05 މާޗް 2019 - 15:29
ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރަކަށް ފުރަތަމަ ފަހަރަށް ހަމަޖެއްސި އަންހެން ބޭފުޅަކަށް މަރިޔަމް ޝަފީގު ވެވަޑައިގެންފި އެވެ.
އާސަންދަ ކުންފުނީގެ އެމްޑީއަކަށް، އައްޔަންކުރި މަރިޔަމް މީގެ ކުރިން ހުންނެވީ އެންސްޕާގެ ސީއީއޯގެ މަގާމުގަ އެވެ.
ސަރުކާރު ކުންފުންޏަކަށް ފުރަތަމަ އަންހެން މެނޭޖިން ޑިރެކްޓަރެއް ހަމަޖެއްސެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. އެކަމަކު މެއި 5، 2016 ގައި އައިމިނަތު ޝަރާހަތު އައްޔަންކުރެއްވީ އަލަށް އުފެއްދި އަދި މިހާރު ވެސް ވަރަށް ކުޑަ ކުންފުންޏެއް ކަމަށްވާ ހަޒާނާ މޯލްޑިވްސްގެ އެމްޑީއަކަށެވެ. އިސްލާމިކް ފައިނޭންސް ކުރިއަރުވަން އުފެއްދި އެ ކުންފުނިން ހަމަ އެ އަހަރު އޭނާ ވަނީ ވަކިކޮށްފަ އެވެ.
ހެލްތު އިކޮނޮމީގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ މަރިޔަމްއަކީ ކުރިން ނަރުހެކެވެ. އަދި މިހާރު ވެސް އޭނާ ހުންނެވީ ނާސިން އެންޑް މިޑްވައިފެރީ ކައުންސިލްގެ ރައީސްގެ މަގާމުގަ އެވެ.
އޭގެ އިތުރުން އެލައިޑް އިންޝުއަރެންސްގެ ޓެކްނިކަލް މެނޭޖަރުކަމާއި ގައުމީ ޔުނިވާސިޓީ އަދި ވިލާ ކޮލެޖުގައި ވެސް ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައި ވެ އެވެ.
We have appointed the following Directors to Aasandha Company Limited.
— Privatization & Corporatization Board (@pcb_gov) March 5, 2019
1-Mariyam Shafeeq, M.Maafusheege as the Managing Director
2- Amila Latheef,H.Aibahaaru as a
Non-Executive Director
3- Mohamed Amir, Ma.Victory as a
Non-Executive Director
މަރިޔަމް ޝަފީގުގެ އިތުރުން އާސަންދަ ކުންފުނީގެ ބޯޑަށް ދެ މެމްބަރަކު ވަނީ އައްޔަންކޮށްފަ އެވެ. އެއީ އަމީލާ ލަތީފް، ހ. އައިބަހާރު އާއި މުހައްމަދު އާމިރު، މއ. ވިކްޓްރީ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޑުބަޑު
07 March 2019
ދިނީމަ މިނިސްޓަރުކަން ވެސް ކުރެވޭނެ ދޯ
ތާބާށް
06 March 2019
މީ ގަދަ އަންހެނެއް!ވަރަށް މުރާލީ، ވަރަށް ހިންގުންތެރި، ވަރަށް އިޚްލާސްތެރި، ވަރަށް މީހުންނަށް ހެޔޮ އެންމެންގެ ލޯބި ލިބޭ މީހެއް! ގަދަ އިނގޭ މަންތާ!އިންޝާﷲ ހަމަ އެންމެ ރަނގަޅަށް ކުރިއަށް ދާނީ!
ޒައީމް
06 March 2019
ހާދަ ގާބިލު ކަބަލެކޭ. ނަޒާހަތްތެރިވާތި. ތި އާސަންދަ އަކީ މީހުން ތީގެ ފައިދާ ވަރަށް ގޯސްކޮށް ނަގާ ތަނެއް. މިހަދާ އެއްޗަކީ އައިޖީއެޗްގައި އުޅޭ އާދައިގެ އެޑްމިން ކުދިންވެސް ޑޮކްޓަރުން އަތުން ރާއްޖޭން ކުރެވޭ ކުދިކުދި ކަންކަން ކުރަން ސިޓީ ހޯދައިގެން ފެމިލީ މީހުން ޗުއްޓީ ހަދަން އިންޑިއާ ލަންކާއަށް ފޮނުވަނީ. ރައްޔިތުންގެ ފައިސާއަށް ބޮޑު ތަނުން ހިޔާނަތްތެރިވަނީ
ފިސާރިކަނބަލެއް
06 March 2019
ކޮރަޕްޝަން އެންމެ ފަސޭހައިން ފޮހެވޭނެ އެއްކަންތައް ތިއީ،
ދާދޭ
05 March 2019
މަރުހަބާ މަރީ. އުންމީދުކުރަން ކޮރަޕްޝަނަށް ނުވެއްޓި އަދި ވަކިމީހަކަށް ފޭވަރ މުރުމެއްނެތި އަދި މުވައްޒަފުން ޒިންމާދާރު ކުރުވައިގެން މަސައްކަތް ކުރައްވާނޭ ކަމަށް.
މައިދާން މުހައްމަދު
05 March 2019
ހަމަ ވަޒީފާތަކެއް އުފެއްދުމުގެ ނިޔަތުގައި އިބޫވެސް މިފަދަ ކުންފުނި އުވާނުލައި އެގެންދަނީ މީހުން އައްޔަން ކުރަމުން، ތިޔަ ކުންފުނިން މިވޭތުވެދިޔަ އަހަރުތަކުގައި ކުރީ ކޮންކަމެއްތޯ؟ އެންމެ ކަމަކަށްވެސް އިންވެސްޓްކުރިތޯ؟ މިއޮތީވާ ސަރުކާރެއް
މީ
05 March 2019
ޑީ އޯ ސައްޕެގެ ދައްތަ ދޯ?
ލައްބަ
05 March 2019
ސައްޕެގެ ދައްތަ އެއި
ކޮއެ
05 March 2019
ސައްޕޭގެ ކޮއްކޮ
ނޫހު
05 March 2019
ސައްޕޭގެ ކޮއްކޮ، މޮޅުވާނެ، ތެދުވެރިވާނެ...
މުހައްމަދު އަހުމަދު ދީދީ
06 March 2019
ބަލާފަ ކޮމެންޓް ކޮށްބަލަ! އެއީ ޑީއޯސައްޕެގެ ކޮއްކޮ އެއްނޫންތަ؟
އިނާޔަތު އަބްދުއްރަހްމާން
05 March 2019
މުވައްޒަފުން ލައްވާ ސިޔާސީ ކަންތައް ނުކުރާނެ ކަމަށް އުންމީދުކުރަން
ޤައުމުގެ އިންސާފް
05 March 2019
ހީކުރަން ކޮރަޕްޝަނާއި ދެކޮޅަށް ކަމަނާ މަސައްކަތްކުރާނެކަމަށް. ޢަދި އާއިލާ މީހުންނާޢީ އެއްވަރަށް އާންމުންގެ މެދުގައިވެސް ހަމަހަމަކަން ބާއްވާނެ ކަމަށް. އަދިވެސް ތިއާއިލާގެ އެހެންކުދިންނަށްވެސް ބޮޑެތި މަޤާމުތައް މިސަރުކާރުގައި ލިބޭނެ ތީ އެމް.ޑީޕ ކުދިން. ކުރިއެރުމަށް އަބަދުވެސް އެދެން.
މައިޝާ
05 March 2019
ހަމަ އެ ނާހިދާ ދޯ ދެންވެސް ހުޅުމާލެ ހޮސްޕިޓަލްގެ އެޗް.އާރު މެނޭޖަރަކަށް ހުންނާނީ. ނާސިން ބަޑީޒް ދޯ.
މުހައްމަދު އަހުމަދު
06 March 2019
ނާހިދާ ހަމީދަކީ ނަރުހެއްނޫން!!! ކުޑަކޮށް ބަލާލާފަ ކޮމެންޓް ކުރިއްޔާ ބޭޒާރު ނުވާނެ