އާޒިމާ: އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލައި، ދައުލަތުން މިއަދު ވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައި --ފޮޓޯ/މިހާރު
17 ފެބުރުއަރީ 2019 - 16:42
މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކޮށް، ދައުލަތުން މިއަދު ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލައި، ކްރިމިނަލް ކޯޓަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
މ. އާސްތާނާ، ޢާއިޝަތު ޢާޒިމާ ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރކުރުމަށް މަގުފަހިކޮށްދިނުމުގެ ދަޢުވާއާއި، ރަސްމީ އިދާރާއަކަށް ދޮގުމަޢުލޫމާތު ދިނުމުގެ ދަޢުވާ އުފުލައި، ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅައިފިން
— PGOMV (@PGO_MV) February 17, 2019
ޕީޖީ އޮފީހުން ކުރި ޓްވީޓް
ކުރީގެ ސަރުކާރުގައި ލީގަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި އާޒިމާގެ މައްޗަށް ދަައުވާ ކުރަން ފޮނުވިއިރު، އެ މައްސަލާގެ ތުހުމަތުގައި މިދިޔަ މަހު އާޒިމާ ފުލުސް އޮފީހަށް ވެސް ހާޒިރުކުރި އެވެ.
އާޒިމާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ދައުލަތުން މިދިޔަ ހަފުތާގައި ވަނީ އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އެ މައްސަލާގެ ތުހުމަތުގައި ޔާމީން ވެސް ކުރިން ފުލުސް އޮފީހަށް ހާޒިރުކުރި އެވެ. ކުރިން ޔާމީންގެ ވަކީލެއްގެ ގޮތުގައި އާޒިމާ މަސައްކަތް ކުރެއްވި އެވެ.
ޔާމީންގެ މައްޗަށް ކުރާ ތުހުމަތާ ގުޅިގެން އެމަނިކުފާނުގެ ބޭންކް އެކައުންޓް ފުލުހުން އެދިގެން ވަނީ ފްރީޒްކޮށްފަ އެވެ. އެކައުންޓްތައް ފްރީޒްކުރި މައްސަލަ އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އޮތީ އިސްތިއުނާފްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލަތު
18 February 2019
7 ފެބްރުއަރީ 2012 އިން ފެށިގެން މިޤައުމުގައި ޔާމީން ހިންގި ހުރިހާ ނޭއްގާނީ ކަމެއްގައި ޤާނޫނީ ކުލަ ޖައްސައި ޤައުމު އަނދަވަޅަށް ވައްޓާލީ މި އަންހެނާއެވެ.
ލަމިން
18 February 2019
ދައުލތުގ ޤާނޫނީ ނިޒާމު ހަލާކުވުމަށް މގުފހިވި ލަފާ އެރުވި ފަރާތެއް. ޙައްޤު އަދަބު ދޭންޖެހޭ
ސައީދު ޢަބޫބަކުރު
18 February 2019
ބަލަ ތީގޮތެއްނޫން އެހެންމީހުންވެސް މައްސަލަ ނިމެންދެންބޭތިއްބީޖަލުގަ ހެކިނައްތާލަފަނެތީ މީނަވެސް ބާއްވަންޖެހޭ ޖަލުގަ މައްސަލަ ނިމެންދެން
އަޙުމަދު.
18 February 2019
މާބޮޑަށް ދަންނަ ޤާނޫނީ ވަކީލަކަށް ހެދިގެން ތިމާމީހާދިން ލަފާގެމަތިން ކުރި ހުރިހާކަމެއް މިއަދު ތިއޮތީ އަތަށް ގޮވާފަ. އޭރުވެސް ކަނޑައެޅިގެން ކަންކަން ކުރަމުން ގެންދިޔައީ ހެދިފަހުރި ޤާނޫނުތަކާ ޤަވާއިދު ތަކާޚިލާފަށް، ތިމާވަރުގެ މީހަކު ނެއްކަމަށް ހެދިގެން މުޅިދައުލަތް ޚާރާބު ކުރުމުގެ ޒިންމާ ކަމަނާވެސް އުފުލަންޖެހޭނެ، ދެންވެސް ކޯތުގައި ބުނޭ ވޮއިޑްއެބް އިނިޝިއޯއޭ. ރާކަނިމަސް ކެވިފަ ހުންނާނީ.
ޢަލަމާ
07 June 2019
ޢަތަށް ގޮވަނީ ސަރުކާރު ބަދަލުވީމަ، އެހެންނޫނީ އޯކޭ
ގަޔައްބާރު
18 February 2019
ހާދަ ގަޔައް ދޫ ހެދުމެކެޔޭ, ކުރިންހެން ގަޔައް ވަދެފަ ހުންނަ ފިޓު އެހެން މީހުންގެ ލޯބި ލިބެޭ ހެދުމެއް ލުމެކޭ ނުލުމެކޭ އެއްވަރުގެ ހެދުން ތައް އަބަދު ލާ އިރު އެޭގެ އެއްޗެއް ވައްޓާލާތި އޯކޭ,
ޒީރޯ ޓޮލަރަންސް
18 February 2019
ބިޝާމްމެން ފަދަ ދެ އިރު ދެ ދަޅައަށް އެނބުރޭ ވަހުތާން ގޮވައިގެން ކިހިނެއްތޯ އިންސާފުގެ މަގަށް ރުޖޫއަވާނީ؟ މުޅި ޕީޖީ އޮފީސް ސިޔާސީކޮށް އަމިއްލަ ފާއިދާ ނުހައްގުން އެތައް ބައެއްގެ މައްޗަށް ދައުވާ އުފުލި މީހެއް ބިޝާމް އަކީ. ޒިރޯ ޓޮލަރެންސްގެ ދަށުން ބިޝާމްވެސް ވަކިކުރަންޖެހޭ. ހަމަ ބޮޑު ކޮރަޕްޓް ހާއްޔެއް.
ޑރ. ރާމީ ހަސަން
18 February 2019
ދިވެހި ބަހުގެ ރަދީފު ގައި ނުވެސް ނެތް މީނާ ސިފަކުރަން އަޅުގަނޑު ބޭނުން ކުރަން ބޭނުންވާ ބަހެއް.
އަޙުމަދު.
18 February 2019
ފުންނާބު އުސް ޤާނޫނީ ވަކީލަކަށް ހެދިގެން އުޅުނަސް މިއަދު ތިހުރީ ރާކަނި މަސްކެވިފަ. ވޮއިޑް އެބްއިނިޝިއޯ.
ކޮޅުދާލި
17 February 2019
ބިޝާމް ބޭރު ނުކޮށް މަޖިލިސް ވޯޓު ހޯދަން ނާންނާތި އެކަކުވެސް މައިންމެން ގާތަށް
އަޙުމަދު.
18 February 2019
ތިކަންވެސް އަދިކުރާނެ. ކެއްކުރޭ. ބިސާމް ހިނގިޖަރީމާތަށްވެސް އަދި އޭނަޔާ ބައްދަލް ކުރާނެ. ޝައްކެއްވެސްނެއް.
ކާފޫރު
17 February 2019
ރައީސް ސޯލިހް..ކޮބާހޭ އިންސާފުގެ ވައުދު..ރައްޔިތުން މިތިބީ ވަރަށް ގާތުން ބަލަން..އެހުރީ ޖަރީމާގެ އެއްބައިވެރިޔާ ދައުވާ އުފުލާލަ އުފުލާލަ ހެވިފަ..ކީއްވެ ބިޝާމް ވަކިނުކުރެވިގެން އުޅެނީ..ބިޝާމް ބޭރުކުރޭ