ޚަބަރު / އެޗްއާރުސީއެމް

މަރާ ގުޅޭ ހަތް މައްސަލައެއްގައި ފިޔަވަޅު އެޅި: އެޗުއާރުސީއެމް

އެޗްއާރުސީއެމްގެ ބައެއް އިސްވެރިން: މަރާލާފައިވާ މީހުންނާއި ގެއްލިފައިވާ މީހުންނާ ގުޅޭގޮތުން 45 މައްސަލައެއް ވަނީ ނިިންމާފައި--ފޮޓޯ/މިހާރު

05 ފެބުރުއަރީ 2019 - 12:55

3 comments

ތަފާތު މަރުތަކާއި ވީނުވީ ގޮތެއް ނޭނގި ގެއްލިފައިވާ މީިހުންނާ ގުޅޭ މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގައި އިހުމާލުވި ފަރާތްތަކާ މެދު ކަމާ ބެހޭ މުއައްސަސާއިން ފިޔަވަޅު އަޅާފައިވާ ކަމަށް، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

އެކަމަކު އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި، އެއިން އެއްވެސް މައްސަލައެއްގެ ތަފުސީލެއް، އަދި އެއީ ކޮން އިރަކު ހިނގާފައިވާ މަރުތަކެއް ކަމެއް ނުވަތަ ވީނުވީއެއް ނޭނގި ގެއްލުނު މީހުންކަމެއް ހާމަކޮށްފައެއް ނުވެ އެވެ. ހަމައެކަނި ދީފައި އޮތީ 2007 އާއި 2018 އާ ދެމެދު އެ ކޮމިޝަނަށް ހުށައެޅި އެފަދަ މައްސަލަތަކުގެ އަދަދުތަކެކެވެ.

"ހަތް މައްސަލައެއްގައި އިހުމާލްވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، މިފަދަ މައްސަލަތައް ތަކުރާރުނުވާނެކަން ކަށަވަރުކުރުމަށްޓަކައި ކަމާ ގުޅުން ހުރި މުއައްސަސާ އިން ފިޔަވަޅު އެޅުމުން އެ މައްސަލަތައް ނިންމާފައިވެ އެވެ،" ބަޔާނުގައިވެ އެވެ.

"ކަމާ ގުޅުން ހުރި މުއައްސަސާ އިން" ނޭ ބުނުމުން އެ ރަައްދުވަނީ އެންމެ އިދާރާއަކަށް ކަން ދޭހަވެ އެވެ. އެހެންކަމުން ބޮޑަށް ބެލެވެނީ އެއީ ކަރެކްޝަނަލް ސާވިސް ކަމަށެވެ. އަދި އެފަދަ މައްސަލަތައް ދިމާނުވާނެ ގޮތަށް ކަމާ ގުޅުން ހުރި މުއައްސަސާ އިން ފިޔަވަޅު އެޅުމުން މައްސަލަ ނިންމި ކަމަށް ބުނެފައި އެވަނީ އެހާ ހިސާބުން އެ މައްސަލަ ފައިލްކުރުމަށެވެ.

އެޗްއާރުސީއެމުން ބުނި ގޮތުގައި ދައުލަތުގެ އިހުމާލުން މަރުވި މީހުންނައި މަރާލާފައިވާ މީހުންނާއި ވީ ގޮތެއް ނޭނގި ގެއްލިފައިވާ މީހުންގެ ތެރެއިން އެކި ފަރާތްތަކުން 16 މައްސަލެއް ބަލައިދޭން އެ ކޮމިޝަނަށް ހުށައެޅި އެވެ. އޭގެ އިތުރުން ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން 37 މައްސަލައެއް ބަލާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެޗުއާރުސީއެމުން ބެލި މައްސަލަތަކުގެ ތެރޭގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިިޓަލްތަކުގެ އިހުމާލުން މަރުވި ކަމަށް ބުނެ ހުށަހެޅި މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ބައެއް މީހުންގެ މައްސަލަ ވެސް ހިމެނެ އެވެ.

ކޮމިޝަނުން ބުނީ 11 އަހަރުގެ މުއްދަތުގެ ތެރޭގައި ޖުމްލަ 53 މައްސަލައެއް ބަލަން ފަށައި މިހާތަނަށް 45 މައްސަލައެއްގެ ތަހުގީގު ނިމިފައިވާ ކަމަށެވެ.

މަރާ ގުޅޭ ގޮތުން އެޗުއާރުސީއެމުން ބެލި މައްސަލަތައް

- ދައުލަތުގެ އިހުމާލުން ކުއްޖަކު މަރުވުމުގެ މައްސަލަ

- ވީގޮތެއް ނޭނގި ފަސް މީހަކު ގެއްލުނު މައްސަލަ

- މިނިވަންކަން ގެއްލޭ ގޮތަށް ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި 28 މީހެއްގެ މައްސަލަ

- ބޭސްފަރުވާ ފޯރުކޮށްދިނުމާއި ވިހެއުމުގެ ތެރޭގައި ހޮސްޕިޓަލާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ އިހުމާލުން މަރުވެފައިވާކަމަށް ބުނެ ހުށަހެޅި 17 މައްސަލަ

- ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ދެ މީހެއްގެ މަރު ފުލުހުން އެކަށީގެންވާ ގޮތެއްގައި ތަހުގީގުކޮށްފައި ނުވާ ކަމަށް ބުނެ ހުށަހެޅި ދެ މައްސަލަ

އެޗްއާރުސީއެމުން ބެލި މައްސަލަތަކުގެ ތެރެއިން ހަތް މައްސަލައެއްގައި ފިޔަވަޅު އެޅި ކަމަށް ބުންޏަސް އޭގެ އެއްވެސް ތަފުސީލެއް ނެތުމުން، ފިޔަވަޅު އެޅީ ދައުލަތުގެ ކޮން އިދާރާއެއްގެ، ކޮން ބައެއްކަމެއް ނޭނގެ އެވެ.

އެޗުއާރުސީއެމްގެ ބަޔާނުގައި ބުނީ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަންކަމާ ގުޅޭ މުއައްސަސާތަކަށް ހުށަހަޅާފައިވާ ކަންކަން ތަންފީޒުވަމުންދާ މިންވަރު ކޮމިޝަނުން ގަވައިދުން ބަލަމުން އަންނަ ކަމަށެވެ.

މަރާ ގުޅޭ ގޮތުން ބެލި 23 މައްސަލައެއްގައި އިހުމާލެއްނުވާ ކަމަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ދެ މައްސަލައެއްގައި ދައުލަތުގެ އިދާރާއެއްގެ އިހުމާލުވެފައިވާކަމަށް ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާތީ އެ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރެއިން އެއް މައްސަލައަކީ މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް މަރުވި އަބްދުﷲ ރަޝީދުގެ މައްސަލަ އެވެ. ދެ ވަނަ މައްސަލައިގެ ތަފްސީލެއް ނުލިބެ އެވެ.

މިހާރު ކޮމިޝަނުން ތަހުގީގު ކުރަމުން ގެންދަނީ ވީގޮތެއް ނޭނގި ގެއްލިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ އެއް މައްސަލަ އާއި އިހުމާލުގެ ސަބަބުން މަރުވެފައިވާ ކަމަށް ބުނާ އަށް މީހެއްގެ މަރުގެ މައްސަލަ އެވެ.

3 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮނަ

05 February 2019

ތިޔަ ކޮމިޝަނުގެ 5 މެންބަރުން އިންސާނީ ހައްގުގެ ވާހަކަ ދައްކާނެކަމެއްނެތް! ތީ ވަޒީފާގެ ދަހިވެތިކަމުގަ މަގާމުގަ ބަގުޑިބައްދައިގެން ތިބި ބައެއް!

The name is already taken The name is available. Register?

ޚާލިފް

05 February 2019

ވެރިކަން ބަދަލުވީމަ ރާގު ބަދަލުވި ފޭކު ކަމިޝަން

The name is already taken The name is available. Register?

އެޗްއާރްސީއެމް

05 February 2019

ތިޔަތާތިބި ކޮރަޕްޓް މީހުންތައް ވަކިކުރޭ. ސިޔާސީ ނުފޫޒުގައި ޖެހިފަ ތިބި މީހުން. އިންސާނީ ހައްގޭ ކިޔައިގެން ނަމެއްގަ އުޅެނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454