ރާއްޖޭގެ މަސް ދޯނި އަތުލީ އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ވަރަށް އެތެރެއިން ކަމަށްވޭ.
15 ފެބުރުއަރީ 2019 - 21:39
އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ދިވެހި މަސް ދޯންޏެއް އިންޑިއާ ކޯސްޓް ގާޑުން ހިފަހައްޓައި އެ ގައުމުގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.
އެނގިފައިވާ ގޮތުގައި އެ މަސް ދޯނި އިންޑިއާ ކަނޑުގެ ސިފައިން އަތުލައިގަތީ ރާއްޖޭގެ އުތުރުން އިންޑިއާގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށެވެ. އެ ދޯނި އަދިވެސް އޮތީ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގަ އެވެ.
ދޯނީގެ ނަމެއް، އަދި އޭގައި މީހުން ތިބި އަދަދެއް ވެސް އަދި ނޭނގެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެކަން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ދޯނި ހިފަހައްޓައިފައި ވަނީ އިންޑިއާގެ ކަނޑުގެ ސަރަހައްދުގެ ވަރަށް އެތެރެއަށް ވަދެ އުޅެނިކޮށް ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވައިދާ ހިލާފަށް ވަދެ އުޅޭ ބޭރުގެ މަސް ބޯޓް ފަހަރު ވެސް ދިވެހި ސިފައިންގެ ބެލުމުގެ ދަށަށް މީގެ ކުރިން ގެނެސްފައިވެ އެވެ.
ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން މިހާރު އާއްމުކޮށް މަސްވެރިކަން ކުރަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ވެސް ވަރަށް ބޭރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދިވެހިމަސްކަނޑު
05 February 2024
ސަޅި އެމީހުނަށް ވަދެބެންޏާ އަހަރެމެންނަށްވެސް ވަދެވޭނެ! ޥިސްނުންތެރި ކަމާއެކު ބޯނުލަބާ ގުދުނުވެ ޕުރޮފެޟަނަލްކޮށް މިކަންތަށް ހައްލުކުރޭ!
އެކޮއި
07 May 2019
މަލިކަކީ ދިވެހިރާއް ޖޭގެ ބައެއް އެމީހުން ބޭނުންވަނީވެސް ދިވެހި ރާއްޖެއާ ގުޅެން
ހުކުރު ހަސަނު
07 August 2019
އަހަރުމެން މަލިކުމީހާ ބެޅުންނުވާޅެތިބާމެންގެ މާޅަދީބު ގުޅޭކަން ސާފުވެއްޖެތޯ
މުގޮށިހަމީދާ
16 February 2019
މަލިކަކީ ރާއްޖޭގެ ރަށެއްނަމަ: މަލިކުގައި ހޮސްޕިޓަލެއް ނުހުންނާނެ، މަލިކުމީހުން ޑޮކްޓަރަށް ދައްކަން ދާންޖެހޭނީ ކަންނެލި އޮޑީގަ މާލެ، މަލިކުގެ އާބާދީގެ 90 ޕަސެންޓު އުޅޭނީ މާލޭމީހުނަށް ކުލިދައްކައިގެން، މަލިކު ބަސް ސްކޫލުތަކުގަ ނުކިޔަވަދޭނެ، އެބަސް ވާނީ "ބަހުރުވަޔަކަށް"، މަލިކުގައި ރިސޯޓު ހުޅުވަން ވައުދުވާތާ 30 އަހަރު ވެދާނެ، އެކަމަކު ހުޅުވޭނީ 2050 ގައި، މަލިކުގައި އޮންނާނީ މަލިކު ފެނަކަ ބުރާންޗުގެ ދެތިން ވަޒީފާ،......
ނޫސް ބަލާމީހާ
16 February 2019
މިފަހަކަށް އައިސް ދިވެހިން ކުރާކަމެއް. މަލިކާ ވީ ފަރާތުން އިންޑިޔާއަށް ކިޔާ ސަރަހައްދަށްވަދެ މަސްވެރިކަން ކުރުން . ވަރަށް ފޮނިވެސް ކަނޑާ އެކަން ކޮށްފައި އައިސް. ޥަރަށް ގިނައިން މަސްވެރިންނަށް ނަސޭހަތްދެން އެގޮތަށް ނޫޅެން. ދިވެހި ސަރހައްދުން މަސްވެރިކަން ކުރާމިހުން އަތުލާ ފަދައިން އެމީހުންވެސް އަމަލުކުރާނޭ. ތިކަން ނުކރާށޭބުނެ. މިއޮތީ އެއްބޮނޑި ލިބިފައި.
އަލީގެ މަލީ
16 February 2019
ތިޔަ ފަށަނި ކުޅިގަނޑު ދެން ތިބޭ އަތް ޖަަހަން މީހުސް އިންޑިއާ ކަނޑަށްވެ ދިވެހިން އަޅު ވެތި ވުމުގެ ފެށުން ތީ
އަބްދުއްالله
16 February 2019
ހޫނ. މިހާރު މިއޮތް ސަރިކާރަކީ އެވެރިންގެ އަޅުން. އެހެންވީމަ، މާކަނޑުގައިވެސް ދިވެހިންނަށް ދުއްތުރާ ކުރަން ފެށީދޯ؟ އެމީހުންގެ އަމިއްލަ، މާލްދީވް ކާ ކޭނދްރް ޝާސިޓް ޕްރަދޭޝް मालदीव का केंद्र शासित प्रदेश
އެޖެންޑާ 19
16 February 2019
އެޖެންޑާ 19 ގެ ދަށުން އަދި އިތުރު 19 ރާޑަރު ބަހައްޓާ..... ޢޭރުން ފަސޭހައިން ވެންމަސް ވެނަށް ކާންދޭހެން އަތުލާނެ..
ހައްޤުބަސް.
16 February 2019
މިއީ އެކުވެރިން އަވައްޓެރިން މުހިންމުވާ ސަބަބު.. ޔާމީނުވެރިކަން ނަމަ ތި މީސްކޮޅުވެސް ދޯނިވެސް ނުލިބުނީސް.. ޔަޤީންތަ ތީ އަނެއްކާ މަސްވެރިކަމުގަ އިންޑިޔާއަށް ދިޔަބައެއްތަ ނޫނީ އެހެން ޑީލެއްގަ އުޅެނިކޮށް އަތުލައިގަތް ބައެއްތަ؟ ޖީޕީއެސް ފަދަ ވަޟީލަތްތައް ހުންނަ ޒަމާނެއްތަ އޮޅިގެން އެހެން ޤައުމެއްގެ ޓެރިޓަރީއަށް ވަދެވިދާނެބާ އިމަޖެންސީ ހާލަތެއް ދިމާވެގެން ނޫނީ ޤުދުރަތީކާރިސާއެއްގެ ސަބަބުން ނޫންގޮތަކަށް
އޮރެންޖް
16 February 2019
އަންނި ވިދާޅުވި މުހައްމަދު ތަކުރުފާނުވެސް ހަނގުރާމަ ކުރެއްވީ އަސްލުޕޯޗުގީޒުންނަކާ ނޫނޭ، ޕައިރޭޓުންގެ އެހެންކަމުން ދިވެހި ބޯޓެއް ހިފެހެއްޓީ ވެސް ޕައިރޭޓުންގެ ބައެއްބާ؟
ޢަޝްރަފް
15 February 2019
މަލިކު ސަރަޙައްދަކީ ހަޤީޤަތުގައި ދިވެހިރާއްޖޭގެ ސަރޙައްދެއް އިންޑިޔާއިން ފޭރިގަނެގެން އުޅެނީ
ހައްޤުބަސް.
15 February 2019
އެއްވެސް ލިޔެކިއުމަކުން ތާރީހަކުން ތިކަން އެނގޭކަށް ނެތް.. އެނގެން އޮތީ އަބަދުވެސް ދިވެހިން ގޮސްއުޅޭ ގާތބައެއްކަން މަލިކަކީ.. އެމީހުންގެ އަމިއްލަ ނިންމުމެއް އިންޑިއާއާ ގުޅުން އެއީ.. ތާރީހު އޮޅުވާލަން މިހާރަކަށް އައިސް ބަޔަކު ހާއްސަކޮށް ދެކުނުގެ މީހުން ކިޔާއެއްޗެއް ތިޔައީ
.އަލީ
16 February 2019
އެމީހުން ވާހަކަ ދައްކަނީ ދިވެހިން
ޖާހިލިއްޔަތު
16 February 2019
ހިތާމަޔާއެކު މިދަނޑިވަޅުގައި ފާހަގަކޮށްލަން 2006އަހަރު ސަރުކާރުގެ ފަރުވާކުޑަކަމުން ރާއްޖޭގެ ދެކުނުން ގެއްލިގެންދިޔަ (އިންޓަރނޭޝަނަލް ލޯއިން) ހައްގުމިންވަރު، ހަގީގަތުގައި އެއީ ވަރަށް ބޮޑު ސަރަހަށްދެއް.
މަލިކުމުކުރުއަލީގެކާފަދަރި
16 February 2019
ހައްގުބަހާއެވެ، މަލިކުމީހުން އިންޑިއާއާ ބައިވެރިވާނަންތޯ ވޯޓެއް ނެގިއިރު އިގިރޭސިން ދިވެހިރާއްޖެއަށް މިނިވަންކަމެއް ނުދޭ. އެމީހުންނަށް އޮތީ ދެގޮތް. އިގިރޭސިންގެ ދަށަށް އަލުން ދިއުން ނުވަތަ އިންޑިއާގެ ދަށަށް ދިއުން. ދެން ސުވާލަކީ އިންޑިއާއަށް އެ ވޯޓު ނެގުމުގެ ހައްގެއް އޮތްތޯ. ނެތް ސަބަބަކީ އިގިރޭސިން މަލިކު ބެލީ ސަވަރިން ތަނެއްގެ ގޮތުގައި. ވޯޓު ނެގުމުގައި އިންޑިއާއިން އޮޅުވާނުލާކަމުގެ އެއްވެސް ހެއްކެތް އެބައޮތްބާ؟
އަލީގެ މަލީ
16 February 2019
ނާސިރު ދައުރުގަ ވިއްކާލާފަ އޮތް ކަމުގެ ހެކިތަކެއް ފެނިގެން އުޅުނު ހަބަރެއް އަޑު އެހިން
ކިޔު5
16 February 2019
ހައްގުބަހޭ ކިޔާ ކޮންމެމީހަކީ ތާރީޚު އެނގޭމީހެއްނޫން.
ދެކުނުފުތާ
16 February 2019
ދެކުނޭ މެކުނޭ ނުކިޔާށެވެ. ކިޔާނެ އެއްޗެއްކިޔާނަމެވެ. ނުބެހެވޭނެއެވެ.
ހައްޤުބަސް.
16 February 2019
ތާރީހޭ ކިޔައިގެން ހަޅޭ ފަޅޭ ނުޖަހާ ބެޓުކޮށްފަ މިބުނީ ތިޔަ ބުނާ ތާރީހީ އެންމެ ލިންކަމުންވެސް ނޫނީ ތާރީހުގެ އެންމެ ސަފުހާއަކުންވެސް ދައްކަބަލަ މަލިކަކީ އެއްވެސް އިރެއްގަ ރާއްޖޭގެ ތަނެއްކަން؟ ދިވެހި ބަހުން ވާހަކަދެއްވިޔަސް އަދި ނުވާނެ.. ތިޔަހެންވިއްޔާ އެމެރިކާއަކީ އިނގެރޭސިވިލާތުގެ އެއްބައިތާ އެމީހުންވާހަކަ ދައްޖަނީ އިނގެރޭސިބަހުން. ސުޕޭނުބަހުން ވާހަކަ ދައްކާ ކޮނެމެ ޤައުމެއް އެއީ ސުޕޭނުގެ އެއްބައިކަމަށް ތޯ ވާނި؟ ނުހޭރި ހަމަ ހޭގަ ތިބެގެން
ދެކުނު
16 February 2019
ހައްގުބަހުގެ ނަމަގަ ކޮމެންޓްކުރާ ބޭފުޅާއަށް، ރާއްޖޭގެ ތަނަކަށް މަލިކު އޮތްކަމަށް އޮތް ލިޔުމެއް އޮތްތޯ ދައްކާށޭ ބުނާތީ އަހާލަން، މިވަގުތު އެތަން އޮތީ އިންޑިއާގެ ދަށުގައޭ. އެހެން ނަމަވެސް މަލިކަކީ އިންޑިއާގެ ތަނެއްކަން ޕްރޫވް ކުރެވޭނެ ލިޔުމެއް އަހަރުމެންނަށް ދައްކާށޭ. އަމިއްލަ އަތުން ލިޔެގެން ނަމަވެސް.
ޕީއެމް.
15 February 2019
ސްޓޭޓް ބޯޑާ ހުރަސް ކުރެވޭނެ ހުއްދަނެތި. ތިއީ މައްސަލައެއް ނޫން. ތިވާނީ އިންޑިޔާ ކޯސްޓްގާޑަށް އަދި ފަހުގެ އިންޑިޔާ އީޒޭޑް ޗާޓް ނުލިބެނީކަމަށް.
ޙަކަ
16 February 2019
މަސްވެރިކަމެއް ނުކުރެވޭނެ ހުރަސް ކުރިޔަސް
ޢަލއ
16 February 2019
އެއީ ރޭވިގެން ހިނގިކަމެއް އިންޑިއާގެ ހެޔޮކަން ދައްކަންވެގެން، މިހާރު އުފެދިގެންއުޅޭ ނުތަނަވަސްކަން ފިލުވައި އިންޑިއާއަކީ ކިހާ ހެޔޮ ބައެއްހެ މީހުންގެ ދުލުން ކިޔުއްވަންކުރިކަމެއް، މިއިން ދުވަހަކުވެސް ރައްޖޭގެ ބަޔަކު އިންޑިއާ ސަރަހައްދަން ވަދެގެން ހިފަހައްޓާފައެްނުވޭ. އަންޒަމާނަށް ދާއިރުވެސް ދުވަހަކު އެއިން އުޅަނދެއް އިންޑިޔާއަކަށް ނުފެނޭ. މިފަހަރު މަލިކުކައިރިން ހިފހެއްޓީ ތީ ރޭވިގެން ހިންގި ޖަރީމާއެ.