ރިޕޯޓް / ކޮންސްޓްރަކްޝަން ދާއިރާ

ޖެހިގެން ހުރި ގެ ހެދުން ބޮޑު ބިރަކަށް!

މާފަންނުގައި ހުންނަ ހަތް ބުރީގެ ގެއަކާ ޖެހިގެން އިމާރާތެއް އަޅަން އެކްސްކެވޭޓަރުން ކޮންނަނީ: ހަތް ބުރީގެ އިމާރާތުގެ ދަށުން ވެލިގަނޑު ދަމައިގަނެ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމުގެ ޝަކުވާ މި އިމާރާތުގައި ދިރިއުޅޭ މީހަކު ދަނީ ކުރަމުން.

އަހުމަދު ވަހީދު (އަސްލު ނަމެއް ނޫން) ބުނާ ގޮތުގައި އޭނާ ކަންބޮޑުވަނީ އެންމެ ސަބަބަކާ ހެދި އެވެ؛ ކަމެއް ވާނީ ބުނެފައެއް ނޫނެވެ.

"ހަމަ ސިމެންތި ބަސްތާއެއް ވެއްޓި ކުއްޖަކު ވެސް ނިޔާވީ ދެއްތޯ؟ ވެއްޓޭނެ ކަމެއް ނުވަތަ ވެއްޓޭނީ ކޮން އިރަކު ކަމެއް އެއްވެސް މީހަކަށް ނޭނގޭ، ދެއްތޯ؟" މިދިޔަ ޑިސެމްބަރު މަހު މާލޭގައި ހިނގި ބޮޑު ހާދިސާ އަށް އިޝާރާތްކޮށް ވަހީދު ބުނެލި އެވެ.

އޭނާ ދިރިއުޅޭ ގެއާ ޖެހިގެން ހުރި އިމާރާތެއް ތަޅާލާފައި އެ ތަން އަލުން ހެދުމުގެ މަސައްކަތްކުރާ ގޮތުން ވަހީދު ނުތަނަވަސް ވަނީ އެވެ.

މާފަންނު ޖަވާހިރުމަގުގައި، މ. ކެކުރިމާގޭގައި ހުރި ކޮންސްޓްރަކްޝަން ސައިޓަކީ އެ ގޯތީގައި ހުރި ހަތް ބުރީގެ އިމާރާތުގައި ދިރިއުޅޭ މީހުންނަށް ބޮޑު ބިރަކަށް ވަނީ ވެފަ އެވެ. އެ ސައިޓުގައި ކުރިން ހުރި އިމާރާތް ތަޅާލުމުގެ މަސައްކަތްކުރި އިރު "ކުޑަ ވަރެއްގެ ބިންހެލުމެއް"ގެ އިހުސާސް ކުރެވުން އެކަންޏެއް ނޫނެވެ. ސައިޓު ކޮންނަމުން ދަނީ ވެސް، ވަހީދު ބުނާ ގޮތުން ނަމަ، އޭނާގެ އާއިލާ އާއި އިތުރު އެތައް ބަޔަކު ދިރިއުޅޭ އިމާރާތަށް ވަރަށް ބޮޑަށް ނުރައްކާވެދާނެ ގޮތަކަށެވެ. އަދި މާލެ އިން އާއްމުކޮށް މިފަދަ މަންޒަރުތައް ފެންނާތީ، ކާކުކަން ނޭނގޭ ގޮތަށް ނަމަވެސް، ފޮޓޯތަކާއި ވީޑިއޯތައް ހިއްސާކޮށް މި މައްސަލަ މީހުންގެ ސަމާލުކަމަށް ގެންނަން އޭނާ ބޭނުންވީ އެވެ.

"އަޅުގަނޑުމެން މަތީގައި ތިބޭ އިރު ހީވަނީ ދެންމެ ދެންމެ ގެ ވެއްޓިދާނެ ހެން. މާނައަކީ މި ކަމުގައި އެބަ އުޅެއޭ، މައްސަލައެއް،" ވަހީދު ބުންޏެވެ.

"އެކަމަކު އަޅުގަނޑު މި ބުނަނީ މިހާރު މި އިމާރާތް ވެއްޓިދާނެއެކޭ ނޫން. އިމާރާތެއް ވެއްޓެން ވަރަށް ގިނަ ދުވަސް ނަގާފާނެ. އެކަމަކު ބޮޑު ސިންގާ އެކްސްކެވޭޓަރަކުން ކުޑަކުޑަ ތަންކޮޅެއް ކޮނެގަންނަ އިރު ހަމަ ކަމެއް ދިމާވެދާނެ ދެއްތޯ؟"

އެހެން ބުނި ފަހުން މިދިޔަ ބުދަދުވަހު އޭނާ އަށް ފެނުނީ މަސައްކަތްކުރާ ތަނާ އިންވެގެން ހުރި ގުދަނެއްގެ ފާރެއް ވެއްޓިފައި އޮއްވަ އެވެ. ގުދަން ތެރޭގައި ހުރި ބަސްތާތަކެއް، ކޮނުނު ވަޅުގަނޑު ތެރެއަށް ފައިބައިފައި ހުއްޓެވެ. ވަހީދު ބުނަނީ "ހަމަ ބަލައިނުލާ އެކްސްކެވޭޓަރުން ކޮނުމުގެ ސަބަބުން" ހިނގި ކަމެއް ކަމަށެވެ.

"އެ މީހުން ބުނާނީ މިއީ ވަރަށް މުސްކުޅި ފާރެކޭ، މި ތަން ވެއްޓެން ވެސް ޖެހޭނެއޭ،" ކޮންޓްރެކްޓަރާއި މަސައްކަތްކުރާ މީހުންނަށް ނިސްބަތްކޮށް އޭނާ ވާހަކަދެއްކި އެވެ.

"އެއްކަލަ ބޮޑު 'އޯކޭ'ގައި ތިބޭނީ."

އިމާރާތްކުރުމުގެ މަސައްކަތްކުރަމުންދާ ސައިޓުގެ ބޭރު

ވަހީދު ނަގާފައި ހުރި ފޮޓޯތަކުން އެނގޭ ގޮތުގައި، އެ ސައިޓުގައި މަސައްކަތްކުރަނީ ކޮން ބަޔަކުކަން އެނގޭނެ ބޯޑެއް ނެތެވެ. އަދި އިމާރާތް ތަޅާލި އިރު މަގު ބަންދުކޮށްފައި ނުވާކަން ވެސް އޭނާ ފާހަގަކުރެ އެވެ.

"އިމާރާތުން ކުނޑި އާއި އޭތި މީތި ބުރާ. އެހެން ލާފައި ސައިކަލުގައި ދާ މީހުން ވެސް އެތާ މަސައްކަތްކުރަން ތިބޭ ބަންގްލަދޭޝް މީހުންނާ ދިމާއަށް ހެއްދެވި ނެހެއްދެވި އަށް ގޮވާފައި ދަނީ،" އޭނާ ކިޔައިދިނެވެ.

ވަހީދު އުޅޭ އިމާރާތް ފެހި ކުލައިގައި

"އިމާރާތުގެ ދަށުން ވެލިގަނޑު ދަމައިގެންފާނެ"

ވަހީދު ސިފަކުރާ ގޮތުގައި، ބާ އިމާރާތް ތަޅާލި އިރު، އަނެއް އިމާރާތުގެ އިން ފާރާ ޖެހިގެން "ބޮޑު މަރުތޭލުން ހައެއްކަ މީހުން ވެގެން ހަމަ ތަޅާ ތިރިއަރުވާލީ" އެވެ.

"ޖެހިގެން ހުންނަ އިމާރާތަށް ކިހާ ވަރެއްގެ ލޮޅުމެއް އަރާ ކަމެއް މި މީހުންނަކަށް އިހުސާސެއް ނުކުރެވޭ،" އޭނާ ބުންޏެވެ.

"އެކަމާ ވެސް އަޅުގަނޑުމެން ޝަކުވާކުރިން. އެކަމަކު ވާ ގޮތަކީ ގޭގައި ތިބެނީ އަންހެންވެރިން. އަންހެންވެރިން ބުނާ އެއްޗެއް އެއްވެސް މީހަކު ގަބޫލެއް ނުކުރޭ."

އެކަމަކު ލޮޅުން އެރުމަށް ވުރެ ވެސް ބޮޑަށް ވަހީދު ކަންބޮޑުވަނީ އޭނާ އުޅޭ އިމާރާތުގެ ފައުންޑޭޝަނާ ވިއްދައިގެން ކޮންނަމުންދާ ގޮތުންނެވެ. ވަހީދު ބުނަނީ އޭނާއަކީ އިންޖިނިއަރަކަށް ނުވިޔަސް، "އިމާރާތްކުރުމުގެ މަސައްކަތުގެ ތެރޭގައި އުޅެވިފައި ހުރީމާ"، ކަންކަން ކުރަން ޖެހޭ ރަނގަޅު އުސޫލު އޭނާ އަށް ވެސް އެނގޭ ކަމަށެވެ.

ހަތް ބުރީގެ އިމާރާތުގެ ފައުންޑޭޝަނަށް ވުރެ އަޑި އަށް، މާސިންގާ އެކްސްކެވޭޓަރަކުން ފެން ތިލަ އެ ތަން ކޮންނަ އިރު އިމާރާތުގެ ދަށުން ވެލިގަނޑު ދަމައިގަތުން އެކަށީގެންވާ ކަމަށް އޭނާ ދެކެ އެވެ. ވަހީދު ބުނަނީ ރަނގަޅު ގޮތަކީ ބާ ފައުންޑޭޝަނުގެ ވަށައިގެން ކޮނުމަށް ފަހު އޭތި ނެގުމާއި މެނުއަލްކޮށް އެ މަސައްކަތްކުރުން ކަމަށެވެ. އެހެން ނޫނީ ގުންޑޮޅިން ކަނޑައިގެން ދިޔުން ފަދަ ހާދިސާއެއް ހިނގައިފާނެ ކަމުގެ ބިރު އޭނާ އަށް ހީވެ އެވެ.

"ވަރަށް ބޮޑު ޕްރެޝާއެއްގައި ފެން ވެސް އަރައިގެން އަންނަ އިރު އަސްލުގައި ފައުންޑޭޝަން އަޑިން ވަރަށް ބޮޑަށް ވެލިގަނޑު ދޫވާނެ. ފައުންޑޭޝަން ދަށުން ވެލި ގޮސްފައި ހުއްޓާ އަޅުގަނޑުމެންނަށް ލޮލަށް ފެންނަނީ ފޫޓެއް، ދެ ފޫޓެއް ވަރު. އެކަމަކު އަސްލު، އިމާރާތުގެ ދަށުން ގާތްގަނޑަކަށް ތިން ހަތަރު ފޫޓަށް ވެލިގަނޑު ދަމައިގަންނާނެ، އިނގޭތޯ؟" ވަހީދު ބުންޏެވެ.

"ކިރިޔާ ވެސް ވެލިގަނޑު ދޫވެފައި ހުރިއްޔާ، ރަށްގިރުން ކަހަލަ ކަމަކަށް ވާނީ. ގުންޑޮޅި ކަނޑައިގެން ވެއްޓުމާއި އެކަހަލަ ކަންކަން ދިމާވާނީ."

ސައިޓުގައި މަސައްކަތްކުރަނީ

ވަހީދު އެ ސައިޓަށް ގޮސް އެ ޝަކުވާތައް ކުރި އެވެ. މަސައްކަތްކުރާ މީހުންގެ ޖަވާބަކަށް ވީ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ކަމެވެ. އަދި ވަހީދު އުޅޭ އިމާރާތުގެ ދަށުން ވެލިގަނޑު ދަމައިގެންދިޔަ ނުދޭން ގާ ބަރިއެއް ވެސް ޖަހަމުންދިޔަކަން އެ މީހުން ފާހަގަކުރި އެވެ. އެކަމަކު އޭނާ ބުނަނީ "އެކަން ކުރުމެކޭ ނުކުރެމެކޭ އެއްވަރެއް" ކަމަށެވެ.

"ވެލިގަނޑު ދަމައިނުގަންނާނެ ގޮތަކަށް އެ ކަމެއް ނުކުރެވޭނެ މި ގޮތަށް ހުރެގެނެއް. ގާ ޖަހާފައި ހުރި ގޮތް މިހިރީ އަޅުގަނޑު ވީޑިއޯކޮށްފައި. ފެންގަނޑު ތެރޭގައި ސިމެންތި ޖަހަނީ. އަނެއްހެން ބުނަންޏާ އެއަކު ނެތް ސިމެންތިއެއް ވެސް،" އޭނާ ކިޔައިދިނެވެ.

"ކޮންނަން އިން ދިވެހި މީހާ އޭނާ އަށް ދެއްކުނު އެއް ހާސް އަޖައިބު އަޅުގަނޑަށް ދެއްކި. ރަނގަޅަށޭ މިކަން މި ކުރަނީ. އޭނަ މި ބުނަނީ މިއީ އެއްވެސް މައްސަލައެއް ނޫނޭ. އެކަމަކު އަޅުގަނޑަށް ވަރަށް ބޮޑު މައްސަލައެއް."

ސައިޓުގައި މަސައްކަތްކުރަނީ

"އަޅާލާނެ މީހަކު ނެތް"

ވަހީދު ބުނާ ގޮތުގައި މި ހުރިހާ ޝަކުވާތަކެއް ވޭތުވެދިޔަ ހަފްތާގެ ކޮންމެ ދުވަހަކު ވެސް އެކި ސިފަސިފައިގައި އެކި މީހުންނަށް އޭނާ ވާނީ އުފުލައިފަ އެވެ.

"އަޅާލާ މީހެއް ނެތް. އެއީ އަޅުގަނޑުގެ މައްސަލައަކީ. އެންމެ ކުޑަމިނުން މި ތަނަށް އައިސް، އަޅުގަނޑު ދެއްކީ ރަނގަޅު ވާހަކައެއްތޯ ނޫންތޯ ވެސް ބަލައިލަން އެންމެ ރަނގަޅު ނޫންތޯ؟" އޭނާ ބުންޏެވެ.

"ޕޮލިހަށް ގުޅީމާ ވިދާޅުވީ މިހާރު ހައުސިން މިނިސްޓްރީ އަށް ގުޅައިގެން ތިކަން މި ބަލަނީއޭ، ދެން ޚަބަރެއް ނުވޭ."

ވަހީދުގެ ވާހަކަ އިން އެނގޭ ގޮތުގައި އޭނާގެ ޝަކުވާ ރަސްމީކޮށް މާލޭ ސިޓީ ކައުންސިލާ ހަމައަށް ދިޔައީ މިދިޔަ ބުދަދުވަހުގެ ރެ އެވެ. އޭގެ ކުރިން، ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަ މިނިސްޓްރީގައި މަސައްކަތްކުރާ އޭނާގެ ރައްޓެއްސަކާ އެ ވާހަކަ ދެއްކި އެވެ. އެ މީހާ ނަމްބަރެއް ދިނުމުން، ހައުސިން މިނިސްޓްރީގެ ދަށުން ސިޓީ ކައުންސިލަށް މިހާރު ބަދަލުކޮށްފައިވާ އާއްމު ޚިދުމަތްތަކާ ބެހޭ ބައިގެ މުވައްޒަފަކަށް ބުދަދުވަހުގެ ރޭ ވަހީދު މެސެޖު ކުރި އެވެ. ޖެހިގެން އައި ދުވަހުގެ ހެނދުނު އެ މުވައްޒަފު ޖަވާބުދިނީ މ. ކެކުރިމާގެ ކޮނުމުގެ ތެރެއިން ދިމާވި މައްސަލަ، ދެ ފަރާތުން ވާހަކަދައްކައިގެން ހައްލުކޮށްފައިވާ ކަމަށާއި ބަދަލު ދޭ ގޮތަށް ވެސް އެއްބަސްވެފައިވާ ކަމަށް އެ ތަނަށް ދިޔަ އެ ޔުނިޓުގެ ސުޕަވައިޒަރު މައުލޫމާތު ދީފައިވާ ކަމަށެވެ. އެކަމަކު އޭނާ އެ އިޝާރާތްކުރީ ގުދަނުގެ ފާރު ވެއްޓުނު މައްސަލައަށެވެ. ވަހީދު ޖައްސަނީ ކޮން މައްސަލައެއްކަން އެ މުވައްޒަފަށް އޭރު ނޭނގޭކަން އެ ޖަވާބުން އެނގެ އެވެ. ވަހީދު އޭނާގެ ޝަކުވާ އުފުލުމުން، މުވައްޒަފު ވަނީ އެ ކަންތައް އިތުރަށް ބަލާނެ ކަމަށް ބުނެފަ އެވެ.

"މަސައްކަތްކުރާ ގޮތް ބަލާނެ މީހަކު ނެތް"

އިމާރާތްކުރަން ބޭނުންވާ ހުއްދަތައް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން ދިނުމަށް ފަހު އެ ކަންކަން ހިނގާ ގޮތް ނުބެލުމަކީ ވަހީދަށް ގަބޫލުކުރެވޭ ކަމެއް ނޫނެވެ. ޚާއްސަކޮށް، ސަލާމަތީ ކަންކަމާ މެދު ފަރުވާކުޑަކުރުމުގެ މައްސަލަތައް މާލެ އިން ފާހަގަކުރެވޭ އިރު އަދި ބޮޑެތި ހާދިސާތައް ހިނގާފައިވާ އިރު ވެސް ދެމެހެއްޓެނެވި ގޮތަކަށް އެކަށީގެންވާ ސަމާލުކަމެއް ނުދޭކަން އޭނާ ފާހަގަކުރެ އެވެ.

"މިއީ އާއްމުކޮށް ކަންކަން ކުރާ ގޮތް. ކުދިކުދި ކޮންޓްރެކްޓަރުން ކުދިކުދި ތަންތަންކޮޅު ހަދާ އިރު ސަތޭކަ ޕަސެންޓް، މި ކުރަނީ މި ގޮތަށް،" ވަހީދު ބުންޏެވެ.

"އެކަމަކު ލިޔުމުން ހުއްދަ ދީފައި އެ ހިސާބުން އެ ނިމުނީ. އެ ހުއްދައާ އެއްގޮތަށްތޯ، މަސައްކަތްކުރަނީ ނުވަތަ އަސްލުގައި ސަލާމަތީ ފިޔަވަޅުތައް އަޅައިގެންތޯ މަސައްކަތްކުރަނީ އެހެން ބަލައިލާނެ މީހެއް ނެތް. މިހާރު އަޅުގަނޑު އަމިއްލަ އަށް ތަޖުރިބާކޮށްފިން މިކަމާ އަޅާލާނެ މީހަކު ނެތްކަން."

އިމާރާތްކުރަމުން ދިޔަ ގެއެއްގެ މަތިން ހަތް އަހަރުގެ އަންހެންކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި އޭނާ މަރުވުމަކީ ވަހީދު ބުނާ ފަދަ، "ކަމެއް ވާނީ ބުނެފައެއް ނޫން" ކަމުގެ ފުރިހަމަ މިސާލެކެވެ. މާލޭގައި އިމާރާތްކުރާ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިހުމާލުވެފައި ހުންނަކަން، އެ ހާދިސާ އިން ވަރަށް ބޮޑަށް ހާމަވެގެންދިޔަތާ ދުވަސްކޮޅެއް ފަހުން އޭނާ ބުނަނީ އެފަދަ ކަންކަމަށް ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަން އަނެއްކާވެސް ވަނީ ގެއްލިފައި ކަމަށެވެ.

އިމާރާތްކުރާ ސައިޓުތަކުގެ ސަލާމަތީ ކަންކަން ބަލަން އޭރު ރައީސުލްޖުމްހޫރިއްޔާ އަމުރެއް ކުރައްވައި ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅުތަކެއް އެޅި އެވެ. އެކަމަކު ހަދަމުންދާ ތަންތަނުގައި މަސައްކަތް ހިނގާ ނުހިނގާ ގޮތް އަދިވެސް ރަނގަޅަކަށް ނުބެލެ އެވެ.

މާލޭ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފު ވިދާޅުވީ އެކަން އިތުރަށް ރަނގަޅުކުރަން ކުރެވެން ހުރި މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ

"މޮނިޓަކުރެވޭ. އެހެން ނަމަވެސް އެންމެ އެދެވޭ ގޮތަކަށް މަސައްކަތް އަދި ނުކުރެވޭ،" ވަޓްސްއެޕް ޓެކްސްޓް މެސެޖުން ޖަވާބުދެއްވަމުން އޭނާ ވިދާޅުވި އެވެ.

"މުވައްޒަފުން އިތުރުކުރުމާއި ގާބިލް މީހުން ހޯދުމުގެ މަސައްކަތް ވެސް އެބަ ކުރެވޭ. ހަރުދަނާ ގޮތަކަށް މިކަން ކުރެވޭނީ ސޭފްޓީ ކޯޑް އައިސްގެން. މާޗުން ފެށިގެން ވަރަށް ބޮޑު ތަން ރަނގަޅުވާނެ."

ޕޮލިހަށް ރިޕޯޓުކޮށް، އާއްމު ޚިދުމަތްތަކާ ބެހޭ ބަޔަށް ޝަކުވާ ހުށަހެޅި އިރު ވެސް މީހަކު ނާންނަ ކަމަށް ވަހީދު ބުނާ އިރު، ޝަމާއު ވިދާޅުވަނީ ރަށު ތެރެ ބަލަހައްޓާ ސުޕަވައިޒަރުންނާއި ފުލުހުންނާއި އާއްމު ފަރާތްތަކުން ރިޕޯޓުކުރާ ސައިޓުތައް ވަގުތުން ޗެކުކޮށް ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ. ވަހީދު މި ގޮތަށް ޝަކުވާކުރާ ވާހަކަ ބުނުމުން ވެސް އޭނާ ވިދާޅުވީ ސިޓީ ކައުންސިލްގެ ސުޕަވައިޒަރުން ބުރާސްފަތިދުވަހު ކެކުރިމާގެ އަށް ގޮސް ދެ ފަރާތާ ވާހަކަދައްކައިގެން މައްސަލަ ހައްލުކޮށްފައިވާ ކަމަށާއި ސަލާމަތީ ފިޔަވަޅުތައް އަޅަން އަންގާފައިވާނެ ކަމަށެވެ. އެކަމަކު ވަހީދު ބުނަނީ އޭނާގެ ކަންބޮޑުވުންތައް ބަލަން މީހަކު ގޮސްފައި ނުވާ ކަމަށެވެ. ގުދަނުގެ ފާރު ވެއްޓުނު މައްސަލަ އާއި މިކަންތައް ތަފާތު ކަމަށް ބުނުމުން ވެސް ޝަމާއު ދެއްވީ އެއް ޖަވާބެކެވެ.

"އަޅުގަނޑަށް ވެސް އެނގޭ ފާރު ވެއްޓުނު މައްސަލަ އެ މީހުން ހައްލުކުރިކަން. އެކަމަކު އަޅުގަނޑު މި ނަގާ ސޭފްޓީ އިޝޫގައި ވާހަކަދައްކާކަށް އަޅުގަނޑުމެން ގެއަކަށް ނާދޭ ގައިމު ވެސް. މި ގެ އަށް މީހަކު އަޔަސް އަޅުގަނޑާ ހަމައަށް ފޮނުވާނީ. އެއްވެސް މީހަކު ނެތް ވާހަކައެއް ދައްކައި ހައްލެއް ހޯދައިދީފައެއް،" ވަހީދު ބުންޏެވެ.

"އަޅުގަނޑުމެން ކަންބޮޑުވެގެން މި އުޅެނީ މީހަކު ނޫޅޭ ގުދަނެއްގައި ހުރި ބާ ފާރެއް ވެއްޓިގެނެއް ނޫން. އެކަމަކު މިސާލަކަށް އެ ފާރު ވެއްޓުނު ތަން ވެސް އެއީ ބަޔަކު ދިރިއުޅޭ ތަނެއް ނަމަ ކޮބައިތޯ ހިނގާފާނެ ނުރައްކާތެރި ހާދިސާއަކީ؟"

މޮނިޓަކުރަން ސިޓީ ކައުންސިލުން މަސައްކަތްތަކެއް ކުރިޔަސް ވަހީދު އެ ބުނާ ގޮތުން ނަމަ އޭނާގެ ޝަކުވާއާ މެދު އަދި އޮތީ ކަމެއް ނުކުރެވި އެވެ. އޭނާ ބުނަނީ ބޮޑު ހާދިސާއެއް ހިނގާ ވަގުތު ނޫނީ ކަމާ ބެހޭ ފަރާތްތަކުން ސީރިއަސްވާ ތަނެއް ނުފެންނަ ކަމަށެވެ.

"އެ ކުއްޖާ ނިޔާވި ދުވަހު ވެސް އެންމެން ވަރަށް ވަރުދައްކާލާފައި ޓީވީ އަށް އަރާ ކަންތައްތަކެއް ކުރި. އޭގެ ފަހަކުން ޚަބަރެއް ނުވޭ،" ސިމެންތި ބަސްތާ އިން ޖެހި، ބަންގްލަދޭޝްގެ ރައުޝަން ޖިއާން މަރުވި ހާދިސާ އަށް އިޝާރާތްކޮށް ވަހީދު ބުނެލި އެވެ.

"މި ބުނާ އެއްޗަކީ ހަތް ބުރިއަށް ނަގާފައި ހުރި ބޮޑު ސިންގާ އިމާރާތެއްގެ ދަށުން ކޮނެގަންނަ ގަޑީގައި ކިހާ ވަރެއް އަރާފާނެތޯއޭ؟ އެއީ އަޅުގަނޑު ކަންބޮޑުވާ ކަމަކީ. މިއީ ކުދިކުދި ކަންކަމެއް ނޫން. ވަރަށް ބޮޑެތި ކަންކަން. ހާދިސާއެއް ހިނގާނެ އިރެއް ނޭނގޭނެ."

67 ކޮމެންޓް, 118 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 86%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙެވާ

17 February 2019

3 ބުރީގެ އިމާރާތުގެ ފައުންޑޭޝަން އަޅާވަރަށް ފައުންޑޭޝަން އަޅާފަ އިމާރަތް ކުރަނީ 10 ބުރިޔަށް އެހެންވީމަ ބިރުގަންނާނެދޯ އެއިމާރާތްވެސް އެހުރީ ފައުންޑޭޝަން ހުރިފުންމިން ފެނަން އެކަމު އެއަށްވުރެން ކުޑަ އިމާރާތެއް ހަދަން އުޅޭއިރު އެގެޔަށްވުރެން 5 ފޫޓް ފުން އެހެންވީމަ ބިރުން އުޅޭނެ

The name is already taken The name is available. Register?

ޚަޮުކު

17 February 2019

އޭނަ ކާރި އަހާބަލަ 8 ބުރީގެ ދިރިއުލޭ ގެ ފައުންޑޭސަން ހުރީ ކިހާ ފުންމިނެއްގަތޯ؟

The name is already taken The name is available. Register?

10ބުރީގެ ވެރިޔާ

17 February 2019

ޢަޅުގަނޑަށް ފާހަގަވަނީ ތިޔަ ބުނާ 6ބުރީގެ އިމާރާތަކީ ވަގަށް ހުއްދަ ނުނަގާ އަޅާއިގެންއުޅޭ ތަނެއްހެން. ޢެހެންވީމަތާ އެހާ ބިރުނ އުޅެންވާނީ.

The name is already taken The name is available. Register?

ނަން

17 February 2019

ހުއްދަދެނީ ދެބުރިހަދަން ...ހަދަނީ 5 ބުރިޔަ ވެރިފަރާތުގެ ޒިންމާކޮބާ ؟؟؟؟..... ހަދަން ހުއްދަދީ ފައިވާ ގޮތަށް ހަދާފައިހުރީ ކިތައްތަންތޯ؟؟؟؟ހަމަ އެހެންހެދުމުންވެސް ދިރިއުޅުމުގެ ހުއްދަ އާއި އެނިހެން އަސާސީ ވަސީލަތްތައްވެސް ލިބެންޔާ މިކަން ހުއްޓޭނެބާ؟؟؟އެނމެ މުހިއްމީ އަމިއްލަ ޒިއްމާ އަދާކުރުން އޭގެ ފަހުން ކަމެއް ގޯސްކޮށް ހުރިނަމަ ..........!!!!!

The name is already taken The name is available. Register?

ވާފިރުބެ

17 February 2019

‫ސުވާލަކީ ތިބޭފުޅާގެ ގެ ހަ ބުރިޔަށް ހެދީރު ތިކަމާ ވިސްނިންތޯ. އަޑުނގަދަވީމަ ވާއުދަގޫ އިހުސާސްވީތޯ..އަސްލިވާ ގޮތަކީ އައިމިނާ (އަސްލުނަމެއް ނޫ) ގޯތި 10 ބުރިޔައް ހަދާތީވެ ކެއް ނުވަނީ

The name is already taken The name is available. Register?

ސައީ

17 February 2019

އެގްޒެކްޓްލީ!! މޮޅެތި ވަާހަކަ ދައްކާނެ މިވެރިން.. ބަލާބަލަ އެގޭ ސިޑި ވެސް އިނީ ފާރާނުލާ.. އަމިއްލަޔަށް މި ސަކަރާތެއް ޖެހި އިރު އޭރު ހުރި ބާ ގޭގެ ފުރާޅަށް ބޭލިހާ ސިމެންތިއާއި ދަގަޑާއި ދެކުނިންތަ މި މީހުން؟

The name is already taken The name is available. Register?

ހަބީބު

16 February 2019

ތިދައްކަނީ އަދިމާލޭގެ ވާހަކަ އަހަރެން މިއައީ ކުޅުދުއްފުށިން އެރަށުގަ ވެސްނެތް މަދިރިޔައް ބޭސްކޮޅު ބުރުވާލާނެފަދަ ކާޅުގެ އުނދަގޫއެހާބޮޑު މަގުހަދާފަ ހުރިއިރު ގަސްއިންދާނެ ގޮތެއްނެތް އެހާއަވިގަދަ ކައުންސިލުން ގަސްތަކައް ފެންޖަހާނެ ގޮތެއްގާއިމެއް ނުކުރޭ މުޅިމަގުތަކުގައަޑިގުޑަން ވެހިކަލުން ބަރާބަރައް ފައިސާއަތުލާ ކޮބާ ހަމަޔާއިންސާފެއް

The name is already taken The name is available. Register?

ާާއަލީ

16 February 2019

ފޮޓޯ އިން ފެންނަނީ ދެބުރީ އިމާރާތެއް ގެ ފައުންޑޭޝަން އެއް އެކަމަކު ތިހިރީ ހަތް ބުރިޔަނަގާފަ.ފުރަތަމަ އެހެން މީހުން ގެ މައްސަލަ ޖައްސަން ވިސްނާއިރު ފުރަތަމަ ތިގޭ ފައުންޑޭޝަން ރަގަޅު ކޮށްބަލަ.

The name is already taken The name is available. Register?

ނުބަލާނެ

16 February 2019

އަހަރެމެން އަދިވެސް މިތިބީ ޖެހިގެންހުރި ގެ 10ބުރިއަށް ނެގީމަ ކޮޓަރީގަ ރެނދުލައިގެން ބިންގަނޑު ގުނޑިގެން އިމާރަތް ވެއްޓުނުގޮތަށް ނެހެދިފަ. 7ކުދިންނާއެކު އެކިތަންތާގައި ގަނަތެޅެނީ. ސަރުކާރުން ބަދަލުދޭން އެންގި. އެކަމަކު އެކަން އަނބުރާލާފަ ބަދަލުނުދޭގޮތަށް. ކާކު ކައިރިއަށް ޝަކުވާހުށަހަޅާނީ. ދަރިންނަށް ކާންބޯންލާރިނުހޯދާ ކޯޓްތަކަށް ދުވިއަކަސް ވީކަމެއްނެތް.

The name is already taken The name is available. Register?

އެހެންމީހުން

16 February 2019

ޖެހިގެން ހުރި ގެ ހެދުން ބޮޑު ބިރަކަށް އެވަނީ އެއީ މާލެ ސިޓީ ކައުންސިލް ގެ މޭންޑޭޓްގެ ތެރެއަށް މާލޭގައި އިމާރާތް ކުރާ ތަންތަނަށް ހުއްދަ ދޭން އޮތުމުންނޭ މާލެ ސިޓީ ކައުންސިލް އަދި އައްޑޫ ސިޓީ ކައުންސިލް ވެސް އެއީ ސްޓޭޓަސް އެއްގެ ބޭނުމުގައި ވަޒީފާ އަދާ ކުރާ ތަންތަނޭ ހަމަ އެގޮތަށް ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް ވެސް އެއީ ސްޓޭޓަސް އެއްގެ ބޭނުމުގައި ވަޒީފާ އަދާ ކުރާ ތަންތަނޭ އެއްގޮތަކަށް ވެސް ނަތީޖާ އެއް ނެރެދޭން ނޫޅެއޭ ރައީސް އޮފީހުން އަބަދުވެސް

The name is already taken The name is available. Register?

23 އިމާރާތް އެޅި މީހަކު

16 February 2019

7 ބުރި ގޭގެ ފައުންޑޭޝަން އެޅިފައި ތިހުރީ ގްރައުންޑް ލެވެލް އިން ފެށިގެން 750މމ ތިރީގަ. ހުންނަން ޖެހޭނީ އެންމެ ތިލަކޮށްވެސް 1800މމ ގައި. އަދި ރާފްޓު މަތިން ބީމް ނެތްކަން ވެސް ފާހަގަ ކުރަން. ބިން ހެލުމެތް ނޫން ހުރިހާ ކަމެއްވެސް ވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454