މާލޭގައި، ހެލްމެޓް އަޅައިގެން މިއަދު ހެނދުނު ފޭރުނު މީހުން ހޯދުމަށް ފުލުހުން ހަރަކާތްތެރިވަނީ.---ފޮޓޯ: މިހާރު
10 މާޗް 2019 - 17:26
ހެލްމެޓް އަޅައިގެން ތިބި ބަޔަކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ދިޔަ މީހަކަށް ވަޅިން ހަމަލާދީ، މިއަދު ހެނދުނު ފޭރިގަތީ 2.3 މިލިއަން ރުފިޔާ ކަމަށާއި މައްސަލާގައި ހަތަރު މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފި އެވެ.
އެސްބީއައި ކައިރިން ދަނިކޮށް ވަޅިން ހަމަލާ ދިނުމަށް ފަހު މިއަދު ހެނދުނު 10 ޖަހަން އުޅެނިކޮށް ފައިސާ ފޭރުނީ އިންޑިއާ މީހެއްގެ އަތުންނެވެ. ހެލްމެޓް އަޅައިގެން ދެ ސައިކަލެއް ދިޔަ ހަތަރު މީހުން ފޭރުނު ފައިސާގެ އަދަދު 2.3 މިލިއަން ރުފިޔާ އަށް އަރަ އެވެ. ފޭރުނު މީހުން އަތުލައިގަތް ނަމަވެސް ފައިސާ ފެނުނު ކަމެއް އަދި ނޭނގެ އެވެ.
ފުލުހުން ބުނީ ފޭރިގަތީ ބީއެޗްއެމް ޓްރޭޑާސް އިން އެސްބީއައި އަށް ޖަމާކުރަން ގެންދިޔަ ފައިސާ ކަމަށެވެ.
"އެސްބީއައި އަށް ފައިސާ ޖަމާކުރަން ގޮސް އެ މީހާ އެ ބޭންކުގެ ކައިރީގައި އުޅެނިކޮށް ފޭރިގަތީ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އެ މީހުންގެ ނަމާއި ތަފްސީލްތައް ހާމަނުކޮށް، ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރީ އުމުރުން 23 އަހަރުގެ ދެ މީހަކާއި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ކަމަށެވެ. އެ ހަތަރު މީހުން ހައްޔަރުކުރީ ތަފާތު ދެ ސަރަހައްދަކުންނެވެ.
ހެލްމެޓް އަޅައިގެން ތިބެ ހިންގި ފޭރުމުގެ އެ ހާދިސާއަކީ ބްރިޖާއި ހުޅުމާލެ އާއި ހުޅުލެއާ ދެމެދު އޮންނަ ހައިވޭގައި ދުއްވާއިރު މިއަދުން ފެށިގެން ހެލްމެޓް އަޅަންޖެހޭ ގޮތަށް ސަރުކާރުން ހަމަޖެއްސި ފަހުން ހިނގި ފުރަތަމަ ހާދިސާ އެވެ. ފަހަކަށް އައިސް މާލެ އާއި ހުޅުމާލޭގައި ފޭރުން ވަރަށް ބޮޑަށް އާންމުވެފައިވާއިރު، ފޭރޭމީހުންގެ އަމާޒަކީ ބޮޑެތި އަދަދުތަކުން ފައިސާ ހިފައިގެން ދާ މީހުންކަން ހިނގާފައިވާ ގިނަ ހާދިސާތަކުން އެނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަލްޑީވިއަންޓް
11 March 2019
ބީ.އެޗް.އެމް ގެ 2.3 މިލިއަން އެންމެ މީހެއްގެ ބެލުމުގެދަށުން... ދިވެހިން ގަބޫލު ކުރަން ވެއްޖެ ކާބަފައިންގެ ޒަމާނުގައި އަމާންކަން އޮތަސް މިއަދު އެހެނެއް ނޫންކަން!
ފާނަކޮށި
11 March 2019
ކުނިއަޅާމީހާގެ މަޢުލޫމާތު ހާމަކޮށް ވައްކަންކުރާ ފޭރޭމީހުންގެ މަޢުލޫމާތު ހާމަނުކުރެވޭތީ ވަރަށް ވަރަށް ދެރަކަމެކެވެ.
މިވެސްމީހެއް
11 March 2019
މިކަންތަށް ހުއްތުވަން ޖެހޭ މީ ވަރަށް ދެރަކަންކަން.
ޢައްޔަބެ30
11 March 2019
ފޭރުން ހިންގީ މާލޭގައި ވަރަށް އެކްޓިވްކޮށް ، މިފަދަ އަމަލު ހިންގަމުން ގެންދާ ގުރޫޕަކަށް ނިސްބަތްވާ ބައެއް. ވަރަށް ކަމެއް. ޙައްލެއް ބޭނުން.
ހަލް
11 March 2019
18 އަހަަރެއް ނުވެއެއްނު ދޫކޮއްލާ. ދެން ތިބި މީހުން 1 މަސް ދުވަހު ގޮޅީގަ ބާއްވާފަ ނެރޭނީ އިނގޭ. ރާއްޖޭގެ ސިސްޓަމް އަކީ އެއީ. ގައުމު ހަލާާކުވެގެން ދަނީ މިހެންވެ. ގާނޫނޫ އޮންނަ ގޮތުން ނުވަނީ އޭ ބުނަން ތިބޭ ދެން.
ކެކެ
11 March 2019
ބަޔަކުމީހުން ކެމްޕެއިނަށް ރުފިޔާ ހޯދާ ދުވަސް ކޮޅެއްގައި މި ފޭރުން ހާދަ ގިނަވެއޭދޯ އެބަ. ގުޅުމެއް އުޅެނީ ބާ؟
ނުކި
11 March 2019
ހުސޭނާ، ކަލޭގެ ކޮއްކޮވެސް ހައްޔަރު ކުރި މީހުންގެ ތެރޭގަ ހިމެނެޔޯ!
އަލީ އަހުމަދު
11 March 2019
ފައިސާތައް އަތެއް ނުޖެހޭނެ، ތި މީހުންވެސް ދޫކޮއްލާނެ ސާބިތުނުވެގެން، ދެން އެމީހުންނަށް އެލާރި އެ ލިބުނީ، އެކުދިންނަކީ ޖަލައް ވަރަށް ފަރިތަ ކުދިން، އެމީހުންނަށް އެއީ މާބޮޑު މައްސަލައެއްނޫން ދެތިންމަހު ޖަލުގައި މަޑުކޮއްލުމަކީ، ނިކުންނައިރަށް މިލިޔަނުން ފައިސާ ލިބިފަ ހުުންނާނީ. ބަލާބަލަ އަޅެ ހާމިދުސޭޓު، ޖަލުގަ ކުޑަދުވަސްކޮޅަކު ހުރުމަށްފަހު އެ ނިކުތީ ފަސްމިލިޔަން ރުފިޔާ އޭނަޔަށް، އަޅުގަނޑުވެސް ޖަލުގައި ހުރެލަފާނަން އެހެން ރުފިޔާ ލިބެންޏާމުން.
ސީކިޑް
11 March 2019
މީ ހެލްމެޓާ ގުޅުވަން ޖެހޭކަމެއް ނޫން! ހެލްމެޓް ނައަޅާއިރުވެސް މިކަން ކުރޭ! ހެލްމެޓް ނައަޅަން ބަހަނާނުދައްކާ!
ޢައްޔަބެ30
11 March 2019
ރަނގަޅު ވާހަކައެއް. ޑިވެހިންގެ ބޯދާ ވިސްނުން. ހެލްމެޓް އަޅަން މަޖުބޫރު ކުރީ ވަރަށް މާތް މަގުސަދެއްގަ. މިހާ ވިސްނުން ކޮށިވާކަށް ނުވާނެދޯ.
ޓޭޜެ
11 March 2019
ފުލުހުންނާ ހޯމްމިނިސްޓުރީ ފިސާރި ކެރި ހުސިޔާރު ވެ ކެރިގެން ނޫނީ މިގައުމުގައި ފާޑުފާޑުގެ ގަވައިދު ތަކާ މޮޅެތި ކަންކަން ކުރަން ނޫޅޭށެވެ މިކުޑަކުޑަ ރަށުގައި އުޅުމަކީ ބިރުހުރި ކަމަވެއްޖެ ސަރުކާރު ތަކުގެ ވެރިން ވަށާގެން ބޮޑިގާޑުން ލާ މާ ތަހުޒީބު ކަންދެއްކިޔަކަސް ކަމަކުނުދާނެ.
ޝެލަރީ
11 March 2019
ކޮބާތޯ ތިވިދާޅުވާ އިއްޒަތްތެރިންގެ ނަމާއި ގޭގެ ނަން ތިފަދަ އިއްޒަތްތެރިންގެ ނަން ހާމަ ކުރެވެންވާނެ ދެއްތޯ؟