ރީޓެއިލް ފިހާރައެއްގެ އެތެރެ. 24 ގަޑި އިރު ހިންގުމަށް އެއް ފިހާރައަށް އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ ހުއްދަދީފައި--ފޮޓޯ:އާކައިވް
07 މާޗް 2019 - 19:24
މާލޭގައި 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދަ ވިލިމާލެ ފެރީ ޓާމިނަލްގައި ހުންނަ 'އެކްސްޕްރެސް މާޓް' ފިހާރަ އަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ދީފި އެވެ.
މިއީ 24 ގަޑިއިރު ވިޔަފާރި ހިންގުމުގެ ހުއްދަ މި ސަރުކާރުން ދޭން ފެށި ފަހުން މާލޭގައި އެ ހުއްދަ ދިން ފުރަތަމަ ފިހާރަ އެވެ. އެކަމަކު، މާލޭގައި 24 ގަޑިއިރު ކެފޭ/ރެސްޓޯރަންޓް ހިންގުމުގެ ހުއްދަ އިއްޔެ އާއި މިއަދު ވަނީ ހަތަރު ތަނަކަށް ދީފަ އެވެ.
މާލޭގައި 24 ގަޑިއިރަށް ވިޔަފާރިކުރުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން އިއްޔެ ދިނީ ސީ ހައުސް ރެސްޓޯރެންޓާއި ސޯސަން މަގުގައި ހުންނަ ސެފްރޯން ކެފޭ އަދި މާފަންނު ފުޑް ކޯޓުގައި ހުންނަ ނައިސް އެންޑް ސްޕައިސް ރެސްޓޯރެންޓަށެވެ. އަދި ފުޑް ކޯޓުގައި ހުންނަ ވީވާ ކެފޭ ވެސް 24 ގަޑިއިރު ހިންގުމުގެ ހުއްދަ ސަރުކާރުން މިއަދު ވަނީ ދީފަ އެވެ.
މާލޭގައި މިހާރު 24 ގަޑިއިރަށް ހަތަރު ކެފޭ އަކާއި އެއް ފިހާރަ ހިންގާނެ އެވެ.
ފިހާރަތަކާއި ރެސްޓޯރެންޓް/ކެފޭ 24 ގަޑިއިރަށް ހިންގަން ހުއްދަ ދިނުމުގައި ހާއްސަ ޝަރުތުތަކެއް ވަނީ ކަނޑައެޅިފަ އެވެ.
- އެތެރެ ސާފުކޮށް ފެންނަ ގޮތަށް ހުރުން. - 24 ގަޑިއިރު އޮޕަރޭޓްކުރާ ކެމެރާ ހަރުކޮށްފައި ހުރުން. - ކައުންސިލްތަކުން ކަނޑައަޅާ ސަރަހައްދެއްގައި ހުންނަ ތަނަކަށް ވުން. - ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރުން. އެކަމަކު ރާއްޖޭގައި ހިންގާ ބޭރުގެ އެއްވެސް ފްރެންޗައިޒްއަކަށް 24 ގަޑިއިރު ވިޔަފާރިކުރުމުގެ ހުއްދައެއް ނުދެ އެވެ. ދަންވަރު ވިޔަފާރި ހިންގުމުގެ ހުއްދަ ދެނީ އަހަރަކު 2،000ރ. ގެ ފީ އަކަށެވެ. މި ހުއްދަ ދެނީ ދެ އަހަރުގެ މުއްދަތަކަށެވެ. ޝަރުތުތަކާ ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި ތަކުރާރުކޮށް އެ ގަވާއިދާ ހިލާފްވާ ނަމަ، ހުއްދަ ބާތިލްކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
08 March 2019
ތިތަނުގެ އެގްރިމެންޓް ހަމަވާ ދުވަހެއް ބަލާލަން ބޭނުމެވެ. ބިޑް ކާމިޔާބު ކުރަން ވެގެންނެވެ.
ބޭކާރު
07 March 2019
ފުޑްކޯޓުގަ އޯޕަންކޮން ސިގިރޭޓުބޮއެ!
ރައްނަމާރި
08 March 2019
ޑޮލަރު އޭޓީއެމް ކައިރީ ފުލުހުންގެ ކުރިމާތީގަ ކަޅުބާޒާރުގަ ބިދޭސީން ޑޮލަރު މާރުއެކުރަނީ. އެކަމަށް ފިޔަވަޅުނޭޅޭ. މިހުންނަނީ ސީދާ ގައުމުގެ އިގްތިސާދާ ގުޅޭ ކަންކަން. ދެން ސިގިރޭޓު ބޮނީ ހަމަ ހަޔާތްކުޑަކަމުން. ފިޔަވަޅު އެޅޭނަމަ މަދުވާނެ ކަމަށް ގަބޫލުކުރެވޭ.
ނިއުޒް
07 March 2019
ތި ފުޑްކޯޓުގައި ފުލުހުން ތިބުން މުހިއްމު! ސަބަބަކީ މަނާއިރު ވެސް އެތަނުގައި ގަދަޔަށް ދުންފަތުގެ އިސްތިއުމާލުކުރާތީ!
ރައްނަމާރި
08 March 2019
ގާނޫނަކުން އެކަން އެއޮތީ މަނާކޮއްފަ. އެހެންނަމަވެސް ފުލުހުންގެ އަމަލުތައް ހުއްނަގޮތުން ހީވަނީ ގާނޫނުގެ ޒިންމާއެއްހެން މީހުންނަށް ފިޔަވަޅު އެޅުމަކީ. ކަފިހުރަސް ބަލަހައްޓާ ކުދިން އުޅޭ ގޮތުން އެކަން ވަރަށް ރަނގަޅަށް ސާފުވާނެ. ހަމަކުރިމަތީގަ ގަވާއިދު ބޮލާލާޖަހާފަ ދާއިރުވެސް ތިބޭނެ ހެވިފަ ގާނޫނު އަސާސީ އެކަމަށް ފިޔަވަޅު އައަޅާނެކަމަށް ހީކޮށް.