ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ހަލީލް މަޖިލިސް ކޮމެޓީއެއްގައި: އޭނާގެ އާއިލާ ހަތް މީހަކަށް ފްލެޓް ލިބުނު މައްސަލަ ވަނީ ފެންމަތިވެފައި-- ފޮޓޯ: މިހާރު
05 މާޗް 2019 - 11:30
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ފްލެޓް ދޭން ނިންމާފައިވާ މީހުންގެ ނަންތައް އިއްޔެ އާއްމު ކުރިއިރު، ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ހަލީލްގެ އާއިލީ 12 މީހަކަށް ފްލެޓް ދީފައިވާކަން ހާމަވެއްޖެ އެވެ.
ފްލެޓު ލިބިފައިވާ ހަލީލްގެ އާއިލީ ބޭފުޅުންގެ ތެރޭގައި ހިމެނެނީ އަނބިކަނބަލުންނާއި އެއްބަނޑުއެއްބަފާ ކޮއްކޮއިންނާއި އެ މީހުންގެ އަނބިންނާއި ފިރިން ހިމެނެ އެވެ. އޭގެ ތެރެއިން ބައެއް ދެމަފިރިންނަށް ދެ ފްލެޓް ލިބިފައިވެ އެވެ.
ފްލެޓު ލިބުނު ހަލީލްގެ އާއިލާ މެމްބަރުންގެ ތެރޭގައި އެ މީހުންގެ ރަށް ނިލަންދޫގައި ދިރިއުޅޭ މީހުން ވެސް ތިބި ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. އަދި ފުލުހުންގެ ފްލެޓް ލިބިފައިވާ ހަލީލްގެ ކޮއްކޮގެ އަންހެނުންނަށް ވެސް ފްލެޓް ވަނީ ލިބިފަ އެވެ.
އެ އެންމެނަށް ލިބިފައިވާ ޕޮއިންޓް ވެސް އުޅެނީ 70 އަށް ވުރެ ދަށުގަ އެވެ. ބައެއް މީހުންނަށް 69 ޕޮއިންޓް ލިބިފައިވާއިރު ދެން ތިބި މީހުންނަށް ލިބިފައިވަނީ 65 ޕޮއިންޓެވެ.
އެކަމާ ގުޅޭގޮތުން ހަލީލާ ސުވާލު ކުރުމުން ވިދާޅުވީ "އަޅުގަނޑުގެ އާއިލާގެ ވަރަށް ގިނަ ބަޔަކަށް ފަސް އަހަރު ތެރޭގައި ދަރިން ވެސް ލިބިފައިވާ" ކަމަށެވެ. އިތުރު އެއްޗެއް ވިދާޅެއް ނުވި އެވެ.
މިދިޔަ ސަރުކާރުން ފްލެޓް ދިން މީހުންގެ ތެރޭގައި ސިޔާސީ ނުފޫޒު ބޭނުންކޮށްގެން ނުހައްގުން ފްލެޓް ހޯދި ގިނަ ބަޔަކު ތިބި ކަމަށް ތުހުމަތު ކުރެވެ އެވެ.
ފްލެޓް ލިބޭ މީހުން ކަނޑައަޅައި، ފްލެޓް ލިބުނު ކަމުގެ ލިޔުން ހަވާލުކޮށްފައި ވިޔަސް ކުރީގެ ސަރުކާރުން އެއީ ކޮން ބައެއްކަން ހާމަކޮށްފައެއް ނުވެ އެވެ. ޒާތީ މައުލޫމާތު ހާމަ ނުކުރާނެ ކަމަށް ބުނެ އޭރު ހާމަކޮށްފައި ވަނީ ފްލެޓަށް އެދި ހުށަހެޅި ފޯމުގެ ނަންބަރު އެކަންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނަމަނަ
06 March 2019
2008 ގައި އައި ސަރުކާރުން ގަތީވެސް ހަމަ މިގަނޑު. ޕާޓީ މީހުންނާ އެމީހުންގެ ޢާއިލާގެ މީހުންނަށް ކިތައް ފްލެޓް ދީފައޮތްތޯ ނިކަން ބަލާބަލަ. މިފަހަރު ޚަލީލުގެ ވާހަކަ. ކުރިންވެސް މިކަހަލަ ކިތަންމެ ބައެއްގެ ޢާއިލާގެ މީހުންނަށް ފްލެޓްބެހި.
ޙަޑަސް
06 March 2019
ތިބަގަ ރައްޔިތުންގެ ހައްގޭ ކިޔާކަށް ލަދެއްނުގަނޭތެ އަޅެ ފަހެ
ކުޑަކަތީބް
06 March 2019
ބަލަ މިމީހުން ލަފުގަ ހިފާ ރައްޔިތުން ކުރިމައްޗައް ނެރަ އިންސާފް ހޯދަދީބަލަ، ހަމަ މިހެން ނޫސްތަކުގެ ޖަހާލަ ޖަހާލާ މި ފަސްއަހަރުވެސް ރައްޔިތުން ކުޅިބަލަން! އެމީހުން ލަދެއް ހަޔާތެއްނެތި އަރާމުގަ - މިދެން އަޖާއިބެއްނުން!
ހުދުހޯރަ
06 March 2019
އަޑުގަދަ މީހާގެ ފްލެޓް ގިނަވާނެއެވެ.
ހައްޤުނޫން ފުލެޓާ މަ ދެކޮޅު
06 March 2019
"އަޅުގަނޑުގެ އާއިލާގެ ވަރަށް ގިނަ ބަޔަކަށް ފަސް އަހަރު ތެރޭގައި ދަރިން ވެސް ލިބިފައިވާ" ލަދެއް ހަޔާތެއްގެ ކަންފުޅެއް ނެތް އިންސާނެއް ހަލީލަކީ. ބަލަ ރާއްޖޭގެ ނިކަމެތި އާއިލާތަކުގެ ކިތައް އާއިލާތަ މާލޭގައި ގަނަ ތެޅެމުން ދަނީ ދަރިން ލިބި، ދަރިންގެ ދަރިން ލިބި؟ ހަމަ ގަނައޭ މިތެޅެނީ. ހަލީލު ކޮއިލު ތެރެއިން ބޮޑުންގެ ކައިރި ހޭކިގެން ނުފޫޒާ ބާރުގެ ތެރެއިން ނިލަންދޫގައި ތިބި ކަލޭގެ އާއިލާ މީހުންނަށްވެސް ފުލެޓް! ގޮތެއް ފޮތެއް ނެތް އިންސާނެއް!
އުނބުށެން
06 March 2019
ފްލެޓް ހޯދަން ފޯމްލާން ކިޔޫ ޖެހުނު އެތައްހާސް މީހުންނަކީ ދަރިން ނުލިބި ތިބި މީހުން ބާވައެވެ. ނަމުގެ ކުރިޔަށް ޑޮކްޓަރ ކިޔަކަސް ހިސާބަށްވުރެ ބޮޑަށް އަމިއްލަ އެދުން އިސްކުރެވުނީމާ އަހަރެމެންކަހަލަ ލަޓޯފަޓޯ މީހުންނަށްވެސް ގަބޫލު ނުކުރެވޭ ޒާތުގެ ކޮސް ވާހަކަ ދެއްކޭނެތާއެވެ.
ކުކުރު
06 March 2019
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ އާއިލާގެ ފުލެޓްތެރޭގައި އެބަހުރި ނުކުޅެދޭ ކުއްޖެއް ނެތް ފަރާތަކަށް ދީފައި. އެފަރާތް ދަންނަ މީހުންނަށް އެގޭނެ...
ފާތުމަ.
06 March 2019
ހަލީލު އެކަންޏެއްނޫން.މަގޭ ފިރިމީހާގެ އާއިލާގެވެސް 9 މީހުންނަށް ފުލެޓުލިބިފަ އޮތީ.ދަރިންގެ ދަރިންނާ އިނދެގެން އުޅޭ މީހުން ލައިގެން 11 މީހަކަށް ލިބުނު. މަލޭ ގެދޮރުހުރި މީހުންނާ އިނދެގެން ތިބިމީހުން ނަށްވެސްލިބުނު.އެންމެންނަކީ ވެސް އެމްޑީޕީ މީހުން.މަށާ މަގޭ ފިރިއަށް ނުލިބުނީ އެއްވެސްޕާޓީ އެއްގެ ދަފްތަރުގައި ނެތީމަ.މިހެން މިބުނީ މަށާއެކީ މިގޭގައި ދިރިއުޅޭ ފިރިމީހާގެ ބޭބެގެ ދެމަފިރިންނަށް ލިބުނީމަ.ތަސްބީހަޔަކަށްވެސްކިޔާނީ އަންނި ނޫނީ އެމްޑީޕީ.
ޢައިމިނަ
06 March 2019
ދެމަފިރިންނަށް ފުލެޓު ލިބިފަ އެބަހުރި ބައިވަރު މީހުންނަށް
ކްލޯސްޑް
06 March 2019
ދިވެހި ރައްޔިތުންނޭ ޚަލީލުގެ އާއިލާ އަކީ ވެސް އެމެންނަށް ފްލެޓްސް ތައް ލިބިއްޖެނަމަ ދެން ދެވަނަ ފަހަރަށް ފްލެޓްސް ތައް ދޭން ނުޖެހޭނެ ނޫންތޭ އެނިމުނީ އެއް ނޫންތޭ ޗެޕްޓަރ ކްލޯސްޑް..