ޚަބަރު / އެމްއެންޑީއެފް

ޝިމާ ހޯދުން: މުޅި ލ. އަތޮޅު ބަލައިފި، އެއްވެސް އެއްޗެއް ނުފެނުނު!

ގެއްލިގެން ހޯދަމުން އަންނަ ޝިމާ: އޭނާ ހޯދުމަށް މުޅި ލ. އަތޮޅު ވަނީ ބަލާފައި--

ލ. ފޮނަދޫން އެ އަތޮޅު މާމެންދު އަށް ދަަނިކޮށް، ލ. ގާދޫ ކަނޑުއޮޅިއަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ބަންޑުން ޖަހާލި ޑިންގީން ގެއްލުނު އައިމިނަތު ޝިމާ ނާފިޒު ހޯދަން މުޅި ލ. އަތޮޅު ބެލުމުން ވެސް އެ ހާދިސާއާ ގުޅުން ހުރި އެއްވެސް އެއްޗެއް އަދި ނުފެންނަ ކަމަށް އެމްއެންޑީއެފާއި މާމެންދޫ ކައުންސިލުން މިއަދު ބުނެފި އެވެ.

ޝިމާ ގެއްލުނީ ލ. ގަމު، އިބްރާހިމް ފަޒީލް، 24، އާ އެކު ފޮނަދޫން ކުޑަ ޑިންގީއެއްގައި ފުރައިގެން މާމެންދުއަށް ދަނިކޮށް ހުކުރު ދުވަހުގެ ރޭ 6:50 ކަންހާއިރު އެ މީހުން ދަތުރު ކުރި ޑިންގީ ބަންޑުޖަހާލުމުން ކަމަށް ފަޒީލް ބުނެ އެވެ. އެ ޑިންގީގައި އެ މީހުން ދަތުރު ކުރިއިރު މޫސުން ގޯސް ކަމަށް ކައުންސިލުން ބުންޏެވެ.

އެ ހާދިސާގައި ފަޒީލް ސަލާމަތްވީ ފަތާފައި ގޮސް "ސިކްސް ސެންސް ލާމް" ރިސޯޓަށް އެރުމުންނެވެ.

ހަމަ އެ ރެއިން ފެށިގެން ޝިމާ އާއި ޑިންގީ ހޯދުމުގެ މަސައްކަތް ސިފައިންނާއި ފުލުހުންގެ އިތުރުން އާއްމު ރައްޔިތުން އަންނަނީ ކުރަމުންނެވެ.

އެމްއެންޑީއެފްގެ ތަރުޖަމާން އިބްރާހިމް އާޒިމް ވިދާޅުވީ އޮޔާއި ވައި ހުރި ގޮތް ބަލައިގެން ކަނޑާއި ވައިގެ މަގުން އަދިވެސް ޝިމާ ފެނޭތޯ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ހާދިސާއާ ގުޅޭ ކަމަށް ބެލެވޭ އެއްވެސް އެއްޗެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޑީއެފުން ވަނީ ޑައިވިން ރޮބެޓް ބޭނުންކޮށްގެން 400 ކިލޯ މީޓަރުގެ ސަރަހައްދެއްގެ އަޑި ވެސް ބަލައިފަ އެވެ.

"މިހާރުވެސް ހަމަ ކޮންމެ ދުވަހަކު ކަނޑުގެ އޭރިއާ ބަލަމުން މި އަންނަނީ،" އާޒިމް ވިދާޅުވި އެވެ.

މާމެންދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ހަބީބު އަލީ ވިދާޅުވީ އެ އަތޮޅުގައި މީހުން ދިރިއުޅޭ 10 ވަރަކަށް ރަށާއި 20 ފަޅުރަށް އޮތްއިރު އެކި ގޮތްގޮތުން އެ ހުރިހާ ތަނަކާއި ކަނޑުގެ ސަރަހައްދު ބަލާފައިވާ ކަމަށެވެ. އެއީ ސިފައިންނާއި ފުލުހުންގެ އިތުރުން މާމެންދޫގެ ރައްޔިތުން ހިމެނޭ ގޮތަށެވެ.

ޝިމާގެ އާއިލާ އާއި މާމެންދޫ ރައްޔިތުންގެ ޓީމަކުން ވަނީ ކުރިން މީހުން އުޅުނު ގާދު އާއި މާމެންދޫ ކައިރީ އޮންނަ ފަޅުރަށެއް ކަމަށްވާ ހުޅިމެންދޫ ވެސް ބަލާފަ އެވެ. އަދި ސިކްސް ސެންސް ލާމު ކައިރިއަށް ފީނައި ބަލާފައި ވެސް ވެ އެވެ.

"ރަށްރަށަށް ގުޅައިގެންނާއި ހެލިކޮޕްޓަރުގައި މަތިން ވެސް، ކަނޑުން ވެސް ބަލައިފި. ހަމަ އެއްވެސް އެއްޗެއް ނުފެނޭ. މިއަތޮޅު ރަށްރަށަށް ގުޅައިގެން ވެސް ބަލައިފިން. ހަމަ ހަބަރެއް ނެތް،" ހުސައިން ވިދާޅުވި އެވެ.

އެ ހާދިސާއާ ގުޅިގެން ޝިމާގެ އާއިލާއިން ފަޒީލްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެ އެވެ. އެ މީހުން ބުނަނީ ފަޒީލް ދެފަހަރު ވާހަކަ ދައްކަނީ ދެ ގޮތަށް ކަމަށެވެ. އެކަމަކު އެ ތުހުމަތުތައް ފަޒީލް ދޮގުކުރެ އެވެ.

Shima gehlun: "Kuri masahkaiy hedhdhevi faraathah engeyne"

Shima gehlun: "Kuri masahkaiy hedhdhevi faraathah engeyne"

The most trusted news source in the Maldives

Mihaaru

ފަޒީލް: ކުރި މަސައްކަތް ހެއްދެވި ފަރާތަށް އެނގޭނެ.

ފަޒީލް ބުނިގޮތުގައި އޭނާގެ ޒަމާންވީ ރަހުމަތްތެރިޔާ ޝިމާ މިދިޔަ ބުދަ ދުވަހު ކައްދޫ މަގުން ގަމަށް ދިއުމުން ޝިމާގެ ކަންކަން ބެލެހެއްޓީ އޭނާ އެވެ. ޝިމާ ގޮވައިގެން ކުޑަ ޑިންގީއެއްގައި މާމެންދުއަށް ދާން ފުރީ ކޮންމެހެން ވެސް ރަށަށް ދިއުމަށް ޝިމާ ބޭނުންވެފައި ހުރުމުން ކަމަށް ފަޒީލް ބުނެ އެވެ. އަދި ޑިންގީ ބަންޑުން ޖަހާލުމުން ޝިމާ ސަލާމަތް ކުރުމަށް އޭނާ ވަރަށް މަސައްކަތް ކުރި ކަމަށާއި މާކަނޑުގެ ވަކި ހިސާބުން އޭނާއަށް ޝިމާ ގެއްލުނީ ކަމަށް ފަޒީލް ބުނެ އެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އެކަމަކު ފުލުހުން އެކަމާ ބެހޭ ގޮތުން މާ ބޮޑު ވާހަކައެއް ނުދައްކަ އެވެ.

22 ކޮމެންޓް, 163 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 88%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ތާ1

01 March 2019

ޑިންގީއިން ދަތުރުކުރިއްޔާ ވަރަށްގިނަ މީހުންނައް އެނގޭނެ އެގަޑީ ވަރަށް މީހުން ތިބޭނެ ބަނދަރުމަތީ.

The name is already taken The name is available. Register?

ލީމް

01 March 2019

ތިޔަބުނާ ފޯނެއް ލޮކޭޓުކުރަން ފުލުހުން އުޅެފިބާ!؟ އެމީހުން ފުރިރަށުގެ ތުނޑިއާއި ވާތެރެ ބަލަންވީ. ދަތުރު ފުރީ އެސޮރު އެކަނިހެން މަށަށް ވަރަށް ހީވޭ..

The name is already taken The name is available. Register?

އަޙްމަދް

01 March 2019

ޕެޓްރޯލް ހުސްކުރި ޓޭންކެއް އޮވެފަ،ފޯނެއް އޮވެފަ ކީވެގެންބާ ވަރުބަލިވީމަ ފަތާފަ ދާންޖެހުނީ؟؟؟ ޕެޓްރޯލް ހުސްކުރި ޓޭންކްގައަ ހިފަހަށްޓާގެން އޮތީމަ ވަރުބަލި ނުފިލަނިބާ؟؟؟ ތިކިޔާ ރިސޯޓަށް ޓޭންކްގެ އެހީގަ ޝިމާ ގޮބާގެން ނުދެވުނި ކީއްވެގެންބާ؟؟؟ ފޯނުން އެއްވެސް ތާކް ނުގުޅެނިބާ؟؟؟ ޝިމާގެ ހުރީހާ ހަރަދެއް ބެލެހެއްޓިއިރު ލޯންޗެއްގައި ޝަމާ މާމެންދޫއަށް ނުފޮނުވުނި ކީއްވެގެންބާ؟؟؟ ސުވާލްއުފެދޭ ވަރަށްގިނަ ކިންކިން އެބަހުރި؟؟؟

The name is already taken The name is available. Register?

ޝޯން

28 February 2019

ޑިންގީ އަދި ކުދި އޮޑިދޯނިފަހަރުގަ ދަތުރުކުރާއިރު ޓްރެކަރ ހަރުކޮށްފަ ހުންނަ ލައިފްޖެކެޓް އަޅައިގެން ދަތުރު ކުރަން މަޖުބޫރު ކުރުވަން ޖެހޭވަރަށް ކަނޑަށް މީހުންއެބަ ގެއްލޭ. މިމީސްމީހުން ހޯދަން ކުރަންޖެހޭ މަސައްކަތުގެ އިތުރުން ދައުލަތުން ހޭދަވާ މިންވަރުވެސް އެހާބޮޑު. ކަމެއް ދިމާވުމަށްވުރެ ރައްކާތެރިވުން އަބަދުވެސް ބުއްދިވެރި.

The name is already taken The name is available. Register?

ޥިސްނާ

28 February 2019

ޢަދިފެނޭ ސިކްސް ސެންސް ފަޅުތެރޭގައި އޮއްނަ ފިނޮޅު ބަލާލުން ވ ބުއްދި ވެެރި......

The name is already taken The name is available. Register?

ސަކީނާ

28 February 2019

ޑިންގީއިން ދަތުރުކުރިބާ؟

The name is already taken The name is available. Register?

އަބްދުލް ހާރިސް

28 February 2019

ހާމުދުރެއް ކައިރި އަހާލައިގެން ޑިންގީ ގަނޑު ނަމަވެސް ފެނޭތޯ ބަލާލުން ކިހިނެއް ވާނެ؟

The name is already taken The name is available. Register?

އަހުމަދު...

28 February 2019

އޭނަގެ ފޯނު ކޯލު ތަކާ އެއްޗިހި އަޑު އަހައިގެންވެސް އިތުރު ގޯހެއް އުޅޭތޯ ބެލުން ރަގަޅު.

The name is already taken The name is available. Register?

މަރޭމިތުރު

28 February 2019

ނުބަލާރަށެއްނެތް ނުބަލާހިތެއްނެތް، ނުބަލާކަނޑެއްނެތް ނުބަލާ ފަޅެއްނެތް،............. އަދިވެސް ބޭނުމީ ޝިމާ ފެނުމައް

The name is already taken The name is available. Register?

މަމެން

28 February 2019

ދިވެހި ފުލުހުންގެ ބަސް މަގު "މައްސަލައިގެ ބާވަތުން އިތުރު މައުލޫމާތު ދެވޭކަށް ނެތް ، މައްސަލަބަލަމުން ދަނީ " ދުވަހަކުވެސް މިކަންކަން އެނގޭ ތަނެއް ނާދޭ

The name is already taken The name is available. Register?

ihaaru.

01 March 2019

ނާތަހުޒީބު ނާގާބިލް ހެދިގެން އުޅޭސިފައިން ނައްވާނީ ތިހެން، ކުރެވޭ، ހޯދޭ އެވެސް ކަމެއް މިއުޑުދަށަކުނޯންނާނެ، މުސާރަލިބޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454