ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން. --ފޮޓޯ:އޭއެފްޕީ
26 ފެބުރުއަރީ 2019 - 16:10
އިސްލާމްއާބާދު (ފެބްރުއަރީ 26) - އިންޑިއާ އިން ދިން ވައިގެ ހަމަލާތަކަށް ފަހު ޕާކިސްތާނުގެ ވައިގެ ސިފައިންނާއި އާއްމުން "ދިމާވެދާނެ ކޮންމެ ހާލަތަކަށް" ތައްޔާރުވެ ތިބުމަށް ބޮޑު ވަޒީރު އިމްރާން ޚާން އަންގަވައިފި އެވެ.
ކަޝްމީރުގައި ހަމަލާ ދިން ޖައިޝީ މުހައްމަދު ޖަމާއަތުގެ ކޭމްޕަކަށް އަމާޒުކޮށް އިންޑިއާ އިން ދިން ހަމަލާތަކާ ގުޅިގެން ބޮޑު ވަޒީރު އިމްރާން ޚާން ރިޔާސަތު ބެލެހެއްޓި ގައުމީ ސަލާމަތާ ބެހޭ ކޮމިޓީގެ ކުއްލި ބައްދަލުވުމަކަށް ފަހު ޕާކިސްތާނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާ އިން ވަނީ ޕާކިސްތާނާ ދެކޮޅަށް އުދުވާނެއް ހިންގާފައިވާ ކަމަށެވެ.
އިންޑިއާ އިން ހަމަލާދީފައި ވަނީ ޖައިޝީ މުހައްމަދުގެ އެންމެ ބޮޑު ކޭމްޕަށެވެ. އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޮކާލް ވިދާޅުވީ އެ ޖަމާއަތުގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލާފައިވާ ކަމަށެވެ.
ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރޭޝީ ވިދާޅުވީ އިންޑިއާ އިން ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެފައިވާ ކަމަށެވެ. އަދި އެއީ އިންޑިއާ އިން ހިންގި އުދުވާނީ ހަމަލާއެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނި ގޮތުގައި ބަލަކޮޓް ކޭމްޕަށް ހަމަލާ ދިނުމުގައި މިރާޖް 2000 މަރުކާގެ 12 ބޯޓު ބައިވެރިވި ކަމަށެވެ. އަދި 1،000 ކިލޯގެ ބޮން އެޅި ކަމަށާއި އެ ހަމަލާތަކުގައި 300 ހަނގުރާމަވެރިން މަރުވި ކަމަށް ވެސް ބުނެފައިވެ އެވެ.
ޖައިޝީ މުހައްމަދު ޖަމާއަތުން މި މަހު 14 ވަނަ ދުވަހު ކަޝްމީރުގައި ދިން ހަމަލާގައި ވަނީ އިންޑިއާގެ ޕެރަމިލިޓަރީ ސިފައިންގެ 42 މީހުން މަރާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެއިޒީ
28 February 2019
ސީރާ ކުޑަ ކުޑަ މިސާލެއް ބުނެލަފާނަން.މަޝްހޫރު ބޮޑުތަކުރުފާނުގެ ޖިހާދަކީ ދިވެހިން ދަންނަ ހާދިސާއެއް..އެޖިހާދަކީ އުތީމުތިންބެއިން މަދު މީސްކޮޅަކާއިއެކު އޭރުގަ ދުނިޔޭގައޮތް އިސްތިއުމާރީ ބާރަކާއިދެކޮޅަށް ކަށިން ހިތްވަރުލައިގެން ކުރެއްވި ޖިހާދެއް.އެޖިހާދު ކާމިޔާބުވުމުގެ އެންމެ ބޮޑު އަސްލަކީ ދިވެހިންކުރި ދުޢާ.މީ ދެބަސްވެވެންނެތް ހަޤީޤަތެއް..ޑޮކްޓަރުން އެމީހަކާއިމެދު އުއްމީދު ކަނޑާލާފައިވާ އެތައް ބަލިމީހަކު ސަލާމަތްވެފަ އެބަހުރި ދުޢާގެ ސބަބުން.
ނާފިޒު
27 February 2019
އިންޑިއާސިފައިންނައް މަރުވިމީހުންގެ އަދަދު އެގެނީ ބޮންއެޅިތާގައިންޑިއާ ސިފައިން ތިބީތަ މީމުޅިން ފޭކުވާހަކަ އިންޑިއާ އާމު ރައްޔެތުން ގުބޯހައްދަނީ މޯދީ
ސީރާ
26 February 2019
އިންޑިޔާ އާ ޕާކިސްތާނާ ދެމެދު ކުރެވޭ ހަނގުރާމައެއްގަ ޕާކިސްތަނަޢް ކާމިޔާބު ލިބޭނޭ ގަބޫލް ކުރާނި ހަމަ އެކަނި މިދިވެހިން. އިންޑިޔާގެ އަސްކަރީ ބާރާ ޕާކިސްތާނުގެ އަސްކަރީ ބާރާ ހިސާބު ނުކޮށް ލެވޭނެ/ އަޅާ ނުކިޔޭނެ.
ތަކުރުބެއްޔާގެ ޑރ.އަލީމޫސާ/ހިތ
27 February 2019
އިންޑިއާ އަކީ ބަރުހަތިޔާރު ގިނަގަމެއްކަމަށް ވިޔަސް އާރމީންނަކީ ގާބިލުބަޔެއްނޫންކަމަށް އެނގިފައިވަނި
ޑެއިޒީ
27 February 2019
އާރާއި ބާރުގެ ގޮތުން ކުރިއަރާފަވިޔަސް ނަސްރަކީ ވަކިފަރާތެއް ދެއްވާ އެއްޗެއް..ކިތަންމެ ބައިވަރު ބާރުގަދަ ހަތިޔާރު ގެންގުޅުނަސް ދުޝްމަނުން އަބަދުވެސް އެންމެ ޖެހިލުންވާ އެންމެ ބާރުގަދަ ހަތިޔާރަކީ މުސްލިމުންގެ "ދުޢާ".ދުޢާގެ ސަބަބުން އުންމީދު ނުކުރާ ކިތަންމެ ކަމެއްވެފަހުރިކަން އެއީ މުސްލިމުން ދަންނަ ދޮގުކުރެވެން ނެތް ހަޤީޤަތެއް.
ސީރާ
27 February 2019
ޑެއިޒީ. ތިއީ ކަން ހިނގާމަގު ނަމަ އެމެރިކާއިން އިރާޤު ފުނޑާ ނުލީސް. ފަލަސްތީން އޮންނާނި މިނިވަން ވެފަ. ޢިރާޤު ހަނގުރާމައިގެ އެން ގަދަޔައް ހަމަލާ ބަދަލް ކުރި އިރުވެސް ދިވެހިން ކީ އެމެރިކާ ބަލިވަނިއްޔޭ. ޢެކަމަށް ލަވަ ހަދައިގެން ބެހި ކެސްޓްރޯލްގެ ލަވަތައް އަޑު އެއްސްވިންތޯ؟ ލަވައަޑު އަހަންތިއްބާ އެމެރިކާ އިރާގު އެއްކޮށް ނިންމާލީ. މައްސަލަ އަކީ ދިވެހިން ކަމުގެ ހަޤީޤަތް / ރިއަލިޓީ ޤަބޫލް ކުރަން ބޭނުން ނުވާކަން.
އަށްޑޫ ކަތީބު
26 February 2019
އިމްރާންވެސް ބޭނުންވަނީ އެމީހުން ވީހާވެސް އަވަހަކަށް ދުއްވާލުން އެހެންވީމަތާ އަދިވެސް އެއްވެސް އެކްޝަނެއް ނުނެގެނީ. ރައްޔިތުން މާމުހިއްމުވާނެ ކޮންމެ ގައުމަކަށްވެސް. ޓެރަރިސްޓުން ޖެހޭނީ ނައްތާލަން. އިމްރާންގެ ސަޕޯޓް މިކަމަށް ފުރިހަމަޔަށް ލިބޭނެކަން ޔަގީން.
ކަރަންފޫ
27 February 2019
ކަޝްމީރުގަ އިންޑިޔާ ސިފައިން ކަންތައްތައްކުރާ އިހާނެތި ގޮތަށްވުރެ ބޮޑު ޓެރަރިޒަމެއް ނޯންނާނެ. ކީއްވެތަ އެވާހަކަ ނުދައްކާ ދެން އިންޑިޔާ ތެރެއިން ކަޝްމީރުގެ ބަޔަކު ދިން ހަމަލާއެއްގެ ބަދަލުގަ ޕާކިސްތާނަށް ހަމަލާދޭންވީ؟؟ މީހަމަ އިންތިޚާބު ދުވަސްވަރުގެ މޯޑީ އާއި އާރް.އެސް.އެސް. ގެ ގޭމެއް. ކަލޭމެންދެން ތިބޭ ހެއްލިފަ.
ޭިއަމްރާން
26 February 2019
އިމްރާނު ވެސް ހިތުން އިންޑިޔާއިން ޓެރަރިސްޓުންނާ ދެކޮޅަށް ދިން ހަމަލާއަށް ސަޕޯޓުކުރާނެ. ގޭގެތެރޭގެ މަސްލަހަތަށް ރިޔާއަށް ކޮށްފާ ބޮނޑާ ކެޑިއަސް އިމްރާނަކީ ގަމާރެއް ނުންކަން ޔަގީން
ޗިއްލޫ
26 February 2019
ޖައިޝީ މުހަންމަދުގެ ކޭމްޕަށްކަން މިހަބަރު ލިއުނު ލިއުންތެރިޔާއަށް އެނގިލެއްވީ އެތަނަށް ހަމަލާދޭން އިންޑިޔާ ސިފައިންނާއެކު ދިޔައީތޯ؟؟؟؟؟
ރަދީފް
27 February 2019
ތިކުރީ ވަަރަށް ކޮސް ސުވާލެއް.ދިވެހިރާއްޖޭގެ ނޫސްތަކުގަ މާސް ނުވަތަ އެހެން ޕްލެނެޓްތަތަކަށް އެކިކަހަލަ ޑިވައިސް / އުޅަނދު ފޮނުވާ ވާހަކަ ލިޔަނީ އެއީ ދިވެހި ކުންފުންޏަކުން ފޮނުވީމަތަ؟؟ ލަދު ކޮބާ؟؟ ނޫސްވެރިކަމުގެ ހަމަތަކާއި މައުލޫމާތު ލިބިގަނެ އެ ޕަބްލިޝްކުރަން އޮންނަ އުސޫލްތައް ދަސްކުރުމަށް ނަސޭހަތްތެރިވަން.ވ.ވެދުން
ދަތްނެތްކުއްޖާ
26 February 2019
އިމްރާނުޙާނެވެ. މިފަހަރު ދުލެއް ނޫދެއްޗެވެ. އިންޑިއާ ނުވަތަ ޕާކިސްތާނު ކޮންމެވެސް އެއްބައެއް ގަދަވަންދެން ތި ހަނގުރާމަ މި ފަހަރު ފަށަން ޖެހޭނެ ކަމަށް މަމެން ދިވެހި ރައްޔިތުން ދެކެމެވެ.
މަހުދީ
26 February 2019
ޑިމޮކްރަޓިކް ނަމަ އިންޓަނޭޝަނަލް ޤާނޫނާ ޙިލާފެއް ނުވާނެ. ދެން ކުޅިސަމާ ފެށުނީ
އެސް
26 February 2019
ތިންސަތޭކަ ގަސް މަރުވީ އިންޑިއާގެ ހަމަލާގަ
ރަދީފް
26 February 2019
ސާބަހޭ އިމްރާން.އެންމެ ތަންކޮޅެއްވެސް ދޫނުދޭތި.މިފަހަރު އިންޑިޔާއަށް ރީތި ފިލާވަޅެއް ދޭންވާނެ.މަމެން މިތިބީ ދުރުގަ ، ނަމަވެސް މަމެން އެންމެ ބާރުގަދަ ހަތިޔާރުގެ ބޭނުން ކުރާނަން.އެއީ ދުއާ.މަމެންގެ ގައުމުގެ 99 ޕަސެންޓް މީހުންގެ ތާއީދު އޮތީ ޕާކިސްތާނަށް.ގުޑް ލަކް.