މަދޫރީ: މި މަހުގެ 22 ގައި ރިލީޒް ކުރާ "ޓޯޓަލް ދަމާލް" އިން ފެންނާނެ.
14 ފެބުރުއަރީ 2019 - 07:38
އަންނަ މަހުގެ 8 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ސުޖޯއީ ގޯޝްގެ ތުރިލާ "ބަދުލާ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ސްކޮޓްލެންޑްގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ މުހިއްމު ތަރިންނަކީ އަމީތާބް ބައްޗަން އާއިި ތާޕްސީ ޕައްނޫ އެވެ. މިއީ 2016 ގައި ރިލީޒް ކުރި ކާމިޔާބު ފިލްމު "ޕިންކް" އަށް ފަހު، މި ދެ ތަރިން އެކީގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.
"ކަހާނީ" ފަދަ މޮޅެތި ފިލްމުތައް ގެނެސް ދިން ސުޖޯއިގެ "ބަދުލާ" އަކީ 2016 ގައި ރިލީޒްކުރި ސްޕެއިންގެ ފިލްމު "ދި އިންވިޒިބަލް ވިޒިޓާ" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ. މީގައި ކިޔައި ދޭނީ ފިރިމީހާ މަރައިލި ކަމުގެ ތުހުމަތުގައި ބެދޭ ޒުވާން މައެއްގެ ވާހަކަ އެވެ.
#BadlaTrailer https://t.co/vKgEPAsuGZ
— sujoy ghosh (@sujoy_g) February 12, 2019
"ބަދުލާ" އަކީ ޝާހްރުކް ހާންގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓާއި އެޒްއާ އެންޓަޓައިންމަންޓް ގުޅިގެން ހަދާފައިވާ ފިލްމެކެވެ.
ސުޖޯއި އެންމެ ފަހުން ބެލުންތެރިންނަށް ގެނެސް ދިނީ 2012 ގައި ގެނެސް ދިން "ކަހާނީ" ގެ ދެވަނަ ބައެވެ. އެއީ 2016 ގަ އެވެ.
ނިކިލް އަދްވާނީ ޑައިރެކްޓްކޮށް، ޖޯން އަބްރަހަމް ލީޑް ރޯލް ކުޅޭ ފިލްމު "ބަތުލާ ހައުސް" ގެ ޝޫޓިން ނިންމާލައިފި އެވެ.
It's wrap up time for @TheJohnAbraham at #BatlaHouse. Can't wait to bring this phenomenal film to you guys.@BatlaHouseFilm @itsBhushanKumar @EmmayEntertain @johnabrahament @bakemycakefilms @nikkhiladvani @LeyzellSandeep @monishaadvani @madhubhojwani @yadav_shobhna @writish pic.twitter.com/a79yDm5jAZ
— TSeries (@TSeries) February 12, 2019
މި ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު އެކްޝަން ތުރިލާ "ސަތިޔަމޭޗް ޖަޔަތޭ" އަށް ފަހު، ޖޯން އަނެއްކާ ވެސް ފުލުހެއްގެ ރޯލުން ފެނިގެން ދާނެ ފިލްމެކެވެ. "ބަތުލާ ހައުސް" ގެ ބަތަލާއިންނަކީ މުރަނާލް ތާކޫރާއި ނޯރާ ފަތެހީ އެވެ.
ފިލްމުގެ ޝޫޓިން ނިންމައިލުމަށް މީގެ ޓީމުން ވަނީ ޓްވިޓާގައި ފޮޓޯތަކެއް ވެސް ހިއްސާކޮށްފަ އެވެ. "ބަތުލާ ހައުސް" ސިނަމާތަކަށް ގެންނާނީ އަންނަ އޮގަސްޓް މަހުގެ 15 ގަ އެވެ.
ޖޯން ދެން އެންމެ އަވަހަށް ޝޫޓިން ފަށާނީ ބޮޑު ކާސްޓެއް ހިމެނޭ އަނީސް ބަޒްމީގެ "ޕާގަލްޕަންތީ" އެވެ. މި ފިލްމު ޝޫޓިން މި މަހު އިނގިރޭސިވިލާތުގައި ފަށާނެ އެވެ.
މި އަހަރު އަޅުވާނެ ޖޯންގެ ފުރަތަމަ ފިލްމަކީ އެޕްރީލް 12 ގައި ރިލީޒްކުރާ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) އެވެ.
ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަނުން މި އަހަރު ގެނެސްދޭ ފުރަތަމަ ފިލްމު "ކެސަރީ" ގެ ޕްރޮމޯޝަންތައް ފަށައިފި އެވެ.
Presenting the first one from the #GlimpsesOfKesari. Get ready for an UNBELIEVABLE TRUE STORY! https://t.co/g2z1hOHaon #KesariTrailer21Feb@akshaykumar @ParineetiChopra @SinghAnurag79 @apoorvamehta18 @SunirKheterpal @DharmaMovies #CapeOfGoodFilms @iAmAzure @ZeeStudios_
— Karan Johar (@karanjohar) February 12, 2019
ކަރަން ޕްރޮޑިއުސްކޮށް، އަނޫރާގް ސިންގް ޑައިރެކްޓްކޮށްފައިވާ ފިލްމުގެ ޕޯސްޓަރުތަކާއި ޓީޒާތައް ދައްކައިލަން ފަށާފައިވާ އިރު، މިހާތަނަށް ވަނީ ދެ ޓީޒާއެއް ދައްކާލައިފި އެވެ.
އަކްޝޭ ކުމާރާއި ޕަރިނީތީ ޗޯޕްޅާގެ ޖޯޑު ސްކްރީނުން އެކީގައި ފުރަތަމަ ފަހަރަށް ފެންނާނެ މި ފިލްމަކީ ތާރީހީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ހަނގުރާމަ ފިލްމެކެވެ. އެގޮތުން "ކެސަރީ" ގެ މައިގަނޑު ވާހަކައަކީ 1897 ގައި އިންޑިއާގެ އަސްކަރިއްޔާގެ 21 ސިކުންގެ އޮފިސަރުންތަކެއް ސަރްގާހީ ކިޔާ އޮފިސަރަކު އިސްކޮށް ހުރެގެން އޭނާގެ ދަރިފުޅުގެ ދިފާއިގައި އަފްގާނިސްތާނުގެ 10،000 މީހުންނާ ކުރާ ހަނގުރާމަ އެވެ.
މި މަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރާ ކޮމެޑީ ފިލްމު "ޓޯޓަލް ދަމާލް" ގެ އައު ލަވައެއް ދައްކާލައިފި އެވެ.
Chalo koi aisa song baajate hai ke #SpeakerPhatJaaye… #TotalDhamaal ka gaana out now https://t.co/ZS6WMUxuTf@ADFFilms @Indra_kumar_9 @saregamaglobal @gourovdasgupta @gourovroshin17 @jonitamusic @HARRDYSANDHU @ADTSinghSharma @AbuzarMusic
— Madhuri Dixit Nene (@MadhuriDixit) February 12, 2019
"ޕައިސާ ޔެ ޕައިސާ" އާއި "މުނގުޅާ" އަށް ފަހު މި ފަހަރު ބެލުންތެރިންނަށް ދޫކޮށްލީ "ސްޕީކަރު ޕަޓް ޖާޔޭ" ކިޔާ ފޯރި ގަދަ ނަށާ ލަވައެކެވެ. މި ލަވައިން އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓާއި އަޖޭ ދޭވްގަން އާއި އީޝާ ގުޕްތާގެ އިތުރުން ރިތޭޝް ދޭޝްކުމްް، އަރުޝަދު ވަރްސީ އަދި ޖާވިދު ޖެފްރީ ވެސް ފެނިގެން ދެ އެވެ.
ކުލަގަދަ ފޯރި ގަދަ މިއުޒިކެއް އިވިގެންދާ "ސްޕީކަރް ޕަޓް ޖާޔޭޭ" ކިޔާފައި ވަނީ ހާޑީ ސަންދޫ، އަދިތީ ސިންގް ޝަރްމާ، އަބްޒާރު އަހްތަރު އަދި ޖޮނީތާ ގާންދީ އެވެ. ލަވައިގެ މިއުޒިކް ގޯރަވް-ރޯޝިން ހަދާފައިވާ އިރު ޅެން ލިޔުނީ ކުމާރް އެވެ.
"ޓޯޓަލް ދަމާލް" އަކީ ޑައިރެކްޓަރު އިންދަރު ކުމާރު ގެނެސްދޭ "ދަމާލް" ފްރެންޗައިޒްގެ ތިން ވަނަ ފިލްމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy