ކަސްޓަމްސްއާ ބެހޭ ގޮތުން އޭސީސީން ތައްޔާރުކުރި ރިޕޯޓު ނެރުމަށް ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: ނިޝާން އަލީ /މިހާރު
22 ފެބުރުއަރީ 2019 - 16:05
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާ ގުޅޭ ތަހުގީގާ ގުޅިގެން އިތުރަށް ބަލާ ކަންކަން ނިމުމުން ރައްޔިތުން ބޭނުންވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ރޭ ބުނެފި އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގުކޮށް، ތަފްސީލް ރިޕޯޓް މި މަހު އާއްމުކޮށްފައިވާއިރު، އެ ތަހުގީގު ފުރިހަމަ ނޫން ކަމަށާއި ހިޔާނާތަށް ތުހުމަތު ކުރެވޭ މީހުންނާ މެދު އެޅުނު ފިޔަވަޅެއް ނެތް ކަމަށް ބުނެ އޭސީސީ އަށް ވަނީ ވަރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފަ އެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި އޭސީސީގެ ނައިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ ކޮމިޝަނުން ނެރުނު ރިޕޯޓާ ގުޅިގެން އިތުރު ފަސް ކަމެއް އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އެކަމަކު، މުއައްވިޒު ވިދާޅުވި ގޮތުގައި ބޮޑު ޚިޔާނާތާ ގުޅިގެން މިހާ ފުރިހަމަ ތަހުގީގެއް ކުރީ އޭސީސީން އެކަންޏެވެ.
އޭނާ ވިދާޅުވީ، ރިޕޯޓާ ގުޅިގެން އިތުރަށް ތަހުގީގު ކުރަމުންދާ ބައެއް މުހިންމު މައްސަލަތަކުގެ ތެރޭގައި އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން އެމްއެމްއޭގެ ދައުރާ ގުޅޭ މައްސަލައަކާއި ބީއެމްއެލްގެ ދައުރާ ގުޅޭ ގޮތުން ތަހުގީގު ކުރާ މައްސަލައަކާއި ދައުލަތަށް ލިބެން ޖެހޭ ފައިސާ އެސްއޯއެފް އެކައުންޓަށް ވަނުމަށް ފަހު، އެކި ފަރާތްތަކަށް އެ ފައިސާ ލޯނުގެ ގޮތުގައި ޑޮލަރުން ދިން މައްސަލަ ކަމަށެވެ.
އޭސީސީން ބޮޑު ޚިޔާނާތުގެ ރިޕޯޓު ހާމަނުކޮށް ސިއްރުކޮށްފައި އޮތް މައްސަލަ ދޮގު ކުރައްވައި މުއައްވިޒު ވިދާޅުވީ އެ ކޮމިޝަނުން 2017 ވަނަ އަހަރު ތަހުގީގު ނިންމައި، ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ހިއްސާކޮށް، ފިޔަވަޅު އަޅައި ދިނުމަށް އެދިފައިވާނެ ކަމަށެވެ.
އޭރު އޭސީސީގެ ރިޕޯޓު އާންމު ނުކުރީ އިތުރު ކަންކަން ފާހަގަވެފައި ހުރުމުން، ރިޕޯޓު އާންމުކޮށްފި ނަމަ، ތަހުގީގަށް ހުރަސް އެޅިދާނެތީ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
"ރިޕޯޓު ފޮރުވުމެކޭ ނުބުނެވޭނެ ދެއްތޯ؟ ދައުލަތުގައި ހުރި ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓު މައުލޫމާތު ހިއްސާ ކުރިން. އެ މައުލޫމާތަކީ ސިއްރު މައުލޫމާތުތަކެއް ނޫން. އެއީ ފިޔަވަޅު އަޅަން ޖެހޭ ދާއިރާތަކަށް ފޮނުވާފައި ހުރި މައުލޫމާތުތައް،" އޭސީސީއަށް އަމާޒުވާ ފާޑުކިއުންތަކަށް ރައްދު ދެއްވައި މުއައްވިޒު ވިދާޅުވި އެވެ.
ޚިޔާނާތުގެ ކޮރަޕްޝަންގެ މައްސަލައިގެ ރިޕޯޓު އާންމު ކުރުން ލަސްވިޔަސް މިހާރު ބަލަމުންދާ މައްސަލަތަކުގެ ތަހްގީގުތައް ވީ އެންމެ އަވަހަށް ނިންމުމަށްފަހު އާންމު ކުރައްވާނެ ކަމަށް މުއައްވިޒު ވިދާޅުވި އެވެ.
"ވަކި މީހަކު މަގާމުގައި ހުރުމަކުން ވަކި މީހަކު މަގާމުގައި ނެތުމަކުން އޭސީސީ އިން އަދާކުރަމުން އަންނަ ގާނޫނީ ޒިންމާއަކަށް ބަދަލެއް ނާދެ. އޭސީސީން މަސައްކަތް ކުރަމުން ދާނީ އޭސީސީން ކަނޑައަޅާފައިވާ އުސޫލުތަކާއި ހަމަތަކުގެ މަތިން،" މުއައްވިޒު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލީކަމާލް
24 February 2019
މުއައްވިޒް އަމީން އެވެނިއުއިން ލަގްޒަރީ އެޕާޓްމެންޓެއް 5 މިލިއަނަށްވުރެ ބޮޑު އަގުގައި ގަތީ ކޮންތާކުން ހޯދި ފާއިސާއަކުންތަ؟ މަގާމުގެ ގޮތުން އިތުރު ވިޔަފާރިކުރުން ގާނޫނު ބުނާގޮތުން މަނާ
ހަަސަނުގޯތީ އާދަނު
23 February 2019
ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒު ވަރަށް ޔަޤީންކަމާއެކު އެބަބުނޭ 5 ލައްކަ ރުފިޔާ އޭސީސީ މެމްބަރެއްގެ އެކައުންޓަށް ވަދެފަވާކަމަށް.
ޜަސްގެފާނު
23 February 2019
އިތުރު ކަންކަން ހާމަކުރާއިރު ޔާމީން ސަރުކާރުން ޗައިނާ ޓައުންކައިރި އެޅި ފްލެޓްތަކުން، މިހާރު މީހުން ދިރިއުޅޭ ފްލެޓްތަކުން. މުއައްވިޒުގެ ބޭބެއަށް ފްލެޓް ލިބުނީ ކިހިނެއްކަންވެސް ހާމަކޮށްލަދޭތި.
ޟުހައިލް
24 February 2019
ފްލެޓުގެ ކޮރަޕްޝަން މައްސަލަ އޮއްބާލީ ބޭބެއާ ބޭނުންވާ އެންމެނަށް ފުލެޓް ދޭން ސަރުކާރާއެކު ޑީލްހަދައިގެން.
މަހުޖަނު
23 February 2019
ބޮޑު ސޯޓުތޯ؟ ނުކެރޭނެ
މަރޭމިތުރު
23 February 2019
މިގައުމުގެ ބައިތުލަމާލު ލޫޓުވާލި އެންމެން ހޯދާށޭވީ! މިގައުމަށް ވަތް ޑޮލަރުތައް އެވެރިން އަތުން ހޯދާށެވީ!..................................... ލޫޓުވާލި އެންމެންގެ އަތުން އެފައިސާ ހޯއްދަވއިދެއްވާ!
މަރޭމިތުރު
23 February 2019
ހުރިހާކަމެއްހެން މިހިޔާތާއިގުޅޭ ހޯދަންވަނީ! ކުރިހާ ކޮރަޕްސަން އެންމެން އެނގުމަށްވަނީ!................................... ކޮރަޕްޝަނާއިގުޅޭ ހުރިހާ އެންމެން ޝަރީއަތުގެ ކުރިމައްޗައް ގެންނަވާ އިންސާފު ގާއިމުކޮށްދެއްވާ!
ބޯގަޅި
23 February 2019
އެކަމަކު ކުރީގަ ބުނީ މައްސަލައިގެ ތަޙުޤީގުވަނީ މުޅިން ނިމިފައި ކަމަށް، އޭ ސީ ސީ ގެ މެމްބަރުންވެސް ތިޔަށްވުރެ ޒިންމާދާރު ވާންވެއްޖެއެއްނުން، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި އިންސާފުޤާއިމްކުރުމަށް މަސައްކަތްކުރާ ބަސްބުނަންކެރޭވަރުގެ ބަޔަކަށް ވާންވެއްޖެއެއްނުން، އެއިރެއްގައި އޮންނަ ވެރިކަމުގެ އިސްކޮށް އުޅޭބަޔަކާއި ތިމާގެ ޢާއިލީމީހުންނާއިމެދުވެސް ޢާއްމުރައްޔިތުންނެކޭ އެއް އުޞޫލުން ޢަމަލުކުރަން ކެރޭވަރުގެ ބަޔަކަށް ވާންވެއްޖެއެއްނުން
ސޯލްޓް
23 February 2019
މުއައްވިޒު އެބަޖެހޭ ތި މެމްބަރުން ޖަލްސާއެއްބާއްވާފައި ތި ލުތުފީ ރައީސްކަމުން ބާލާން.
ޜަސްގެފާނު
23 February 2019
މައްސަލަ ހުރީ ހަމައެކަނި ލުޠުފީގެ އެއްނޫން. މުޢައްވިޒު އަކީވެސް ވަރަށް ކޮރަޕްޓް މީހެއް
ޑރ.ނަޒުނާ އަހުމަދު/ހިތަދޫ/ޔޫކޭ
23 February 2019
ކަލޭމެން އަދިވެސް ތިހީކުރަނީ ރާއްޖޭގެ ހުރިހާ ރައްޔަތުންނަކީ ދުވާލުނިދާ ރޭގަނޑު ޑުރަގު ހޯދުމުގައި އަދި ދުނިޔެވީ ކަންތައްތަކާއި ނުވިސްނޭ ބަޔެއްކަމައްތޯ..؟ ކަލޭމެން ތި މަސައްކަތްކުރާ އޮފީހުގެ ނަމުގެ ކުރިޔަށް އޮތް ( އެންޓި ) ކަނޑައި ހަމައެކަނި ކޮތޮޕުޝަން އޮތުމުން ކަލޭމެނާއި ވަރައްގުޅޭ.!! ކޮންބަޔަކު އޮޅުވައިލަން 700 ސަފުހާނެރުނީ، 10 ސަފުހާގައި ތިޔަނެރުނު މައުލޫނާތު ތިވަރަށް ބޭންކުތަކުންވެސް ފޯރުކޮށްދޭނެ. އަމާންދީ ކަލޭމެންގެ ކޮރޮޕުޓު ތަހުގީގު ޕޮލިހަށް
ޥަލުކިއްދާ
23 February 2019
މިރިޕޯޓް ޕަބްލިކްކޮށް ރައިޔިތުންގެ ފޯކަސް ގެއްލުވާލައިގެން އުޅެނޭނީ އިންޑިޔާއެކީ މިސަރުކޜުން ހިންގަމުދާ އަންޑާގްރައުންޑް ޑީލްތައް ރައިޔިތުންނަށް ހާމަވެ އެކަމުން ރައިޔިތުންގެ ފޯކަސް ގެއްލުވާލން. ދިވެހި ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާތަކެއް ހޯދަން މަސައިކައި ނުކޮއް ވަކި ކަމަކަށް ޓާގެޓްކޮށް ބަޔަކު ނިޒާމުން ގެއްލުވާލަން ހިގާ ބޮޑު ޖަރީމާއެއްތީ