އައްޑު އަށް ފުރާ ވަޑައިގަތުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (މ) އަދި ކުރީގެ ރައީސް ނަޝީދު އަންހެން ކްރޫންނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: މޯލްޑިވިއަން
08 މާޗް 2019 - 16:44
މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މުޅިން ވެސް އަންހެން ކްރޫންގެ މަތިންދާބޯޓެއްގައި އައްޑު އަށް ވަޑައިގެންފި އެވެ.
ގައުމީ އެއާލައިން މޯލްޑިވިއަން އެއާލައިންގެ މަތިންދާބޯޓެއްގައި ރައީސް އައްޑު އަށް ވަޑައިގެންނެވިއިރު، އެ ދަތުރުގެ ކްރޫންގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި މިވަގުތު ހުރި ހަމައެކަނި އަންހެން ކެޕްޓަން އައިމިނަތު އިބްތިޝާމާއި ފަސްޓް އޮފިސަރު ސަދާ ސޯލިހް އަދި ކެބިން ކްރޫންގެ ގޮތުގައި އައިޝަތު ޝިފާ އާއި ޖުވޭރިޔާ މުސްތަފާ އެވެ.
އަންނަ މަހުގެ ހަ ވަނަ ދުވަހު ބާއްވާ އާންމު އިންތިޚާބުގައި އެމްޑީޕީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް އައްޑު އަށް ވަޑައިގަތެވެ.
Women move the world. Very proud to fly with an all-female crew on @MaldivianAero to Addu today. #balanceforbetter2019 #WomensDay2019 pic.twitter.com/FFKN4L3VD6
— Ibrahim Mohamed Solih (@ibusolih) March 8, 2019
ރައީސްގެ ޓްވީޓް
އެ ދަތުރުފުޅުގެ ތެރެއިން، ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެން ކްރޫންނާ އެކު ދަތުރުފުޅު ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ، އެ އެއާލައިންގެ އެހެން ދަތުރުތަކުގައި މިއަދު ފިރިހެނުން ވެސް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ވީވީއައިޕީ ދަތުރުގައި ބައިވެރިވީ ހަމައެކަނި އަންހެން މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް ނަޝީދު އައްޑު އަށް މިއަދު ފުރާވަޑައިގަތުމުގެ ކުރިން އަންހެން ކްރޫންނާއި މޯލްޑިވިއަން އެއާލައިންގެ ބައެއް އިސް މުވައްޒަފުންނާ އެކު.
އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭރުގެ ބައެއް އެއާލައިންތަކުން މުޅިން އަންހެން ކްރޫންނާ އެކު ދަތުރުކުރުމަކީ އާއްމުކޮށް ކުރާ ކަމެކެވެ. އެގޮތުން ސްރީ ލަންކަން އެއާލައިންސް އިން މުޅިން ވެސް އަންހެން ކްރޫންގެ މަތިންދާބޯޓެއް މިއަދު ވަނީ ބާއްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޡަމީލް
09 March 2019
ދެރައީސް ސަރުކާރު ހެހެ
ޔޫސޭ
09 March 2019
މިސަރުކާރުގަ އެބައުޅޭ ދެ ރައީސުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙަމްމަދު ސޯލިހް އަދި ޖަޒީރާ ރައީސް ކިޔައިގެން ވެރިކަމަށް ވެރިވެގެން އުޅޭ ދައުރު ފުރިހަމަނުވި ރައީސް ނަޝީދު
.އަންހެންޕައިލެޓުން
08 March 2019
.ވާވާ ތި އޮތީދެން އާކުކުޅަކަށް ގާބިހެއް އެޅިފާ ދެން ހަމަ ކޮއްކޮޓާރު ޖަހަޖަހާ ތިބޭ.!
ޜާއްޖެ
08 March 2019
ޢެކަމަކު ހެވެއްނުން. ބާ ދަގަނޑު ހެލިކޮޕްޓަރެއް ދުއްވަން އެނގޭ ފިރިހެނެއްވެސް ނެތް.
ޝީންޝީން
08 March 2019
އަންހެން ޕައިލެޓުންނަށް އަންހެން ޔުނިިފޯމެއްވެސް ލުން ހުއްދައެއް ނޯވޭ. އަންހެނުންގެ ހައްގުތަކުގަ ވާހަކަ ދައްކާއިރު މިކަން ވިސްނާލަން ރަނގަޅު. ރައީސަށް މިކަން ވަޒަން ކުރެވުނުތޯ؟ އަންހެނުން އަމިއްލައަށް އަންހެން ޕައިލެޓް ޔުނިފޯމް ޑިޒައިންުކުރަންދީފައިވާނަމަ ފިރިހެން ޔުނިފޯމާ ކޮންމެވެސް ގޮތަކުން ތަފާުތު ހުންނާނެކަން ޔަގީން.
ދަތްނެތްކުއްޖާ
08 March 2019
އެއްވެސް މީހަކު މާބާރަށް ހަލޭއް ލަވާނެ ކަމެއްނެތް. މިއީ މަމެންގެ ވެރިކަން. މަމެން ބޭނުން ބަޔަކަށް ކެމްޕެއިންވެސް ކުރާނީ! ތަމެން ނަށް ޕްރައިމަރީ އެއްވެސް ބާއްވާލަން ނުކެރުނު! މަޖުލިހުގެ މެޖޯރިޓީވެސް ﷲގެ ވާގިފުޅާއި އެކު މޑޕ ނަގާނަން. ތަމެން ބަލަންތިބޭ!
ޙަބީބު
08 March 2019
އައްޑޫއިން އެކަނިބާ މީނާހޮވީ ހދ އަތޮޅުބަލާލަބަލަގޮސް އެތާނެތް ރިސޯޓެއްގެ މިންވަރު ނުވިތާކައް އެއާޕޯޓުގަނޑުވެސް ނިންމާނުލެވުނު ދޮލަނގައް ލާފަދިނީމަވެސް
ނެތީމޭ
08 March 2019
ރައީސް އިބޫ އަށް ރައީސް ކަމުގެ މަގާމްގައި ހުރެގެން އެމްޑީޕީ އަށް އެކަނި ކެމްޕެއިން ކޮށް ދިނުން އެނުފެތޭތޭ ކޮންފްލިކްޓް އޮފް އިންޓަރެސްޓް ގޮޅި އަށް އެއީ މަމެން ތަމެން ޒީރޯ ޓޮލެރެންސް ކޮރަޕްޝަނޭ ގާތުން ސާފުކޮށްލަން ބޭނުންވާ ކަމެކޭ ބުނަން މަމެން ނެތީމޭ އިނގޭތޭ..
ކޮވެލި
08 March 2019
މާލެއިން މިގޮތަށްދާ ގުރޫޕުގުރޫޕުތަކުގެ ވަބާއިން ސަލާމަތްވާނީ ކޮން ދުވަހަކުންބާ. ކުރީގަ އޮންނަނީ ގޯތީގަ ގެންގުޅޭ ކުކުޅުހާ ހިފާފަ ކާންދީފަ ގޯތީގަ ހުންނަ ގަސްގަހުގަ ހުންނަ ފަތްކޮޅަށްދާންދެން ހަދިޔާއަށް އެރުވުން. މިހާރު ތިބެނީ ގޮސް ރަތްދަކަ އަވީގަ ދެގަޑި ތިންގަޑިއިރު ދިރިއުޅުމުގެ ހުރިހާ ކަމެއް ހުއްޓާލާފަ.
ބޭބެ
08 March 2019
ރޫހާނީ ރައީސް އަށް މަރުޙަބާ