ކުނޫޒުގައި މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ގާނޫނު އަސާސީ ދައްކަވައިލައްވަނީ. ގާސިމް ވިދާޅުވީ ކޮމިޝަންތަކަށް ބާރުދޭ ބިލް ގާނޫނު އަސާސީއާ ތައާރުޒުވާކަމަށް. މިހާރު ފޮޓޯ: ނިޝާން އަލީ
09 މާޗް 2019 - 23:31
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ދަނީ ވައުދާ އެއްގޮތަށް ނޫން ކަމަށް ވިދާޅުވެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ދެއްކެވި ވާހަކަފުޅަށް މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ރައްދު ދެއްވައިފި އެވެ.
ޖޭޕީން ކުނޫޒުގައި ބޭއްވި ނޫސް ކޮންފަރެންސްގައި ގާސިމް ވިދާޅުވީ ރައީސް ދެއްކެވި ވާހަކަފުޅާ މެދު ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. ރިޔާސީ ކޮމިޝަންތަކަށް ބާރު ދޭން ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގެ ކަންތައް ކުރިއަށް ދިޔަ ގޮތާ ބެހޭ ގޮތުން ގާސިމް ވިދާޅުވީ އެ ބިލް ގާނޫނު އަސާސީއާ ހިލާފު ކަމަށެވެ.
"ހުރިހާ ތަނަކުން ކުރާ ކަންތައްތައް އެއްކޮށްފައި މި އޮންނަނީ. އެކަމަކު ގާނޫނު އަސާސީގައި ވަކިވަކިން އެތަންތަނަށް [ބާރުތައް] ހަވާލުކޮށްފައި ހުރީ. ކީއްވެތޯ ފުލުސް އޮފީހަށް ހުރިހާ ކަމެއް ހަވާލުނުކުރީ؟ ކީއްވެތޯ އެންޓި ކޮރަޕްޝަނަށް ހުރިހާ ކަމެއް ހަވާލު ނުކުރީ ގާނޫނުއަސާސީގައި؟ އެކަމަކު އެހެން ނަހައްދަވައި މި އެއްޗިހި ވަކިކޮށްފައި އެތަންތަނާ ހަވާލުކޮށްފައި ހުއްޓާ އެ ޑުޕްލިކޭޓްވާ ގޮތަށް ކިހިނެއްތޯ ހަދާނީ؟ އެއީ ގާނޫނުއަސާސީގެ ރޫހެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޮމިޝަންތަކަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހަށް އެނގޭ ބައެއް ވެސް ނޫން ކަމަށެވެ. ކޮމިޝަންތަކުގެ ބިލް އޮތް ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި ގޮތުގައި އެ ބިލް އޮތީ އެހެން މުއައްސަސާތަކެއްގެ ބާރުތައް ނަކަލުވާ ގޮތަށެވެ.
"ގާނޫނު އަސާސީން މެންޑޭޓް ދީފައި ހުރި ތަންތަނުން ކުރާ ކަންތައްތައް ޑުޕްލިކޭޓް ކުރަން. މާދަމާ ބުނަންވީ ނޫންތޯ ރައްޔިތުންގެ މަޖިލީހުން ކަންތައް ކުރަނީ ތިމަންނާ ބޭނުންވާ ގޮތަކަށް ނޫނޭ. ކޮމިޝަނެއް ހައްދަވަންވީ، އުފައްދަވާފައި ރައްޔިތުންގެ މަޖިލީހުން އަނެއްކާ އަނެއް ގާނޫނު. ހަމަ އުފައްދަވަންވީ ނޫންތޯ ރައްޔިތުންގެ މަޖިލީހުން ކުރާ ކަންތައްތައް ތަހުގީގު ކުރަން. ނޫނިއްޔާ ރައްޔިތުންގެ މަޖިލީހެއް ދެވަނަ،" ގާސިމް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން ބަލިކުރުމުގައި އިދިކޮޅުން އިސް ރޯލެއް އަދާކުރެއްވި އެއް ލީޑަރު ވިދާޅުވީ ބިލް މަޖިލީހަށް ވެއްދިޔަސް އެޖެންޑާ ނުކުރާނެ ކަމަށް ރައީސް އަރިހު ދެންނެވި ކަމަށެވެ. ފުރަތަމަ ބިލު އައި އިރު އޮތް ގޮތުން އެ ބިލް ފެނުނު މީހަކު ހައިރާންވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. ދެން ވިދާޅުވީ ކޮމިޓީގެ މަރުހަލާގައި ބިލު ވަރަށް ބޮޑަށް ބަދަލުކޮށް، ދެވަނަ ފަހަރަށް ގެނައީ މުޅިން އެހެން ޑްރާފްޓެއް ހަދައިގެން ކަމަށެވެ.
"ކޮމެޓީ ލެެވެލްގައި އަނެއްކާ މަސައްކަތް ކޮށްފައި އައި އިރު ވެސް މި ދެންނެވި ގޮތަށް އެކަންތައްތައް ހުރީމާ، މިދެންނެވި ހުރިހާ މުުއްސަސާތަކުގެ ބާރު އެ ކޮމިޝަނަށް ދިނީމާ ދެން މިވަނީ ޑުޕްލިކޭޓް،" ގާސިމް ވިދާޅުވި އެވެ.
ކޮމިޝަންތަކަށް ބާރުދޭ ބިލާ މެދު މިރޭ ގާސިމް މިހާ ދިގުކޮށް ވާހަކަ ދެއްކެވި އިރު އެ ބިލަށް ވޯޓަށް ނޭހި އޮތީ، މަޖިލިހުގެ މެޖޯރިޓީ މެމްބަރުން ވޯޓުގައި ބައިވެރިވެވަޑައިގަންނަވާ ވަރަށް މެމްބަރުން ހާޒިރުނުވެގެންނެވެ. އެކަމަކު ފަހުން ވަނީ އެޖެންޑާ އިން ނަގައިފަ އެވެ.
ނަމަވެސް އޭރު އެގޮތަށް ކޯރަމް ހަމަނުވީ ޖޭޕީން ސީދާ ވަކި ގޮތެއް ނިންމައިގެންކަން ނުވަތަ ނޫންކަން ސާފުކޮށް ބުނެފައެއް ނުވެ އެވެ.
މަޖިލީހުގެ މަސައްކަތްތައް ހިނގި ގޮތާ ބެހޭ ގޮތުން ރައީސް މިއަދު ވާހަކަ ދެއްކެވީ ހިތަދޫގައި ބޭއްވި ކެމްޕޭން ޖަލްސާއެއްގަ އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަށް ރައްޔިތުން ވޯޓް ދިނީ އެކުގައި މަސައްކަތްކޮށްގެން ވީ ވައުދުތައް ފުއްދަން ކަމަށާއި ނަމަވެސް މަޖިލީހުން ފެންނަނީ އެހެން މަންޒަރެއް ކަމަށެވެ.
"ވީ ވައުދުތައް އޮތީ އޮތް ތާނގައި. އެހެން ނަމަވެސް މަންޒަރު ފެންނަނީ އެހެން ގޮތަކަށް. އެއީއެއް ނޫން ތިޔަ ބޭފުޅުން ރިޔާސީ އިންތިހާބުގައި އަޅުގަނޑުމެންނަށް ވޯޓް ދެއްވި ސަބަބަކީ. އެކުގައި މަސައްކަތްކޮށް، އަޅުގަނޑުމެން ވީ ވައުދުތައް ފުއްދުމަށްޓަކައި ތިޔަ ބޭފުޅުން ދެއްވި ވޯޓެއް އެއީ،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
24 March 2019
ދައުލަތުގެ މާލިއްޔަތުން އަތްބާނައިގެން ޑޮލަރު ނަގާފަ ހުރިމީހަކު ގާނޫނު ހަދާމަޖިލީހުގެ ގޮނޑި ކޮޅުގާ ވެޑުވެގެން އިންނަން ކެރޭނަމަ މިގައުމުގެ ހާލަތާމެދެ ފުންކޮށް ވިސްނާލާ
ދެރަ
21 March 2019
ގާސިމަކީ ލަދުގެ ކަންފުޅެއްވެސް ހުރިމީހެއްނޫން
އަޙުމަދު.
20 March 2019
ވެރިކަމަށް އަންނަ ކޮންމެ މީހަކާ ވަކިހިސާބަކުން ޤާސިމު ދެކޮޅުވަނީ މީނަ ބޭނުންވަރަކަށް ރާއްޖޭގެ ފަޅުރަށް ރަށާއި ފިނޮޅާއި ގިރިތަކާ ހުސްބިން ރާއްޖޭގެ އެތަން މިތަނުން ނުދީގެން، އަމިއްލަ ޖީބަށް އެޅޭވަރު މަދުވެގެން. ރައްޔިތުންނަށް މާހެޔޮމީހަކަށް ވެގެނެއްނޫން. ތީ މިޤައުމުގެ ހަލާކު. މިހާރުވެސް މީނަގެ ގިނަރިސޯތްތަކުގެ މުވައްޒަފުންނަށް ތިން ހަތަރު މަހުގެ ސާވިސްޗާޖް އޮންނާނީ ނުދީ،
މުންޑު
12 March 2019
ވެރިކަމައް އައްނަމީހުންނައް މިގައްމައް ބޭނުންހާ ގޮތެއް ނެހެދިގެން އުޅެނީގާސިމުއާހެދި މީހަގީގަތަކީ ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް
އަބްދޫ
11 March 2019
އިބޫ ވެރިކަމަށް އައުމަށް ވީވައުދުތެރޭ ގާނޫނުއަސާސީއާ ހިލާފަށް ގާނޫނު ހަދަން ވައުދު ވެވަޑައިގަތިންތޯ ؟ގާނޫނުއަސާސީގަ ބުނަނީ މިގާނޫނުއަސާސީއާ ހިލާފުވާގޮތަށް ހެދޭގާނޫނުވެސް ގާނޫނުގެ އަކުރެއްވިޔަސް އެއީ ބާތިލު އެއްޗެއްކަމަށް .ގާނޫނުއަސާސީގެ 115 ވަނަ މާއްދާގަ ބުނަނީ ވަގުތީ ކޮމިސަންގެ ވާހަކަ އެމް އެމް ޕީ އާރުސީގެ ތަހުގީގަށް އިތުރުކޮމިސަނެއް އެންޓިކޮރަޕްސަނުގެ ގާނޫނުގެތެރެއިން ހެދިދާނެ ތަހުގީގު ނިމުމުން އޮޓޮމެޓިކޮށް އެކޮމިސަން އުވޭނެ ގާނޫނެއް ނެހެދޭނެ
ބދބ×ބ×ބ
11 March 2019
އެތަނަކަށް ނުފެތޭ މިތަނަކަށް ނުފެތޭ ވާލުގެ އުސޫލު ގެންގުޅޭ މީހެއް ގާސިމަކީ
ވައްޑޭ
11 March 2019
އެހެންވެ މިދަންނަވަނީ ޤާސިމް އިބްރާހީމް ވަރުގެ ހިތްވަރުފުޅު ހުރި ބޭފުޅަކު ނެތޭ. ރައީސް ވިދާޅުވިއެއްކަމަކު ޤާނޫނު އަސާސީއާ ޚިލާފު ވެގެންނުވާނެ.
އަހްމަދު
11 March 2019
ގާސިމް ކަލެއަށް ރަގަޅު އެއްވެސް މީހަކު ނުހުންނާނެ ތިހިރީ ވެރިކަމާހެދި މޮޔަވެފަ އަދި ވެރިކަން ކުރެވޭވަރުގެ މީހެއްވެސްނޫން ތިޔަކީ
ހަސަންބެ
10 March 2019
ގާސިމެއްކަމަކު އެއީ ރަގަޅު ވާހަކައެއް. ގާނޫން ތަންފީޒްކުރަން އިދާރާތަކެއް ހެދިފަ އެބަހުރި. އެ އިދާރާތައް އިސްލާހު ނުކޮށް ވަކި ބަޔަކަށް ބާރުތަކެއް ދިނުމަކީ ސުވާލު އުފެދޭ ކަމެއް
އަންމަޑޭ
11 March 2019
ދުނިޔޭގެ ބޮޑެތި އެހެން ޤައުމުތަކުގަވެސް ޤާނޫނު އަސާސީއޮވެމެ ރިޔާސީ ކޮމިޝަންތައް ހަދާ އުޅޭ. މިހާރު އެންމެ ނަންހިގާ ކޮމިޝަނަކީ އެމެރިކާ ގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ބައެއް ކަންތައްތައް ތަހުގީގު ކުރާ ރޮބަރޓް މުލަރ ގެ ކޮމިޝަން. އެކޮމިޝަން އަށްވެސް ވަރަށް އޮންނަނީ ބާރުތަކެއްދީފަ. އެފްބީއައި ގެ ބާރުތަކާ، ސެންޓް އަދި ކޮންގްރެސް ގެ ބާރުތަކާ އަދި ނިވިތާކަށް އެމެރިކާގެ ކޯރޓުތަކާ ފުލުހުންގެ ބާރު ކަޑުވާލަނީއޭ ކިޔައިގެނެއްނޫޅެ.
ޑިމޮކްރެޓްސް
10 March 2019
ގާސިމަށް ހީފުޅުވެލައްވަނީ ދިވެހި ގައުމަކީ އޭނަގަ ތަރިއަކަކޭ! މި ރާއްޖޭގައި އޭނާނޫނީ ގާނޫނު އަސާސީއާއި ގާނޫންތަށްވެސް އެގޭނެ މީހަކު ނެތޭ!. ތިމަންނަ ބޭނުންވާގޮތް ހުރިހާކަމެއްގައިވެސް ވާންޖެހޭނެއޭ! ތިޔަ ހީފުޅުކުރައްވާ ގޮތަށް ކަންތައްވާނީ ވިލާ ކުންފުނީގައި.