ކުރީގެ ޔާމީން ދޫކޮށްލުމަށް ގޮވާލާ، އެ މަނިކުފާނުގެ ސަޕޯޓަރުން މުޒާހަރާކުރަނީ -- ފޮޓޯ: ހުސެން ވަހީދު/މިހާރު
23 ފެބުރުއަރީ 2019 - 00:09
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވާދަކުރައްވާ ޕީޕީއެމް އަދި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ތާއީދު ހޯދުމަށް ކުރައްވާ މަސައްކަތަށް ސަރުކާރުން ހުރަސްއަޅާ ކަމަށް ބުނެ، އެ ބޭފުޅުންގެ ހައްގުތައް ކަށަވަރުކޮށްދޭން ކޮންގްރެސް ޕާޓީން މިރޭ ގޮވާލައިފި އެވެ.
ކުރީގެ ރައީސް އަދި މަނީ ލޯންޑަރިންގެ މައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައިވާ އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ކޮންގްރެސް ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މަޖިލިހުގެ އިންތިޚާބަށް ވާދަކުރައްވާ ކެންޑިޑޭޓުން ހަމަހަމަކަމާ އެކު ކެމްޕެއިން ކުރުމަށް އޮތް ފުރުސަތުތައް ނެތިކޮށްލުމަށް މަސައްކަތް ކުރާތީ ކަންބޮޑުވާ ކަމަށެވެ. އެހެންވެ، މި ސަރުކާރުގެ ނާތަހުޒީބު އަމަލުތައް ހިންގުން ހުއްޓާލުމަށާއި ކެންޑިޑޭޓުންގެ ހައްގުތައް ކަށަވަރުކޮށްދޭން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި އިލެކްޝަންސް ކޮމިޝަނަށް އެ ޕާޓީން ގޮވައިލި އެވެ.
ކޮންގްރެސް ޕާޓީން ބުނީ ޔާމީން، ގާނޫނީ އިމުގެ ބޭރުން ނުހައްގުން ހައްޔަރުކޮށް ޖަލަށްލުމަށް ފަހު އެމަނިކުފާނަށް އެކި ގޮތްގޮތުން ގޯނާ ކުރަމުންދާ ކަމަށެވެ. އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން، ފުލުހުންގެ އިދާރާގައި ތިން ގަޑިއިރަށް ވުރެ ގިނަ އިރު ވަންދެން މިރޭ ބައިންދާފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީ އާއި ޕީޕީއެމްގެ ކެންޑިޑޭޓުންނާއި އެހެން ބޭފުޅުންތަކެއް ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން، ކެންޑިޑޭޓުން އިންތިޚާބުގައި ތާއީދު ހޯދުމަށް ކުރާ މަސައްކަތަށް ވެސް އެތައް ގޮތަކުން ހުރަސް އެޅިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލީޑަރު ކަން ވެސް ކުރައްވަމުން ގެންދަވާ އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ނިހާން، ފުލުހުންގެ އިދާރާ އަށް ހާޒިރުކުރީ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ބުދަ ދުވަހު ޕީޕީއެމް/ކޮންގްރެސް ޕާޓީން ބޭއްވި މުޒާހަރާގެ ތެރޭގައި، ފުލުހުންގެ ވެހިކަލެއްގެ ފުރޮޅެއް ކައިރީގައި، ގާބުރިއެއް ބޭއްވެވި މައްސަލައިގަ އެވެ. ނިހާންގެ މައްޗަށް ފުލުހުން ކުރަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތެވެ.
ޔާމީން ޖަލުގައި ބަންދުކޮށްފައި ވަނީ އެމަނިކުފާނުގެ މައްޗަށް އުފުލި މަނީ ލޯންޑްރިންގެ މައްސަލަ އާއި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުވަން ފައިސާގެ އަދަދުތައް ހުށަހެޅި މައްސަލައިގަ އެވެ. އަދި އެ މައްސަލަތަކުގައި ބަޔާން ދިން މީހުންގެ ބަޔާން ބަދަލު ކުރުމަށް ފައިސާ ހުށަހެޅި ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފަ އެވެ.
އެހެންވެ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް މިދިޔަ ހޯމަ ދުވަހު ނިންމެވީ، ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން ރިމާންޑް ޖަލެއްގައި ބެހެއްޓުމަށެވެ.
ކޮންގްރެސް ޕާޓީން ބުނީ އެ ޕާޓީ އާއި ޕީޕީއެމްގެ ކެންޑިޑޭޓުންނާއި އެހެން ބޭފުޅުންތަކެއް ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން، ކެންޑިޑޭޓުން އިންތިޚާބުގައި ތާއީދު ހޯދުމަށް ކުރާ މަސައްކަތަށް ވެސް އެތައް ގޮތަކުން ހުރަސް އެޅިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
ކޮންގްރެސް ޕާޓީން ބުނި ގޮތުގައި ވަކި ކެންޑިޑޭޓަކު ތަފާތު ކުރުމެއް ނެތި ހަމަހަމަކަމާ އެކު ތާއީދު ހޯދުމަށް މަސައްކަތް ކުރުމުގެ ހައްގަކީ ގާނޫނުއަސާސީން ކޮންމެ ކެންޑިޑޭޓަކަށް ވެސް ލިބިދީފައި އޮންނަ ހައްގަކަށް ވާއިރު، އެއްވެސް އަސާސެއް ނެތި ކެންޑިޑޭޓުން ތަންތަނަށް ހާޒިރު ކުރުން އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ އަމަލެކެވެ. އެހެންވެ، ކެންޑިޑޭޓުން ހައްގުތަކުން މަހްރޫމް ވެދާ ފަދަ ކަންކަން ސަރުކާރުން ކުރަމުން ގެންދާތީ އެކަންކަން ބެލުމަށް ވެސް ކޮންގްރެސް ޕާޓީން ވަނީ ގޮވާލައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
23 February 2019
ހާދަހާ ގޮތެއްނެތް ޕާޓީ އެކޭ، މުޒާހަރާ ކުރަންވީމަ ހޮސްޕިޓަލެއް/މިސްކިތެއްތޯވެސް ބަލާލުމެއް ނޯންނަނީބާ؟
ހަސަނު
23 February 2019
ކެނޑިޑޭޓަކަށް ވުމަކީ ގައުމުގާ ޓެރަރިޒަމް ހިންގުމަށް ލިބޭ ހުއްދައެއްނޫން... ކުށެއް ކުރާ ކޮންމެ މީހަކީ ޖަވާބުދާރީ ވާންޖެހޭނެ މިހެއް.. އެއީ މެމްބަރެއް ވިއަސް ކުރިގެ ރައީސެއްވިއަސް.....
ދޮންކެޔޮޓިނު
23 February 2019
ޔާމިނު ވެރިކަމުގައި ކަންކުރި ނާތަހުޒީބު ގޮއިކުޑަ އަނިޔާވެރި ލަދު ހަޔާތް ކުޑަ ގޮތައް މިވެރިކަމުގައި ކަން ނުކުރާނެކަމީ ޔަގީން ކަމެކެވެ ދެން ތިޔަ ބުނާ ޔާމިނު ގެޔައް ފޮށިފޮށީގައި ފައިސާ ވެއްދިހައި ފައިސާ ހަލާލެއް ނޫނޭ ގޮވީ ތިޔަބުނާ ޔާމިނެވެ، ހަމަޔަގީނުންވެސް ހުޅުމާލެ އަކުން ތިޔަ ވަގުންނަކަށް ދޭނެ ވޯޓެެއް ނެތެވެ.
އަބުދޫ
23 February 2019
ބުރޯ. ތިކަހަލަ ކަންތަށް ކުރީމަ އަހަރުމެން ދިވެހިން ކިޔާ ހަރުބަހެއް އޮވޭ. "ފުޅަށްބުޑުން ދަންޏާ ހަސަނަށް ހީވާނެ ކެޔޮގަނޑު ކަނޑާލާނޭ"، އެއީ ތިޔަވާ ގޮތަކީ.
ކެމެލް
23 February 2019
ކެންޑިޑޭޓުންވެސް އުޅެންޖެހޭނީ ގާނޫނީ ހަމައިގެ ތެރޭގައިކަން ނުވިސްނެންޏާ މިހުރިހާގޮތެއް ވާނެ! ކުރީގައި އުޅުނުހެން މޭފުއްޕާފައި ގާނޫނަކަށް ގަވައިދަކަށް ނުބަލައި މިހާރަކު ނޫޅެވޭނެ! ދެންވެސް އަވަހަށް ވަގަށްނެގި ލާރިތައް އަނބުރާ ދެއްކޭތޯ ބަލާބަލަ!
އަޑުރޭ
23 February 2019
އަދުރޭއާ ނިހާނުމެން ބޭނުންހާކަމެއް ބޭނުންހާގޮތަކަށް ކުރިނަމަވެސް އަޅައިނުލާ ދައުރު ނިމިގޮސްފި މިހާރުދެން ފުލުހުންގެ ވެހިކަލް ދަށަށް ގާބުރިލީމަ އަދުރޭ ވިޔަސް ނިހާނު ވިޔަސް ދަމާފަވެސް ފުލުހަށް ގެންދާނެ
އަހްމަދު
23 February 2019
ހުރަސްއެޅުން މިއީ ކޯޗެއްކަން އެނގިއްޖެދޯ ކަލޭމެންނަށް. ލުލް...
އީމަން
23 February 2019
ފިސާރި ޑުރާމާ ބަޔާނެކެވެ. އަދުރޭ އުޅޭ ކަދުރު ރާއްޖެ އެވެ.
ފަސީ
23 February 2019
ކެންޑިޑޭޓުންގެ މަސައްކަތަށް ހުރަސްއަޅަނީ އިއްޔެއަކު މިއަދަކު ނޫން. އެންމެ ފަހުން ބޭއްވި ރިޔާސި އިންތިޚާބުގެ ކެމްޕެއިނުގަވެސް ދެފަރާތުން ދެފަރާތަށް އެތައް ޖެއްސުމެއްކޮށް ތަޅާފޮޅާ ހިސާބަށްދިޔަ. ކުރެވުނު ކަމެއް ނުފެނޭ. ހަމަ ނިކަމެތި ރައްޔިތުމީހާ ޖަލަށްދާންޖެހޭނީ. ވިޔަފާރިވެރި ސާދާގަރު ހުންނަވާނީ ގޭގަ. އަދި ޖަލަށް ފޮނުވިޔަސް ޖަލުގައި ބޮޑު ގަނޑުވަރުއަޅާފަ އެތަނަށް ގެންދާނީ. ދުވާލަކު ދެއިރު ކާ ބޭހެއްހެން މާލެ ގެނެސް ޑޮކަށް ދައްކާނެ
މާރަނގާ - އައްޑޫ ސިޓީ
23 February 2019
ލިއުމުގެ 2 ވަނަ ޕެރަޤްރާފްގައި ބުނެފައިވާމީހާ އުފެއްދިކަމަށްބުނާ ޕާޓީ ޕީޕީއެމްގެމައްޗަށް ވެރިވެގަނެކުރިހޯދީ ކޮންއުސޫލަކުންތޯ ؟! * * ސިޔާސީޕާޓީތައްގިނަވުމަކުން އަދި ސިޔާސީޕާޓީތަކަށް ރައްޔިތުންވަދެޕާޓީންކެޑި އެހެންޕާޓީއަކާއިގުޅުމަކުން އެއްވެސްމައްސަލައެއްނެތް. * * އެހެންނަމަވެސް މަނީލޮންޑްރިންގ އާއި ހިއުމަންސްޓްރެފިކިންގ އަދި ޑްރަޤާއި ވައްކަމުގެތުހުމަތުކުރެވޭ ލީޑަރުންތަކުގެޕާޓީތަކާއިގުޅޭނަމަ މާނައަކީ ރައްޔިތުންގެނިކަމެތިކަމާއި ފަޤީރުކަން އޮތްވަރު.