ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމަކަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
21 ފެބުރުއަރީ 2019 - 11:25
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކުރި މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާއާ ގުޅޭ ލިޔެކިޔުންތައް އޭނާއާ މިއަދު ހަވާލުކޮށްފި އެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޯޓަށް މައްސަލަ ހުށަހަޅާތާ ފަސް ދުވަސް ތެރޭގައި އެ މައްސަލައިގެ ލިޔެކިޔުންތައް ދައުވާ ރައްދުވާ ފަރާތާ ހަވާލުކުރަން ޖެހެ އެވެ. އެހެންވެ، ކްރިމިނަލް ކޯޓުން މިހާރު ވަނީ މައްސަލައާ ގުޅޭ ލިޔެކިޔުންތައް އާޒިމާއާ ހަވާލުކޮށްފަ އެވެ.
މި ދައުވާކުރަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އާޒިމާ އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ.
މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް އުފުލައި، ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ މައްސަލާގެ ތުހުމަތުގައި މިދިޔަ މަހު އާޒިމާ ފުލުސް އޮފީހަށް ހާޒިރުކުރި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ ޕީޖީން އުފުލައި، އެ މައްސަލަ ވެސް މިހާރު އޮތީ ކްރިމިނަލް ކޯޓަށް ފޮނުވައިފަ އެވެ. އަދި ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް ޕީޖީން އެދުމާ ގުޅިގެން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ އަމުރަކަށް ޔާމީން ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.
ކްރިމިނަލް ކޯޓުގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ އަޑުއެހުމުގައި ޕީޖީން ބުނީ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ހެކިންނަށް ނުފޫޒު ފޯރުވަން އެމަނިކުފާނު މަސައްކަތް ކުރައްވާ ކަމަށެވެ. އަދި ބަޔާންތައް ބަދަލުކުރުމަށް ޔާމީން މަސައްކަތް ކުރައްވާ ކަމަށް ޕީޖީން ބުންޏެވެ. ޕީޖީން ބުނި ގޮތުގައި ހެއްކަށް ނުފޫޒު ފޯރުވަން ޔާމީން ފައިސާގެ އަދަދުތަކެއް ހުށަހެޅިކަން ވަނީ އެނގިފަ އެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށް މާފުށީ ޖަލަށް ގެންދިޔަތާ 24 ގަޑިއިރު ތެރޭ ޔާމީން އިއްޔެ ވަނީ އައިޖީއެމްއެޗަށް ގެނެސް އެޑްމިޓްކޮށްފަ އެވެ. ނަމަވެސް އެމަނިކުފާނުގެ ސިއްހީ ހާލަތާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝުކުރު
21 February 2019
މީގެ 18އަހަރުކުރިން އަހަރެން ކުރި ދުއާގެ ސިޔާސީބައިން ތަންކޮޅެއް..ﷲއަށް ހަމްދުކޮށް ރަސޫލާއަށް ސަލަވާތައްފަހު.. ހައްދަވާ ގެންގުޅުއްވާ އިލާހް..އަޅަމެންގެ މައްޗަށް އަނިޔާވެރި ވެރީން ނުފޮނުއްވާންދޭވެ..އަޅަމެންގެ ގައުމުގަމިހުރި އަނިޔާވެރި ވެރިމީހާގެ ކިބައިން މިގައުމު ސަލާމަތް ކުރަށްވާފާންދޭވެ.. މީނާ ދަނީ އަޅަމެންގެ މުދަލަށް ހިޔާންތްތެރިވެ، އަނިޔާވެރިވަމުން..މީނަގެ ނުބައި އަމަލުގެ އަދަބު މިދުނިޔެ މަތީގަ އޭނަޔަށް ހިތިގޮތަކަށް ދައްކަވާފާންދޭވެ.. އާމީން.
އަދީބު
21 February 2019
ދެން އަވަހަށް ޖަލަށަ ފޮނު ވާ! ވަރަށް ސަލާމް
ވެލިދޫ މީހާ
21 February 2019
ވީ އެންމެ އަވަހަކަށް ދައުވާކޮއް ޖަލަށް ލުމައް ގޮވާލަން މީނާ އަކީ ނިމިދިޔަ ވެރިކަމުގައި އެތައް ގާނޫން ތަކެއް ވެއްޔާމޮޑުނު މީހެއް
ފަރީދާ ހުސަން ހަބީބު
21 February 2019
އާޒިމާ ޖަލައްލާނެ ދުވަހަކަށް އަހަރެން އިންތިޒާރުކުރަން،
މައްނޫބުރި
21 February 2019
ތިޔަލުއުމަކީ އުފެދުނުއިރުވެސް ބާތިލް ލިޔުމެއް
މަމެން މި ތިބީ ބަލަން
21 February 2019
ޢާޒިމާ އަކީ ގާނޫނީ ހަމަތަކުން ނެއްޓި ހުރެ ހެދުން ފަހަމުން ދިޔަމީހާ އެހެނަސް ކުށެއް ނޫންކަން ޝަރީޢަތަށް ސާބިތުކޮށްދީފަ ގެއަށް ދަގަ ދަގަ ގެއަށް ތަމެން އެދުވަހު އެ ކުރީ ކީއްކަން މިހާރު ހީވާނެ
ބޔ
21 February 2019
އަޅެ ލަސްނުކޮށް ޖަލަށް ލާބަލަ