ސިމެންތި ބަސްތާއް ވެއްޓުމުގެ ކުޑަ އިރުކޮޅެއް ކުރިން ޖިއާން ޕޭވްމަންޓު މަތިން ހިނގާފައި ދަނީ
18 ފެބުރުއަރީ 2019 - 22:47
ސިމެންތި ބަސްތާއިން ޖެހިގެން ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް މަރުވި ރައުޝަން ޖިއާންގެ މަރުގެ މައްސަލަ މިހާރު އޮތީ ޑިއުޓީ ޕްރޮސެކިއުޝަންގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލަދޭޝަށް އުފަން ރައުޝަން، 7، މަރުވީ މިދިޔަ ޑިސެމްބަރު 17 ވަނަ ދުވަހެވެ. އެއާއެކު އެ މައްސަލަ ތަހުގީގުކުރުމަށް ފަހު އެކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ ލަފާ ހޯދަން މީގެ ދެ ހަފްތާ ކުރިން ވަނީ ފޮނުވައިފަ އެވެ.
ޑިއުޓީ ޕްރޮސެކިއުޝަން އަކީ މައްސަލަ ޕީޖީ އަށް ފޮނުވުމުގެ ކުރިން، އެ މައްސަލައަކާ މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާ ދިނުމުގެ މަރުހަލާ އެވެ. އެހެން މައްސަލަތަކުގައި ވެސް ދައުވާކުރަން ފޮނުވުމުގެ ކުރިން، އެ މައްސަލަ އޮތީ ދައުވާކުރަން ތައްޔާރުވެފައިތޯ ބެލުމަށް ޕީޖީއަށް ފޮނުވަ އެވެ.
Hello. That case has been sent to PGO two weeks back.
— Mohamed Hameed (@M_Hameedh) February 18, 2019
މ. ނަލަހިޔާ މަންޒިލްގައި ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން އިމާާރާތްކުރަމުން ދަނިކޮށް ސިމެންތި ބަސްތާއިން ޖެހި ޒަހަމްވި ރައުޝަން މަރުވީ އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
މީހެއްގެ ޓްވީޓަކަށް ޖަވާބު ދެއްވަމުން އެކްޓިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޖިއާންގެ މައްސަލަ މީގެ ދެ ހަފުތާ ކުރިން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. އޭނާ އެ މާނަކުރެއްވީ އެ މައްސަލަ އަށް ޕީޖީގެ ލަފާ ހޯދަން ފޮނުވި ވާހަކައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
19 February 2019
ލަސް ނުކޮއް މައްސަލަ އަވަސް ކުރޭ، އަދި ސާފުވާންޖެހޭ ދައުވާ ކުރަނީ ކުންފުނީފެ ވެރި މީހާޔައްތޯ ނުވަނަ ނޫންތޯ
ސޮބްރާ
19 February 2019
ޝިފާ އަދި ކައުންސިލުގައި ތިބި ރޯނު އެދުރުންނަށް އިހުމާލުވުމުގެ ދައުވާ އުފުލަންޖެހޭ. އެހާދިސާއަށްފަހު އަނެއްކާ އެކުންފުންޏަށް ހުއްދަ ދިންއިރު، މާލޭގައި ހުރި ސައިޓްތަކަކީ ރައްކާތެރި ތަންތަން ކަމަށް ކަނޑައަޅާފައި ވަނިކޮށް އިއްޔެރޭ އަނެއްކާ ހުޅުމާލެއިން މީހަކު އެމަރުވީ. ހުރިހާ ބާރެއް ދިނީމާވެސް ކަލޭމެންނަށް ކުރެވުނު ހަމައެކަނި ކަމަކީ ޕާކެއްގެ ނަން ބޯޑު ބަދަލުކުރުން. މިއީ ފެންވަރު.
ޢަފްލާ
19 February 2019
ޢިބޫ އޮތީ ނިދާފަ ތަ މިވަރައްމިގައުމުގަ ހާލަތހ
ރަދީފުގެ ދަރި ކުމާރު
19 February 2019
ދެން ތިމައްސަލަ ފައިލުކޮށް ބޮޑުތަޅުލާފަކަންނޭގެ އެތަނުގާ އޮންނާނީ.
އަހްމަދު
18 February 2019
ތިޔަ ޕްރޮކިޔުޝަންގައި ކިތައް އަހަރު އޮންނަން ޖެހޭބާ؟