ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވާހަކަ ދައްކަވަނީ: އަންނަ ހޮނިހިރު ދުވަހު މުޒާހަރާ އޮންނާނެ ކަމަށް ވިދާޅުވި
26 ނޮވެމްބަރ 2020 - 18:40
ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލާފައިވާތާ އެއް އަހަރު ދުވަސް ވާތީ އެކަމުގެ ހިތާމައިގައި އެކަން ފާހަގަކުރަން އަންނަ ހޮނިހިރު ދުވަހު، މުޅި ރާއްޖޭގައި މުޒާހަރާ ކުރަން ނިންމުމުން އިދިކޮޅު ކޯލިޝަންގެ އިސްވެރިން ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށްފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި މިހާރު ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން، ޖަލުުގައި ހުންނަވާތާ އަހަރުވާ ދުވަސް ފާހަގަ ކުރުމަށް މުޒާހަރާ ކުރާނެކަން އިދިކޮޅު، ޕީޕީއެމާއި ޕީއެންސީން އިއުލާން ކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އިދިކޮޅުގެ އިސްވެރިން މިއަދު ފުލުހަށް ހާޒިރު ކުރި ނަމަވެސް، ކޯލިޝަނުގެ ނިންމުން ބަދަލެއް ނުވެ އެވެ.
"އަޅުގަނޑުމެން މުޒާހަރާ ކުރާތީ ފުލުހުން ކަންބޮޑުވޭ. އެކަމަކު މުޒާހަރާ ހުއްޓައެއް ނުލާނަން. އަންނަ ހޮނިހިރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި މުޒާހަރާ އޮންނާނެ،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވި އެވެ.
ފުލުހުންގެ ކަންބޮޑުވުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ދުވަސްވަރު މި ފަދަ ހަރަކާތެއް ހިންގުމެވެ. މި ފަދަ އެއްވުންތައް ބޭއްވުމަށް ހުއްދަ ދެނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ނަމަވެސް، ވަކި ހިސާބަކުން އެއާ އެއްގޮތަށް އަމަލެއް ނުކުރެ އެވެ.
ޝުޖާއު ވިދާޅުވީ މުޒާހަރާ ކުރުމަށް އިދިކޮޅަށް ފުރުސަތު އޮތް ނަމަވެސް ސަރުކާރު ހިންގާ އެމްޑީޕީއަށް އެކަން ކުރެވޭ ކަމަށެވެ. އިދިކޮޅުގެ އަޑު ކަނޑުވައިލުމަށް ފުލުހުން މަސައްކަތް ކުރަނީ، ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ ދައްކާތީ ކަމަށް ޝުޖާއު ތުހުމަތު ކުރެއްވި އެވެ.
ޔާމީން މިނިވަން ކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، މާލޭގައި މުޒާހަރާ ކުރަނީ ކަނޑުމަތީގަ އެވެ. އިދިކޮޅުން ނިންމާފައިވަނީ، މުޒާހަރާއާ އެކު، އަންނަ މާޗު މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ވެސް ކުރިއަށް ގެންދާށެވެ.
މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރީ ނޮވެމްބަރު 28، 2019 ގަ އެވެ. އެއާއެކު، މަނީ ލޯންޑްރިންގެ އިތުރު ދައުވާއަކާއި ރިޝްވަތުގެ ދައުވާއެއް ދައުލަތުން ވަނީ އުފުލައިފަ އެވެ. އަލަށް ކުރާ މިި ދައުވާތަކާ ގުޅިގެން މައްސަލަ އަށް ތަައްޔާރުވުމަށް އިތުރު ފުރުސަތެއް ކްރިމިނަލް ކޯޓުން މިއަދު އެ މަނިކުފާނަށް ވަނީ ދީފަ އެވެ.
ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ، އެސްއޯއެފްގެ އެކައުންޓަކަށް ޖަމާވުމުން، އެ ކުންފުނިން ޔާމީންގެ އެކައުންޓަކަށް އެ ފައިސާ ޖަމާކުރި ކަމަށް ބުނެ އެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު، އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް ފައިސާގެ އަސްލު އޮޅުވައިލި ކަމަށް ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
27 November 2020
ފުލުހުންވެސް ބޭނުންވޭ މުޒާހަރާ ކުރަން ނަމަވެސް މައްޗައްތިބި ބަޔަކު އެމީހުންލައްވާ ގައިރުގާނޫނީ އަމުރު ކުރުވަނީ ގާނޫނުން ލިބިދޭ ހައްގެއް ހަނިކޮއް ހުއްޓުވަނީ މިއަދު ވެރިކަމުގަތިބި އަޑިނޭނގޭ ޒާތެއްގެ ބަޔަކު ތިބެ މިހައްގު ހަނިކުރަނީ
އާންތު
26 November 2020
ބަލަ ގައިދީ ޔާމީނު ޙުކުމާއި އެއްގޮތަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީ އެކަމާ ހިތާމަކުރާ މީހަކު ހަމަ ނެތީތޯ އަދި ދައުލަތުން މިނުކުތާ ނުނަގަނީ ކީއްވެބާ
ހަސަންފުޅު
28 November 2020
އިސްތިއުނާފުގެ މަރުހަލާތައް ނިމުނީމާ ދައްކާނެ. ކެއްތެރިވެބަލަ. އަންނި، ޤާސިމުހެން ބޮލުން މައްޗަށާއި ފުންނާބުން ދަށަށް ތަދުވާތީ އޮޅުވާލައިގެން ފިލާކަށް ޔާމީނެއް ނޫޅެއެއްނުން. ކެއްތެރިކަމާއެކު އެ ހުރީނުން ޖަލުގަ.
ހައްޖަށް ދާންވީނޫންތޯ!
26 November 2020
ގައިމު ރައީސް ޔާމީން، އޭރުގެ އި ދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން އުޅުނީމައި ވި ދާޚުވީ " އެހާ އެއްވާހިތް ވަންޏާ ޙައްޖަށް ދާންވީނޫންތޯ!" މިހެންނެވެ. ކަންމިހެން އޮތްއިރު ކަލޭމެންވެސް އެއްވާހިތް ވަންޏާ، ލީޑަރު ވި ދާޅުވިފަ ދައިން، އަވަސް ގޮތަކަށް ޙައްޖަށްދެވޭތޯ ބަލާށެވެ!
ތުއްތޮންބެ
26 November 2020
ހުންއަތުވެދާނެކަމައް ރަޖާލެއްވީދެއްތޮ؟
ބޮން
26 November 2020
ޔާމީނު މިނިވަން ކުރުމަށް ގޮވާލާ ބާއްވާ މުޒާހަރާއަކަށް ކުޑަވެސް ފުރުސަތެއް ދޭނެކަމެއް ނެތެވެ. ޔާމީނު ހިންގާފައިވާ ޖަރީމާތައް އެއަށްވުރެ މާ ގިނައެވެ.
ހަސަންފުޅު
28 November 2020
ޖަރީމާ ހިންގާ މީހުން އެބަ އެނގެއެއްނުން. ފުރުޞަތު ނުދީ ހިފަހައްޓައިގެން ތިބެ ބަލަ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
26 November 2020
ތީތި ކަޑަ އޭ ބްރޯ: އިދި ކޮޅަސް އެއްކޮޅަސް މެދު މިނަށްވިއަސް ހެސް ކިއާފަ މުޒާހިރާ ކުރެވެން ޖެހޭނެ.
މުރާސިލް
26 November 2020
އިދިކޮޅުން މުޒާހަރާ ކުރަން އުޅޭތީ މިސަރުކާރުން ހާދަ ހީކަރުވައެވެ. ތިމާމެންގެ ވެރިކަން ފެއިލްވެ ދެންމެ ދެންމެ ވެއްޓިދާނެހެން ތިމާމެންނަށް ހީވަންޏާއި ކިރިޔާވެސް ހެލިލާނެ ފުރުސަރު ނުދޭނެތާއެވެ.، ޑިމަކުރަސީއާއި ޙައްޤުތަކުގެ ނަމުގައި ވެރިކަމަށް އައި މީހުންގެ ފަރާތުން މިފެންނަނީ ޑިމަކުރަސީއާއި ބީރަށްޓެހި، ރައްޔިތުން ޙައްޤުތަކުން މަހުރޫމު ކުރުވާ މަންޒަރެވެ. ރަށްވެހިފަތިހުން ގެނެސްދޭ ޖަޒީރާ ރާއްޖޭގެ ހާލަތަކީ މިއީއެވެ. ސަޅި ޖޯކެއް ނޫންހެއްޔެވެ؟
ުވައިސޫރި
26 November 2020
ތިޔަމީހުން މުޒާހަރާ ފަޅުރަށެއްގާ ނުވަތަ ކަނޑުމަތީގާ ކުރަން ހުއްދަ ދިނުމައްފަހު މުޒާހަރާނިންމާލުމައްފަހު އެންމެން ކަރަންޓީނުކޮއްބަލަ
ޖަމަލު
26 November 2020
ހޯރަފުއްޓަށް ދިޔަ ކުދިން ކަރަންޓީނު ކުރާ ގޮތަށް؟