ކުރީގެ ރައީސް އަބްދުﷲ ޔާމީން: އެމަނިކުފާނުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިހާރު ވަނީ ފަށާފައި.---ފޮޓޯ: މިހާރު
18 ފެބުރުއަރީ 2019 - 15:30
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާ ރައީސް އަބްދުﷲ ޔާމީންގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާ ލޯންޑަކުރި މައްސަލައިގެ ޝަރީއަތް މިއަދު ފެށުމާ އެކު އެ މަނިކުފާނު ހައްޔަރު ކުރަން އުޅޭ ކަމަށް ޕީޕީއެމްގެ ބައެއް އިސް ބޭފުޅުން ވިދާޅުވެއްޖެ އެވެ.
ޔާމީން މިވަގުތު ހުންނެވީ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަ އެވެ.
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީން ޖަލަށް ލެވިދާނެ ކަމަށާއި ނަމަވެސް އެމަނިކުފާނު ގެންނެވި ތަރައްގީގެ ފިކުރެއް ޖަލަށް ނުލެވޭނެ ކަމަށެވެ.
ނިހާންގެ އިތުރުން ޕީޕީއެމްގެ އެހެން އިސް ބޭފުޅުން ވެސް ގެންދަވަނީ ޔާމީން ހައްޔަރު ކުރިޔަސް އެމަނިކުފާނުގެ ފިކުރު ނުފޮހެވޭނެ ކަމަށް ވިދާޅުވަމުންނެވެ.
"ރައީސް ޔާމީންގެ ތަރައްގީ ޖަލަކަށް ނުލެވޭނެ. ރައީސް ޔާމީންގެ ތަރައްގީ ޖަލަކަށް ނުލެވޭނެ،" ޔާމީންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ކުރެއްވި އާދަމް ޝަރީފް ފޭސްބުކްގައި ލިޔުއްވާފައި ވެ އެވެ.
ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ، މި ސަރުކާރުގެ ކުރިމަތީ ޔާމީން "ކުޑަކަކޫ ނުޖަހާނެ" ކަމަށެވެ.
"ޕީޕީއެމާއި ކޮންގްރެސް ގެ ލީޑާޝިޕް އެއްކޮށް ހައްޔަރު ކުރެވިދާނެ. އެކަމަކު ފަހުގެ ތާރީޚެއްގައި ރާއްޖެ ފަޚުރުވެރި ކުރުވި ތަރައްގީގެ ލީޑާ ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި ކުލުނު ހައްޔަރު ކުރެވިދާނެބާ؟" ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ޚަލީލްގެ ޓުވީޓުގައި ވެ އެވެ.
#RaeesYameen hayyaru kurevidhaane. #PPM #Congress ge leadership ekkoh hayyaru kurevidhaane. Ekamaku fahuge thaareekhga raajje fakhuruveri kuruvi tharaqqeeqe leaderah rayyithuge hithuga oi loibaa kulunu hayyaru kureveyneba? Mi sarukaaruge kurimathee RY kudakakoo nujahaane!
— Dr. Abdulla Khaleel (@abkhaleel) February 18, 2019
ހަލީލް ކުރެއްވި ޓްވީޓް---
އޭނާ ވިދާޅުވި ގޮތުގައި އަންނަ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި މި ސަރުކާރު ބޮޑުތަކުން ބަލިކުރާނެ އެވެ.
ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑެރިންގެ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ. ޔާމީން ވިދާޅުވެފައިވާ ގޮތުގައި ސުވާލު އުފެދިފައި ވިޔަސް އިސްލާމިކް ބޭންކަށް ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ ފައިސާ އެވެ.
ޔާމީނަށް ތުހުމަތުކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކުގައި އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ވެސް ފުލުހުން ވަނީ ފްރީޒްކޮށްފަ އެވެ. އެ މައްސަލަ ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޕަކަޕަކާރ
19 February 2019
ފިކުރު ފުހެވޭނީ އަތްބުރިކުރީމަ
ބުން
18 February 2019
ފިކުރު ފޮހެގެންނުވާނެ. އެއީ ސީދާ ހެކި. ހެކިނައްތައިފިނަމަ ޔާމީން ސަލާމަތްވީ.
ހަކީމް
18 February 2019
ފިކުރެއް ނުފޮހެވޭނެ .. އެއީ ވަގުންގެ ފިކުރު.
ކިޔުންތެރި
18 February 2019
ވައްކަމުގެފިކުރުތަ؟ ކަރޮޕްޝަންގެފިކުރުތަ؟ ރިސްވަތުގެފިކުރުތަ؟ އަނިޔާގެފިކުރުތަ؟ މަކަރާއިހީލަތުގެފިކުރުތަ؟ ބަގާވާތުގެފިކުރުތަ؟
ފޫހި
18 February 2019
ކޮންފިކުރެއްތަ? ސީދާ އަބުދުއްރަޙީމަށް އެނގޭނެ ޔާމީނަކީ ކާކުކަން. ﷲ މޮޅަށް ދެނެވިޑިގެންވޭ.
ހުއްބުލް ގަލަން
18 February 2019
ނުބައި ނުލަފާކަން އެއީ ފިކުރެއްނަމަ އެފިކުރެއް ނުފޮހެވޭނެ.
ހަކޮށި
18 February 2019
ޔާމީނުގެ ފިކުރެއް ނެތޭ މިރާއްޖެއަކު ބޮޑުޚާއިނެއް
ހަނުހުންނަ މީހާ
18 February 2019
ނުފޮހެވޭނީ ވައްކަމުގެ ފިކުރުތޯ.
މަސީ
18 February 2019
އަމުދަކުން ފިކުރެއް ފުހޭކަށް ނޫޅޭ. އުޅެނީ އެމްއެމްޕީއާރްސީ ގެ ޚިޔާނާތް ތަޙްޤީޤް ކުރަން.
އަނގޮޅިތީމު
18 February 2019
މާތް ﷲ އަށް ހަމްދުކުރަން. މި ގައުމުގެ ޔާމީނު ޖަލަށް ލެވުނީތީ. އިންސާނިއްޔަތު ކަމެއް ނެތް މީހެއް އެއީ. ދިވެހި އުއްމަތް ދުއް އެންމެ އަނިޔާވެރި، ޔާމީން