05 ފެބުރުއަރީ 2019 - 08:23
ދާޚިލީ ހަނގުރާމައެއްގެ ތެރޭގައި އޮތް ސީރިއާގައި ހަރަކާތްތެރިވާ ބޭރު ގައުމުތަކުގެ ސިފައިން އެ ގައުމުން ބާލަން ބޭނުންވާ ކަމަށާއި ސީރިއާގެ މިނިވަންކަން އެ ގައުމަށް ލިބެން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ސައޫދީ އަރަބިއްޔާ އިން ބުނެފި އެވެ.
"އަޅުގަނޑުމެން ދެކެން ބޭނުންވަނީ ސީރިއާގެ މިނިވަންކަމާއި އެއްބައިވަންތަކަން ގާއިމުވެ، އެ ގައުމުގައި ތިބި ބޭރު ގައުމުތަކުގެ ސިފައިން ދާތަން،" ސައޫދީ އަރަބިއްޔާގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އާދިލް އަލް ޖުބެއިރް، އެ ގައުމުގެ އަލް އަރަބިއްޔާ އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އދ.ގެ ގަރާރާ އެއްގޮތަށް އަމަލުކުރުމާ މެދު ސައޫދީން އަންނަނީ ގައުމުތަކާ މަޝްވަރާކުރަމުން ކަމަށެވެ. ސީރިއާގެ މައްސަލާގައި މަޝްވަރާކުރުމަށް ބްރަސެލްސްގައި ބާއްވާ ބައްދަލުވުމަކަށް ވަޑައިގެން ހުންނެވި ޖުބެއިރު ވިދާޅުވީ ޔޫރަޕާއި އަރަބި ގައުމުތަކަށް ވެސް މިއަދި އޮތް އެންމެ ބޮޑު ނުރައްކަލަކީ ޓެރަރިޒަމް ކަމަށެވެ.
ގައުމުތަކުގެ ގުޅުން ބަދަހިކޮށް ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ މުހިންމުކަން ބޮޑުވެފައިވާ ކަމަށް ވެސް ޖުބައިރު ވިދާޅުވި އެވެ.
ސީރިއާ އިން ސިފައިން ބާލާ ވާހަކަ ދައްކަވާފައި މި ވަނީ އެ ގައުމުގެ ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް ހަނގުރާމަކުރި އައިއިސްގެ ހަނގުރާމަވެރިންގެ ބާރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނިކޮށެވެ. އޭނާ ވިދާޅުވެފައި ވަނީ އެމެރިކާ ސިފައިން ސީރިއާ އިން ބާލާނެ ކަމަށެވެ. ނަމަވެސް އެއާ އެކު، އެމެރިކާގެ އެކި ފެންވަރުގެ ބޭފުޅުންނާއި ބައެއް ގައުމުތަކުން ވެސް ވަނީ މިކަމުގެ ސަބަބުން ސީރިއާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ރައްދުގައި ޓްރަމްޕް ވިދާޅުވީ އައިސިސްގެ ބާރު އަލުން ގަދަވެއްޖެ ނަމަ އަނެއްކާވެސް އެމެރިކާ ސިފައިން ސީރިއާ އަށް ދާނެ ކަމަށެވެ.
ސީރިއާގެ ދާހިލީ ހަނގުރާމާގައި މިހާތަނަށް 300،000 އާއި 500،000 އާ ދެމެދުގެ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް އަންދާޒާކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
73658
06 February 2019
ިިއިސްލާމް ދީނާއެއްކޮޅަށް ބަހެއް ބުނެ ކޮމެންޓެއް ލިޔެފިއްޔާ ވބިރުންތިބޭނީ
ހާދަރު
05 February 2019
ތަން ތަޅާ ސުންނާފަތި ކޮށްފަ. އައިއެސްއަށް ހަތިޔާރުދީފަ ފަހުން އެމިޙުން ގޯސްވެ އެމީހުނާ ހަނގުރާމަކޮށްފަ މުޅިތަން ފިތުނަ ފަސާދަކޮށފް މިއަދު މިބުނަނީ ސީރިޔާ ރައްޔިތުންނަށް މިނިވަންކަން ލިބެނޖެހެއޭ. ބަލަ އަދިވެސް ބައްޝާރޭ ވެރިކަމުގަ ހުރީ. ސައުދީ މީ ކޮންފަދަ ބައެއްތަ
މަ މިއު މަ
05 February 2019
ސައުދީ ސިފައިން ޔަމަނުން ފައިބަބަލަ