ޚަބަރު / ރައީސް އަބްދުﷲ ޔާމީން

އެމްޑީޕީ ނޫން އެހެން ޕާޓީތަކާ ކޯލިޝަން މަޝްވަރާ އަށް ތައްޔާރު: ޔާމީން

ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ކުރީގެ ރައީސް ޔާމީނާއި އެޕާޓީގެ ވަގުތީ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކޯލިޝަން ހަދަން ބޭނުންވާ ޕާޓީތަކާ އެކު މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ނަމަވެސް، އެމްޑީޕީއާ އެކު ކޯލިޝަން ހަދަން އުނދަގޫވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކު ކޯލިޝަން ހެދުމަށް ޕީޕީއެމް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ އެމްޑީޕީ އާއި ޕީޕީއެމްގެ ފިކުރު ތަފާތު ކަމަށެވެ. އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށްޓަކައި މަޝްވަރާ ކުރަން އުނދަގޫވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން (ކޯލިޝަން ހެދުމަށްޓަކައި އެމްޑީޕީ ނޫން ޕާޓީތަކާ މަޝްވަރާ ކުރުމުގެ) ފުރުސަތު ހޯދާނަން، އެ ފުރުސަތު އޮތް ކަމަށްވާނަމަ،" ޔާމީން ވިދާޅުވި އެވެ.

އެމްޑީޕީ ނޫން އެހެން ޕާޓީތަކާ މަޝްވަރާ ކުރަން ތައްޔާރަށް ހުންނެވި ކަމަށް ޔާމީން ވިދާޅުވި އިރު، އެމްޑީޕީއަށް ވެރިކަން ލިބުނީމާ މި ފަހަރު ވެސް ޖުމްހޫރީ ޕާޓީ "މަގުމައްޗަށް ނެރެ އެއްލައިލީ" ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ކާމިޔާބުކުރަން ކޮންމެ ބަޔަކާ އެކު ވާހަކަ ދައްކަން ވެސް ތައްޔާރުވެ ހުންނެވި ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފަ އެވެ.

ގާސިމް ވިދާޅުވީ "ޖޭޕީއާ އެކު ގުޅިގެން މަޖިލިހުގެ ގޮނޑިތަކަށް ކުރިމަތި ލުމަށް ހުރިހާ ބަޔަކާ ވާހަކަ ދައްކަން ޖޭޕީ ތައްޔާރުވެއްޖައިން" ކަމަށެވެ. މީގެ މާނަ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް އޭގެ ތެރޭގައި ހިމެނުން ކަމަށް ވެދާނެ އެވެ. އެކަމަކު ސީދާ އެގޮތަށް ވިދާޅުވެފައެއް ނެތެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަލަށް ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާތީ އެކަމާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ޔާމީން ވިދާޅުވީ މައުމޫން ޕާޓީއެއް ހެއްދެވުމަކީ ޕީޕީއެމާއި ކޮންގްރެސް ޕާޓީ އަށް ގޮންޖެހުމެއް ނުވަތަ ލޮޅުމެއް އަރާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ޕީއެންސީ އުފައްދާފައި ތިން ގަޑިއިރު ނުވެ 3،000 ފޯމް ހުށަހެޅިން، އެއީ އަދި އަޅުގަނޑުމެން އަތޮޅު ތެރެއަށް ދަތުރުވެސް ނުކޮށް، އަޅުގަނޑު ގަބޫލެއް ނުކުރަން އެހެން ބޭފުޅަކު އަދި ޕާޓީއެއް އުފެއްދެވި ނަމަވެސް އެހާބޮޑު ލޮޅުމެއް ގޮންޖެހުމެއް އަތުވެދާނެ ކަމަކަށް،" ޔާމީން ވިދާޅުވި އެވެ.

މައުމޫނާ އެކު ކޯލިޝަން ހެދުމަށްޓަކައި އެއް މޭޒަކަށް ވަޑައިގެންފާނަންތޯ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޔާމީން ވިދާޅުވީ މައުމޫން ވެސް ޕާޓީއެއް ހެދުމުން ކޯލިޝަން ހަދަން ބޭނުންވާނަމަ މަޝްވަރާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، މައުމޫންގެ މަސައްކަތްޕުޅަށް ކާމިޔާބަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ގުޑް ލަކް ދެން ޕާޓީއެއް ހައްދަވާ ކޮންމެ ބޭފުޅަކަށް ވެސް، ޕާޓީއެއް ހެދިގެން މި މޫސުމުގައި އިންތިހާބުގެ ކުރިން އައިސް ވާހަކަ ދެއްކޭ ވަރުގެ މުހުލަތު އޮތިއްޔާ އިށީންނަންވީ،" ޔާމީން ވިދާޅުވި އެވެ.

41 ކޮމެންޓް, 134 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެން އަތް ޖަހާ

03 February 2019

ނަސީބެއް. އަހަރުމެން ވައްކަމާ ކޮރަޕްޝަނާ ދެކޮޅު. ވައިވެސް ނޭޅޭތި އެމްޑީޕީއާ. ނުވެސް އެޅެވޭނެ. ފަހާލާނަން

The name is already taken The name is available. Register?

ކުޑަކަތީބް

03 February 2019

ކޯލިޝަން ވަރުގަދަ ކުރަން މެޑަމްގެ ނަމުގައިވެސް ޕާޓީ އެއް ރަޖިސްޓްރީ ކުރަންވީނޫންތޯ!

The name is already taken The name is available. Register?

ދޮންބީފާނު

03 February 2019

ބަރާބަރު. ރީނދުސްތާނާ މަޝްވަރާ ކޮށްފިއްޔާ މައުމޫނަށް ނަފްރަތުވި ފަދައިން މަނިކުފާނާވެސް ރުޅިވާން ޖެހޭނީ.

The name is already taken The name is available. Register?

ބޮޑު ބަންޑާރަ

03 February 2019

ރައީސް ޔާމީނަކީ ހީލަތްތެރިއެއް. ޥެރިކަން ހޯދަން ކުރި މަސައްކަތުގައި ދުވަހަކުވެސް މީހަކާ މަޝްވަރާކުރާކަށްނުދޭ. ހުރިހާތާކަށް ބައްދަލުވުމަކަސް އާދޭސްކުރަންވެސް ދުވުނީ މައުމޫނު. ވެރިކަން ހޯދައިދިނީމާ އެހީތެރިވެދިން އެންމެންނަށް ކެހިދިނީ. އަމިއްލައަށް ދައުލަތް ހުސްކޮށްލާފައި ބޮޑުޚަރަދުކޮށް ވެރިކަން ދިފާއު ކުރަން މިބޭފުޅުންނާނުލާ ރައްޔިތުން ފަހަތުންދުވެ އާދޭސްކޮށް ރޮއިހޭރުމުންވެސް ރައްޔިތުންބުނީ އިތުބާރެއްނުކުރަމޭ. ނޫނެކޭ...ދެން ކޮންމަޝްވަރާއެއްތޯ .

The name is already taken The name is available. Register?

ފާތޭ

03 February 2019

ކޮންކަމަކަށް މީނަ ވާހަކަދައްކަނީ.... އެމްޑީޕީއަކާ ނުކުޅެވޭނެ. އެއީ ފިކުރެއް އެމްޑީޕީއަކާ ނުކުޅެވޭނެކަން.... ކަލޭ ވާހަކަ ދެއްކިއަސް ޗޮކުންދާނީ....

The name is already taken The name is available. Register?

ކަލޯ22

03 February 2019

މޑޕ އަކީ ފަކުރެއް. ފިކުރެއްނަމަ މައުމޫނަކާ މަސްވަރާނުކުރާނެ.

The name is already taken The name is available. Register?

Fisaarikanbaleh

03 February 2019

އެމްޑީޕީ ނޫޅޭ ޔާނުއާއި ޔާނުއާއި ކޯލިޝަން ހަދާކައް، މިފަހަރު މުޅި މަޖިލިސް ރީނދޫ ކޮއްލާނަން

The name is already taken The name is available. Register?

ޢިންސާފް

03 February 2019

މިގައުމުގައުޅޭ ފިތުނަވެރިންގެ ކިބައިން ﷲ އަޅަމެންނާއި މިގައުމުސަލާމަތް ކުރައްވާދޭ

The name is already taken The name is available. Register?

.އެކަނިން

03 February 2019

.ފޮނިކެނޑޭނީ ފޮނިކެނޑޭ ވަރުގެ ބަޔަކަށް ކިތައް ޕާޓީގެ ކޯލިސަނަކުންތޯ ތި ވެރިކަމެއް ލިބިފާ ތި އޮތީ ނައިބުރައީސަކީ ކޮން ޕާޓީއެއްތޯ އެއީވެސް ހަމަ އެމްޑީޕީ މީހެއްތޯ މިބުނީ ހަމަ އެއްމެ މީހެއްގެ ވާހަކަ ލަދެއް ނެތީވިއްޔާ ކޮންމެ އެއްޗެކޭ ވެސް ބުނެވިދާނެ ކޮންމެ ކަމެއްވެސް ކުރެވިދާނެ އަދި މި އުޅެނީ ވެރިކަމަށް އިއްދަ ހަމަ ނުވެ މިހާ އަވަހަށް މި އެމްޑީޕީ ބައިގަނޑު މިމީހުން އެކަނި ގެނައި ވެރިކަމެކޭ މިހާ އަމިއްލަ އެދުން ބޮޑު ބައެއް މޑޕ އަކީ.

The name is already taken The name is available. Register?

ޙަބީބު

03 February 2019

ނައިބު ރައިސް އަކީ އެމްޑީޕީ މީހެއް އެމްޑީޕީގެ ރައިސް އެއްގެ ނައިބަކައް ނުވެވޭނެ އެމްޑީޕީ މީހަކައް ވެގެންނޫނީ ކޮއްކޮ ހަމަތަ

The name is already taken The name is available. Register?

ދދދދދދދ

03 February 2019

އޭ ހަބީބު! ހަމަ ނޫނީ އެހެން މީހުން. ކަލޭ ހަމަ އިނގޭ. ހެހެހެހެހެ

The name is already taken The name is available. Register?

ހުސަންބޭ

02 February 2019

ޔާމީން ހައްޔަރުކުރާ ދުވަހަކުން މަމެންވެސް ތިޔަހެން އަތްޖަހާނަމެވެ.

The name is already taken The name is available. Register?

ކާޖާ

02 February 2019

ޔާމީނާ ވާހަކަދައްކައިގެން ކުރިމަގެއްނެތެވެ. ކޮރަޕްޝަނާއި ވައްކަމާއި އަނިޔާވެރިކަން ފިޔިވައެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454