަށް ހާއްސަކޮށްގެން ބޭއްވި މި ވޯކްޝޮޕްގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތިމާވެށި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ހުރިހާ ރައްޔިތުންގެ ޒިންމާއެއް ކަމަށެވެ. އަދި އެކަން ހާސިލް ކުރަން ކުނި ރަނގަޅަށް ނައްތާލުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
ލ. ގަމުގައި އިއްޔެ ބޭއްވި ވޯކްޝޮޕުގައި ބައިވެރިވި ބައެއް މީހުން -- ފޮޓޯ: އެންވަޔަރަމެންޓު މިނިސްޓްރީ
ކުނި ނައްތާލުމަށް، 2017 އިން ފެށިގެން 2023 ގެ ނިޔަލަށް އެ ސަރަހައްދުތަކުގައި ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވޯކްޝޮޕްގައި މަޝްވަރާކުރި އެވެ. އެގޮތުން، އެ ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކުގެ ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ޖަމިއްޔާތަކުގައި ހިމެނޭ ބޭފުޅުން ވެސް ބައިވެރިވި އެވެ. އަދި ވޯލްޑް ބޭންކުގެ އިސް ބޭފުޅުންނާއި އެކި މިނިސްޓްރީތަކަށް ނިސްބަތްވާ މީހުންނާއި ވެމްކޯގެ މުވައްޒަފުން ވެސް މަޝްވަރާގައި ބައިވެރިވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަންތިމަރިއްކޮ
01 February 2019
ގޮތްގޮތްކިޔާލެވިދާނެ، ޕްރޮޕޯސަލްހެދިދާނެ ޓީވީ އެޑްހަދާ ދިރިތިއްބާސަނދޯކަށްވެސް ލެވިދާނެ. އެކަމަކު ކަންކަން ހައްލުކުރެވޭނީ އަމަލީގޮތުން ދެމެހެއްޓެނިވިގޮތަކަށް ކުރެވިގެން މުޅިރާއްޖެއަށް ލިބޭލާރި އަދި މުޅިގައުމުގެ ރައްޔިތުން ދަނިނިވެރިކޮށް ތަންތަނު ލޯނުނަގައިގެން މާލޭގެ މަގުހަދާ ބުރިޖުއެޅީމަ ތަރައްގީއެއްނުކުރެވޭނެ. އަތޮޅުގައިވާހުރިހާ ފަޅުރަށެއް ފަޅެއް އަތޮޅަށް މަންފާއެއްނެތި ވިޔަފާރިވެރިއަކަށް ދިނީމަ ރައްޔިތުމީހުންގެ ސޯޓުބޭލޭނީ. ވާހަކަޔަކުން ނުވާނެ
ލޯކަލް
31 January 2019
ގްރީން ޓެކްސް ނަގައިގެން ގެންގޮސް މާލޭގއި ފްލެޓް އަޅަނީ ލޯކަލް ޓޫރިސްޓުން މޫދުގައި ތިއްބާ ގޮސް ނެޕީ އެއްލާލަން ޖެހެނީ އެ މީހުންގެ އުގަށް