ކެންސަރު ބަލީގެ މީހަކަށް ކީމޯތަރަޕީ ދެނީ.
04 ފެބުރުއަރީ 2019 - 10:33
ރާއްޖޭގައި އަނގައިގެ ކެންސަރު ވަރަށް އާންމު ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
މިއަދު ފާހަގަކުރާ ކެންސަރު ބަލީގެ ދުވަހާ ގުޅިގެން އެޗްޕީއޭ އިން ނެރުނު ބަޔާނުގައި ބުނީ އަނގައިގެ ކެންސަރު އާންމުކަން، 2016 ވަނަ އަހަރު އާސަންދަ އާއި އެންސްޕާގެ ތަފާސް ހިސާބުން ވެސް ދައްކާ ކަމަށެވެ.
އަނގައިގެ ކެންސަރު ޖެހުމަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލްކުރުމާއި ދުފުމާއި ސުޕާރީ ފަދަ ތަކެތި ކެއުން ހިމެނޭ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހޭ ކެންސަރުތަކުގެ ތެރޭގައި އަނގައިގެ ކެންސަރު، ޕްރޮސްޓޭޓް ކެންސަރު، ބަނޑުގެ ކެންސަރު އަދި ފުއްޕާމޭގެ ކެންސަރު ހިމެނެ އެވެ. އަންހެނުންނަށް އާންމުކޮށް ޖެހެނީ ޖެހެނީ އުރަމަތީގެ ކެންސަރު، އަނގައިގެ ކެންސަރު، ތައިރޮޑް ކެންސަރު، ބަނޑުގެ ކެންސަރު އަދި ލޭގެ ކެންސަރު ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައިވެ އެވެ.
ގަވައިދުން ކެންސަރަށް ސްކްރީން ކުރާ ނަމަ، ކެންސަރަށް ބަދަލުވުމުގެ ކުރިން ނުވަތަ ބަލީގެ ކުރީކޮޅުގައި ކެންސަރު ބަލި ދެނެގަނެ، ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ފަރުވާދީ ގިނަ ބަޔަކު ސަލާމަތްކުރުމުގެ ފުރުސަތު އޮންނާނެކަން އެޗްޕީއޭ އިން ފާހަގަކުރި އެވެ.
ކެންސަރު ބަލީގެ ދުވަސް ފާހަގަކުރަނީ، ބައްޔާ މެދު ހޭލުންތެރިކަން އިތުރުކޮށް، މިކަމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތްތަކަށް ގައުމުތަކާއި ޖަމިއްޔާތަކުގެ އެއްބާރުލުމާއި ބައިވެރިވުން އިތުރުކޮށް، ކެންސަރުގައި މަރުވާ މީހުން މަދުކުރުމަށެވެ.
ކެންސަރު ބައްޔަކީ ހަށިގަނޑުގައި ހުންނަ ސެލްތަކަށް އަންނަ ބަދަލެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބަލި ހަށިގަނޑުގެ އެކި ގުނަވަންތަކަށް ޖެހެ އެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކެންސަރު ބައްޔަކީ މުޅި ދުނިޔެއަށް ބަލާއިރު ދެވަނަ އަށް އެންމެ ގިނަ އިން މީހުން މަރުވާ ސަބަބެވެ.
ދުނިޔޭގެ ތަފާސް ހިސާބަށް ބަލާއިރު، ކެންސަރު ބަލީގެ ތެރެއިން ފިރިހެނުންނަށް އެންމެ އާންމުކޮށް ޖެހެނީ ފުއްޕާމޭގެ ކެންސަރާއި ޕްރޮސްސްޓޭޓް ކެންސަރާއި ބަނޑުގެ ކެންސަރާއި މޭގެ ކެންސަރެވެ. އަންހެނުންނަށް ޖެހެނީ އުރަމަތީގެ ކެންސަރާއި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި ފުއްޕާމޭގެ ކެންސަރާއި ތައިރޮޑް ކެންސަރެވެ.
ދުނިޔޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 9.6 މިލިއަން މީހުން ކެންސަރު ބަލީގައި މަރުވި އެވެ. އޭގެ ތެރެއިން 30 ޕަސެންޓު ނުވަތަ 50 ޕަސެންޓު ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅުން ހުރި ކެންސަރުގެ ބާވަތްތަކެވެ.
ކެންސަރު ޖެހޭ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލް ކުރުމާއި ރާ ބުއިމާއި ސިއްހަތަށް ރަނގަޅު ނޫން ކާނާ އާއި ބުއިންތައް ބޭނުން ކުރުމާއި ކަސްރަތާއި ހެލިފެލިވެ އުޅުން މަދުވުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިސްރާބު
04 February 2019
އަދި ހަމަ އެހެންމެ ދިވެހިންނަކީ ހިތައް އަރާ ކޮންމެ އެއްޗެއް އޭގެ ތެދު ދޮގެއް ނުބަލައި، އޭގެން ލިބިދާނެ ގެއްލުމެއް ފައިދާއެއް ނުބަލައި، ކަންކަމާއި ގުޅޭގޮތުން ވާހަކަދައްކާ ހަދާބައެއް. ތިމާ ކުރާ ކަންކަމުގެ އަދަބު ދުނިޔެ މަތީގައި ނުލިބޭނެ ކަމަށް އިންސާނާ ދެކެނީ ބާއެެވެ؟
އަލްޖިބްރާ
04 February 2019
މިރާއްޖޭގައި ބޮއްސުން ނުލާ އޮތްކަމެއް ބުނެދީބަލަ ؟
ނޫސް ބަލާމީހާ
04 February 2019
ތިފެންނަނީ އެއްތަންކޮޅު. ރާއޖޭގައި އެއްފަޅި ވާގިނެތޭ ބައްޔަކީ ޢާންމު ބައްޔަކަށް ނުބެލެނީ ކީއްވެ.
އަހުމޭ
04 February 2019
އާއްމު؟ އެކަމަކު އެއްވެސް ސުޓެޓެއް ނެތް. އަމާ ބުނީތީ ފަރައްދާހެން މި އެއްޗެއް ބުނެލަނީ؟އެޕިޑޮމޮލޮޖިސްޓުން ތިބީ ނިދާފަތަ؟ އެއްވެސް ކަމެއް ނުކުރަންޔާ ސަނަދު ހިފައިގެން އޮވޭ ގޭގަ
ހެލްތް ވޯކަރ
04 February 2019
ބަލަ އެޕިޑެމިއޮލޮޖިސްޓްން ނާަ ކެންސަރާ ތިޔަ ގުޅުވުނީ ކިހިނެތް؟
ކަންއޮތްގޮތް
04 February 2019
ތިއީ ޞިއްޙީޙާލަތުގެކަންތައް އޮތްގޮތެވެ. އެކަމަކު ތިއަށްވުރެ ނުރައްކާތެރި، ލަދުވެތި، ހިތްދަތިކަންބޮޑު ކެންސަރުތަކެއް މިރާއްޖޭގައިއެބަފެތުރެއެވެ. އެއީ ސިޔާސީ ކެންސަރާއި، ޝަރުޢީ ކެންސަރާއި، ދެއްކުންތެރިކަމުގެ ކެންސަރެވެ. މިކަންތައްތަކަށް އަވަސްފަރުވާއެއް ނުލިބިއްޖެނަމަ، މުޖުތަމަޢުގައި ތަފާތުހަމަނުޖެހުންއުފެދި، ދައުލަތުގެއަގުވެއްޓި، ނުރައްކަލުގެތެރެއަށް ވެއްޓިދާނެއެވެ. މިކޮމެންޓު ޖެހުމާއިމެދު ޝައްކެވެ. އެކަމަކު ކަންއޮތީ މިހިނެވެ.
ހާޖަރާ
04 February 2019
އަނގައިގެ ކެންސަރުގެ ވާހަކަ ދައްކާހިތެއްނުވޭ. އެއިރުވެސް ބުނިން އެހެން ނުޅޭށޭ.
ކެންސަރ
04 February 2019
ކެންސަރުގެ ތަފާސް ހިސާބުބއެހާ ސާފުކޮށް ރާއްޖެއިން ނުބެލެހެއްޓޭނެ. ސަބަބަކީ ސަރުކާރުގެ ބޭސްފަރުވާގެ ނިޒާމުން ބޭރުން، ރާއްޖެއިން ބޭރުން ޑަެިގްނޯސް ކޮށް ފަރުވާ ހޯދާ އަދި މަރުވާ މީހުންގެ ރެކޯރޑް ސަރުކާރަށް ނޭނގޭނެތީ އެހެންވީމާ އެޗް ޕީ އިން ބުނާ އަދަދުތަކަށްވުރެވެސް އިތުރުވާނެ ކަމަށް ބެލެވެނީ
މަރޭމިތުރު
04 February 2019
ދުންފަތް އަހަރެން ދުވަހަކުވެސް ބޭނުންނޫން، ތުންފަތް ކަޅުވާކަށް އަދި އަމުދުން ބޭނުންނޫން........................................................... އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ދުންފަތުގެ އިސްތިއުމާލެއްނުކުރާނަން. ކޮންމެ މީހަކު ބުންޏަސް މިއަޒުމުގައި ހުންނާނަން.
ނޫސަންގު
04 February 2019
އަނގައިން ހަށިގަނޑަށް އެތެރެކުރާ ބާވަތްތަކުން ކެންސަރަށް މަގުފަހިވޭ. ދުފުން، ސްުޕާރީ ކެއުން، ދުންފަތް ނޫނީ ސިނގިރޭޓް ގެ ބޭނުން ހިފުން/ބުއިން. އާދަޔާ ޚިލާފަށް ގިނައިން ހަކުރު ބޭނުން ކުރުން. ހެލިފެލިވެ ނޫޅުން. ދަތްތަކާ ހިރުގަނޑު ނުސާފުކޮށް ހުންނަ ހުރުމުން ސިއްޙީ އެތަށް މައްސަލަތަކެއް ދިމާވޭ. ގައިން ގަޔަށް ނާރާ ބަލިތަށް ރާއްޖޭގައި ޙައިރާން ވާހާ ގިނަ.
މުރާސީން
04 February 2019
ތަފާސް ހިސާބު ދައްބަލަ އެވެސް ސިއްރުތަ؟ އޭޑުސްގެ ތަފާސް ހިސާބުވެސް ސިއްރުތަ؟