މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށް ގެންދަނީ.---ފޮޓޯ: މިހާރު
05 މާޗް 2019 - 12:24
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކާ ގުޅިގެން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއެމް) ގެ ގަވަރުނަރު އަހުމަދު ނަސީރާއި އެތަނުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓްގެ ކުރީގެ ހެޑް އަބްދުﷲ އަޝްރަފް އާ ސުވާލުކުރުމަށް މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.
އެ ދެބޭފުޅުންނާ މާލިއްޔަތު ކޮމިޓީން ސުވާލުކުރަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިދިޔަ މަހުގެ 14 ވަނަ ދުވަހު އާންމު ކުރި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތް ކޮށެވެ.
މަޖިލިހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް ސިއްރު ކުރަނީ އެ ކޮމިޓީއަކުން ފާސްކޮށްގެންނެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އޭސީސީން އާންމު ކުރި ތަފްސީލީ ރިޕޯޓްގައި ބުނެފައިވާ ގޮތުން 57 ރަށެއްގެ މައްސަލަ އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. ރިޕޯޓުން އެނގޭ ގޮތުގައި އެ ރަށްރަށާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ އަށް ވަނީ ވަރަށް ބޮޑު ހިޔާނާތެއް ވެފަ އެވެ. އެގޮތުން، އެ ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.
ރާއްޖޭގައި މިހާތަނަށް ހިންހި އެންމެ ބޮޑު ހިޔާނާތުގެ މައްސަލައިގައި އޭސީސީން ނެރުނު ރިޕޯޓްގައި ބުނެފައިވާ ގޮތުން އެމްއެމްޕީއާރުސީ އަށް ނުލިބި 59.4 މިލިއަން ޑޮލަރު އެބަ ހުއްޓެވެ. އަދި ވަދެފައިވާ އާމްދަނީގެ ތެރެއިން ވެސް އެސްއޯއެފް އާއި މިލީނިއަމް ކެޕިޓަލަށް ބޮޑު ބައެއް ޖަމާކޮށްފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮސްބެ
06 March 2019
ކީކޭ ބުނާނީ؟ ހުސްވަގުން.
ކޮބާ..ކޮބާ
05 March 2019
ފިޔަވަޅު ނޭޅޭނެ ކަމެއް ބެލުން ވާނީ ބޭކާރު ކަމަކަށް..
މައްދޫބު މޫސާ
05 March 2019
މިދިޔަ 5 އަހަރުވައިވެސް ސިއްރުކުރީ، މިއަދުވެސް ސިއްރުކުރަނީ، މަޖިލިހުގެ ކޮމެޓީން ތިޔަ މައްސަލަ ސިއްރުކޮށްގެން ނުވާނެ، އަދި ތިޔައީ ގައުމުގެ ސަލާމަތަށް ނުރައްކާވާކަމެއްނޫން
ރަދީފުގެ ދަރި ކުމާރު
05 March 2019
މީތި ކަޑަ. ސަރުކާރުން ޔާމީނާއެކު ޑީލުތަކެއް ހަދަން ތައްޔާރުވަނީބާ؟
ބޮންދު
05 March 2019
ކޮއްކޯ! ސަރުކާރަކުންނޫން ސިއްރު ޖަލްސާބާއްވަނީ. މަޖްލިހުން. އެއީ ޔާމީނަށް ފޯރުވޭ މަޖުލިހެއް. އެތާގެ ރައީސަކީ އިބޫއެއްނޫން. ޤާސިމް.
ބޮނދޫގެ ދަރި
05 March 2019
ބޮނދޫ. ކަމެއް އޮޅުވާލުމުގެ ނިޔަތުގައި ކަންހިނގާ މަގު ނުލިޔެ ދޫކޮށްލާނެކަމެއް ނެތް. ކޮމިޓީއެއްގެ ޖަލްސާ ސިއްރުކުރުމަކީ އެކޮމިޓީއަކަށް ހާޒިރުވާ މެމްބަރުން ނިންމާ ނިންމުމެއް. މަޖިލީހުގެ ރައީސް ނިނމާ ނިންމުމެއް ނޫން.
ހުސް ހިޔާނާތް
05 March 2019
ތިހިޔާނާތެއްގަ ދިވެހިރާއްޖޭގެ ޓޮޕް ލެވެލް ހުރިހާ ވިޔަފާރިވެރިން އަދި ޕޮލިޓީޝަނުން ވަނީ ބައިވެރިވެފަ. އަދި ނުވިތާކަށް މަޖުލީހަށް އެމް.ޑީ.ޕީ ޓިކެޓު ދީފަ ތިބި މީހުންގެ ކުންފުނިތަކަށްވެސް ވަނީ ތިފައިސާ ވަދެފަ. އެމް.ޑީ.ޕީ ސެކްރެޓޭރިއަޓުން ވަނީ ރައްޔިތުންނަށް އޮޅުވާލަންވެގެން ޕްރައިމަރީއިން ހޮވުނު އެއްވެސް ކެނޑިޑޭޓެއްގެ ނަމެއްވެސް ނެތޯކިޔާ ނޫސްބަޔާން ނެރެފަ. ރަނގަޅު, ވިޔަފާރި ނަމެއްގެ ގޮތުގަ އަމިއްލަނަން ވަރަށް މަދުމީހެއް ނޫނީ ބޭނުން ނުކުރާނެ. ވިޔަފާރީގަ ހުންނާނީ ވިޔަފާރި ނަން. ތިކަން ނުވެސް ބެލޭނެ. ދެންވެސް ދާނީ ގޯހުން ގޯހަށް. ބޭކާރު ކޮމިޝަން ހަދައިގެން ރައްޔިތުންގެ ފައިސާ އިސްރާފުކުރާނެކަމެއް ނެތް.
0000
05 March 2019
އިރާދަ ކުރެއްވިއްޔާ ކަންކަން ހާމަކަމާއެކު ގެންދާނެ މަޖިލީހެއް ރައްޔިތުން ހޮވާ މިހާރު ތިބި އެންމެން ބޭރު ކުރާނެ!