ރާއްޖެ އެތެރެކުރި މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފައި.
06 މާޗް 2019 - 22:20
ވައިގެ މަގުން އިންޑިއާ އާއި ސްރީ ލަންކާ އިން މިދިޔަ ހޯމަ ދުވަހު ރާއްޖެ އެތެރެކުރި ތިން ކިލޯގެ މަސްތުވާތަކެތި ރާއްޖޭގެ ކަސްޓަމްސް އިން އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލް ރާއްޖެ އެތެރެކުރަން އުޅުނީ ދިވެއްސަކާއި އިންޑިއާގެ މީހެއް ކަމަށެވެ. މި ދެ މީހުން ރާއްޖެ އެތެރެވީ ދެ މަތިންދާބޯޓަކުންނެވެ.
ލަންކާ އިން ރާއްޖެ އެތެރެވި ދިވެއްސަކާ މެދު ޝައްކު އުފެދިގެން ބެލިއިރު އޭނާގެ ފޮށިތަންމަތިން 1491 ގްރާމްގެ ހަޝިޝް އޮއިލް އާއި 529 ގްރާމްގެ ހެރޮއިން ފެނިފައިވެ އެވެ. އިންޑިއާ އިން އައި އެ ގައުމުގެ މީހާގެ އަތުން ފެނުނު ހަޝިޝް އޮއިލްގެ ބަރުދަނުގައި 998 ގްރާމް ހުރި ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ވަނީ އެ ދެ މީހުންނާ އެކު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮނާޑު
07 March 2019
ތިޔައީ ކެމްޕޭނަށް ފިލިޖަހަން ގެންނަ ބާވަތްތައް ކަސްޓަމާ ފުލުހުން ހޭލާތިއްބަވާ ވޯޓްކަންތައްނިމެންދެން ތިފޯރިވާނީގަދަ
ތިމާވެށި
07 March 2019
ތީގެން މީހަކު ގައިގަ މަގުމަތީން އަޅައިގަނެފަ ވެއްޓުނަސް،ނޭނގޭނެއެވެ. ފޮޓޯއެއްވެސް ނެތެވެ .ހުރިހާ މައުލޫމާތެއް ތަހުގީގައް ހިފެހެއްޓިފައެވެ. ދެން ފެންނަނީ މަގުމަތީންނެވެ.
ހާސްވާންނުޖެހޭ
07 March 2019
ކްލެމެންސީގެ ދަށުން ވެރިޔާގެ ސޮއިޖައްސަވައިފައި އޮތް ފަތްކޮޅެއް ހިއްޕަވައިގެން ދުވަސްކޮޅެއް ފަހުން އަހަރެމެންގެ ތެރޭގައި ޖޯޝާއި ފޯރިއާއެކު އުޅުއްވާ ތަނާއި ކުރިއަށް އޮތްތާނގައި ރައްޔިތުންގެ މަޖިލީހަކަށް ކުރިމަތިލައިގެން އުޅޭ މަންޒަރު ފެނުމަކީ ދުރުކަމެއް ނޫން. ގާތުގައި އޮތް ކަމެއް. އަތްޖަހަން ވަށައިގެން ތިބޭ މީހުންވެސް މަދެއް ނުވާނެ.
ކަލޯގަޔާ
06 March 2019
ތީކީމާބޮޑުކަމެއްނޫ މީޖަޒީރާ 1 ވަނަ ގައުމޭ ހާސްނުވޭ
ޔެސް
06 March 2019
ހައްތަހާވެސް އެތެރެކޮށްފި ވާހަކަ މިފެންނަނީ. ދުވަހަކުވެސް އެ ވާހަކައިގެ ''ކުންނު'' ނާދޭ. ކިހިނެއް މިވަނީ؟ އަތުލައިގަތީ އަތުލައިގަތީ. ދެން އެއަށް ވާގޮތެއް ހެދިގޮތެއް ކުރިކަމެއް ދިޔަ ތަނެއް ނޭނގެ. ޤައުމުގެ ފަސްގަނޑުގެ ވެއްޔަށްވުރެ އެ ގިނަވެއްޖެ. އަތުލައިގަންނަ ބަޔަކު ޖަވާބު ދޭންވެއްޖެ ކަމެއް މީ.
ހަސަން ނުވަވަނަ
06 March 2019
ޖަޒީރާ ސްޓަފްދޯ