އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް--ފޮޓޯ:މިހާރު
18 ފެބުރުއަރީ 2019 - 12:01
ޖީއެމްއާރާ އެކު އާ ސަަރުކާރުން މަޝްވަރާތަކެއް ކުރާ ކަމަށް ދެކެވޭ ވާހަކަތައް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ދޮގުކުރައްވައިފި އެވެ.
އެކަމަކު ފައްޔާޒު ވިދާޅުވީ ބޭރުގެ އެހެން ކުންފުނިތަކެކޭ އެއްގޮތަށް ޖީއެމްއާރަށް ވެސް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.
އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތް އާ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ޖީއެމްއާރުގެ އިސް ވެރިންތަކެއް ރާއްޖެ އައިސް ސަރުކާރުގެ ބައެއް އޮފިޝަލުންނާ އެކު ބައްދަލުވުންތަކެއް ބޭއްވި ކަމަށް ބައެއް މީހުން ވާހަކަ ދެއްކިޔަސް، ފައްޔާޒު ވިދާޅުވީ އެފަދަ އެއްވެސް މަޝްވަރާއެއް މިހާތަނަށް ޖީއެމްއާރާ އެކު ކޮށްފައި ނުވާނެ ކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް ހިންގުން 25 އަހަރަށް ޖީއެމްއާރަށް ދިނުމުން ސިޔާސީ ވަރަށް ބޮޑު ހަމަނުޖެހުމެއް ރާއްޖޭގައި ހިނގި އެވެ. އަދި ނަޝީދުގެ ވެރިކަން ބަދަވުމާ އެކު ވެރިކަމާ ހަވާލުވަޑައިގެންނެވި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ވަނީ ޖީއެމްއާރާ އެކު ހެދި އެއްބަސްވުން އުވާލައި، ޖީއެމްއާރު އަތުން އެއާޕޯޓް ނަގައިފަ އެވެ.
އޭގެ ބަދަލެއްގެ ގޮތުން 217 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ) ދޭން ޖެހޭ ކަމަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމުމުން، އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަގުތުން އެ ފައިސާ ދެއްކި އެވެ.
ފައްޔާޒު ވިދާޅުވީ ޖީއެމްއާރުގެ ސަބަބުން ރާއްޖެއަށް ބޮޑު ގެއްލުމަކާ ކުރިމަތިވީ އޭރުގެ ސަރުކާރުން އަމަލު ކުރި ގޮތުން ކަމަށެވެ.
ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށް ފަހު، ސަރުކާރު ކުންފުނި އެމްއޭސީއެލް އިން އަލުން އެއާޕޯޓާ ހަވާލުވެ، މިހާރު ގެންދަނީ ވަރަށް ބޮޑެތި ތަރައްގީތައް ގެންނަމުންނެވެ. އަދި އެމްއޭސީއެލް އަށް ޗައިނާ އާއި މެދުއިރުމަތީގެ ބޭންކްތަކުން ބޮޑެތި ލޯނުތައް ދީފައިވެ އެވެ. އެ ލޯނުތައް ދައްކަމުން ވެސް އެމްއޭސީއެލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް، އެމްއޭސީއެލުން ބުނެ އެވެ.
ޖީއެމްއާރާ އެއާޕޯޓް ހަވާލުކުރި އިރު އޭރު 45 އަހަރު ވީ ރަންވޭގެ ބަދަލުގައި އާ ރަންވޭއެއް ހަދާކަށް އެއްބަސްވުމަކު ނެތެވެ. އެކަމަކު އަޅަން ޖެހޭ އާ ޓާމިނަލްގެ މަސައްކަތް 2012 ގައި، އެގްރިމެންޓް ބާތިލްކުރި އިރު އޮތީ ފަށައިފަ އެވެ. އަދި އެގްރިމެންޓް ކެންސަލްކުރަން އުޅުނު ދުވަސްވަރު، 150 މިލިއަން ޑޮލަރު ހޭދަކޮށްގެން އާ ރަންވޭއެއް ވެސް ހަދައިދޭނެ ކަމަށް ޖީއެމްއާރުން އިއުލާންކުރި އެވެ.
ޔާމީންގެ ސަރުކާރުން މިހާރު ވަނީ އާ ރަންވޭއެއް ހަދައި ނިންމައިފަ އެވެ. އެއާޕޯޓްގެ ތަރައްގީއަށް އެ ސަރުކާރުން ފެށި މަޝްރޫއުތަކުގެ އަގު 1 ބިލިއަން ޑޮލަރަށް އަރަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައްކަވާހަކަ
18 February 2019
ނަމަނަމަ ޖީއެމްއާރަށް އަދި ހާއްސަކޮށް އިންޑިޔާއަށް ގައުމުގެ މުހިންމުތަންތަން ނުދޭތި.
ހަސަނ
18 February 2019
އިންޑިއާ ކިތަންމެ ގާތަސް އަހަރެމެން އެމީހުންނަށް ވިކިގެންނުވާނެ. އެކުވެރިކަމުގެ މާނައަކީ އަޅުވެތިވުމެއްނޫން.
މާސިޔާ
18 February 2019
ހޯ ހޯ! ވަރަށް ބާރަށް މިބުނީ. ރާއްޖެގެ އެއްވެސް އެއަރް ޕޯޓެއް ޖމރ ދީގެންނުވާނެ. މިހަށިގަނޑުގައި ހިނގަނީ ގައުމީލޭ.
ާާއަސްތާ
18 February 2019
ޖީމްްއާރް ގެ ލީގަ ކައުންސި ތިހެންބޫނީ މަ ގަބޫލެއް ނުކުރެވޭނެ!! ވަރައްވާހަކަ!!
އުދުހޭ
18 February 2019
އިބްރާހިމް މުޙައްމަދު ސޯލިޙްއަކީ ކިތަންމެ ހެޔޮލަފާ ވެރިއެއްނަމަވެސް މަޖިލީހުގެ މެޖޯރިޓީ ދީފިއްޔާ ގޯސްހެދުމުގެ ފުރުސަތު ވަރަށް ބޮޑު. މިސަރުކާރުގައި އިންޑިޔާ މާ ގާތްކޮށްގެން އުޅޭތީ އަޅުގަނޑު ކަންބޮޑުވޭ.
ފަނިއަޅާ
18 February 2019
ޖީއެމްއާރް އަނެއްކާ މިސަރުކާރުގެ ހަލާކަށްވާނީ.
އާޕް
18 February 2019
ފައްޔާޒު ކޮންމެހެން މުހައްމަދު ސަޢީދު ހެދޭނެ ކަމެއްނެތް. އެމްއޭސީއެލް ހިންގަން އެކުންފުނީގެ ބޯޑަށް ދޫކޮށްލާ. ކޮންމެހެން އެއާޕޯޓްލާގެން ސިޔާސީ ކުޅި ކުޅޭނެ ކަމެއްނެތް.
މެދުހެންވޭރު
18 February 2019
ކަނޑައެޅިގެން ބޮޑު ދޮގެއް! ޖީއެމް އާރު މީހުން ގޮވައިގެން އެއަރޕޯޓަށް މަނިކުފާނުގެ ސްޓޭޓް މިނިސްޓަރ އިއާދު ފޮނުވައިގެން އެތާގެ ހުރިހާ ކުރެހުމަކާ ލިޔެކިއުން ޖީއެމްއާރުގެ ކުރަހާމިހުނަށްދީ ނުހަދަންތޯ؟ އަދިވެސް ދޮގުހެދޭތޯބަލާ؟ ތިޔައުޅެނީ ރައީސް އިބޫސޯލިޙް ގެސަރުކާރުގައި ބިގް ކުންފުނި ކުރިއަރުވަންދޯ؟ ނަމަނަމަ ގޯސްނުހަދާތި؟ މަގޭގައުމާ މަގޭދީނާ މަގޭ އެއާރޕޯޓާ ނުކުޅޭތި!
ނުވިއްކާތިހަރުމުދާ
18 February 2019
ޖީއެމ އާަރު އަތުގަ އެއަރޕޯޓުއިތް ދުވަސްވަރު ކިޔަވާކުދިންނަށްވެސް ޑޮލަރުލިބުން ވ ދަތިވި ދުވަސްކޮޅެއްއެއީ
ރޯނުއެދުރު
18 February 2019
އެއަރޕޯޓް ޖީއެމްއާރައް ނުދޭތި މީވަރައްވާހަކަ
ވާހަކަ
19 February 2019
މާ ބޮޑަށް ނިދި އަންނާތީ މި އުޅެނީ... މީ ވަރަށް ވާހަަކަ