މިނިސްޓަރު މަހްލޫފް "މިހާރު" އަށް އިންޓަވިއު ދެއްވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރުމަހްލ
14 ފެބުރުއަރީ 2019 - 18:21
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ހިޔާނާތުގެ ފައިސާ ވަން ސްކޯސް އޮފް ފްލެެއާ (އެސްއޯއެފް) ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާ ގުޅިގެން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފާއި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އަންގަވައިފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަފްސީލީ ރިޕޯޓު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިއަދު އާންމުކުރިއިރު، މަހުލޫފާއި އަކްރަމްގެ އެކައުންޓަށް ވެސް ފައިސާ ވަދެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ. އެގޮތުން މަހްލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ވަދެފައިވާ ކަމަށް އެ ރިޕޯޓުގައި ވެ އެވެ. އަކްރަމްގެ އެކައުންޓަށް ޖަމާވެފައި ވަނީ 30،000 ޑޮލަރު ކަމަށް ރިޕޯޓުގައި ބުނެ އެވެ.
އެނގިފައިވާ ގޮތުގައި، މަހްލޫފާއި އަކްރަމް ގޭގައި މަޑުކުރައްވަން ރައީސް އެންގެވީ މައްސަލަ ތަހުގީގުކޮށް ނިމެންދެނެވެ.
Alhuganduge account ah jamaakoffaivaa $33000 ge massala balaa vakigotheh nimendhen alhugandu geyga madukuran angaifi. Raeesuljumhooriyya @ibusolih minimmevun alhugandu ihthiraamkuran.
— Ahmed Mahloof (@AhmedMahloof) February 14, 2019
މަހްލޫފު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އޭނާގެ އެކައުންޓަށް ވަން ފައިސާގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ގޭގައި މަޑުކުރައްވަން ރައީސް އަންގަވައިފި ކަމަށެވެ.
މަހްލޫފް ވިދާޅުވީ ރައީސްގެ އެ ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށެވެ.
މަހްލޫފް ކުރިން ވިދާޅުވެފައި ވަނީ އެސްއޯއެފްއާ އެކު ހިންގާފައިވަނީ ސައްހަ މުއާމަލާތެއް ކަމަށާއި އެކަމުގައި އެއްވެސް މައްސަލައެއް އުޅޭ ނަމަ، އިސްތިއުފާ ދެއްވާނެ ކަމަށެވެ.
މަހްލޫފް ވިދާޅުވެފައިވާ ގޮތުގައި އެސްއޯއެފުން ޖަމާކުރި ފައިސާ އަކީ އޭނާގެ އާއިލާއިން ހިންގި ފިހާރައަކަށް ޑޮލަރު ހޯދުމަށްޓަކައި އޭނާގެ ކޮއްކޮ އަކު މެދުވެރިވެގެން، ނަގުދު ފައިސާ ދީގެން އެސްއޯއެފް އަތުން ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެކެވެ. އަދި އެކަމުގެ މުއާމަލާތް ހިންގިއިރު ބަދަލުކުރި ލިޔުންތައް ވެސް އޭނާ ވަނީ އޭސީސީއާ ހިއްސާކޮށްފަ އެވެ.
އެ ރިޕޯޓުގައި މަހްލޫފްގެ އެކައުންޓަށް ފައިިސާ ޖަމާވި ކަމަށް އޮތުމުން ގިނަ ބައެއްގެ ފާޑު ކިޔުން އޭނާއަށް ވަނީ އަމާޒުވެފަ އެވެ.
މަހްލޫފާއި އަކްރަމް މިވަގުތަށް ގޭގައި މަޑުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެންގެވިއިރު، ކޮރަޕްޝަނާ ގުޅޭ ކަންކަމުގައި މި ސަރުކާރުން ގެންގުޅޭނީ ޒީރޯ ޓޮލެރަންސް ކަމަށް އެމަނިކުފާނު ވަނީ މި ހަފުތާގައި ވިދާޅުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ އަހުމަދު
16 February 2019
މަހުލޫފަށް ޑޮލަރު ލިބުމުގެ ކުރިން އޭނަ އެސްއޯއެފް އަށް އެ ޑޮލަރަށްވާ ރުފިޔާ ދީފައިވާ ކަމުގެ ލިޔެކިޔުން ހުރިކަމުގައި ވާނަމަ ތީގަ މައްސަލައެއް ނެތް.
ނެޝަނަލިސްޓް
15 February 2019
ރީތި ނަމޫނާ އެއް!
ޙަބީބު
15 February 2019
މީގަ މަހުލޫފުގެ ކުށެއްނެތް ޑޮލަރުމާރުކުރުމާ ފައިސާލިބިގަތުމަކީ ކޮންމެމީހެއްގެވެސް ހައްގެއް
ރޭނާ ޑި ފެއުދޫ ބިން މޫނިމާ
15 February 2019
އެއީ ޑޮލަރު މާރު ކުރާ ކުންފުންޏެއްތަ؟ އެކަމުގެ ހުއްދަ ދީފަވާ ކުންފުންޏެއްތަ؟ ޑޮލަރު ގަނެ ވިއްކުމުގެ ލައިސަންސް ނެއް ކުންފުންޏަކާ ޑޮލަރުގެ މުއާމަލާތެއް ކުރުމަކީ ގާނޫނީ ކުށެކެވެ. އެއީ ކަޅު ބާޒާރު ނުވަތަ ބުލެކު މާރކެޓު
ބެއްޔާ123
15 February 2019
އެހެންވީއިރުން ޑޮލަރުން މުސާރަ ލިބޭ ރިސޯޓް މުވައްޒަފުން އަތުން ޑޮލަރު ގަތުމަކީވެސް ވާނީ ކުށަކަށް ދޯ؟ އެމީހުން އަތުގައިވެސް މަނީ އެކްސްޗޭންޖަރ ލައިސަންސެއް ނޯންނާނެ
ޙެޔޮއެދޭ
15 February 2019
މަހޭ އިސްތިއުފާ
ރޭނާ ޑި ފެއުދޫ ބިން މޫނިމާ
15 February 2019
މަހޭ ނެތިދާނޭ
އަބްދުއްالله
15 February 2019
މާ އަވަހަށް މީސް މީހުނަށް ސާބަސް ނުދީ. އިހުޒަމާނުގަ، މާފަންނުން މިސްކިތެއް އަންދާލާފަ އައިމީހާވެސް، ދެ ލޯ ބޮޑުކޮފަ ހައިރާންވެގެން ހުރެ، ފެނުނު ކޮންމެ މީހަކުކުރެން އެހި، "މިސްކިތެއް އަނދައިފިޔޭ އެބަ ކިޔާތަ؟" އޭރު އެހެން އެކަކަށްވެސް ނޭގެ މިސްކިތެއް އެނދިކަމެއް. ތިޔަތަނުން އެކަކުވެސް ތާހިރެއް ނުވާނެ.
ހަލާލް ބަކަރި
15 February 2019
"ހަމްސަބް ޗޯރުހޭ" ފިލްމުން ސައިޑް ރޯލެއްވަރުވެސް ނުލިބޭނޭ ފަދަ އެކަކު ތިޔާގައި އެބަހުރި ! މަހުލޫފަކީ މެމްބަރެއް ! އޭނާ ގަންނަން އުޅެފާނެ ! އެކަމަކު ކަމާލުއްދީން އަށް ފައިސާ ދީގެން ކޮންކަމެއް ބައޭ ކުރެވޭނީ ސުވާލު އުފެދޭ ! ކުރީގެ ސަރުކާރުން ރ. ޓީވީ ރޯކޮށްލާފަ އެތިކޮޅެއް ދިނީތަ ؟
ހިލަބެ
15 February 2019
ނޫނޭ ފައްކާއިނގޭ މިހާވަރުގެ ކަމެއް މިއޮތީ ހުރިހާވަގުން ހޯދާފަ އަދީބު ދޫކޮއްލާ އޭނާޔަށް ކުރާ އަނިޔާ އެއީ ހަމަ އަނިޔާ ސާބަހޭ އަހަރެމެންގެ ނަމޫނާ ރާސްޓަސް ސަރުކާރު
ވާލުސޮރު
15 February 2019
ތިޔަ ރިޕޯޓް ވައްތަރީ ނަމްރޫދު ރަސްގެފާނުގެ މަރުއްވައި ދިރުއްވުމާ.
ރަނގަޅެއްނު
15 February 2019
ކަލެއަށް އަސަރު ކުރިޔަސް ހިތް ދަތި ވިޔަސް ހަޖަމު ނުވިޔަސް ވަގުން އެހެރަ ދަނީ ފަޅާ އަރަމުން. ފާޚާނާގަ މަޑު ކޮށްލާ ދެން.
ތުއްތު
15 February 2019
މަޖިިލިސް އިންތިޚާބު ކުރިއަށް އޮތީމަ މާތް މީހަކަށް ހެދެން ކުރި ކަމެއް. ކޮބާ ހޯރަ އިބްރާހީމް؟ އެއީ ލައްކަ ގިނަ ފިލާވަޅު ލިބުނު ކަމެއް.
ގުބޭ
15 February 2019
އަވަހައް ބޭރުކުރޭ މިހާރުވެސް ޔޫތުމިނިސްޓުރީ ވެސް މުޅިންފަނނި އަރުވަމުން ތިދަނީ