ކޮރަޕް ބޮލެވާޑްގެ މަސައްކަތަށް މަގު ބަންދުކޮށްފައި: މި ހަފުތާގެ ނިޔަލަށް އެތަން ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނޭ. --ފޮޓޯ/ހައުސިން މިނިސްޓްރީ
06 މާޗް 2019 - 20:30
ތާޖުއްދީން ސްކޫލްގެ ފުރަގަހުގައި، ކޮރަލް ބޮލެވާޑް މަޝްރޫއުގެ ފްލެޓްތައް އިމާރާތް ކުރަން ބަންދުކުރި ބޮޑުތަކުރުފާނު މަގު ހުޅުވައިލުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
އެ ފްލެޓް އަޅަން ނިންމާފައި އޮތީ އައިޖީއެމްއެޗާ ދިމާލުގައި ކުރިން އޮތް ބީޖީ ދަނޑުން ފެށިގެން ސޯޝަލް ސެންޓަރުގެ ނެޓްބޯޅަ ދަނޑާ ދެމެދު އޮތް ސަރަހައްދުގަ އެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ޓިނު ޖަހައި، އެ ސަރަހައްދު ބަންދުކޮށްފައި އޮންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން މިރޭ ވިދާޅުވީ އެ ސަރަހައްދު ބަންދުކޮށްފައި އޮތުމަކީ އާއްމުންނަށް ދަތިތަކަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ. އެހެންވެ، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި މި ސަރުކާރުން ވައުދުވި ގޮތަށް އެ މަގު ހުޅުވައިލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހަފުތާގެ ނިޔަލަށް އެ މަގު ހުޅުވާލެވޭނެ ކަމަށް އަޅުގަނޑުމެން ލަފާކުރަނީ. އޭރުން އެ ސަރަހައްދުން ދަތުރުކުރުމުގައި ލުއި ފަސޭހަވެގެންދާނެ،" ޝާމިން ވިދާޅުވި އެވެ.
ކޮރަލް ބޮލެވާޑްގެ މަސައްކަތްތަކަށް ބަންދުކޮށްފައިިވާ މަގު އާއްމުކޮށް ހުޅުވާލުމުގެ މަސައްކަތް ކުރިއަށް ދަނީ. pic.twitter.com/IOS4ZDuD7c
— housing.gov.mv (@HousingGovMv) March 6, 2019
ބޮލެވާޑް މަޝްރޫއު ކުރިއަށް ގެންދިޔަ ސިންގަޕޫރު ކުންފުނިން ނިންމީ، 70،000 އަކަ ފޫޓުގެ ސަރަހައްދުގައި 28 ބުރީގެ ހަތަރު ޓަވަރު އެޅުމަށެވެ. އެ މަސައްކަތް ފަށާފައިވީ ނަމަވެސް ހައުސިން މިނިސްޓްރީން މިހާރު ނިންމާފައި އޮތީ މާލޭގައި އިތުރު ހައުސިން ޕްރޮޖެކްޓެއް ކުރިއަށް ނުގެންދާށެވެ.
ކޮރަލް ބޮލެވާޑްގެ ޕްރޮޖެކްޓް ހުޅުމާލެއަށް ބަދަލު ކުރަން ނިންމައި އެޓާނީ ޖެނެރަލް އޮފީހުގެ ލަފަޔަކަށް ވެސް ހައުސިން މިނިސްޓްރީން އެދުނެވެ.
ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީން ޝަންހުއާ އަށް އެ މަޝްރޫއު ހަވާލުކުރީ 2020ގެ ނިޔަލަށް ނިންމާށެވެ. އަދި އެ ތަނުގެ ހަތަރު ޓަވަރުން 120 ފްލެޓް ސަރުކާރަށް ދޭން އޮތީ އެއްބަސްވެފަ އެވެ. އެ ޕްރޮޖެކްޓްގެ ބިންގާ އަޅުއްވައި ދެއްވީ މިދިޔަ އަހަރުގެ ޖުލައި މަހު އޭރުގެ ރައީސް އަބްދުﷲ ޔާމީނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުރާ
07 March 2019
އަދިވެސް ހުޅުވަނީ؟ މިހާރު ކޮން ޒަމާނެއް އެހެން ބުނިތާ؟
ކާފަބޭ
07 March 2019
މި މަސްރޫއު މާލެއިން އެހެން ތަނަކަށް ބަދަލުކުރުން އެއީ މާލޭގެ ތަރައްގީ އަށް ދިގުމުއްދަތައް ވާނެ ގެއްލުމެއް ހުޅުމާލޭ ފުލެޓްތައް ނިމި ގިނަބަޔަކު ހުޅުމާލެއަށް ބަދަލުވެ ދައްފެންވަރުގައި މާލޭގައި ހަދާފައި ބިލްޑިންގ ތައް ފުނޑުފުޑުވެގެން ވެރެން ފަށާނެ ވިއްސަކަށް އަހަރުން އެދުވަހުން މާލެވާނެ އަސްލު ކޮންކްރީޓް ޖަންގައްޔަކަށް
ޒުންނޫރާން
07 March 2019
ޓާޓާ މަޝްރޫޢު ﷲ ގެ ހެޔޮރަޙްމަތުން ދާނީ ކުރިއަށް ބާރަށް ކުރިއަށް!!
އުއު
07 March 2019
ނުކުރާނަން ގަބޫލެއް. ކުރީ ފަހަރުވެސް ތިހެން ބުނީމަ އަހަރެން އައި ޖީ އެމް އެޗް އަށް ދާން ވެގެން ދިޔައީތިމަގުން އެކަމު މަގު ހުރީ ބަންދުކޮއްފަ. އަނެއް ކާ ވެސް އެލަނޑު ދޭން ތި އުޅެނީ ދޯ.
ބޮބީ
07 March 2019
ތިޔަ ބިތްގަނޑުތަށް ނެގިޔަސް އިންޖީނުލީ އެއްޗިއްސަ ނުވަދެވޭ ގޮތަށް ހަދާތި ކޮންމެ ހުކުރުދުވަހެއް އެކަނި ކުރާކަމަކުން ޖަޒީރާވަންތައެއްނޫން
ސޮނެހާ
07 March 2019
ޓެކުސީ ޑުރައިވަރުންނާ ވެހިކަލްތައް ދުއްވާ މީހުނެއްނޫން މިގައުމުގަ އެކަނި އުޅެންވީކީ...
އަހަންމަ
07 March 2019
މިސަރުކާރު ވެރިކަމަށް އައިދުވަހުން ފެށިގެން ކޮންމެ ދުވަހަކު ތިމަގެއް ހުޅުވާ..
މޮޑޑ
07 March 2019
ރައްޔިތުންނަށް ކަމެއް ކޮށްނުދެވޭތާ ކުރަބް ފަށާ ހުންނަކަން ކަންވެސް ނުކޮށްވޭތޯބަލާތި
ތާޒަން
07 March 2019
މެދު ޒިޔާރަތްމަގު ހުޅުވަނީ ކޮންއިރަކުން ހޭ؟ ޚުޑަކުދިން ފުރޯޅުލީ ބޫޓް ދުއްވަން ބާއިންޖީނުގޭ ޕާކް ދީފަ ނަމަވެސް އެމަގު ހުޅުވާ ޕްލީޒް!
ޖޯސޭ
07 March 2019
މެދުޒިޔާރަތް މަގު ހުޅުވާކަށް ނުޖެހޭ. އެއީ މިހާރު އޮތް ގޮތަށް ބާއްވަން އެންމެ ރަގަޅުތަނެއް. ތާޒަން ދަރިން ގޮވައިގެން ނުދަންދޯ އެތަނަކަށް. ދާނަމަ އިނގޭނީ އެތަނުގައި ހުރި ހިތްފަސޭހަކަން.
ބޭކާރު
07 March 2019
އެމަގު އެގޮތަށްބޭއްވުން އެންމެރަގަޅީ. ދުއްވާމީހުންނަށް އެކަނި އޮންނަތަނެއްނޫން މަގުމައްޗަކީ!
މާލެ މީހާ
06 March 2019
ވަރަށް ރަނގަޅު. ދެން އޮތީ ކުރީގެ ސަރުކާރި ނާދީގެ ބިން ވަށައި ޓާޓާ އިން ޖަހާފަ ހުރި ޓިނުތަށް ނަގުން. ޓިނު ޖެހިއިރު ވަށަައިން އޮތް ޕޭމަންޓާއެއްކޮށް ޓިނުޖަހާ، މަޖީދިއްޔާ ސްކޫލުބުޑު ގައި އިން އިރު ކުޑަ ކުދިން ގޮވައިން އެތަނުން މިޖެހެނީ މަގުމަތީ ކާރާ ސައިކަލުތަކުން ރެކެމުން ހިނގަން. ނުވިތާކަށް އެބިން ފުރަގަހުގައި އިން ގޯޅިން ބައެއްނަގާ ޓިނުޖެހީމަ ސައިކަލު ޕާކުރުމަށް ފަހު ދެން ނޯވޭ ހިނގާލެވެން ތަންކޮޅެއް.